ވަގުތު އިން އަލަށް ފަށާ 109 މިރޭ ލޯންޗް ކުރަން ނިންމައިފިއެވެ.

ފާއިތުވި މަހެއްހައި ދުވަހު މީސް މީޑިއާ އިން ވަނީ 109 އާއި ގުޅޭ ގިނަ ޕޯސްޓަރުތަކެއް އާއްމު ކޮށްފައެވެ. ސިޔާސީ ބޭފުޅުންނާއި، އިޖުތިމާއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ޕޯސްޓަރުތައް ވެސް ވާނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

ވަގުތު އިން އަލަށް ފަށާ 109 އާއި އެކު ވަގުތުގެ އިތުރު އުފެއްދުންތަކެއް ފެނިގެން ދާނެއެވެ. މިއީ ހުނަރުވެރި ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިވެގެން ދާނެއެވެ.

ވަގުތު 109 ލޯންޗް ކުރުމަށް ބާއްވާ ހަފްލާ އޮންނާނީ މިރޭ 21:00 ގައެވެ. މި އިވެންޓް ސަންގު ޓީވީންނާއި ވަގުތު ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.