23 ސެޕްޓެމްބަރަށް ފަހު ދެރަ ކަންތަތަކާއި ރައީސް ޔާމީން ކުރިމަތިލައްވަން ޖެހޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ވަގުތު ކުޑަތަން ވެއްޖެ ކަމަށާއި ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުން ބުއްދުވެރިކަމަަށެވެ.

"ރައީސް ޔާމީނަށް ވަގުތު ކުޑަތަން ވެއްޖެ މީހާރުއްސުރެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުން ބުއްދުވެރި, އެހެންނޫނީ 23 ސެޕްޓެމްބަރު އަށް ފަހު އެމަނިކުފާނު ކުރިމަތިލައްވަން ޖެހޭނީ ވަރަށް ދެރަ ވަރަށް އަސަރުކުރުވަނިވި ކަންތައްތަކާއި" އިބޫ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރަށް އިޝާރަތް ކުރައްވާ އިބޫ ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ކުރައްވާފައި ހުރި ކަންތަތަކަކީ ގުނާ އަދަދު ނުކުރެވޭނެ ފަދަ ގަނޫނާއި ހިލާފު ކަންތަތަކެއް ކަމަށެވެ.

"ރައީސް ޔާމީން ވަނީ ގާނޫން އަސާސީ އާއި ހިލާފް އެތައް ކަމެއް ކުރައްވާފައި, އަދި އެމަނިކުފާނު ވަނީ އަމިއްލަ ބަހުން އެކަމަށް އިއުތިރާފުވެފައި, އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ. މާލޭގެ މަގުމަތީގައި ގަތުލުކުރެވިގެން ދިޔަ މީހުންނާއި ބެހޭ ގޮތުން އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަ" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މާލިއްޔަތު ޤާނޫނު ބަދަލުކޮށް އޭރުގެ އޮޑިޓާރ ޖެނެރަލް މަޤާމުން ވަކިކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް، އަބުރުގެ ޤާނޫނެއް ވުޖޫދުކޮށް ނޫސްވެރިންގެ އަޑުވެސް ކަނޑުވާލައި، ސިޔާސީ ލީޑަރުންވެސް ހައްޔަރުކޮށް ޖަލަށްލާފައިވާ ކަމަށެވެ.

އިބޫ އިތުރަަށް ވިދާޅުވީ ރަޔިތުންގެ ފައިސާ އަށް ވީގޮތެއް ރައީސް ޔާމީން ކިޔާދޭން ޖެހޭނެ ކަމަށާއި ރައީސް ޔާމީން ރައްޔިތުންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދާރީވާން ޖެހޭނެ ކަމަށެވެ.

"ދިވެހި ރައްޔިތުން ރައީސް ޔާމީން އާއި ހަވާލުކުރި 100 ބިލިއަނަށްވުރެން ގިނަ ރުފިޔާ, އެއީ ފަސް އަހަރު ދުވަހުގެ ތެރޭގައި ހަވާލު ކުރި ފައިސާ, އެއީ ރައްޔިތުންގެ ޓެކްސް ފައިސާ. ކޮބައިތޯ އޭގެން ކުރެއްވި ކަމަކީ؟ ހަމަ ގައިމުވެސް އަޅުގަނޑާއި އަޅުގަނޑުގެ ރަނިންގް މޭޓް, މިއަދާއި ހިސާބަށް ރާއްޖޭގެ 125 ރަށަށް ޒިޔާރަތް ކޮށްފިން އަޅުގަނޑުމެންނަށް ނުފެނޭ އެފައިސާ އިން އެރަށްރަށުގައި ކޮށްފައި ހުރި ކަމެއް" އިބޫ ވިދާޅުވިއެވެ.

