(ށ. ނޫމަރާ) މި ސަރުކާރުން ވެރިކަމަށް އައިސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ފެށީ ސުމަކުން ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ވެސް ތަފާތު ނުކޮށް ރަށްރަށަށް ހިދުމަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. ނޫމަރާގައި މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ އަނިޔާވެރިކަމާއި ބިރުވެރިކަމުން ސަލާމަތްވުމަށް އެމްޑީޕީ ކުރި މަސައްކަތުގައި ނޫމަރާގެ ރައްޔިތުން އަބަދުވެސް ކުރީ ސަފުގައި ޖެހިލުމެއް ނެތި ބޭނުންވާ ހައްގުތަކާއި މިނިވަންކަން ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ރަށް ރަށަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވެނީ ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ އިން ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ށ. ނޫމަރާގައި

ރައީސް ވިދާޅުވި ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބުގައި ނޫމަރާ އިން އެކަނި ވެސް 74 އިންސައްތަ ވޯޓު އެމްޑީޕީ އަށް ލިބުނެވެ. އޭރު ނޫމަރާއަކީ އެންމެ އެކަހެރިކޮށް، ބާކީކޮށްފައި އޮތް އެއް ރަށް ކަމަށާއި މި ރަށަށް އަރާ ފުރުމުގެ ދަތިކަން ފެށުނީއްސުރެ، މި ރަށަށް އަރާ ފޭބޭނެ ގޮތެއް ހޯދުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. ނޫމަރާ ބަނދަރަށް އަދިވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ފުރިހަމަކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ވެރިކަމަށް އައިސް ކުރި އެއް ކަމަކީ ގާނޫނީ ހަމަތަކުގެ މައްޗަށް ރުޖޫއަވެ، ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވައި މިނިވަންކަމާއެކު ފަނޑިޔާރުން ހުކުމް ކުރުމުގެ މިނިވަން ކަން ކޯޓުތަކަށް ދިނުން ކަމަށެވެ. އަދި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދިން އެއް ކަންތައް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ށ. ނޫމަރާގައި

"ރައްޔިތުންނަށް ހިދުމަތް ކުރަން މި ގައުމަށް ހެޔޮ އެދޭ ދެ ޕާޓީ އެބައޮތް. ގައުމު ކުރިއެރުވުން ބޭނުމަކީ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުން. މިވާ ވައުދުތައް މި ބޭފުޅުންނާ އެކީގައި ކޮށްދީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ކޮށްދޭން ޖެހޭ ގިނަ ކަންކަން ހުރި އިރު، ތަފާތު ކުރުމެއް ނެތި އާބާދީގެ ކުޑަ ބޮޑުމިނަށް ބެލުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ކުރިއަށް އޮތް ފަސް އަހަރުގައި ވެސް ދެމި ހުންނަވާނެ ކަމަށެވެ.

އެގޮތުން ގިރާ ސަރަހައްދު ހިމާޔަތްކޮށް ފުލުހުންގެ ހިދުމަތް ވެސް ގާއިމުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާލުވީ ސްކޫލް އެއް ދަންފަޅިއަކަށް ހެދުމަށް ބޭނުންވާ ހަތަރު ކްލާސް ރޫމާއި އޭޓީއެމް ހިދުމަތާއި ޒަމާނީ މިސްކިތެއް ވެސް ނޫމަރާގައި އިމާރާތްކޮށް ދެއްވާނެ ކަމަށެވެ. އަދި މަޑުޖެހިފައި އޮތް އިންޖީނުގެ އިމާރާތާއި ރަށު އޮފީހުގެ މަސައްކަތް ވެސް ފުރިހަމަކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މަސްވެރިންނަށް ބޭނުންވާ ކަނދުފައްޗެއް އެޅުމާއި އޮޑިއެހެލާ ތަނެއް ގާއިމު ކުރުމާއި ބޮޑު ދަނޑުގައި ޓާފް އެޅުމާއި ވޮލީ ކޯޓެއް ހެދުމަކީ ލިސްޓުގައި ހިމެނޭ ކަންކަން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ ދައުރު ވެސް ނިންމަވާނީ ހުރިހާ މަސައްކަތެއް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ރަން ރީނދޫ

