ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މާލެ ވަރަށް ބޮޑަށް ބަދަލުވެ، މާލޭގެ ރައްޔިތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރާ ތާއީދު އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އަދި މާލޭގެ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމުގެ އަޒުމުގައި ރިޔާސީ ރޭހަށް ނުކުންނަވާފައިވާ ރައީސް ސޯލިހް މިއަދު ވަނީ މާލޭގައި ދޮރަށް ހިންގަވަން ފައްޓަވައިފައެވެ. އެ ހަރަކާތް އެންމެ ފުރަތަމަ އެމަނިކުފާނު ފެއްޓެވީ ގަލޮޅު ދެކުނުންނެވެ.

ރައީސް ސޯލިހް މިއަދު ގެއަކަށް ޒިޔާރަތް ކުރައްވައި ބަޔަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

އެ ހަރަކާތާ ގުޅޭ ގޮތުން މާރިޔާ "ވަގުތަށް" ވިދާޅުވީ މާލެ އިން ދިމާވާ ކޮންމެ މީހަކު ކަހަލަ ގޮތަކަށް ހުރީ ރައީސް ސޯލިހަށް ވޯޓު ދިނުމަށް ތައްޔާރަށް ކަމަށެވެ. މާލެ އިން ފެންނަނީ ވަރަށް "ޕޮޒިޓިވް" އަދި އުންމީދީ މަންޒަރެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަ ކުރައްވައިފައެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް މާލެއާ ދޭތެރޭގައި. މާލޭގެ މެޖޯރިޓީ ބޮޑު ޕަސަންޓެއް ރައީސް ސޯލިހަށް މި ފަހަރު ނެގޭނެ. ހަގީގަތުގައި މަސައްކަތް އަދި ކިރިޔާ މި ފެށުނީ. ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މި ތާއީދު ދާނީ އިތުރުވަމުން،" މާރިޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ބަޔަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

މާރިޔާ ވިދާޅުވި ގޮތުގައި މާލޭގެ ތާއީދު ރައީސް ސޯލިހަށް އިތުރުވި އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނެ މަގު މި ސަރުކާރުން ފަހިކޮށް ދިނުމެވެ. މާލޭގެ ރައްޔިތުންގެ ޒަމާންވީ ބޯހިޔާވަހިކަމުގެ ޝަކުވާ އަށް ހައްލެއް ގެނެސް ދެއްވުމަށް ކެރިވަޑައިގެންނެވި ވެރިއަކީ ރައީސް ސޯލިހް ކަމަށާއި ގޯތި ލިބުނު މީހުންގެ އުންމީދުތައް މިއަދު އާވެފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހް މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފި

"ގޯތި ނުލިބުމަކީ މާލޭގެ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެއް. މާލޭގައި ދިރިއުޅުނު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރެއްވުމަށް ރައީސް ކެރިވަޑައިގެން އެ ނިންމެވި ނިންމެވުމުގެ ސަބަބުން މިއަދު މާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ވަނީ ލިބިފައި،" މާރިޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ގެއަކަށް ޒިޔާރަތް ކުރައްވައި ބަޔަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

މިދިޔަ ހަފްތާގައި މާރިޔާ އިސްކޮށް ހުންނަވައި ދޮރުން ދޮރަށް ހަރަކާތް މާފަންނު މެދު ދާއިރާގައި ވެސް ކުރިއަށް ގެންދެވިއެވެ. އަދި އިއްޔެ މާރިޔާ އިސްކޮށް ހުންނަވައި އެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއާ އެކުގައި ހުޅުމާލޭގައި ވެސް މި ހަރަކާތް ކުރިއަށް ގެންދެވިއެވެ. މާރިޔާ ވިދާޅުވީ އެ ދާއިރާތަކަށް ދޮރުން ދޮރަށް ހިންގެވުމުން ރައީސް އަށް އޮތް ތާއީދު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.

ރައީސް ވަނީ ގަލޮޅު ދެކުނު ދާއިރާގެ ބައެއް ގެތަކަށް ވަޑައިގެން، އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކާއި އެމީހުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ.

ރައީސް ސޯލިހް މިއަދު އަންހެނަކާ އެކީގައި ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: އެމްޑީޕީ

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓެވީ ށ. ފޯކައިދޫގައެވެ. "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން އެ ރަށުގައި ފޯރިގަދަ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެރެއެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ނޫމަރާ އަށް ވަޑައިގެން އެ ރަށް ރަށުގައި ވެސް ކެމްޕެއިން ކުރައްވައިފައެވެ.

