ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭންގައި ބޭނުންކުރައްވަނީ އެމްޑީޕީން ހިފާފައިވާ ލޯންޗެއް ކަމަށް ކެމްޕެއިން ޓީމުން ބުނެފިއެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ބުނެފައިވަނީ އެމަނިކުފާނުގެ ކެމްޕެއިންގައި ހުރިހާ ހަރަދުތަކެއް ބަލަހަށްޓަނީ ޕާޓީން ކަމަށެވެ. އެގޮތުން އެ މަނިކުފާނު ދަތުރުކުރައްވާ ލޯންޗް އެއީ އެމްޑީޕީން ކުއްޔަށް ހިފާފައިވާ އުޅަނދެއް ކަމަށް އެ ޓީމުން ބުނެއެވެ.

އިންތިހާބުތަކާއި ދިމާކޮށް ސަރުކާރުން ދައުލަތުގެ އެކި އުޅަނދުތަކާއި ފައިސާ ކެމްޕެއިންނަށް ބޭނުންކުރާ މައްސަލަ ވަރަށް ގިނައިން ފެންމަތިވެއެވެ. އެކަމާއި ގުޅިގެން އާންމުންގެ ޕާޑުކިއުން ވަރަށް ބޮޑަށް ސަރުކާރަށް ވެސް އަމާޒުވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް ސޯލިހްގެ ކެމްޕެއިންގައި އެމަނިކުފާނު ހެނދުނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ކޮމަންޑޫއަށެވެ. އަދި އެއަށް ފަހު އެ އަތޮޅު މަރޮށްޓަށް އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ. މިރޭ ފޯކައިދޫގައި ކެމްޕެއިން ލޯންޗްކުރާ ހާއްސަ ޖަލްސާއެއް ވެސް އޮންނާނެއެވެ.

ރައީސްގެ އަރިހުގައި ކެމްޕެއިންނަށް ވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު އަދި ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމުދު ދީދީ އެވެ.

ރައީސްގެ ކެމްޕެއިންގައި އެމަނިކުފާނުގެ އަރިހުގައި ކޯލިޝަން ހަދާފައިވާ ދެވަނަ ޕާޓީ އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވަޑައިގަންނަވައެވެ. އަދި ރައީސް ސޯލިހަށް ތާއީދުކުރާ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވެސް ބައިވެރިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހަގީގަތް

    ލޯންޗެއްތޯ ނޫނީ އަގު ބޮޑު ސަފާރީއެއްތޯ

    17
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    "ޗޯރު އިބުރޭ" ކޮތަޅު ވިއްކައިގެން ލާރި އެއްކޮށްގެން އަހަރުމެންގެ ލާރީގަ ކެމްޕޭނު ކުރަނީ. ލަދުޙަޔާތް ކޮބާ؟؟؟ އަދި ބުނެފިޔޭ ކުއްޔަށް ހިފާފަ އޮތް ލޯންޗެއް ގަޔޭ! ތިޔަ ކަމެއް އެނގޭނީ މިއައްނަ އަހަރުން ބިލް ތައް އައިމަ! ފްލައިޓު ޓިކެޓު، ކޮއްތު އަހަރުމެންގެ ޖީބުން!

    22
    1
  3. ކޮމަންޑޫގުޅިފަ

    ކޮބާ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޙައްޤު. ހަމަޖެހޭ ދިރިއުޅުމުގެ ވާހަކަ ދައްކަބަލަ މިސުވާލަށް ޖަވާބުދީފަ.

    16
    1
    • ޖސޖސޖޖސ

      ރިޓަޔާ ކުރީމަ ދެން އޮންނަންވީ 20 30ކޭ ލިބޭ.. ދެން؟؟

  4. މަނާރު

    ކޮބާ ކުއްޔަށް ހިފިލޯންޗުގެ މައުލޫމާތުތަށް ކެމްޕޭނަށް އޮޅުވާނުލާ ތެދުމައުލުމާތު ރަށްޔަތުން ނަށްދީ ބުރިޖު އަޅަނިއްޔޭ ކިޔާފަވެސް ޖެއްސިގޭމް ރަށްޔަތުން ހިތުން އަދިވެސްނުފިލާ ހުސްމަކަރުން އުޅެނީ ވެރިކަންހޯދަން.

    18
    1
    • ސުކުނޭ

      ދޭބަލަ ސުކުން ދަސްކުރަން ފުރަތަމަ

  5. ލުޓޭރުންގެ ސަރުކާރު

    ތިވަރުގެ އަގުބޮޑު ޔޮޓެއް ކުއްޔަށް މޑޕ އަށް ހިފޭނީކިހިނެތް ސަރުކާރުން ޕާޓީތަކަށް އަހަރަކަށް ދޫކުރާ ފައިސާ މޑޕ ބޭނުން ނުކޮށް ފޮރުވައިފަ ބަހައްޓާފަތަހުރީ މިހުރިހާދުވަހު...ތިއީ ކޮރަޕްޝަނެ ވައްކަމެނޫންދޯ..