    ފެށީ 950 މިލިޔަން ޑޮލަރުން. ނިންމާލަނީ 1ޓްރިލިއަން ޑޮލަރު ގެ ދަރަނިން. އެހުމެއް ކެހުމެކޭ ކިޔާފަ ވެރިކަން ލިބުނީމަ ކުރީ ބަދަލު ދިނުމުގެ ވައްކަން. ޗޯރާ،ދިވެހިން ކަލޭ ދަސްކޮއްފި.

    40
    • ލޮލް

      މިހާރު ދައުލަތުގެ ބަޖެޓު ހުރީ މައިނަހުގައި. ތާހިރެއްނު.

      16
  2. ހުސޭނުބޭ

    ފެށީ ސަތޭކައިން. ފުރަތަމަވެސް ކައިގަތްގަތީނުން ސުމަކަށް ހަދާލި. ދެން ހޮވިއްޖިއްޔާ ވާނެ ގޮތެއްވެސް ނޭގެ. ވެރިކަމުގައި ސަތޭކައަށް ވީ ހަމަ އެކަނި އެއްޗަކީ ޤައުމީ ދަރަނި.

    33
  3. ސިންދުބާދު

    ހެހެހެ ފެށީސުމަކުން ނިންމާނީވެސް ސުމަކުން ﷲ ރަހުމަތުން ލާދީނީ ވެރިޔަކަށް އަދިގައުމު ވިއްކާލި ހާއިނަކަށް ރަށްޔަތުން މިފަހަރު ދޭނީ ސުމެއް ޓީވީ ބަލަންއިނދެ ނުރޯތި އެދުވަހު.،،😭😭😭😭

    33
    2
  4. ކޮވިޑް

    ފެށީ ސުމަކުން ނިއްމަން ތިދަނީ ބޮލަކަށް ލައްކައިން މަތިން ދަރަނި އަޅުވާފަ. އޮޅިގެން ވެސް ރަނގަޅު ވާހަކަ ބުނެވޭ ފަހަރުވެސް އާދޭ ދޯ ޗޯރަށް.

    32
  5. ސަރުކޮރު

    ފެށީ ސުމަކުންނޭ ބުނާއިރު ރައީސް ޔާމީން ގެނައި ތަރައްގީގެ ކުރިމަތީ މިސަރުކާރަށް ދެއްކޭނެ އެއްވެސް ކަމެއްނެތް. އެހެންވީމަ ރައީސް ޔާމީން އިބޫއާއި ނަޝީދު ކަހަލަ ފެއިލް މީހުން ދޫކޮށް ގަދަކޮށް ނިކުންނަންވީ. އިންޝާ ﷲ ކާމިޔާބު ވާނެ.

    30
  6. Anonymous

    އަދިވެސް ސުމެއްގަ ދެންވެސް ސުމެއްގަ. ސުކުރިއްޔާ.

    27
    1
  7. ލުޓޭރުންގެ ސަރުކާރު

    ތީ ހަމަ ސުމެއްގެ މީހެއް...އެހެންވީމަ ފެށޭނީވެސް ސުމަކުން...ނިމޭނީވެސް ސުމަކުން އިންޝާﷲ.....

