ބ.ކެޔޮދޫގައި ވެލާތަކެއް ފަޅައި، ވެލާމަސް ކެއުމުގައި ބައިވެރިވި ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް "ވަގުތު"އަށް ވިދާޅުވީ ކެޔޮދޫގައި ވެލާތަކެއް ފަޅާލި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ހަތް މީހުން ޖުމްލަ 1،386،000 ރުފިޔާއިން އީޕީއޭއަށް ދައްކަން މިވަނީ އަންގާފައެވެ.

އީޕީއޭއިން ބުނާގޮތުން އެމީހުން ޖޫރިމަނާކޮށްފައިވަނީ މިދިޔަ ޖޫން މަހު 20 ވަނަ ދުވަހުގައެވެ. އެ ފައިސާ ދެއްކުމަށް އީޕީއޭއިން ދީފައިވަނީ ޖޫރިމަނާ ކުރި ދުވަހުން ފެށިގެން 30 ދުވަހެވެ.

ފަސް ފިރިހެނުންގެ ގުރޫޕަކުން މިދިޔަ ފެބްރުއަރީމަހު 3 ވަނަ ދުވަހު ފަޅާލާފައިވަނީ ވެލާގެ ވައްތަރެއް ކަމަށްވާ ގްރީން ޓާޓަލްގެ ހަ ވެލާ ކަތިލާފައިވާ ކަމަށް އީޕީއޭއިން މީގެ ކުރިން ބުނެފައި ވެއެވެ. އީޕީއޭން ބުނާގޮތުގައި ވެލާ ކަތިލާ ކެއްކުމުގައި ހަރަކާތްތެރިވަމުން ގޮސްފައި ވަނީ އެ އަތޮޅު ކެންދޫއަށް ނިސްބަތްވާ މީހުންނެވެ.

ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފައެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. މަންކީ

    ސޯލިހު ކެމްޕޭނައްދޯ ތީތިކޮޅު ލިބޭނީ

    56
    5
  2. އަހަންމަދު

    ވެލާވެސް ކާންވީ މިޔަރުވެސް ކާންވީ.

    83
    2
  3. ޖާބިރު

    ވެލާމަސް މަސްތުވާ އެއްޗެއްސަށް ވުރެ އަގުބޮޑުވީތޯ

    80
    3
  4. ޑީޑީ

    ތި ގަވާއިދު އުވާލަބަ .. ވެލާ އާލާ ނުވެގެން ތިއުޅެނީ ޖޫރިމާނާ ކުރާތީ.. ރާއްޖޭގަ ގާނޫނު ހަދާފަ ހުންނަނީ ކުއް ކުރުވާފަ ޖޫރި މަނާ ކުރާ ގޮތަށް

    53
    4
  5. The

    ޢެފްކޮމް ޖޫރިމަނާ މާފް
    ދެވަނަ ދަރަޖައިގެ ރައްޔިތުން ނަށް ނޯ މާފް

    73
    1
  6. ޥެލާ

    .ތިޖޫރިމަނާ ދައްކަން ޖެހެނީ ތިމަރުވި ވެލާތަކުގެ އާއިލާއިން އެނޫންގޮތެއްނެތް..ތިކަން ކުރި އެކަކުވެސް ޒިންމާއެއް ނުވާނެ..

    28
    7
  7. ޢޮވަލި

    ހަރާމް އެއްޗަކީތަ ﷲ ސވ ދުނިޔޭގަ ލައްވާފަވާ ހަލާލު އެއްތެއްކަތިލާގެން ކެއުމަކުން އެއެ ހެއްދިފަރާތުން އެމީހަކަށް އަޒާބެއް ޖުރިމަނާއެއް ނުކުރާއިރު މިދެން ކޮންފަދަ ކަމެއް

    72
    2
    • ނަންނ

      ނެތިދާން ފެށުމުން އިންސާނީ ނަސްލުގެ މަންފާއަށާއި އާންމު މަސްލަހަތަށް ކަމެއް މަނާކުރުމުން ހަލާލޭ ހަރާމޭ ކިޔާ، އެކަމަކަށް ބޯނުލަބާވާނެ ހުރިހާގޮތެއް ހޯދާތި

