އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ލިބެންދެން ރިޔާސީ އިންތިހާބު ބޭއްވުން ފަސް ކުރުމަށް އެމަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށެވެ. "ރައީސް ސޯލިހު ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ލީޑަރ އަދި ދިވެހީންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ.ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލަން" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލުމަށްފަހު އަންނަ މަހުގެ 07 ވަނަ ދުވަހު އެފުރުސަތު ބަންދު ކުރާށެވެ. ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވެން އޮތީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމް އަންނަ މަހުގެ 07 ވަނަ ދުވަހުގެ ކުރިން ހައިކޯޓުން ބާތިލް ކޮށްގެންނެވެ.

ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު މިހާރު ޗުއްޓީގައި ހުންނެވުމުން އެމައްސަލަ އެންމެ އަވަހަށް ވެސް ދެން ތާވަލް ކުރެވެން އޮތީ މިމަހުގެ 29 ވަނަ ދުވަހުގެ ފަހުންނެވެ. އެހެންކަމުން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އޮއްވާ މައްސަލަ ނިމިދާނެ ކަމަކަށް މިހާރު ލަފައެއް ނުކުރެވެއެވެ.

އިންތިހާބު ފަސްކުރަން ޕީޕީއެމް އިން ގޮވާލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އިންތިހާބުގައި އެމަނިކުފާނަށް އޮތް ޗެލެންޖަކީ ޕީޕީއެމް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ލޮލް

    އަދުރޭ މީ ކިހިނެއްވެފައި ހުރި މީހެއްތަ؟ ޔާމީނު ނޫނީ ތިޕާޓީގައި ވެރިކަމަށް ކުފޫ ހަމަވާ މީހަކު ނެތީތަ؟ ޔާމީނު ދުނިޔެއަޅާ ދިޔައިމަ ދެން ޖެހޭނީ ޕީޕީއެމް އުވާލަންދޯ؟

    30
    27
  2. އަދުހަމު

    98000 ރައްޔިތުންގެ ހައްގު ފެއްލިއްޖެ

    30
    8
  3. ނަމަ

    ފަތިސްގަޑީގަ ހާ ގޮވާ ބީދާއިންބާ ރިޔާސީ އިންތިހާބު ފަސްކުރަން މިގޮވާލީ އަނެއްކާ

    20
    11
  4. ައިނީސް

    ތީތި ކަނޑައޭ!

    23
    8
  5. އިސްޢާފް ސަލީމް

    މަށަށްވެސް މަ ބޭނުންވާ ގޮތް ހާމަކޮށްލެވޭނެ! މިކަމާ ކަލޭމެން ހީނުކަރުވާ ތިބޭ! ޔާމީން ބައިވެރިނުކޮށް އިންތިޚާބެއް ބޭއްވުމެކޭ އެއްޓީމުއަރާ ފްޓްބޯޅަމެޗެއްކުޅުމެކޭ ތަފާތެއް ނެތް!

    28
    7
  6. ޖާބެ

    ޔާމީނުގެ ހައްގު އެކަންޏެއްނޫން މުހިއްމީ އަދުރޭ ކަލޭކުރިމަތިލާފަވެސް އިލެކްޝަން ބާއްވަންވީ ޔާމީނުއެއް ނާންނާނެ މިހާރު ތިޔަވަރުން ޕީ.ޕީ.އެމް އޮޔާދާތަން ފެންނަނީ ޔާމީނުއަކައް ނުލެވޭނެ ނުވާނެދެނެެއް މެންބަރުންތައް ވިއްސިވިހާަލިވަނީ ޔާމީނައްވުރެއް ޤައުމު މުހިއްމު

    10
    16
  7. މާހިން

    އަތޮޅު ތެރޭންނާއި މާލޭން މީހުން އެއްވެ ކުރިން ބޭއްވި ފަދަ ބޮޑު ސުލްހްވެރި ހިނގާލުމެއް ބޭއްވުން ރަނގަޅުވާނެ ކަމަށް ފެނޭ.