ރައީސް ޔާމީން މި ފަސް އަހަރު ދުވަހު ކޮށްފައި ހުރި ކިތަންމެ ކަމެއްގެ ވާހަކަ ދެއްކިދާނެ ކަމަށާއި މި ފަހަރު މުޅި ރާއްޖެއިން ވެސް ބޮޑު ތަނުން ރައީސް ޔާމީން އަށް ނޫނެކޭ ރައްޔިތުން މި ފަހަރު ބުނާ މަންޒަރު 23 ސެޕްޓެމްބަރުގައި ފެނިގެން ދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ހުސޭނުބެ

    މީނަޔާ ބެހޭ ގޮތުން ދައްކަންޖެހެނީ ވަރަށް ހަަޑިހުތުރު ވާހަކަތަކެއް، މިހާހިސާބުން ކުރުކޮށްލިން.

    • ހުސޭނުބޭގެ އޮށް

      ކިޔާނެ އެއްޗެއް ނެތީމަ ކުރުކޮށްލުން އޭ އެންމެބުއްދިވެރި ގޮތް ހަހަހަ

  2. ޢެމީހާ

    ޢިބޫ ހަމަ ސާބަސް
    ހަމައެއްކަމެއްވެސް ފެނިވަޑައި ނުގަތީ ތޯ؟ މިއިން ދުވަހަކު ޑޮކްޓަރުގެއަށްވެސް ވަޑައިނުގަންނަވަނީތާ.

  3. ިކިނބޫ

    ޢިރާދަކުރެއްވިއްޔާ 23ސެޕްޓެމްބަރުގެ ފަހުންވެސް ވެރިކަމުގަ ހުންނަވާނެއެވެ. ޢެދުވަހުން ޤާނޫނު އިބޫއާ އަރާހަމަކުރާނެއެވެ.
    ރަށްރަށުގައި ކޮށްފަހުރި ކަންކަން އިބޫއަށް ނުފެންނަނަމަ ލޮލުގައި މައްސަލަ އެބައުޅޭ. އަވަހަށް ލޮލުގެ ލޮލުގެ ޑޮކްޓަރަށް ދައްކާށެވެ.

  4. ދޮށިމޭނާ

    ވެރިކަމަށް ކުރިމަތި ލާނިކުފޫހަމަވާ މީހުން އިބޫ ގަޔަކު ނެތް ވެރިކަމަށް ކުރިމަތި ލެވޭނެ އެއްވެސް ޝަރުތެއް ނަޝީދައް ފުރުސަތު ދިނުންއެދެން

  5. ޟަރީ

    ނުހޮވެޔނެ ކަންޔަގީން ވެގެން ހަދާނެ ނުހަދާނެ އެއް ނޭންގިގެން ކޮސް ގޮވަނީ.
    23 ގަ ކަލޭމެން ގަޑުބަޑު ހަދަން ވެގެން ތައްޔާރުވާކަން އެންމެންނައްވެސް އިންގޭ. ﷲނަސްރު ދެއްވާނީ ތެދުމަގަ ތިބިބަޔަކައް.

  6. މާހިރު

    ޢަސްލު ވަރައްތެދު އެއޮއްހާ ފައިސާއިން ...ދޯ ކެރިގެން ނޫނެކޭ ބުނަންވާނެ ކިޔަވައިގެން ހުރިވަރަށް މޮޅުމީހެއް އެކަމަކު އިހުލާސްތެރިކަމެއް އިހުސާންތެރިކަމެއްނެއް ބަލައިބަލަ ބެސްޓްބަޑީ ބުޜޯއަށްވެސް ހަދާލިގޮތް....އެމީހުންގެވެސް އަނބިން ދަރިން ތިބޭނެ ދޯ

  7. މުހައްމަދު

    ވެރިކަމުގެ ވަސްވެސް ކަލޯމެންގެ ނޭފަތުގަ ނުދުވާނެ. މިރާއްޖޭގެ ވެރިކަން ކުރެވޭނީ ރައީސް ޔާމީން ކަހަލަ ގަޓުހުރި މީހަކަށް ވެގެން. ތަނަކަށް އަރާ ރަނގަޅަށް ވާހަކަ ދައްކާނުލެވިގެން ތިއުޅެނީ. ތިހެން ބުނާ އެއްޗަކަށް ރައީސް ޔާމީން ނުސިހޭނެ ކަލޯ އިބޫ. ގޭދޮށުން އެހެން ކަމަކާ އުޅޭ

  8. ޔާމީން

    ކިނބުލާ ހަމަހޭގަ ހުރެގެން ވާހަކަ ދައްކަބަލަ. ކަލޭމެންގެ ދެލޮލަށް މިރުސް އެޅިފަތަ ތިތިބީ. މަށަކީވެސް ކަލޭމެންނައް ތާއީދު ކުރަމުންއައި މީހެއް ދެންސޮރީ އޭ ބުނެވޭނީ.

