މާލޭގައި ދަންޖެހުނު ފުލުސް މީހާ ނިޔާވެއްޖެއެވެ.

މި ފުލުސް މީހާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ޖުލައި 22 ވަނަ ދުވަހުގެ ރޭގައެވެ. އެރެއިން ފެށިގެން އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު ފެނުނު މީހަކު އެ ރޭ ބުނިގޮތުގައި އޭނާ ގެންދިޔައިރު ވެސް ހާލު ސީރިއަސްއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އޭނާ ނިޔާވީ މިއަދު އިރުއޮއްސުނު ގަޑީގައެވެ.

އެޑިޓަރުގެ ނޯޓު:

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔޭޕާސް

    ހުރި ހިތާމައެއްގެ ބޮޑުކަމާ! ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވާށި! އާމީން.

    20
    3
  2. ކައިދާ

    ހުކުރުދުވަހުގެ އިރު އޮއްސުމުގެ ކުރިން ނިޔާވި ނަމަ ހެޔޮ ކަމުގެ ކޮޅެއްވެސް ނެތް. ޙުކުރުދުވަހު މަރުވާ މުސްލިމުންނަށް ކަށްވަޅުގެ ޢަޛާބު ނުލިބޭނެ ކަމަށް ޙަދީޘް ކުރައްވާފައިވާ ކަމަށް ޢިލްމް.ވެރިން ވިދާޅު ވޭ

  3. Anonymous

    އިންތިޙާބެއް ނާކާމިޔާބުވާނެ ކަމަށް ޤަބޫލު ކުރާމީހާ ކުރިމަތިނުލާނެ. ކާމިޔާބުވާނޭ ކިޔަސް، ބަދަލުގައި މީހަކު ދެއްކުމުން އެކަން އޮތްގޮތް ސާފުކޮށް ހާމަކޮށްދެވުނީނޫންތޯ!

    3
    1
  4. ބަބޯ

    އަމިއްލަޔަށް މަރުވުމަކީ ކުފުރު މަރަކުން މަރުވުން. އެމީހުން ދާނީ ސީދާ ނަރަކަޔަށް. ފާފަ ފުއްސެވުން އެދި ދުއާ ކިތައްމެ ވަރަކަށް ކުރިޔަސް އެމީހަކަށް އޮތީ ޖަހަންނަމަ. ކުފުރު މަރަކުން މަރުވީ.