ނުކިޔަވާ ހުރި މީހަކު ރައީސަކަށް ހޮވަން މަސައްކަތް ކުރަނީ ނުހައްގު މަންފާ ލިބޭ މީހުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފޮޓޯއެއް ހިއްސާ ކުރައްވަމުން ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ނުކިޔާވާ ހުރި މީހަކު ރައީސަކަށް ހޮވަން މަސައްކަތް ކުރާ ދިގު ދޫތަކުގެ ވެރިންނަކީ ނުޙައްގު ގޯތިތަކާއި މަންފާ ލިބޭ ސިޔާސީ އަދި ދީނީ މީހުން އެކަނި ކަމަށެވެ.

"އެއީ ދީން ކިރައިގެން ތިބި 100 އިންސައްތަ މުސްލިމު ގައުމުގެ ހައިސިއްޔަތު ގެއްލުވާލުމުގެ ބައިވެރިން. އިންޝާﷲ ފަސޭކޮށް އިބޫ ބަލިވާނެ." ޖަމީލް ވިދާޅުވިއެވެ.

ވަރަށް ފަހުން ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންގެ ތެރެއިން ގޯއްޗަށް އެދުނު ފަރާތްތަކަށް ގޯތި ދީފައެވެ. އެ ލިސްޓު އާންމު ކުރިއިރުގައި ސަރުކާރުގެ މަތީ ފަންތީގެ ގިނަ ބަޔަކަށް ގޯތި ދީފައިވާތީ ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައި ވެއެވެ.

މާލޭ ސަރަހައްދުން ސަރުކާރުން ބަހާލާ ގޯތިތައް ލިބޭ މީހުންގެ ނަންތައް އިއުލާން ކުރިއިރު އެލިސްޓްގައި ރާއްޖޭގެ ރައްވެހިކަން ދީފައިވާ ބިދޭސީންގެ ނަން ހިމެނޭތީ ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.

މީގެ އިތުުރުން، ގޯތި ހައްގު ނޫން އެތައް ބަޔަކަށް ސަރުކާރުން ގޯތި ދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މާލޭ ސަރަހައްދުން ބިން ހިއްކެން އޮތީ ނިސްބަތުން ބަލާއިރު ކުޑަ ޖާގައެއް ނަމަވެސް ރާއްޖޭގެ އާބާދީގެ ނިސްބަތުން މަދު އަދަދެއްގެ ބަޔަކަށް ހިލޭ ބިންތައް ބަހާލަން ނިންމުމުން އެކަމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ރައީސް ސޯލިހްގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވައި އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި މިއަދު ވަނީ ރަސްމީކޮށް ކެމްޕެއިން ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މުޙައްމަދު ޢަރީފް

    ކިޔެވި މީހުންނާ ނުކިޔަވާ މީހުން އެނޭގީ އިމްތިހާންގައި އިމްތިހާނަކީ ހުރިހާ މައިދާންތަކެއްގާވެސް އޮންނައެއްޗެއްކަން ކިޔަވައިގެން ތިބި މީހުންނަށް އެނގެންވާނެ

    16
    3
    • ލޮލް

      ޖަމީލުމެން ދެހާސްއަށާރަވަނަ އަހަރު އިބުރާހިމު ވެރިކަމަށް ގެންނަން ކެންޕޭނުކުރި އިރު އެކަމެއް ނޭނގުނެއްނު. މިހާރު މާ ޔާމީނުވެގެން އުޅުނަސް.

      • ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

        ބޮނޑިބަތް ޖަމީލު އެދައްކަނީ ބުރުމާ ގާސިމުގެ ވާހަކަ!

    • Anonymous

      ސާބަސް ޖަމީލް. މޮގައުމުގަޔިބި ތައުލީމީ ދަރިންމަށް ހުތުރު ތި ސޯލިހާހެދި.

  2. ޢަހޫތަ

    ކިޔެވިޔަސް ގަމާރު މީހުންވެސް ތިބޭ .ދިވެހި ރައްޔިތުން އަޑުއަހާނެ ޖަމީލު ޔާމީނާ ދިމާއަށް ގޮވި ގޮވެލިތަށް. މިހާރު ދިމާއިދިކޮޅަށްވާހަކަ ތި ދައްކަނީ މަންފާ ލިބޭތީތޯ ނުވަތަ ގަމާރުކަމުންތޯ

    17
    1
  3. ަހެލޯ

    ބޮނޑި ބަތްތޯއެ އުދަންވީ . . ރޯ ކުރާށެ އުދަންވިއްޔެ އުދަންވީ . . ކަލޭ ކިޔަވަިގެން ހުއްޓަ ނައިބްރައީސް ކަމުން ބޭރު ކޮއްލީ ކާކުތަ ބުރޯ . . ކާކު ޖަލުގަ އޮވެގެންތޯ ތި ތެޅިފޮޅެނީ . . . ޤާނޫނުގަ އޮންނާނެ ރައީސް ކަމަށް ކުރިމަތިލެވޭ ޝަރުތުތަށް . . ބޮނޑިބަތް ޖަމީލު