  9. ޑޯދޯ

    އިބޫ އާއި އަންނި ދޭބަލަ ސްބްރަމާނިޔަން ކައިރިއަށް

  10. ކިބުލެ

    ތިދިނީ އިންޒާރެކަމަށް ބެލިދާނެ. އިބޫއަށް އެގިފައޮތީތަ 23ސެޕްޓެމްބަރަށްފަހު ރޔާމީނާމެދު ނުބައިކަންތައްތަކެ ރާވާކަން.. ފުލުހުން މެދުވެރިކޮށް ޕޕމއިން އެބަޖެހޭ ތަހުގީގެކުރަން.. އިބޫ ދެއްކިވާހަކަތަކުގަވަނީ ކިހާވަރެއްގެ ހަގީގަތެއްތޯ.. ރޔާމީން އެއްފަހަރުވެސް ވިދާޅުވިތޯ ގަތުލުކުރުމަކީ މައްސަލައެއްނޫނޭ. އެކަމުގެ ކަންބޮޑުވުން އޮތްވަރުންނޫންތަ ގިސޯސްހިފަން ރޔާމީން މަސައްކަތް ކުރަމުންދަނީ. ގިސޯސްހިފުމާ ދެކޮޅުހަދަމުންދަނީ އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭ ޕާޓީންނާ ހަމަ ތިމަނިކުފާނު..

  11. މުހައްމަދު

    ކަލޭބަލަން ހުރެބަލަ! 23 ސެޕްޓެންބަރުގެ ފަހުން ކަލެއަށާއި ކަލޭގެ އައުވާނުނަނަށް ވާގޮތް.
    ތިޔަކަހަލަ ތަންދޮރު ނުދަންނަށް މީހަކަށް ވޯޓުލާން ހެޔޮވެސް ނުވާނެ..

  12. ޙާލުގެ ދުލުން

    ޔާﷲ އިބޫއާއި އިބޫގެ ޕާޓީގެ ފިކުރުތަކުން މި ދިވެހި ޤައުމު ސަލާމަތް ކުރައްވާނދޭވެ.

    • ކެނެރީ މުގާބޭ

      އާމީން

    • Ibrey

      Ameen

  13. ކެނެރީ މުގާބޭ

    ހުޅު ޖަހަނީބާ... މީހުންމަރާނީބާ... އިބޫ ނަޝީދުގެ ރޭވުންދޯތީ

  14. ރުޒާނާ ޗޮއްޕަޓު

    ތި ދެން ބޮޑު ސޮހޮލެއް ކޯޗެކޭތަ ތި ކިޔަނީ؟

  15. ހުސޭނުބޭ

    އިންތިޚާބުން ބަލިވެއްޖިއްޔާ އަނެއްކާވެސް ރާއްޖޭގައި ހުޅުޖަހަން ގަސްދުކުރީތަ؟

  16. މާން

    ކަލޯ ދެލޯ ކަނުވެފަތަ. ނޫނީ މެމޮރީ ލޮސްވަނީތަ؟ ކުޅުދުއްފުއްޓައްގޮސް އެއަރޕޯޓް ހަދާތަންފެނިފަ ކުޅުހިކި ދެލޯ މުދުނަށް އެރި ހަނދާންވެސް ނެތް. ބުރިޖު ހަނދާނެއްނެތް. ތިރަށުގަ ތިއޮތް ނަރުދަމާ ހެދީ ކާކުތޯ އަހާލަބަލަ. މިމީހުންގެ ފެންވަރު މިހުންނަނީ. ދިވެހިން އެހަދާލަނީ ކަނު ބީރުންނަށް.