ރައީސްގެ ކެމްޕެއިން ޝެޑިއުލް އޮތް ގޮތުން މި މަހުގެ ބާކީ ދުވަސްތަކާއި ކުރިއަށް އޮތް މަހާއި ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ވެސް ގިނަ ރަށްތަކަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނީ 90،000 މެމްބަރުންގެ ރަޖިސްޓާޑް މެމްބަރުންނާ އެކުގައެވެ. އެއީ އެމްޑީޕީ އަދާލަތު ޕާޓީ އަދި އެމްޑީއޭއާ އެކީގައެވެ. ރައީސް އަބަދުވެސް ވިދާޅުވި ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބު އެއް ބުރުން އެމްޑީޕީ އަށް ކާމިޔާބު ކުރެއްވޭނެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހް ހޯއްދެވީ، އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ޕްރައިމަރީގައި ބަލި ކުރެއްވުމަށް ފަހުގައެވެ.

"ވަގުތު" ސާވޭ: މާލެ ރައްޔިތުން އެމްޑީޕީ ދެކެ ފޫހިވޭ، ބޭނުމީ ބަދަލެއް!

މާލެ އިން ރައީސް ސޯލިހަށް އޮތް ތާއީދު މާ ބޮޑުވެފައިވާ ކަމަށް މާރިޔާ ވިދާޅުވި އިރު، ސަރުކާރުން ގޯތި ލިސްޓު ނެރުމުގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކުން މާލެ އަށް ވޯޓުލެވޭ 1،007 މީހުން ބައިވެރިކޮށްގެން "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭގައި %52 އަށް ވުރެ ގިނަ މީހުން ބުނެފައި ވަނީ އެމީހުން ވޯޓު ދޭނީ ޕީޕީއެމަށް ކަމަށެވެ. އެއީ ސާވޭގައި ބައިވެރިވި 532 މީހުންނެވެ. ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ ސާވޭގައި ބައިވެރިވި %14 މީހުންނެވެ. އެއީ 141 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އުގުރި

    ހިގާ ބަލަމާދޯ ތާއީދު އޮތްއިވަރު..

    48
    2
  2. ހުސޭނުބޭ

    ތިހެން ބުނާއިރު ދައިތަގެ ދެމިޔަކަނުން ތިހުރީ ހަނދުއޮއްސިފައެއްނު!

    52
    2
  3. ކޮވިޑް

    ވާނުވާ ބަލާ ނުލާ ފޮޓޯލީމަ ފަލީހަތް ތިވަނީ މިހާރުވެސް ކަރުގަ ސަރުކާރުގެ ވަޒީފާގަ ހުރިކަން ހާމަވާ ކާޑް އެ އޮތީ. ދެން ބަލަމާ ހިންގާ އޮފީސް ތަކުގެ މީހުންނަށް ކުރި މަޖުބޫރަކީ ކިހާވަރެއްތޯ؟

    48
    2
  4. ނަތާ

    ޔޭޔޭޔޭޔޭޔޭޔޭޔޭޔޭޔޭޔޭޔޭޔޭ😎

    5
    7
    • ހަސަން

      މިފަހަރު މާލޭ ވެސް ބޮޑުތަފާތުން ބަލިކުރާނަން

      8
      1
  5. މާރީ

    ކަލޭ އެއްބުރުން ހަނދު އޮއްސޭތަން الله އިރާދަ ކުރެއްވިއްޔާ ދައްކާލާނަން!!

    10
    1
  6. އަހަންމަދު

    ބިދޭސީން ގޭގޭގަ ކައްކައިދިނުމާއި، ބާޒާރު ކުރުމާއި ކުދިންބެލުމާއި ސައިކަލު/4ވީލް ވެހިކަލް ފޮހުމާއި/ދޮވުމާއި ، ޢިމާރާތްކުރުމާއި ރިޕެއާރ މަސައްކަތާއި، މަސްވެރިކަމާއި ދަޑުވެރިކަމާއި ތަރުކާރީއާއި މޭވާގެ ވިޔާފާރީ ކުރުމާއި ޑޮލަރު ގަނެވިއްކުމާއި ހޮޓާ/ކެފޭގެ ވިޔަފާރީއާއި ނާސިގެހިންގުމާއި އަދިވެސް އެތައް ވިޔާފާރީއެއް ގަވާއިދާ ޚިލާފަށް ހިންގަން ފުރުސަތުދީ ދިވެހިންގެ ގައުމުގައި ދިވެހިން ދެވަނަދަރަޖައިގެ ރައްޔިތުންނަށް ހަދާ މުޅިގައުމު ފަސާދަކުރި މީހަކަށް އަސްލު މާލޭމީހަކު ވޯޓެއް ނުދޭނެ.