    19
    3
  4. ޓާޓާ

    ތާސްކުޅުމާ ޑޮލަރުމާރުކުރުމުގަ ދުވަސްހޭދަކުރާމީހަކަށްވުރެ ނުކިޔަވާހުރިމީހަކުވެސް ރައީސްކަންކުރަން މާ ރަގަޅުކަން ދުނިޔޭގެ ތާރީހު ހެކިދޭ

    22
    3
  5. އަޒޫ

    ޖަމީލު އެވެ. ކިޔަވައިގެން ހުރި މީހާ ނައިބު ރައީސަކަށް ހުއްޓާ އެހަދާލިގޮތް ހަނދާނުން ފޮހެވުނީތަ ؟ ކިޔެވުމަކީ ޕީއެޗްޑީ އެކަނިތޯ ؟ މަތީފާސް އޮތަސް ނަފުސު ކޮންޓްރޯލް ނުވުމާއި، ބޯ ހަރުކަމާ، ގަދަބަސް ބުނުމާ، އެހެން މީހުނަށް މަލާމާތް ކުރުމާ، ބޮޑާކަމަކީ ދީނީ ގޮތުންވެސް ދުނިޔަވީ ގޮތުންވެސް މާދެރަ އަދި ވިޔާނުދާ ކަންކަމެވެ.

    8
    1
  6. ދިވެހި މުސްކުޅިން

    ޖަމީލު މެންނަކީ ރޯނު އެދުރުން އަދި ސާލިހު އަކީ ރޯފިލާފަހުރި ފިސާރި ލީޑަރެއް

    8
    2
  7. އަންތަރީސް

    150 ހުގެވާހަކައެއް

    2
    3
  8. ހދހހހދހ

    ނުކިޔަވާ ތިބި ޖަހިލުން މަޖިލީހަށް ހޮވަން އޯކޭ ދޯ؟؟ ކަލޭވެސް ތާކުން ތާކު ނުޖެހޭ ވަހަކަ ނުދައްކާ މަިތިރިވެ ހުރެބަލަ..

    6
    1
  9. އައިޝާ

    ކަލޭ ކިޔަވައިގެން ހުރި ކަމަށް ބުނާ މީހާޔަށް ވުރެ ޤާސިމް ނުކިޔަވާ ހުރި މީހާވެސް މާ ކަން ކަން ރައްޔިތުންނަށާ ގަޢުމަށް ކޮއްދީފި. ކޮންމެ ކެންޕޭނެއް ފެށޭ އިރަށް ނޫސްތަކަށް އަރާ ބޭކާރު އަނގަ ތަޅަން ކަލޭ ކިޔެވީ. ބޯ ހަލާކު. ވެރިކަމާ މަގާމާ ހެދި އުޅުނަސް ތީ ބޮޑުވަރު.

    7
    3
  10. Anonymous

    ކިޔެވުމަކީ އިނގިރޭސިވިލާތުން ޕްރޮފެސަރަކު ގެނެސް އޮފީހުގެ ކޮޓަރީގައި އޭނާލައްވާ ޕީއެޗްޑީގެ ތީސީސް ލިޔުން ކަމުގައިވާނަމަ، ޖަމީލަކީ ވެސް ކިޔަވައިގެން ހުރި މީހެކެވެ. ޖަމީލު ކަހަލަ ރޯނުއެދުރުކަން ކިޔަވައިގެން ހުރި މީހަކަށް ވެރިކަން ދިނީމާ ވީގޮތް ރައްޔިތުންނަށް ފެނިއްޖެއެވެ.

    6
    3
  11. އިބުން

    ޖާހިލަކަށް ތަންދޮރު އެނގޭމީހަކު ތާޢީދެއް ނުކުރާނެ.އެގުމާއި ނޭގުންތަފާތުވާނެ.

    4
    1
  12. މޯޖޯ

    މިކަލޭގެ އަށްވުރެ ހަޔާތްކުޑަ މީހަކު މިދުނިޔެއިންވެސް ނުފެންނާނެ. ކަލެއާ ހަސަން ސައީދު އާ ޝަހީދު އާ 3 މީހުންނަކީ މި ގައުމު ސުންނާފަތި ކޮއްލި މީހުން.