    31
    1
  8. މާމި

    ލޯއަނދިރި މީހުނައް ނުފެންނާނެ

    16
    2
  9. އަލީ

    ވީ މައިނަހެއްނު މުޅިން

    24
  10. ހާކާލަހާކާލާ 5 އަހަރު

    ނިމެނީ ނިމެނީ ވަދާޢީ ދަތުރު

    26
    1
  11. ސޮހޮލު

    ފެށީ ސުމަކުން. މިހާރު މައިނަސް 100

    24
  12. ޑައެލޯގް

    އިބޫކަމެއްކޮށްފި ހެއްޔެވެ. 6200 ގޯތިދެނީއެވެ. އެކަމަކު ދެވޭގޮތަށް ހިކިފައި އޮތީ700 ގޯއްޗެވެ. އެއީ ހުޅުމާލެ ( ޔާމީންހިއްކިބިން) އާއި ގުޅިފަޅު ( އަންނިހިއްކިބިން) އެވެ. ދެންމިހާރު ޑްރެޖަރުގެނެސްގެން ހިއްކާވާހަކަ އަސްލަމްބުންޏެވެ. ދެންއޮތީ 2މަހެވެ. ބިންހިއްކޭނެކަމަކަށް ނުބެލެވެއެވެ. އަދި ހިއްކުނަސް ހޮޅިވަޅުލުމުގެ ކަންކަންނުކުރެވޭނެއެވެ. ވިމާ ފެނާއި ނަރުދަމާއަދި ކަރަންޓްނެތި މީހަކު އިމާރާތްކުރާނީ ކިހިނަކުން ހެއްޔެވެ. ޔާމީނުވެސްވަނީ ފުށިދިއްގަރު ފަޅުންގޯތިދޭނޭކަމުގެ ލިޔުންދީފައެވެ. އެއީ މާގިނަމީހުނަށެވެ. އެކަންވެސް ރަގަޅެވެ. ސަބަބަކީ ޔާމީނުބުނީ ތިމަންނާދެނީ ފުށިދިއްގަރުފަޅުންކަމަށެވެ. ދެންހޮވުނީމާ ހިއްކާފަދޭނެވާހަކައެވެ. ވީމާދޮގެއްނެތެވެ. އެކަމަކު އިބޫބުނީ ގޯތިކަނޑައި އިންވަކިކޮށް ގޯތީދޭނީ ޖޫން ނިމުމުގެކުރިންނެވެ. އެކަމަކު ދައުރުނިމޭއިރުވެސް ނުވާނެއެވެ. ވީމާ އެހެދީދޮގެކެވެ.

    17
  13. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ދަރަނި އޮތީ ސުމެއް ގައޭ ބުނަގަ! ދަރަނި މިހާވަރަށް އަރުވާލި މީހަކު އަދި ވެރިކަމަކަށް ނާރާ. ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލަމޭ "ޗޯރު އިބުރޭ" ބުނަނީ. ކޮންމެ ރަށަކަށް ބިލިއަން ރުފިޔާ އަރާ ވަރަށް އެކައުންޓް ގަ ޖަހާފަ، ކުޑަކުޑަ އެއްޗެއް ރަށްރަށަށް މި ޙަރަދު ކުރަނީ. ނިކަމެތި ރައްޔިތުން ތިބެނީ ފުދިފަ! "ޗޯރު އިބުރޭ" ކުރާ މި "ޗޯރު ކަމެއް" ރައްޔިތުން ނަކަށް ނޭންގޭ. އިނޑއާ އައުޓް! "ޗޯރު އިބުރޭ" އައުޓް!

    22
  14. އަޙުމަދު

    ފެށީ 0ން ކަމަށް ވިދާޅުވި އިރު، ފައިސާ ހޯދަން ރަހުނު ކުރީ، ދަރުމަވަންތަ ހޮސްޕިޓަލް ، ސްކޫލް ތަކާއި ފުލެޓް ތަކާއި އެއަރޕޯޓް ތަކާއި ސަވަރިންފަންޑް ގައި 950 މިލިއަން ޑޮލަރު މިއީ ކުރީ ސަރުކާރުން އުފެއްދި ހަރުމުދަލާއި ފައިސާ ނޫންތޯއެވެ. އެންމެން މޮޔައިން ކަމަށް ބައްލަވާ ކަށް ނުވާ ނެ ނޫންތޯއެވެ.

