އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ކަވަރު ކުރަމުން ދިޔަ ނޫސްވެރިންނަށް އެސްއޯ ފުލުހުން އަނިޔާ ކޮށްފިއެވެ.

އިދިކޮޅު އެންމެ ބޮޑު ކޯލިޝަނުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖު ކަވަރު ކުރަން ރާއްޖޭގެ ގިނަ މީޑިއާތަކުން ނޫސްވެރިންނާއި ފޮޓޯގްރާޕަރުން އެތަނުގައި ތިބި އިރު، ފުލުހުން ވަނީ ނޫސްވެރިންނަށް ހުރަސް އަޅާފައެވެ.

ނޫސްވެރިންނަށް ތަކުރާރުކޮށް ހުރަސް އެޅުމަށްފަހު ފުލުހުން ވަނީ އެންމެ ފަހުން ނޫސްވެރިންނަށް އަނިޔާ ދޭން ފަށާފައެވެ.

އާންމުވެފައިވާ ވީޑިއޯތަކުން އެތަނުގައި ތިބި ނޫސްވެރިންތަކެއް ކޮށްޕާ ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ފެނިގެންދެއެވެ.

މިއަދުގެ މުޒާހަރާ ކަވަރު ކުރަން ގޮސް ތިބި ނޫސްވެރިންނަށް އެސްއޯ ފުލުހުން އަނިޔާ ކޮށްފައިވާއިރު، މީގެ ކުރިން ވެސް މުޒާހަރާތައް ކަވަރު ކުރަންދާ ނޫސްވެރިންނަށް އެކި ފަހަރު މަތިން ފުލުހުން އަނިޔާ ކުރާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވޯރާވިޔަފާރިވެރިން

    ވެއްޓެންކައިރިވީމަ އުޅޭނީ މި ވައްތަރަށް.ކުދީންނޭ ދޫ ނުދޭތި.ގައުމު އަބުރާ ،ވޯރާވިޔަފާރިވެރިންގެ ކިބައިން ސަލާމަތްކުރޭ..ސަލާމަތްކުރޭ!

    51
    1
  2. ހުސޭނުބޭ

    ސީޕީ ހަމީދާއި އިމްރާނު އަޑީގައި ތިބެގެން ހިންގާ ކަންކަން.

    46
    3
  3. ހުސެން

    އެމް ސީ ހަމީދު ފުފޭނެ އެންމެ މައްޗަށް ތި ފުފެނީ .ދޮޅު މަސް ފަހުން ފަޅައިގެން ހިނގާދާނެ.ހިތްވަރުކޮށްލާ.އިމްރާނު އަކަށް ނުފުރޭނެ،މި ހުރިހާ ކަމަކަށް ޖަވާބު ދޭނީ ޖަލުން

    24
  4. ޢަލީ

    ކުރިންވެސް މިހާރުވެސް ފުލުހުންނަކީ އަނިޔާ ކުރާ އަވަގުރާނަ ގޮވާ އޭރެއްގައި ތިބޭ ވެރިންގެ ހިމާޔަތުގައި އެކަނި މަސައްކަތް ކުރާ ސިޔާސީ ޖަމްޢިއްޔާއެއް!

    20
  5. ދުންމާރި

    މި އަދުވެސް ފުލުހުން ބަޔާން ނެރޭނެ އަނިޔާވީ ގަދަދެއްކީމަކަށާއި ހައްޔަރުކުރަން އުޅުނީ ފުލުނުންނާ ދިމާޔަށް ގާއުކުމުންކަމަށް މީހަމަ އިޒްރޭލުގެ ޔަހޫދީ ފުލުހުންނާ އެއްވެސް ތާފާތެއްނެތް އެއަށްވުރެ ޖާހިލުބައެއް

    16
  6. ތުއްތުނާ

    ނޫސްވެރިންގެގައިގަ އަތްލުންމަނާ. މަޖިލީހުގެ މެމްބަރެއްވިއްޔާ އަތްލުންހަރާމް.

    5
    1
  7. Anonymous

    ކޮްމެހެން އައްލަންޖެހެތަ އެއްވެސް ބައެއްގައިގަ އަތްލާހިސާބަކައް ނުދޭ މިނައްވުރެ ރައްޔިތުން ގަމާރުވީމަ އަތްވެސްލާނެ ހުރިހާކަމެއްވެސް ހިނގާނެ !!

    6
    2