    15
    6
  8. ހހ

    ރިޔާސީ އިންތިހާބު ބާއްވަން ކަނޑައެޅިފަ ވާ ތާރީހުގަ ނާއްވްން ޖެހޭނެ. އެއީ ވަކި މީހަކަށް އޮތް އިންތިހާބެއް ނުން

    8
    11
  9. Anonymous

    އަވަސްކުރަން ގޮވާލަބަލަ .

    7
    8
  10. ފާހިލް

    މަރުވަމުންދާ މީހުންގެ މަރު ފަސް ކުރަން ގޮވާލާ ދެން! އެމީހުންގެ ވޯޓް ގެއްލޭތީ! ދުނިޔެ ކާލާނެ ހިތުގަ ހުރި މީހެއް މީ!

    6
    11
  11. 1އާގެން އެކެއް، 1ލައްކަ ބާކީ

    ގައުމު ޕާޓީއަކަށްވުރެ ބޮޑުވެފައި ޕާޓީއެއް ފަރުދަކަށްވުރެ ބޮޑުވާނެ! ޕޮލިޓިކްސްގެ އަލިފުބާ ނުދަންނަ މީހެއް ދެތިން ޕާޓީ ކެޕްޗަރ ކޮށްގެން ހުރިހާ އަނގައެއްގެ ނަމުގައި މީޑިޔާގަ އެކެއްޗެއް ގޮވުން ތީވަރަށް ދެރަކަމެއް. ކުއްލި ވަގުތީ ހާލަތެއް ކެނޑިޑޭޓަށް ދިމާވީއެއް ނޫން. ގައިދީއެއް ގޮތުގައި 3 އަހަރުވަނީ. ކެނޑިޑޭޓަކަށް ތި ދެޕާޓީން ޔާމީނު ހޮވީވެސް ތިޔަ އަމިއްލަ ޗެލެންޖިންގައި. ކުރީ ދައުރުގައި އިދިކޮޅު ޕާޓީތައް އެކުގައި ޗެލެންޖްކޮށް ބަލިވީ ތިޔަ ކެނޑިޑޭޓްގެ ވެރިކަމުގައި ނޫންތަ؟ މިއަދު އެމީހުންގެ ވަރިކަމުގައި ތިޔަ އެދެނީ އިއްޔެ އެމީހުން ބަލިކުރި އެއުސޫލު މުގުރާލަދޭން. ކޮންކަހަލަ ވިސްނުމެއްތަ ތިހުންނަނީ؟ ސިޔާސީ ޕާޓީއަކަށް ތަޞައްރުފު ފުދޭންވީ! ނޫނީ އަބްދުއްރަހީމުގެ ސިކުނޑި ކްލޯންކޮށްފާ ރައްޔިތުންގާ ޓްރާންސްޕާލާންޓް ކުރަންވީނުން! ތިޔަ ހުރަސްއެޅެނީ ރައްޔިތުންގެ ގައުމީ ފުރުސޮތަކަށް. ޕާޓީއެއްގެ ތެރޭގައި އޮތް މިސްއިންފޯރމިންއާ ބުލީއާ ބްލެކްމެއިލްގެ ކޮރަޕްޓް ވަސް އެބަދުވާ.

    8
    6
  12. އާދަނުބެ

    ފަސްކުރަނީ ޕީޕީއެމުން ބައިވެރިވާ އިންތިޚާބެވެ.

    2
    2
  13. ހަންނާނުބޭ

    ޔާމީން އިންތިޚާބު ވެއްޖެކަމަށް ކަނޑައަޅައި އިއުލާން ކުރުމަށް ގޮވާލިނަމަ މާރަނގަޅުވީސް.

