(ށ. ނޫމަރާ) ޝަރުއީ ކޯޓުތަކުގައި ހުކުމް ކުރުމުގެ ފުރިހަމަ މިނިވަންކަން ފަނޑިޔާރުންނަށް އެބައޮތް ކަމަށާއި އެކަމުގައި ނުފޫޒެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން ސަރުކާރުން ވެރިކަމަށް އައިސް ކުރި އެއް ކަމަކީ ގާނޫނީ އިމުގެ ތެރެއަށް ރުޖޫއުވެ ގާނޫނީ ތަރަހައިގެ ތެރޭގައި ކަންކަން ނިންމުން ކަމަށެވެ.

ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވައި މިނިވަންކަމާއެކު ފަނޑިޔާރުން ހުކުމް ކުރުމުގެ މިނިވަން ކަން މިހާރު ރާއްޖޭގައި އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރު މަސައްކަތް ކުރައްވަނީ ސިޔާސީ ހަލަބޮލިކަމުން ނުކުމެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދިން އެއް ކަންތައް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މިނިވަންކަމާއެކު ފަނޑިޔާރުންނަށް ހުކުމް ކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވި އިރު، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަތަކެއް ޝަރީއަތުގެ އެކިއެކި މަރުހަލާތަކުގައި ދަނީ ހިނގަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އަންނަނީ ކޯޓުތަކުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަމުންނެވެ.

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތް ހިނގަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ.

އޭގެއިތުރުން ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އެ ސުވާލު އުފެދެނީ ރައީސް ޔާމިންގެ ޖަލު ހުކުމް އިސްތިއުނާފްގެ މައްސަލަ އިންތިހާބުގެ ކުރިން ބަލައި ނިމޭނެ ކަމަށް ނުބެލެވޭތީއެވެ.

އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަމުން ދަނީ އިންތިހާބުގެ ކުރިން ރައީސް ޔާމިން މިނިވަން ވާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނާހީ ޙަސަން

    ޖޭ.އެސް.ސީ . ގައި سیاسیމީހުން ތިބޭހާ ދުވަހަކު شرعیދާއިރާ އަދި ކޯޓުތައް މިނިވަންނުވާނެ ކަމަށް އިންކާރު ނުކުރާ މީހަކު ނެތެވެ. އިތުރުފުޅު ނުހައްދަވާށެވެ.

    30
    1
  2. މިތުރު

    މުވައްޒަފުންގެ ހައްޤުތަކުގެ ވާހަކަ ދައްކަން ނުކެރުނު މިހިނގާ 5 އަހަރުގަ. ވަރަށް އިހާނާތްތެރިކޮށް ކަންތައްކުރެވިފަވަނީ.

    25
    1
  3. ޑައެލޯގް

    މިނިވަންކަމާއެކު ހުކުމްކުރާތީދޯ އެފަނޑިޔާރަށް ރައީސް އޮފީހުން އަލީޒާހިރުކިޔާ މީހަކުގުޅާފަ ވަކިގޮތަކަށް ހުކުމްކުރަންބުނަނީ! އެނޫނީ ހިސާންކިޔާމީހެއް އެފަނޑިޔާރެއްގެ ސުލޫކީމައްސަލަ ބަލައެވެ. ދެން އަދީބާއި، ޒިޔަތާއި އެސްއޯއެފަށް ޑީލްހަދައި ޔާމީނުގެ ސަރީއަތް އެކަނިހިނގައެވެ. ޒީރޯޓޮލަރެންސް

    37
    1
  4. ހަގީގަތް

    ކޯޓުން އެބަފެނޭ ވަކި މީހަކު ހިފަހައްޓައިގެން ތަޅުވާތަން

    35
  5. ދަރަނި ދަންތުރަ

    މިނިވަން ކަމާއެކު ފަނޑިޔާރުންނަށް ހުކުމް އިއްވޭނެ ، އެކަމަކު ރައީސް ޔާމީނު އަށް އިއްވަންވާ ހުކުމް ކަނޑައަޅާ ލިޔެ ޗާޕުކޮށް ހުރިހާ ކަމެއްމުރާނީ އިންޑިޔާ އެމްބަސީން ، ހުކުމް ލިޔެފައިވާ ކަރުދާސް ފަނޑިޔާރުގެ އަތްޕުޅަށް އަރުވަނީ ރައީސް އޮފީހުގެ ޗީފުއޮފް ސްޓާފު އަލީ ޒާހިރު ދެން ފަނޑިޔާރަށް ވެދުން ކުރެވޭނެ މެލޭޝިޔާ އިން 3 ގަނޑުވަރު އަދި ފަނޑިޔާރުގެ އާއިލާގެ 12 ފަރާތަކަށް ސްޓޭޓް މިނިސްޓަރު ކަންވެސް ، ދެންފަހެ ސަބަބުވެރި އިންސާނާ މިނިވަން ކަމާއެކު ހުކުމްކޮށްފިއެވެ ، މިވަރަކަށް ނޫންތޯ މިނިވަން ވާނީ

    32
    • ކިޔު

      ދޮގު ތުހުމަތާއި ދޮގު ވާހަކައަކީ ﷲ ގެ ހަޒުރަތުގައި ތިމާ ޒިންމާވާންޖެހޭ ކަމެކެވެ.

