އަދާލަތު ޕާޓީގެ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ޖަމާލް، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކޮށްފިއެވެ.

އިލްޔާސް އަކީ އަދާލަތުގެ ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އަކީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ރައީސް އެވެ. އޭނާ އެމްޑީއޭއަށް ސޮއި ކުރެއްވިއިރު އެޕާޓީން މިހާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދިނުމަށް ކޯލިޝަން ހަދައިގެންނެވެ.

އިލްޔާސް އެމްޑީއޭއަށް ސޮއިކުރެއްވީ އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ދައުވަތަކަށެވެ. އެމްޑީއޭއަށް ސޮއި ކުރެއްވުމަށް ފަހު އިލްޔާސް ވިދާޅުވެފައިވަނީ އެ ޕާޓީއަށް ގުޅި، ސޮއި ކުރީ ފުޅާ ދާއިރާއެއްގައި އިސްލާމް ދީނަށް ޚިދުމަތް ކުރުމަށް އެ ޕާޓީގެ ދީނީ ކައުންސިލާ ހަވާލުވުމަށް އެމްޑީއޭގެ ރައީސް

ސިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއޭގެ އިސްލާމިކް ކައުންސިލުގެ ހިދްމަތްތައް ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ޕާޓީގެ ދީނީ ކައުންސިލާ ހަވާލުވެވަޑައިގަތުމަށް އޭނާގެ ދައުވަތަކަށް އިލްޔާސް އެމްޑީއޭއަށް ގުޅިވަޑައިގަތުމަކީ ޕާޓީގެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އިލްޔާސް ވަނީ މުސްލިމް ވޯލްޑް ލީގުގެ މާލޭ އޮފީހުގެ ސެކެޓަރީ ކަމާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރު ކަމާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކެޓަރީކަން ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ބާރަށް ކުރިޔަށް ދިވެހި ޤައުމު !

    2
    7
  2. ލުޓޭރުންގެ ސަރުކާރު

    ތީ ދެން މިހާރު ހަމަ އެކައްޗެނު..މާމަގޭއިން ކާފަ ގެޔަށް ބަދަލުވުން...ސަރުކާރުން ލިބޭ މަގާމަށް ފަތުވާނެރެ ހިތުގެ ޝުޢޫރު އޮބިނޯވެ ކަރުނައަޅާ އިލްމުވެރިން ތިއީ..

  3. މަދަދު

    ފަހަތައް ދިވެހި ގައުމް

    6
    1
  4. ބެންޓެން

    ކޮމްޕެޝަނޭޓު އިމާމުކަމަކީ މިހާރު ވިޔަފާރިއެއް.

  5. ލިކާ

    ސަންސިޔާމައް ނައިބުރައީސް ކަން ދިނުން ހައްގު

    3
    2
  6. ކައި

    ސަންސިޔާމް މައުރޫފު މެންނަށް ދީން އުގަންނާދެވާދެން.

  7. ނޫނޭ ނުލަފާ

    އިބުރޭ އެބުނާ 90،000 ހަމަވީ..!!!

  8. ނަރުގިސް

    !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!1

  9. އިދާރާ

    މީނަޔައް އިސްލާމިކު މިނިސްޓަރުކަމައް އަަދެވެން އޮތް ހަމައެކަނި މަގު

  10. ާަމަރީ

    ދެން މިނަގެ ރިސޯޓް ތަކުން ލިބޭނީ ރުކުރާ...