މީގެ ކުރިން ދުވަހަކުވެސް ނުކުރާ ވަރަށް މިހާރު ދީނީ ޕްރޮގްރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ހިތަދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ދީނީ ކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަންދެއްވާކަމަށާއި އާންމު ރައްޔިތުންނާއި ހާއްސަކޮށް ދަރިވަރުންގެ މެދުގައި ދިނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށްވެސް ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށް ކަމަށެވެ.

މިގޮތުން ދީނީ ރޮނގުން މީހުން ބިނާކުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކަށް ބަލާއިރު މީގެ ކުރިން ދުވަހަކުވެސް މިމަސައްކަތް ކުރިއަށް ނުގެންދެވޭވަރަށް މިހާރު ދީނީ ޕްރޮގްރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

"މިއަދު އަމަލީ މަސައްކަތް ފެށުނު އިސްލާމިކް ސެންޓަރާއިއެކު އައްޑޫ ސިޓީގައި މި ދައުރުގައި ޖުމްލަ ހަތަރު މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަދޭ. މިކަމުން ދައްކުވައިދެނީ މި ސަރުކާރުން އައްޑޫސިޓީގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް. އަދި މި ނޫން އެހެނިހެން ދާއިރާތަކުން ކުރިއަށްދާ މަޝްރޫއުތަކާއިއެކު ކުރިއަށް އޮތް އަހަރުތަކުގައި އައްޑޫ ސިޓީގެ ތަރައްގީއަށް ތަފާތު މުޅިން އެހެން ސަފްހާތަކެއް ފެނިގެންދާނެ.". ނައިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ މި ސަރުކާރުން މިސްކިތްތަކާ އެކި މަޝްރޫއުތައް ބިނާކުރުމަށް، ހަމައެކަނި ބިންގާ އެޅުމަށްފަހު ދޫނުކުރައްވާކަމަށާއި މި ސަރުކާރުން ފަށަނީ އެ މަޝްރޫއެއްގެ އަމަލީ މަސައްކަތްކަމަށެވެ. އެގޮތުން މިއަދު އަމަލީ މަސައްކަތް ފެށުނު މި ބިނާއަކީ މިސްކިތެއްގެ އިތުރުން ދީނީ ތަފާތު ޕްރޮގްރާމްތައް ހިނގޭ ގޮތަށް ފަރުމާކުރެވިގެން އިމާރާތްކުރެވޭ ބިނާއެއްކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްސީ

    ކުރިން ނުކުރާވަރަށް ދީނަށް ފުރައްސާރަ ކުރާމީހުންވެސް ގިނަވޭ. ޝުކުރިއްޔާ

    11
  2. އަހްމަދު

    އެއްވެސް އިރެއްގާ ދީނަށް ފުރައްސާރަ ނުކުރާ ވަރަށް މިސަރުކާރުގެ 5އަހަރު ފުރައްސާރަ ކުރި. އެކަން ނައިބުރައީސަށް ހަމަ ނޭގެނީތޯ؟

  3. ހުވަދު

    ވަޓް............................................

  4. އަދުރޭ

    ކިތަންމެ ޚުޝާމަދަށް ދީނޭ ކިޔައިގެން ދޮގު ހެދިޔަސް 2ވަނަ ދައުރުގެ ރަނިން މޭޓް ކަމެއް ނުދޭޭނެ، ނައިބޫ.