      12
      3
  6. އިބްރާހިމް

    ދޮގުހެދުމުގެ ރައީސް. ﷲ އިރާދަކުރެއްވިއްޔާ މީނާ މިހައްދަވާ ދޮގުގެ ހިތި މީނާއާއި ވަރަށްއަވަހަށް ބައްދަލުކުރާނެއެވެ

    17
  7. Anonymous

    ޒީރޯ ޓޮލަރެންސްގައި ދެއްތޯ.
    މަނިކުފާނު ގެ ޒީރޯ ޓޮލަރެންސާއި އަޅުގަނޑުމެންގެ ޢަމަލުތައްވެސް ހެއްދެވި ފަރާތަށް ވަންހަނާވެ ވޮޑިގެން ނުވޭ.
    ޢަލީ ވަޙީދުގެ މައްސަލަ ފުރިހަމަ އެއްމިސާލު

    13
  8. ކޮވިޑް

    އެކަން ކަށަވަރު ނުވާކަން އެ ދައްތަގެ މޫނުމަތިން ވެސް އެބަ ފާހަގަ ވޭ.

    10
  9. ޒަމީރު

    މިކަހަލަ ދޮގު ހަދާއިރު ދޫ ވާނުވާކަން އެއީ ބޮޑު އަޖައިބެއް.

    21
  10. މުހައްމަދު ސައީދު

    ށ. ނޫމަރާ ކޯޓަށް އެ ވިދާޅ:ުވާ މިނިވަންކަން އެބައޮތް . އެކަމަކު ކްރިމިނަލްކޯޓަށާއި ، ހައިކޯޓަށާއި ސްޕްރީމް ކޯޓަށް އެ މިނިވަން ކަމެއް ނޯންނާނެ !

    20
  11. ރުހޮގޮމާއަ

    ޗާގޯސް މައްސަލައިގަ ކަންކޮށްފަ އެވަނީ ގާނޫނީ ކޮންއިމެއްގެ ތެރެއިންއިން ކަން އމސ ރައްޔިތުންނައް ސާފުކޮށްދޭންޖެހޭ. ރަށްރަށު ރައްޔިތުންނައް އޮޅުވާލާ ގުނބޯހެއްދުން ހުއްޓާލާ!!
    އމސ އަކީ މިގައުމުގެ ރައީސް ގެމަގާމް ގަހުންނެވި
    ރއީސް އެއްތޯއާއިމެދު ވަނީސުވާލުއުފެދިފަ.

    10
  12. ހުސޭނުބޭ

    ފަނޑިޔާރުން މިނިވަންކަމާއެކު ހުކުމްކުރަންޏާ އެންމެ ފުރަތަމަ ޙުކުމް އަންނާނީ އެމްއެމްޕީއާރުސީ ލާރިގަނޑުން 35 މިލިއަން ކައްވާލާފައިވާތީ ހިންނަވަރު އިބުރާހީމް ޖަލަށްލާން.

    10
  13. އައްޔަބެ

    މިވަރަށް ދޮގުހަދާ، ބަހާ އަމަލާ ސީދާނުވާ ވެރިއެއް މަނުދެކެން

  14. ހޭރެވޭ

    ހައި ޓްރީސަން ފޯ ޗޯރޭ.އިންޝާﷲ

  15. Anonymous

    ކަލޭ ތިހެން ބުންނަސް ތިކަން ގަބޫލު ކުރެވެނީ ކިހިނެއް. ހުކުމް ކުރަނީ ކަލޭ އެދޭގޮތަކަށް ނުވާނެހެން ހީވާ ނަމަ ހަމަ އެދުވަހު ގާސީ ގެ މައްސަލަ އެއްފެންމަތި ކޮށް ގާސީ ބޭރުކޮށް އެހެން މީހަކު ލައްވާ ހުކުން ކޮށް އޭނަ އެ ހުކުމް ކުރީމަ މަތީ އިނާމެއްގެ ގޮތުން މަތީ ކޯޓް ތަކަށް ލަނީ ހަމަ މި ސަރުކާރުން.

  16. ރާޝިދާ

    މަނިކުފާ ހަމާގަތޯ ތިޔަ ހުއްނެވީ މިއަށްވުރެ ފަޑިޔާރުންނަން ނުފޫޒް ފޯރުވާ ސަރުކާރެއްނެތް