      2
      5
  8. މެސީ1

    ނުދޭތި އެންމެ ލާރިއެއްވެސް، ތީ މާތްﷲ ހަލާލު ކުރައްވާފައިވާ ހަލާލު ރުޒްގެއް، ރިޒޯޓްތަކުގެ ޓެކްސް ނުދައްކާ ފްލެޓް ކުކި، ސްޓިކާ ފީ ނުދައްކާ ހުންނަ މީހުނަށް މާފު ދޭ ގޮތައް ވެލާ ޖޫރިމަނާ މާފުކުރަން ގޮވާލަން

    70
    2
  9. ޅަކުއްޖާ

    މި ނޫނިއްޔާ ނޯންނާނެ ޙަލާލު ކަމެއް ކޮށްގެން ބޮޑު އަދަދުން ޖޫރިމަނާކޮށް ޙަރާމް ކަމެއް ކުރިޔަސް އެއްވެސް ފިޔަވަޅެއް ނާޅާ ޤައުމެއް.

    90
    1
  10. Anonymous

    އެމީހުން ވެލާ ފަޅައިގެން ކެއީ ވެސް ކާނެ އެއްޗެއް ނުލިބިގެންނެވެ. އެއީ ފަގީރުންނެވެ. މިލިއަނުން މިލިއަނުން ފަގީރުން ޖޫރިމަނާކުރީމާ އެފައިސާ އެމީހުން ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އަދިވެސް އެމީހުން ވެލާ ފަޅައިގެން ކާނެ ކަމަށް ބެލެވެއެވެ. އެއީ އެމީހުންގެ ވެރި ރައްބު އަދި ޢާލަމްތަކުގެ ވެރި ރަސްކަލާނގެ އެމީހުންނަށް ދެއްވި ޙަލާލު ރިޒުގު ނޫން ހެއްޔެވެ؟ ފަގީރުންނަށް ވެލާ މަސް ކެއުން މަނާކުރާއިރު ދުނިޔޭގައި އުޅޭ މަހުޖަނުން ވެލާމަސް ކައެވެ. ވެލާމަސް ކެއުމަކީ މަހުޖަހުންނަށް ހުއްދަކަމެކެވެ.

    62
    5
  11. ރާފިޔު

    ރާއްޖޭއިން ދާއަޅައިގެން ހިފެހެއްޓި އިންޑިޔާ މަސްބޯޓު އެއްވެސް ޖޫރިމަނާއެއް ނުނަގަ އިންޑިޔަށް ފޮނުވާލި.ދިވެހި ރައްޔިތުންވީމަ ނިކަމެތިންނަށް

    69
    1
  12. ޔުނައިޓެޑް

    ވެލަޔަކީ މުސްލިމުންނައް ﷲ ގެ ދީނުގައި ހަލާލު އެއްޗެއް. ﷲ ގެޝަރީއަތާއި ޚިލާފަށް ނުވަތަ ﷲގެ ޝަރީއަތް ފިޔަވާ އެހެން ޝަރީއަތަކުން ހުކުމް ކޮއްފި ކޮންމެ މީހަކީ ތޯޣޫތެއް ކަމައް އިލްމު ވެރިން ފަތުވާ ދެއްވައިފައިވޭ. ﷲ އަށް ބިރުވެރިކަމެއް ނުވާ ޤާޒީން ގިނައީ. ދުނިޔެއަށްޓަކައި އާޚިރަތް ވިއްކާލާނީ ވަރަށް މޮޔަ ބަޔަކު😥

    29
    1
  13. ބީޓޭ

    ދޭތެރެ ދޭތެރެއިން ވެލާވެސް ހިފަން ހުއްދަކުރަންވީ
    މިޔަރު ވެސް ބާންނަ ހުއްދަކުރަން އެބަޖެހޭ. މިހާރު
    ކަނޑަކުން ފަޅަކުން މަހެއްބޭނޭވަރެއް ނޫންމިޔަރުގެ ބަލާބޮޑުކަމުން. ޑައިވިންކޮށްލެވޭކަށްވެސްނެތް.

