މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކައުންސިލް މެންބަރު މުހައްމަދު ޝަމީޒް، އެ ޕާޓީ ދޫކޮށް ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

އެމްޑީއޭގެ ރައީސަށް ޝިމާޒް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އެ ޕާޓީގެ މިހާރުގެ މިސްރާބު ހުރި ގޮތުން ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، މިވަގުތު އެ ޕާޓީގައި ހުރުން އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ޕާޓީގެ ކައުންސިލް މެންބަރުކަމުން އަދި ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ". ޝިމާޒްގެ ސިޓީގައި ވެއެވެ.

ޝިމާޒް "ވަގުތު"އަށް ވިދާޅުވީ، އޭނާ ޕީޕީއެމްއާ ގުޅެން ނިިންމާފައި ވަނީ ޑރ. މުއިއްޒު ހުވަދު އަތޮޅަށް ވަޑައިގަންނަވާ ދަތުރުގެ ތެރެއިން ކަމަށެވެ.

"ޕީޕީއެމްއާ އަޅުގަނޑު ގުޅެން ނިންމާފައި ވަނީ ޕީޕިއެމްގެ ކެންޑިޑޭޓް ޑރ. މުއިއްޒު މަޑެވެއްޔަށް ވަޑައިގަންނަވާއިރު ނިންމާ ގޮތަށް މި އޮތީ.". މަޑެވެއްޔަށް ނިސްބަތްވާ ޝަމީޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭނާއަކީ އެމްޑިއޭ ފެށުނީއްސުރެ ހަރަކާތްތެރިވި ފަރާތެއް ކަަމަށާއި، އޭނާއަކީ އެމްޑީއޭގެ ފައުންޑާއެއް ކަމަށެވެ. އެހެންވިޔަސް މިވަގުތު އެމްޑީއޭގެ ލީޑާޝިޕާއި، އެމްޑީއޭގެ ކައުންސިލުން ނިންމި ނިންމުންތަކަކީ ބަލައިގެނެވޭނެ ނިންމުންތަކެއް ނޫން ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް އެއީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެވޭތީވެ ނެގި ޑިޒިޝަނެއް މިއީ. އެއީ ރައީސް ސޯލިހަށް ތާއިދު ކުރީތީވެ، ރައީސް ސޯލިހަށް ތާއިދު ކުރާ ފަރާތަކީ، އަޅުގަނޑު ގަބޫލެއް ނުކުރަން ގައުމު ދެކެ ލޯބިވާ ފަރާތެއް ކަަމަށް.". ޝަމީޒް ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ނިންމެވީ އެމްޑީއޭ ދޫކޮށް، ޑރ. މުއިއްޒު ޓީމާއި ގުޅިވަޑައިގަތުމަށް ކަމަށް ޝަމީޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މަރުޙަބާ👏👏👏👏

    38
    2
  2. ޙސޖސ

    އެމްޑީ އޭ ގަ ހުރީ ނަމެއްގަ ޕީޕީ އަށް މިއޮތް ހުރިހާ ދުވަހެއްގަ ހުރީ އަނެއްކާ މަޖިލީހަށް ނުކުންނަން ވެގެން ޕީޕީ އަށް ސޮއި އެކޮއްލީ

    13
    17
  3. ދޮނާ

    މިގައުމަަށް ހެޔޮއެދޭ އެކަކުވެސް އިބޫއަށް ތާއީދެއް ނުކުރާނެ ،،،

    15
    1
  4. ނަޖީ

    އެމްޑީއެމްގަތިބޭނީ މުޅިންވެސް ޕީޕީ މީހުން އެހުރިހާމީހުން އެމްޑީއެމް ދޫކޮއް ވަޑާގަތުމަށްގޮވާލަން އެމްޑީއެމް އަކީގައުމަށްހެޔޮއެދޭބައެށްނޫންކަން މިހާރުޔަގީންވާނެ