    12
    1
  7. ައަލީ.ތ

    އެންމެ މަތީ ފޮޓޯގަ އެތިބީ އަލީ އުމަރު މަންމަޔާ އޭނަގެ ދެ ކޮއްކޮ، އެމް.ޑީ.ޕީ އަށްގޮސް ގެއްލިފަ ތިބޭ ބައެއް ކުރިންވެސް. ދެން ބާރަށް އަތްޖަހާ

    30
    1
  8. Anonymous

    އަނދަގޮނޑިތަށް ހުރީ ތައްޔާރަށް!!!!

    28
    3
  9. ޖުލައި

    މަޖިލީހުގެ މޭޗުމައްޗަށް އަރާ ދެފައި ފިއްތައިގެން ހުރެ ހެނޑީ.މަ ވޯޓް އިތުރުވަންޏާ އިތުރުވާންވީ

    11
    1
  10. ވަދެބަލަ

    ތާއީދު އޮތްވަރު ފެންނާނެ

    10
  11. ތަވާ

    މީމާލެއަށް އުފަން ސިނަމާލެ ފްލެޓް ރައްޔިތެއް! ޢިބްރާހިމް މުހައްމަދު ސޯލިހަކަށް މިދެއަތަކުން ލާނެ ވޯޓެއްނެތް އިންޝާﷲ

    13
    1
  12. ބުލޫމް

    އެންމެއަވަހަށް ރަށްޔަތުން ނުކުމެ ހަށްޔަރުކޮށް ތާއަބަދު ޖަލަށްލާނެ މީހަކު މިފަހަރު ތަށްޔާރަށް އެބަހުރި ......ބަލަމާ ބަހީ މިއީ ދޮގެއްތޯ.

    9
    1
  13. ފާތުން

    އެއީ ތެދެއް ވަރަށް ކުރީގައި އުޅެނީ
    ގޯތިދީ، ރަޖިސްޓަރީ އޯގަސްޓުގައި ހަވާލު ކުރެޔޯ
    ގޯތިދޭނެ ފަޅު ހިއްކުނީކީ ނޫން، ރަޖިސްޓަރީ ގައި މަގަކަށް ޖަހާނީ ބޮޑުތަކުރު ފާނު މަގު ބާ

  14. ކޮއްޔާ

    ތިކަން ވަރަށް ރަނގަޅަށް މިފަހަރު ވޯޓުން ފެންނާނެ // އަވާމެންނދުރަށް މާލެ ރައްޔިތުން ނުހެއްލޭނެ //

    10
  15. ސަނާ

    ކަނޑުން ގޯތިދާނަމޭބުނީމަ އެމީހުންގެތެރެއިން ވިސްނުމެއް ފިކުރެއްނެތް މަދުބަޔަކާއި ، މާރިޔާގެ ޢާއިލާގެބަޔަކާއި ، ބޮޑުސިއްކަޢާއިލާގެ މަދު ބަޔަކު ތާއީދުކޮށްފާނެ! މާލެއިން ޞާލިޙް ޗޮކުންދާނޭ! ރާއްޖޭގެ ޖުމްލަވޯޓުގެ 30 ޕަސެންޓްވެސް ޞާލިޙަށް ނުލިބޭނެ!!!!

    11
  16. އިއްބެ

    މިއޮތްފަދަ ތަޢުލީމީ ޒަމާނުގއި އަތުގައި ތަޢުލީމީގޮތުން ސަޓިފިކެޓްގަނޑެއްވެސް ނެތް ، ނުކިޔަވާއިހުރި މީހަކަށް ވޯޓުދޭނެބާ ހޭޖެހޭމީހަކު؟

  17. އިސްޢާފް ސަލީމް

    ވައްކަންކޮށްގެން އައިސްހުއްޓަސް ރައީސުލްޖުމްހޫރިއްޔާ އޭ ކިޔާތީ އިޙްތިރާމުކުރުމުގެގޮތުން މީހަކު އޭނާއަށް ބަވައިނުގެންފާނެ! އެކަމަކު ވޯޓު ނުދޭނެ!!!

    3
    1
  18. ޙަދިސައިބު

    ޢިންޑިޔާ އެންބަސީގައި މަސައްކަތް ކުރުމަށް ރާއްޖޭގައި ތިބި 225 މީހުންގެ ތާއީދު ތިޔަ ކިޔާ ސީލުހުއަކަށް އިތީ

  19. Anonymous

    ވާހަކަ