    28
  14. ޢިޔާބު

    ނަމެއްގައި ކުރި ޖޫރިމަނާއެއް. މިހާރު ތީތި މާފުކޮށްފި އިބޫ

    7
    4
  15. މަސްތުވާތަކތ

    ކިހާދެރަކަމެތް އިސްލާމްދީނުގައި ހަރާންކުރައްވާފަ އޮތް އެއްޗެއްނޫންވިއްޔާމީ ކާންވީހަމަ އީޕީއޭ މީ ހެއްދެވިފަރާތަށް ވުރެންވެސް މަތިން އައިސްގެން އުޅޭބައިގަޑެއް ރާއްޖެ ގެނައުންމަނާދޫނިތަކެކޭ ކިޔާފަ 300 ކައިން ދޫނިތައް އައިސް ބޮކްސް ސައްލާ މަރާލީ މިމީހުން މި މީހުންވީމަ ހުރިހާކަމެތްވެސް ކުރެވޭ

    22
  16. ކޮބަ

    ކެންދޫ މީހުންނަކީ ދިވެހިންގެ އަސްލުން އައިސްފައިވާ ބައެއް ނޫން...

    3
    10
    • ޖުލައި

      ވެލާ ފެޅީ އެމްޑީޕީ މީހުން.

  17. ބަކުރުބެ

    ނުގޮތަކަށް ވެލާގެ އަތްލިޔަސް ލައްކައިންޖޫރިމްނާ މަސްތުވާތަކެތި އެތެރެކުރާމީހުންނާ އެ ބޯމީހުންނަށް ނޯޖޫރިމަނާ 1 ދުވަހު ގޮޅީގައި ދައުލަތުގެ ހަރަދު ރަގަޅަށް ކާންދީފަ ފޮނުވާލަނީ ވައްކަންކުރާމީހާ ވައްކަންކުރީމަ ނޯޖޫރިމަނާ ގޮޅީގަ ޖާގައެތްނެތޭ ކިޔާފަ ދޫކޮށްލަނީ ދޫކޮށްލީމަ އަނެތްކާވެސް ވައްކަންކޮށްލަނީ

    28
  18. ދަރަނި ދަންތުރަ

    ދިވެއްސެއް ވިއްޔާ ހޭއަރުވާލާތި ، އިންޑިޔާ މީހެއް ނުވަތަ ބައެއްވިއްޔާ ގާތުންދީފައި ބޮލުގައި ފިރުމާފައި ގައުމަށް ފޮނުވާލާ

    24
    1
  19. އަހްމަދު

    މޯހަން މުތާއިން ޖުރިމާނާ ނުދައްކަނީސް އެކަކުވެސް ތިޔަ ފައިސާ ދައްކައިގެން ނުވާނެ.

    19
    1
  20. ޕޮގުބާ

    މީހަކު މަރާލީމަ އެއްވެސްކަމެއްނޫން ދޫކޮއްލަނީ ދެންމީހުން ނުމަރާ ތިބޭނެތަ؟ ވެލާފެޅީމަ މަރުގެ އަދަބް ގެރި އިންޑިޔާމީ މިއަނިޔާވެރި ޖައްބާރުގެ ވެރިކަމުން ސަލާމަތްވާން މަސައްކަތް ކުރަންމީ ރަނުގެ ފުރުސަތެއް

    22
    1
  21. ސަލްމާ

    އީ ޕީ އޭ މިކިޔާ ބައިގަޑު ހާދަލާރިއެކޭ މިހޯދަނީ މިފައިސާ ތައް މިމީހުން މެރި ވެލާތަކުގެ އާއިލާ ތަކަށް ބަހަނީބާ އިންސާނަކު މަރާމީހާއަކަށް ޖޫރިމަނާއެތްނާދޭ ކެއުމާ ބޮޔުމާ ނިދުމާ ދީފަ ފޮނުވާލަނީ އަނެކަކު މަރާޝޭކިޔާފަ

    15
    1
  22. ދިވެއްސެއްގެ ހުއްޖަތް

    ﷲ ހަލާލު ކުރެއްވި އެއްޗެހި ކޭމާ ވަގުތުން ޝަރީޢަތް ތަންފީޒުކޮށް ލައްކައިން ޖޫރިމަނާކުރެވޭ. އެކަލާނގެ ޙަރާމްކުރެއްވި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރީމާ މުއްދަތުޖަހާލާފައި ދޫކޮއްލަނީ. މިހާ ހިސާބުން ކޮންމެ ޤައުމީ ލޭހުރި އިސްލާމީ ދިވެހި ދަރިއަކު ވިސްނަންވެއްޖެ މި ޤައުމު ގޮއްސައި އޮތް ހާލަތު. އެކަން ނިންމަވާނީ ތިޔަ ދިވެހި ދަރިން.

