މޫނު ބުރުގާ އަޅާ އަންހެނުންގެ ހައްގުގައި އިހްތިޖާޖެއް ބާއްވަން ނިންމާ އެކަން އިއުލާނު ކޮށްފިއެވެ.

މޫނު ބުރުގާ އަޅާ އަންހެނުންގެ ހައްގުގައި އިހުތިޖާޖެއް ބާއްވަން ނިންމާފައިވާކަން އިއުލާނު ކޮށްފައި ވަނީ "އައި ސްޓޭންޑް ވިތް ނިގާބް" ކިޔާ ފޭސްބުކް ޕޭޖަކުންނެވެ.

އެ ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ އުހުތުންގެ އިހްތިޖާޖެއް ކަމަށެވެ. އަދި މޫނު ބުރުގާގެ ދިފާއުގައި އަޑު އުފުލާ، އަޑު އިއްވާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

މި އިހުތިޖާޖް އޮތީ ހޮނިހިރު ދުވަހުގެ ހަވީރު 4:15 ގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ.

މޫނު ބުރުގާގެ ހައްގުގައި އިހުތިޖާޖަކަށް ތައްޔާރުވަމުން އަންނައިރު، ސަރުކާރުން މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

އަދި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި ވެސް ހުންނަން ވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް، ސްޓާ ކާޑު އަޅައިގެން ކަމަށް ބުނެފައިވެއެވެ.

މިއާއެކު ދީނީ އިލްމުވެރިން އަންނަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ޕޕމ "ފިރިހެންވަންތަ" މަގުމަތީ ގްރޫޕް ތި ހެދުން ލައިގެން އުޅޭނެ ކަމަށް އުއްމީދު ކުރަން . ލޮލް

  2. ާާަަަތުބުޅި

    ތުނބުޅި އޮމާން ކޮށްފަ ބަހައްޓަނީވެސް އެމީހުން ރުއްސަން.

  3. އަލީ ރަމީޒް

    ތޫނުހަނދު ފާޅުވީހެން ހީވޭ ވިލާތެރެން... މޫނުބުރުގާ ނެގީމާ މިރޭ...

  4. ހޯހޯ

    މިއީ ޕީ.ޕީ ފިރިހެން ގުރޫޕެއް މޫނު ބުރުގާ އަޅައިގެން ނިކުންނަން ޖައްސާ ސުޓަންޓެއް. ހުރިހާ ކަޅުކޮތަޅު ހެދުންތައް ގޮނޑަށް !

  5. އިބޫ އިސްތިއުފާ

    މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. މޫނު ނިވާކޮށްގެން ކޮވިޑް ދުވަސްވަރު މުދައްރިސުން ކިޔަވިދީފަވާއިރު އަދި މޫނު ނިވާކޮށްގެން އުޅޭ ރޯބޯމޭން އަށް ގައުމީ އިނާމު ދިން އިރު، މޫނު ނިވާކޮށްގެން ކިޔަވަދެވެންވާނެ

  6. ސޫމާރި

    އަފްގާނިސްތާންތަ މިއީ؟
    އަޅާ އެއްޗެއް އަޅައިގެން އެހެން މިހުންގެ ކަންކަމާ ނުބެހި އުޅެބަލަ!

  7. އުމަރު ނަސީރު

    ތިޔަ މޫނު ބުރުގާ ކަންތަށް ގަޑު އެންމެ ފަހުންވާނީ ސިޔާސީ ކަމަކަށް

  8. މުހައްމަދު

    ﷲގެ ޙަޞްރަތުގައި ޖަވާބުދާރީ ވާންޖެހޭނޭކަން މޫނު ބުރުގާއައް ޖެއްސުންކުރާ މީހުން ދަންނާތި..

  9. ގުދުގުދާބެއްޔާ

    މިއުޅޭ ވައްހާބީންގެ ބަލާ ތިޔައީ!

  10. ވިކިލީކްސް

    މޫނުބުރުގާ އަޅަނީ ދީނީގޮތުން ފިރިހެނުންނަށް ފޮރުވިގެން ތިބުމަށް. ވީއިރު ކީއްވެ މުޒާހަރަަކުރަން ދަނީ؟

  11. Anonymous

    ޙައްދުފަހަނަ އެޅުމޭ ހަރުކައްޓޭ ނުކިޔައްޗޭ