    6
    2
  13. ޣހޖ

    މަނިކުފަަނު ކިޔެވި މީހާ ތިއުޅޭގޮތް ކަމަކު ނުދޭ. ޢެމް.ޑީ.ޕީ އާއި ގުޅެން ފެންނަނީ. އޭރުން ރަގަޅު ވާނީ

    7
    2
  14. ތިއްތި

    އިސްލާމްދީނާއި ޤައުމިއްޔަތު ހިމާޔަތްކުރަން ނުދަންނަ ލާދީނީ ވެރިއެއް މިހާރު ވެރިކަމުގައި ހުރީ. 4 އަހަރު ޚިޔާނާތްތެރިވެ މީގެ ކުރީގެ 4 ރައީސުން ނެންގެވި ދަރަންޏަށްވުރެ ބޮޑު ދަރަންޏެއް ރައްޔިތުން ބޮލުގައި އަޅުވާ ޤައުމު ބަނގުރޫޓްވެ ވިކި ހުސްވާއިރު ތާއީދުކުރަން ފަސްފަހަތުގައި ތިބެނީ ބޮޑެތި ޣައްދާރުން

    2
    5
  15. މުހައްމދު

    ތިޒާތަށް ވެރިކަމުގައި ހުންނަ މީހާއާއި ދިމާކުރުމުން އެގޭއެއްޗަކީ ޑރ ލަގަބު ލިބޭ ކޮންމެމީހަކީ ވާނުވާ ވާނުވާ އެގޭ މީހެއް ނޫން ކަމަށާއި އަދި މީނައަކީ ގަމާރެއްކަން

    6
    2
  16. ނަރުގިސް

    ފޭސް ބުކް ގެ ކޯފައުންޑަރ ޒަކުބާރކާ އަކީވެސް ހާވާޑު ޑްރޮޕާ އެކެވެ.ޒަކުބާކު ގެ ކާމިޔާބީ ކުޑަތޯ؟ހިލްމެއްނެތި އިލްމުވެރިވުމަކުން ހޯދޭނެ ކާމިޔާބީއެއް ގިނަފަހަރަށް ނޯވެއެވެ. ކިޔެވުން ޖަމީލު މާނަކުރައްވާ ގޮތްނޭގުނުއެވެ.ރައީސް މުޙައްމަދު ޞާލިޙު އަށް ވެރިކަން ކުރަން 5އަހަރުވެސް ނުލިބެއެވެ. އާލަމީ ވަބާއިންއަރައިގަނެ ގައުމުމިވަނީ އަމާން އައްސޭރިއަކަށް ގެނެސްފައެވެ.ލަންކާ އަށްވީހެން ނުވީ ރައީސް ޞާލިޙްގެ ޙިކުމަތު ޢަމަލީކަން ޔަގީނެވެ. ރައީސް ޞާލިހަކީ އެންމެން ގޮވައިގެން އުޅެންދަންނަ ހިކުމަތް ތެރި އެކެވެ.

    6
    2
  17. މަރީ

    މީނަ ކިޔެވިކިޔެވީނުން މުޅި ގަޢުމަށް ޖެހުނީ ބޮޑު ބަލާވެރިކަމެއް. ޢެހެންވީއިރު ނުކިޔަވާ މީހަކު (މީނަ މާނަކުރާގޮތުން ނަމަ)) މިގައުމުގަ ވެރިއަކަށް ހުރުންވެސް މާ ރަގަޅު

    5
    3
  18. ބޯހަލާކު

    ޚިޔަވައިގެނެއްނޫންދޯ،، ޞޮޑިބަތަށް ހަކުރު އަޅަނީ،،ހަނޑުލުގެ ބަރަށް ހަކުރު އެޅިޔަސް ހުނަރުނެތީޔާ ބޯޑިބަތް ކަށްކާކަންނޭގޭނެ،،،،ރައިޔިތުން ހޮވާފަ މީހަކާހަވާލު ކުރީ ކިޔަވައިގެން ހުރިމީހެއް،،ހަވާލުކުރީވެސް އޭގެމީހަކާދޯ،،، ކަންފަތުގަ ހިފާހޫރާލީމަ ގޮސްޖެހުނީ އިގިރޭސިވިލާތުގަ، އޭރުއެތާ ހުރެ ބުނިބަސް އަހަރުން ގެ ގަލުގެ ލިޔެފަ ހުރީ،،،،،،އިލްމުލިބިފަ ހުނަރުނެތީޔާ ވާގޮތް މިފެންނަނީ

    4
    1
  19. ާއަހްމަދު

    ބޮޑު ވަގަކު ސަލާމަތް ކުރަން ތިޔައުޅެނީ ﷲ އަށް ބިރިވެތި ނުވާތީ.

  20. ދިވެއްސެއް

    ވަރަށް ބޮޑު ތެދެއް!!
    ލީޑަރަކަށްވެ ހުރެ ޕާޓީތެރެއިން އެހެން ކެޑިޑޭޓެއް ނެރުނުނަމަ ވެރިކަމަށް ޕާޓީ އަށް އާދެވުމުގެ ފުރުސަތު ބޮޑުވީސް.