    17
    1
  23. Anonymous

    އަހަންނަކީ ދިވެއްސެއް. މަސްވެރިކަމުގައި އަހަރެމެން ވަރަށް ގިނައިން ވެލާ ފަޅައި ވެލާ ކެއިން. އަދި ވެސް ވެލާ ފަޅައި ކާނަން. އިންޝާﷲ. ސަބަބަކީ އެއީ ﷲ ހަލާލުކުރައްވާފައިވާ ރިޒުޤެއް. މި ރާއްޖެއަކީ މިހާރު ބުޑިސްޓުންނެއް ނޫން. މި ރާއްޖެއަކީ ﷲ އެކަލާނގެ އަޅުތަކުންގެ ތެރެއިން ދިވެހިން ހޮއްވަވައި އިޚްތިޔާރުކުރައްވައި އިސްލާމްކަމުގެ މަތިވެރި ނިޢުމަތް 800 އަހަރަށް ވުރެން ގިނަ ދުވަހަށް ދެއްވި އިލާހު.
    މި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައްވެސް ހުންނަން ޖެހޭނީ އެކަލާނގެ އަމުރާއި ނަހީއާއި ފުށު ނާރާ ގޮތަކަށް. ފުށުއަރަންޏާ އަހަރެމެން ދިވެހި ލޭހިނގާ އިސްލާމީ ދިވެހި ދަރިން އެކަލާނގެ ޤާނޫނު އެއްލާލާފައި ވަޟަޢީ ޤާނޫނަކަށް ތަބާވާ ބަޔަކު ކަމުގައި ނުވާނަން. ޕާޓޭން މުއްދަތު ޖަހާލާފަ ދޫކޮއްލާ. އެކަމަކު ހަލާލު އެއްޗެއްް ކެއީމާ ވަގުތުން ލައްކައިން ޖޫރިމަނާ ކޮއްލާ. މިއީ އަހަރެމެން ބަލައިގަންނަ ކަމެއް ނޫން.

    21
    0
  24. ޕަރީ

    މި ނޫނިއްޔާ ނޯންނާނެ ހަލާލު ކަންތައް ހަރާމްވެފަ، ހަރާމް ކަންތައް ހަލާލުވާ ގައުމެއް. ވެލާ ފަޅަނިކޮށް އަތުލާފަ އެގެންގޮސް ޕޮލިހުން ކަނީ. އުކައެއްނުލާ. ދައުލަތް ދަވާލިމީހުން ފުރިހަމަ އިނާޔަތްތައްލިބި އަރާމުގަ އެއުޅެނީ.ގޯތިވެސްލިބުނު. ފުލެޓުވެސް ލިބުނު. އަދަބެއް ނުލިބުނު. ނިކަމެތިން ފެލައިގެން އުޅޭނީ. ނިކަމެތިން ކުރީމަ ސާބިތުވެސްވަނީ. މި ގައުމަށް ކޯފާއެއް ނައިސް އޮތްކަމަށްޓަކާ މާތްﷲ އަށް ހަމްދުކުރަން.

    16
    1
  25. ޗަކޮއި

    ވެލާގެ ރަހަކަރުބުޑުގަ ލާފައި މިހާރުތިބޭނެ

    1
    18
  26. 🐢🦖

    ކޮން ޖޫރިމަނާއެއް. ދައްކާނެކަމެއްނެތް. ހިޔާ ފްލެޓްގެ ޖޫރިމަނާ ފުރަތަމަ އަތުލަބަލަ

    11
    2
  27. ރަން ރީނދޫ

    ހަމަ ކާނަން. ޖޫރިމަނާ ކުރިޔަށް ކާނަން. ކާތި އެންމެންވެސް. މިމީހުން ވަރިހަމަ ދައުލަތުގެ މާލިއްޔަތު ފެންފޮދަކާ ނުލައި ދިރުވާލި ޔަސް.