    18
    1
  6. ކޮވިޑް

    އޯ.އެމް.ޖީ! އަރިހުގަ ގިފިލި ބަލާ ސޮރު ދެއްތޯ؟ ހުތުރު

    13
    1
  7. ޑައެލޯގް

    މިއޮތް ހުރިހާ ދުވަހަކު ދަތުރުކުރީ ކޮންއެއްޗެއްގަ ހެއްޔެވެ. އިންތިހާބަށް ހަފްތާއަކަށްވީމަތަ އެއްޗެއް ކުއްޔަށްހިފަނީ

    18
    1
  8. މަހޯލޮ

    ތިކަން އެނގޭނީ ބެލީމަ ދާދިފަހުން މޫކޭ ހެދި ގޮތެއް 15 މިލިއަން ކައްވާލުން ސުވާލަކީ އިބްރާހީމް އަމިއްލަ ކެމްޕޭނުގަ އުޅެއިރު މުސާރަ ނަގަނީ ކީއްވެހޭ ބަންޑާރަ ކޮއްތު ކަނީ ކީއްވެހޭ

    17
  9. Anonymous

    ދައުލަތުގެ ރިޒާވްގަ ހުރި ހުރިހާ ފައިސާއެއް ނަގައި ނިންމައިފި.
    އެފައިސާ ދީފަ ކުއްޔަށް ހިފީމަ ދެން ވާނެތަ އޭނަގެ އަމިއްލަ ފައިސާގަ ހިފި އެއްޗަކަށް؟

    15
  10. ކަލުބެ

    ޔާމީން ނަމަ ދާނީ ސަރުކާރުގެ މުދާބެނުންކޮށްގެން

    2
    13
    • Anonymous

      ޗޯރޭމެން ނަށް ބޯކައިލެޗޭނީ ތިކަލަ މީހުންގެ.
      ޔާމީން ވަޒީފާގެ ޒިންމާ ދޫކޮށްލާފަ ކެމްޕޭނު ނުކުރޭ. އެކަމަކު ޗޯރޭ ޗަޒީފާގެ ޒިންމާ އަދާނުކޮށް ކެމްޕޭނުގަ އުޅެފަ ބޮޑު މުސާރަނަގާ ރާއްޖޭންބޭރަށް ބުރުތެޅުމުގަ އެއުޅެނީ.
      ޗޯރޭގެ ހުރިހާ ޚަރަދަކީ ދައުލަތުގެ ބޮޑު ސިއްރޯ. މަގަބޫލެއް ނުކުރަން އެ ލޯންޗަށްވެސް ޗޯރޭ ފައިސާ ދޭނެކަމަކަށް.

    • Anonymous

      ޗޯރު ސޯލިހު 40 މިލިއަން ރުފިޔާ ދީފަ ލަގްޒަރީ ޔޮޓެއް ކުއްޔަށް ނެގިއެއްކަމަކު 1 މިލިއަނުގެ ޗޯރު ޔާމީނަކަށް އެކަމެއް ނުވާނެ. ސޯލިހަކީ ސައުދީ ޕްރިނސް ވަރުގެ މުއްސަންޖެއް. ދަރިދަރިކޮޅުން ވާރުތަވި ވިރާސީ ކިންގެއް. އޭނަގެ އަތުގަ ބިލްގޭޓަށްވުރެ ފައިސާ ގިނަ. ގައުމުގެ އެހެން މީހުންނޯ ދައުލަތް ދިރުވާލަނީ. މީހަކު ބުރާންތިވިއަސް މި އެމްޑީޕީ ގްރާސް ރޫޓް ވަރެއް ނުވާނެ.

      6
      0
  11. ނުރަބޯ

    މިދިޔަ އިންތިޚާބުތަކުގަ ސަރުކާރު ލޯންޗުގަ ލޯގޯމަތީ ސަތަރި އަޅައި ފޮރުވައިގެން އުޅުން ބައެއްތީ. އަދި ބުނެފިއެއްނު ކުއްޔަށް ހިފާފައޭ. ތިޔަށް ކުލި ދައްކާ ބަޔަކު އެނގުނީމަ އިތުރަށް އެއްޗެއް ބުނެވޭނީ.

  12. ބުއްޅަބޭ

    ކުއްޔަށްް، ކޮރަޕްޝަން މެދުވެރިކޮށް ވަގަށް ދަވާލާފައިވާ ރައްޔިތުންގެ ފައިސާއިން..

  13. ހޭރެވޭ

    މުޑުދާރު މީހެއް ސާލިހް އަދި އޭނާގެ ބައިވެރިންނަކީ.ޔާމީން ކަހަލަ ވަތަނީ ހައިބަތު ހުރި ވެރިއް ނޫން އެޢީ.