މިވެރިކަމުގައި 260 އަށްވުރެ ގިނަ މީހުން ގޮތް ނޭނގޭ ގޮތައް މަރުވެއްޖެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ޝިޔާމްގެ ބަހުގެ ހަމަލާތައް އެންމެ ބޮޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުވެއްކުރެއްވީ އެމަނިކުފާނުގެ ކެމްޕޭން ސްލޯގަންއެއްގެ ގޮތުގައި އަމާން ރާއްޖެ އާއި ގުޅޭ ގޮތުންނެވެ.

"ކޮން ގޮތަކުން ކޮންތަނެއްތޯ އަމާންވީ. ގޮތް ނޭނގޭ ގޮތައް 260 އަށްވުރެ ގިނަ މަރު ވެއްޖެ. މިހެން ދެންނެވީމަ ތިބޭފުޅުންނަށް ފަހަރުގައި ގަބޫލު ކުރަން ވެސް ދަތިވެދާނެ. މިއީ ގޮތްނޭނގޭ ގޮތައް މަރުވެފައިވާ މީހުންގެ އަދަދު. ވީނުވީއެއް ނޭނގޭ. މަރުވި ގޮތެއް ނޭނގޭ. ކޮންތަނެއްތޯ އަމާންވީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު އަޑުއިވެނީ މީހުންގެ ގުވަންތައް ބުރިކޮށްލުމަށްފަހު އެއްލާލާފައި ތިބޭ އަޑު ކަމަށެވެ.

ޝިޔާމް ވަނީ ރައީސް ސޯލިހްގެ ރިޔާސީ ކެމްޕޭނަށް އެންސްޕާގެ ބަޖެޓް ބޭނުން ކުރަމުން ގެންދާ ކަމަށް ތުހުމަތު ކޮށްފައެވެ. "މިބުނަނީ ތިންލައްކަ ރުފިޔާއަށޭ ކެމްޕޭންގައި ބައިވެރި ވެވޭނީ. ދެން އެންސްޕާގެ ބަޖެޓުން އެ މީހެއްގެ އެކައުންޓަށް ފައިސާ އެޖަމާކޮށްލަނީ." ޝިޔާމް ވިދާޅުވިއެވެ.

ވައްކަންތައް ގިނަކަމުން ވައްކަންތައް ބަލަން ކޮމެޓީއެއް ހަދަން ޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރުން ފެށިގެން މިހާތަނަށް އައިއިއރު އެންމެ ބޮޑު ދަރަންޏެއް އުފައްދާފައި ވަނީ ރައީސް ސޯލިހް ކަމަށެވެ.

"ރަސްކަމުން ފެށިގެން ދިވެހިރާއްޖޭގައި ދަރަނި އުފެދެމުން އުފެދެމުން އައިސް 2018 ވަނަ އަހަރާއި ހިސާބަށް އުފެދިފައި ހުރި ދަރަންޏަށްވުރެ މީނަ އެކަނި ފަސް އަހަރު ތެރޭގައި އުފެއްދި ދަރަނި އެތައް ގުނައެއް ގިނައެއް. ކިހިނެއްތޯ ދިވެހި ރައްޔިތުންނަށް އުފާވެރި އަމާންކަމެއް އިހްސާސް ކުރެވޭނީ. މިއުނދަގުލުން އަޅުގަނޑުމެން އެބަޖެހޭ ސަލާމަތް ވާން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވައިގެން މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައި ދެއްވަން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހް ރިޔާސީ އިންތިހާބަށް ނިކުންނައިރު ވެރިކަން ފެށުނުއިރު ތިބި ކޯލިޝަންގެ ބައިވެރިން އަރިހުގައި ނެތް ކަމަށާއި ސަރުކާރުގެ ހުރިހާ ވަސީލްތައް ބޭނުންކޮށް އަދި އިންޑިއާގެ އެހީއާއިއެކު ވެސް ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި ލިބެނީ 70000 ވޯޓް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަދީފުލް ކުމާރު

    ތީ ތިބޭޅާ ހަމައިގާހުރެގެން ދެއްކިވާހަކައެއްތޯ؟ ހަމައިގާހުރިއްޔާ ފަހެ އެތަނުން އެކަކުގެ ނަންނަމަވެސް ގަނެލަބަލަ.

    8
    2
    • ހަގީގަތް

      އަޒުހާން ރައުދާ

  2. ޒަރީނާ

    ސާބަހޭކަލޯގެއާތިކުރާހިތްވަރަށް. އަބަދުވެސް އިންތިޚާބެއްކައިރިވާއިރަށް އެކަކުއަނެކަކަށް ވަގަށްގޮވުމާ އަވަގުރާނަކޮވުމާ ޣީބަބުނުމާ އާންމުކަމަކަށްހަދައޭއިނގޭތޯ ؟ އެކަމަކު ސިޔާސީމީހުނަށްވުރެންބޮޑަށް އާންމުރައްޔިތުން ދޮގުތެދުގަބޫލުކުރާނެ.. ޔާމީނުވެސް ދެވަނަދައުރަކަށް ކުރިމަތިލީއިރު ދެއްކިހުރިހާވާހަކައެއްގެއަޑު ދިވެހިރައްޔިތުންއެހި ދެން ވޯޓުލީދުވަހު ރައްޔިތުންއޮތީ ދޮގުތެދު ހާމަކޮށްދީފަ!! ވަރަށްވެދުން..

    9
    2
  3. ލަކީ

    ހެހެ ޝިޔާމު މޮޔަނުގޮވަބަލަ ކާކު ދިވެހި ރާއްޖެ ނަގައިގެން އުޅެނީ ކާކު އަތުން މިރާއްޖެ ސަލާމަތް ކުރަން ޔާމީނު އުޅުއްވާވާހަކަ ވިދާޅުވެ ދެއްވާ ހެހެ މަރަކީ ތިބޭފުޅާ ވެސް އަރާހަމަ ވާނެ އެއްޗެއް ވަގްތް ޖެހުނީމަ މިސާލަކަށް ތިބޭފުޅާ އަވަހާރަ ވީ ހަމަ ކުއްލިގޮތަކަށް ދުން އަޅު ގަންޑުމެން ބުނަންވީ އެއީ ރައީސަކަށް ހުންނަވާ ބޭފުޅެއްގެކަމެކޭ ތޯ ހެހެ

    10
    1
  4. ބަޑަންޑޫ

    ސުބުހާނައްﷲ ތިއެންމެން މަރުވިއިރު އަހަރުމެން ވީކޮންތާކު ތިބީ ކޮންތާކު

  5. ކަދުރޭ

    ޔޫ ކުރޭނުންތަ؟

  6. ނަރުގިސް

    މަލަކަލް މައުތު މަރުހިއްޕަވަނީ މި ސަރުކާރު އައުމުންތޯ؟