    18
    1
  28. ނާޒިމާ ހަސަނު

    މިރަށު މީހުން އެކަނިތަ ވެލާ ފަޅައިގެންކަނީ؟ މުޅި ރާއްޖޭ އެންމެން ކުރާކަމެއްތީ. ކައުންސިލަރުންނާ ފުލުހުންނާ ދެންވެސް އުޅޭ އެންމެން ގުޅިގެން ކުރާކަމެއްތީ. މިފަހަރަކު މިރަށު ބަޔަކު ތިޔަކަމެއްގާ ތިޔަބަސްޓުވީ ވެލާމަސް ނުކާ ފުލުހެއްހުރީމައި. އެކަލޭގެ ބޭރުކޮށްފަ އޮންނާނީ. ވެލާމަސް ވެސް ކާނަން. ލާރިއެއްވެސް ނުދައްކާނަން.

    19
    1
  29. ޅަހުއްތު

    ޢެފްކޮން ފްރީ

    10
  30. ޒާ

    އެފްކޮމް ކުރި ޖޫރިމަނާވެސް ނުދައްކާ. ނައީމަށް ކުރެވުނު ކަމެެއްނެތް އެފައިސާ ހޯދަން. އެވާހަކަ ނުވެސް ދައްކާމިހާރު. އާދައިގެ ދިވެހިންހޭއަރުވާތިލީ. މަނަމަ ނުދައްކާނަން.

    18
    2
  31. Anonymous

    ދިވެހިންގެ ކަނޑުގެ ރިޒްޤްވެސް ދިވެހިންނަށް މަނާކޮށްގެން. ވެލާމަސް އިސްލާމް ދީނުގައި ޙަރާމްނޫން. ﷲ ސުްބްޙާނަހޫ ވަތަޢާލާ އިންސާނުންގެ ބޭނުންތަކަށް ލައްވާފައިވާ ރިޒްޤް ބޭނުން ކުރުމުން މަނާކުރުން މީ ވިސްނަންވީ ކަމެއް ތިޔަ ޤާނޫނު ފާސްކުރި ބަޔަކު. ވަގަށްކާން އެޖެހެނީ އެހެންވީމަ. ރިޒްޤް ދެއްވާ މަތިވެރި ފަރާތަކީ ﷲ ސުްބްޙާނަހޫ ވަތަޢާލާ. އެކަލާނގެ ހުއްދަ ކުރެއްވިއެއްޗެއް މަނާކުރަން ނިކަމެތި އިންސާނުން މީކޮން ބައެއް. އަމިއްލައަށް ހިތުހުރި ގޮތަކަށް ވަޟުޢީ ޤާނޫނުތައް ހަދައި، އެކަމުން
    ކުށްކުރުން މަދުވޭބާ؟ ﷲއެއްގެވި މަގުން ޙަރާމް ކަންކަން ކުރީމަ އަދަބު ދީބަލަ ނިކަން

    13
    1
  32. ޖުލައި

    ލިވާތުކުރީމަ 3 މަހަށް ގޭބަންދު. ވެލާ ހިފީމަ 2 ލައްކަ ޖޫރިމަނާ. އިބޫ ގަދަ

    18
    1
  33. Anonymous

    ތިއީދެން އެވަރު ކަމެއްތަ. ޖޫރިމަނާ ކުރަން.
    އަދަބެއްގެ ގޮތުން ވެލާ ފާމެއް ހަދަން ނުޖެއްސިކަން ނަސީބެއްނުން

    8
    1
  34. އެޅަބެއްޔާ

    ޥެލާ ހިފުން މަނާ ކޮށް ފަ އޮއްވާ ހިފާ މަސް ކައި ހަދައިގެން ނުވާނެ. އިންޑިއާ ގެ އެމް އެމް އެކްސްޕޯޓް ޖޫރިމަނާ ނުކުރެވެނީ ކީއްވެހޭ؟