    26
    0
  15. ޝާން

    ކަނޑުވެސް ވިއްކާލާފަ ނިންމާލީ. އަދި ބިންތަށްވެސް އެ ދަނީ ދެމުން އިންޑިޔާއަށް.

    14
  16. ސުމަކުންނޭ ކޮންތާކު ހިސާބެއް

    އިބޫމެން ވިއްކާާފައި އޮތް އެއަރޕޯޓެއް އަލުން ގަނެގެން ތަރައްގީކޮށްފައި އެއިތީ. މިއަދު މިލިޔަނުން ޓޫރިސްޓުން އެތެރެވަނީ! ދަތުރުފަތުރޭ ކިޔާ ބާދަނގަޑަށް ހެދި އެމްޓީސީސީ ކުރީ ދައުރުގައި ޓޫލްކިޓަކަށް އަލުން ހެދީ. ރައްޔިތުންގެ ކުންފުންޏޭ ބުނަން އޮތީ. ނަހާޖައްރާފެއް ނެތްނަމަ މިހާތަނަށް އޭތީގެ ދެތިންގުނަ ފައިސާ ދަރަނި ލިސްޓަށް އިތުރުވީސް! ބޮޑުހައިވޭއަކުން އެއަރޕޯޓާއެކު އެއްބައްތު ސިޓީގައި އަގުނޮޑު ހުސްބިމަކާ ނިމެން ކައިރިވެފާ ހުރި އެތައްހާސް ފްލެޓް ނެތްނަމަ ރައްޔިތުން ތިބީހީ ސަރުކާރު ރޮލުންކާ ހިސާބަށް ގޮސްފައި. ފޮރުވަން އުޅުނަސް އަޅާނުލާ ގެއްލުންދީ ހެދިޔަސް ރީޖަންގަ ނެތްހާ ކޮލިޓީ އިކްއިޕްމެންޓާ އެކު ބޮޑު ހޮސްޕިޓަލެއް އަޅާދީފަ ހުރި. އެއްދައުރުން އުފަންވީހާ އެއްޗެހި! ތީ ކޮންކަހަލަ ހިސާބެއްތޯ؟

    13
  17. ބެންޖަމިން.

    ތަލަ ފޮރުވަން ތޮފި އަޅައިގެން. ރަން އަނގޮޓި އަޅައިގެން ޗޯރޭ!!!

    11
    1
  18. Anonymous

    5 އަހަރުތެރޭ ނުވިކަމެއް ކުރަން އިތުރަން ނޫޅުން ރަގަޅުވާނީ. ކުރިން ދައުލާތާ ހަވާލުވިއިރު ރިޒާވްގަ ފައިސާ ހުރި މިހާރު ދައުލަތުގެ ރިޒާވް ހުސްވެއްޖެ. ލޯނު ނަގަން އިތުރަށް ރަހުނު ކުރާނެ އެއްޗެއް މިގައުމުގަ ނެތް. ހުރިހާ ސްކޫލާ ދައުލަތުގެ ބިންތައް ރަހުނުކޮށް ނިމިފަ ހުރީ. ދެން ތިހަދަމުންދަނީ ހުސް ދޮގޭ ބުނެވޭނީ.

    15
  19. ނާދިރާތަ

    މީ ހާދަހާ ގޮތެއް ފޮތެއް ނެތް ދޮގު ހަދާ މީހެކޭ. ސުބްޙާނައްﷲ. މިމީހާ ވެރިކަމުން ބާލަން ރައްޔިތުންނަށް ކެރިކުޅަދާނަވީ މިންވަރަކުން ނުކުންނަންޖެހޭ

