ދިވެހި ރާއްޖޭގެ ސިފައިން ނިކުމެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހައްޔަރުކުރުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

ރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހަކީ ގައުމަށް ގައްދާރުވެފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ދިވެހި ސިފައިން ނިކުމެ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ސޯލިހް ހައްޔަރުކުރުމަށް އަދުރޭ ގޮވާލައްވާފައިވެއެވެ.

"ރައިސް ސޯލިހަކީ ދިވެހިންގެ ފަސްގަނޑަކަށް އަރުވަން ހެޔޮވާ ވަރުގެ ބޭފުޅެއް ވެސް ނޫން. ދިވެހި، މުސްލިމް ނަމެއް ކިޔަސް ރައީސް ސޯލިހަކީ ދިވެއްސެއް ވެސް ނޫން. އެހެންކަމުން ސަލާމަތީ ބާރުތަކަށް އެމަނިކުފާނާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ހިފައި ހައްޔަރުކުރަންޖެހޭ.". އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ސޯލިހަކީ ދޫކޮށްލާފައި ބަހައްޓަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް ސޯލިހް ވަނީ ކޯލިޝަން ޕާޓްނަރުންނާއިއެކުގައި ކެމްޕެއިންގެ ހަރަކާތްތައް ފަށައިފައެވެ. އެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މަނިކުފާނު މިހާތަނަށް ހަތަރު އަތޮޅަކަށް ވަނީ ވަޑައިގެންފައެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އަދިވެސް ހުންނެވީ ޖަލުގައެވެ. އިދިކޮޅުން ބުނަމުންދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް ޔާމީން މިނިވަންވާނެ ކަމުގެ އެއްވެސް އުންމީދެއް އަދި ނެތް އެއް ބަޔަކު ބުނަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވާލީ

    މިގޭ ފުރާޅުން ޓިނުގަނޑެއް ގެއްލިއްޖެއްޔާ އަދުރޭއައްތަ ގުޅަންވީ؟

    14
    8
  2. ވާގޮނުސްކޮ

    އަދުރޭ ބުންޏަސް އެއީ ހަމަތެދު. އަދީބާ ޑީލް ބޮޑެތިދަރަނިތައް އޮތްފަރާތްތަކާޑީލް މޯޑީ ޑީލް. ގާނޫންތައްމުގުރާލާފަ ކަނޑުވިއްކާލައިފި ބޭރުގެ އިސްތިއުމާރައް ޖާގަދީފި.

    16
    15
  3. ސަރުތު

    ތީ ހައްޔަރު ކުރަންވީ މީހަކީ..
    ރައީސް ސޯލިހު ހައްޔަރު ކުރާކަށް ނުޖެހޭ...

    22
    14
  4. ބޮކި

    ތެޅޭވަރަކަށް ދާނީ ހުޅުބު....

    19
    10
  5. ތިމަންނަ

    މަލަކަށް ދޫކުރާނެ މަލެއް ނެތް ، މުޅިންވެސް "ގަރަޑަ" މާ

    5
    1
  6. ސަރުފޯސް

    އަދުރޭ ރެހެންދި ފުލެޓްތައް ގަތީ އަދީބުގެ ލާރިން. ހިސާބު ޓީޗަރަށް ކިހާ ލާރިއެއް ލިބިފައި ހުރިކަން އެނގޭތަ؟

  7. ޒުރާރު

    ޔާމީނު ހެދިހެން ފުރާޅުން ޓިނު ނަގައިގެން ސުޕުރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު ހިފާހައްޔަރުކުރޭ ޔާމީނު ހެދިހެން ގައުމުގައި ސުޓޭޓު އޮފް އިމަޖެންސީ ހިންގާ ގަށްދާރު ޔާމީނު