    8
    4
    • ބެއްޔާ

      މާދަން ނަމާދުކުރުން މަނަލޭބުނީމަ ކަލޭ ނަމާދުނުކޮށް ހުންނާނަންތަ

      • ކޮންފަދަ ކަމެއްތަ

        ހިތުން ވަރަށް މޮޅު އެއްޗެއް ތިބުނީ.. ޖާހިލުން ދައްކާ ވާހަކަ..ފޮތެއް ނަގައިގެން ކިޔާލަބަލާ

  35. ގަލަން

    ވެލައެއް ކާލީމަ ރަޔްޔިތު މީހާ ތިދުވަސް ދުއްވާލަނީ ކޮބާ އިންސާފު. މީހުން މަރަނީ މަދްތުވާތަކެތި ވިއްކަނީ އެހެންގޮސް ހައްދުފަހަނަ އަޅާފަ. އިސްސާނީ ހައްޤު ތަކެއްނެތް މިޤައުމުގަ. ވެލައެއް ކާލުމަކުން ކޮބާ މައްސަލައަކީ.

  36. ހަސަނަ

    މިހެންވީމަ އިބޫސާލިހުއައް ދެވަނަދައުރެއްނުދޭންވީ ކޮތަޅުންލަރިނަގައިގެން ކޮތަޅު މޫދައް އުކިއަސް އޯކޭ ވަގުސަރުކާރު ދިވެހިންފެލާސަރުކަރު...

  37. ޗޯރު ކޮތަޅޭ

    އިސްލާމްދީނައް ފުރައްސާރަ ކޮއްގެން ލާދީނީ އެމްޑީޕީ އިން ކުރިކަމަކީ އެ މުރުތައްދުންނައް ހިމާޔަތް ދީ ދައިލަތުން ބޮޑު ޚަރަދު ކުރީ. އެކަމަކު ﷲ ސުބުހާނަހޫ ވަތަޢާލާ ހަލާލު ކުރެއްވި މަހެއް ކައިގެން ބަޔަކު ބޮޑު ޖޫރިމަނާއެއް. ސަދޫމްގެ ގާނޫނު ސަދޫމްގެ ލާދީނީ ވެރިން

  38. Anonymous

    އޫރުމަސް އޯކޭ ވެލާމަސް ހަރާން ދީނެއް އޮންނަނީ ހަމައެކަނި ދިވެހިރާއްޖެ

  39. އަލީލާންބަލީލާން

    އަލީ ވަހީދު ހުދު ފޮތިކޮޅަކަށް ވެފައި މީ މީހުން ކުށްވެރިންނަށް ވީ ކީއްވެ؟

  40. Anonymous

    ވެރިޔަކު ނުވަތަ ދަންނަބޭކަލަކު(ވިޔަސް) ﷲ ހަލާލުކުރެއްވި އެއްޗެއް ޙަރާމްކޮށް، އެކަލާނގެ ޙަރާމްކުރެއްވި އެއްޗެއް ހަލާލުކުރީމާ އަހަރުމެން ރައްޔިތުން އެ ހުކުމަށް ރުހި ގަޔާވެ ކިޔަމަންވެގެން ތިބެއްޖެނަމަ އަހަރުމެން ވާނީ އެ ވެރިޔަކު ނުވަތަ ޢިލްމުވެރިޔަކީ ﷲ ފިޔަވާ ރައްބެއް ކަމުގައި ބެލި ބަޔަކަށް. މިއީ ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސައްހަ ހަދީސްބަސްފުޅުން ސާފުސާފުކޮށް އެނގެން އޮތް މައްސަލައެއް.
    މީގެ ދަލީލަކީ ތައުބާ ސޫރަތުގެ 31 ވަނަ އާޔަތާއި އެ އާޔަތާއި ގުޅޭ ހާދިސާއެއް. އެއީ ޢަދިއްޔު ބުނު ހާތިމް އިސްލާމްވެވަޑައިގެން ރަސޫލުﷲޞައްލަﷲޢަލައިހި ވަސައްލަމް އެ އާޔަތް ކިޔަވާ ވިދާޅުވުމުން ދެކެވުނު ވާހަކަތައް. ތަފްސީރު ބައްލަވާ.