    15
  20. ދަރަނި ދަންތުރަ

    ފެށީ ސުމަކުންނޭ ބުނާއިރު ފުރަތަމަ 32 ބިލިޔަން ރުފިޔާގެ ބަޖެޓް 8 މަސް ދުވަހުން ތަޅާ ރާކޭސް އަރުވާލި ޕާޓީގެ އައުވާނުންނަށް ބަދަލޭ ކިޔާ ބަހާލި ، މިޗޯރު ގައުމު ތަރައްގީ ކުރީކީނޫން ގައުމުގެ ހަޒާނާ ދަވާލާ ގައުމު އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވައްޓާލުމަށްފަހު ގައުމުގެ އިސްތިގުލާލުނަގާލާ އަޅުވެތިކުރީ ދިވެހިންގެ ދަރަނިވެރިކޮށް ނިކަމެތިކޮން ބަލިކަށިކޮށްލީ ހިންނަވަރު ޗޯރޭ އަށް ވޯޓު ދިނުން ހަތް ހަރާމުން ހަރާމް

    16
  21. ދަވާލާ

    ފެށީ ސުމަކުން ނިންމާތިލަނީ 160 ބިލިޔަން ރުފިޔާގެ ދަރަނިން ދިވެހި ހުރިހާ ރައްޔިތުން ދަރަނިވެރި ކޮށްދީފައި ސާބަސް ހިންނަވަރު ޗޯރޭ ކަލޭވާ ހަޔާތް ކުޑަ ކަލޭ ރަށްރަށަށް ދާންވީ އުނުއޮރިޔާން ނިވާނުކޮށް ޗޯރޭ ޗޯރޭ ޗޯރޭ

    15
  22. ޕޮގުބާ

    ފެށީ ސުމަކުން ނިމެނީވެސް ސުމަކުން ނުދޭނަން ވޯޓެއް

  23. ލިކާ

    1980 ގަ ދިވެހިން ހެއްދިހެން އަދިވެސް ދިވެހިން ހއެއްދޭނެ

  24. ކޮމެންޓްކުރާމީހާ

    މި ރާއްޖޭގައި އަލަށްތަ މީހަކު ރައީސްކަން ކޮށްގެން މިއުޅެނީ... ވެރިކަމާހެދި މޮޔަވަނީ

    2
    1
  25. އިމާ

    ސުމެއް ގެ ވެރިކަމެއް ސުޕަރ މެޖޯރިޓީގަ ފުލެޓެއް ނޭޅުނު ބުރިޖެއް ނޭޅުނު

  26. އަދުހަމު

    ފެށީ ސުމަކުން ނިމުނީ ވެސް ސުމަކުން

  27. ޢަހިމަދު

    އިރާދަ ކުތެއްވިއްޔާ ތިޔަނިމެނީވެސް ސުމަކުން

  28. އަޖައިބެއް

    ކުރިން އަޅާފަހުރިބަނދަރު މަރާމާތުކޮށް، އިންޖީނުގެ ތަންބަދަލުކޮށް ،ބޭސްފިހާރަ މަރާމާތުކޮށް، ސިއްހީމަރުކަޒަށް ރޫމެއް އިތުރުކޮށް ތަރައްގީއޭކިޔަސް ސުމަކުންފެށީއޭ ނުކިޔާނެ.

  29. މިދެންނެވި ގޮތް

    އިތުރު ދައުރެއް ނެތް ނުވިއެއް ނުން ފައިބާ

  30. މޮހޮރު

    ކަނޑުވިއްކާލި ޗޯރު 40 މިލިޔަނުގެ ޔޮޓުގަ ކެންޕެއިން ދަތުރައް ނައްޓާލީ ކޮންތާކުން ފައިސާހޯދީ
    ވެރިކަމުގެ ފުރަތަމަ އަހަރު ވީނުވީއެއް ނޭންގި ގެއްލުނު 1.7 ބިލިޔަން ތިޔަފެންނަނީ ޗޯރާ

  31. ސަންބެ

    ގައުމު ދަރުވާލި ޗޯރު އޮންނަންޖެހޭނީ ޖަލުގަ މިއީ މުޖައްރިބު ކަމެއް ޗޯރަށް މިފަހަރު ވަގަށްވެސް ވެރިކަމަށްނާދެވޭނެ ރަށްޔަތުން ތިބޭނީ މިފަހަރު ހޭލައިގެން .