    6
    3
  14. ވަތަނީ

    ރ ޔާމީންގެ ފަރާތްފުޅުން ހައިކޯޓށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ ކުރިއަށް ނުގޮސް މަޑުޖައްސާފައި
    އޮތުމަކީ ކަންބޮޑުވާ ކަމެކެވެ ޔާމީންގެ އެހެން މައްސަލަތައް
    ހުޢްޓުމެއްނެތި ކުރިއަށްދާއިރު އިސްތުނާފު ކުރުން ކުރިއަށް
    ނުދާ ސަބަބު ސަރުކާރުން ހާމަރަން ޖެހެއެވެ ރ ޔާމީން
    2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަން
    ޔަގީންވާތީ ސަރުކާރުން ރ ޔާމީންގެ އަދި ދިވެހިރައްޔިތުންގެ
    ހައްގުތައް ގެއްލޭގޮތަށް ބާއްވާ އިންޚާބެއް ބަލައި ނުގަންނާނަމެވެ.

    11
    4
  15. އަބްދޫ

    ދެކޮޅުނުޖެހޭ މޮޔަވާހަކަ ދައްކާބަޔަކަށް މިމީހުންވެއްޖެ.

    4
    5
  16. ނާއިލު

    ޔާމީން ޖަލުން ސަލާމަތްކޮށްފިއްޔާ އެމްޑީޕީއަކަށް ކާމިޔާބު ނުކުރެވޭނެކަން އެނގޭތީ ސަރުކާރުން ހިންގާ ޖަރީމާއެއްތީ.މިހާރު ކުޑަކުއްޖަކަށްވެސް ތިއީ އިންސާފުން ހިންގާ ޝަރީޢަތެއް ނޫންކަން އެނގޭނެ. ހައިކޯޓުން ޝަރީޢަތުގެ އަޑުއެހުމެއްބާއްވަފާނެތީ އެކަން ވިޔަނުދިނުމަށްކޮންމެދެދުވަހުން އެއްދުވަހު ޝަރީޢަތް ތާވަލްކޮށްފަ ޝަރީޢަތް ދަނީ ކެންސަލް ކުރަމުން.

  17. އާދަނު

    ދެއިރު ހަމަޔަށް ނުހުންނަ ޖާބެ ގޮވައިގެން ވަނޭގޮތަކީ ލިބެންއޮތް 20 ޕަސެންޓްވެސް ގެއްލޭނީ! ބަލަން ހުރެބަލަ

  18. މަ

    ފަސާދަ އުފައްދާށޭ ރޔާމީނަށް ޓިކެޓު ދިނީ ބުނާއިރު ކުރިަށް ވާންހުރިކަންތައްތައް އެނގެނީ، ނޫނީ، ކޯޓުތަކާ ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ރޔާމީނަށް ނުހައްގުން އަނިޔާވެރިވަމުން ދާކަން ނޭނގެނީބާ، ރޔާމީނާ ވާދަކޮށްލަން ނުކެރޭ މީހަކު ކޮން އިންތިޚާބެއް ބާއްވަންވީ mihaarުން މިހާރަށް ރައީސްކަމުގެ ހުވާކުރަންވީނޫންބާ!! އިންސާފެއް ހަމައެއް ލަމައެއް، ގާނޫނެއް އޮތް ގަބޫލު ކުރާ މީހެއްތަ ރައީސްއިބުރާހިމަކީ.؟؟؟

  19. އިންތިހާބު

    އެމީހަކު ކަންކުރި ގޮތަކަށް، އެމީހަކާއި މެދު ކަންކުރެވޭނޭ ބުނަނީ މިހެންވެ. 2018 ވަނަ އަހަރު ހުރިހާ ވާދަވެރިން ޖަލައްލައިގެން އިންތިހާބު ކާމިޔާބު ކުރަން އުޅުނު ޔާމީނަށް މިޖެހުނީ ހަމަ އެދަތުރު.. ދެންވެސް ކޮންމެވެސް އެހެން މީހަކު ނެރެގެން، މެނިފެސްޓޯ އެއްހިފައިގެން ކެންޕޭނަށް ނުކުމެބަލަ. އެންމެ މީހަކަށް ޓަކައި މުޅި ޕާޓީ ހަނާވެ ދާކަށް ނުޖެހޭ...