  17. ބުމްބާ

    5 އަހަރަށް 100 ބިލިއަން ދޭއިރުވެސް ރައިސް މިރަށަށް އައިސް ބުނީ ބީ.އެމް.އެލް އޭޓީއެމްއެއް ކުރިއަތްއޮތް 5 އަހަރު ބަހައްޓަދޭނަމޭ. މިރަށު ގިނަބަޔަކު ހީކުރީ އެއީ އެމްއާރުއައި ކަހަލަ ވަރަށް އަގުބޮޑު އެއްޗެއްގެވާހަކަ ކަމަށް. ހެހެހެ.

  18. Anonymous

    ކޮން.އަނގައެއްތަޅާކަށް. ތިއީ ވެރިކަމަށް ކުފޫ ހަމަވާ މީހެއްނޫން. އިންޑިޔާ ސުބޫ އެބަގޮވާ ރީނދޫ ފޮށާ އަނދެގެން އުޑަފައިންއިންނާށޯ.

  19. ފާއިޒް

    ކަލޭ ކަހަލަ ދެލޯ ކަނު މީހަކު ނުވާނެ މިޤައުމުގެ ވެރިކަމަށް ގެންނާކަށް ކަނުވީމަތާ ނުފެންނަނީ.. ރައީސް ޔާމިން އަށް ދަންނަވާލަން 2018 ގެ އިންތިހާބަށް ފަހު އިންޝާ ﷲ މަނިކްފާނު ހުވާ ކުރާ ގޮތަށް މިކަލޭގެ އާއި މީނަގެ އައުވާނުން ހިފާ ހައްޔަރު ކުރަން....

  20. ހަސަން

    މަގޭވޯޓް ޔާމިން އަހަރުން ރަށުގަ ގިނަކަންތަ ކޮއްދިފި.

  21. ވާނުވާ

    ނަނާ ހުވަފެން

  22. ފުއްކިބަ

    އިބޫ ތިވާހަކަ ޔެއް ނޫން މި ސުބްރަމާނީ ކަންތަ

    މާބޮޑެއްނު .

  23. އނސފ

    ވަކިމީހަކަށް ތިމާގެވެރިކަމެއްގައި ދެރަގޮތް ވާނެކަމަށް ދުރާލާ އިޝާރާތް ކުރުމަކީ ޒާތީހަސަދަ އޮތްކަން ހާމަވާ ކޮށްދޭކަމެއް.

  24. ކިނބޫ

    އައިނު ނަންބަރު ބަދަލު ކޮއްލަން ވީނުން. ކޮއްފަ ހުރި ކަންކަން ފެންނާނެ. ނަރުދަމާ އާއި ފެންހޮޅި ވަޅުލާފަ ހުންނާނީ ބިމު އަޑީގަ. އެހެންވީމަ ނުފެނިދާނެ.

    • އަލިބިޔާއްކަލޯ

      އަލިބިޔާއްކަލޯ

      އޮގަސްޓް 25, 2018 - 03:23
      މި ސުވާމީޖީ އިބޫ 125 ރަޟަށް ދިޔައިރު ހުރީ މޫނު ބުރުގާ އަޅާފަތަ؟
      އަދި މީނަމީ ހާމާނު ކިޔެވިފޮތުން ކިޔަވާގެންހުރިމީހެއް މީނަޔައްއެބައެނގޭ ކުރިޔަށް ވާންހުރި ކަންތަކާއި ވާނޭ ކަންތައްވެސް??

  25. އަލިބިޔާއްކަލޯ

    މި ސުވާމީޖީ އިބޫ 125 ރަޟަށް ދިޔައިރު ހުރީ މޫނު ބުރުގާ އަޅާފަތަ؟
    އަދި މީނަމީ ހާމާނު ކިޔެވިފޮތުން ކިޔަވާގެންހުރިމީހެއް މީނަޔައްއެބައެނގޭ ކުރިޔަށް ވާންހުރި ކަންތަކާއި ވާނޭ ކަންތައްވެސް??

  26. ނުރަބޯ

    ބަލަގަ އައު އެއްޗެއް ކިޔޭތޯ ބަލާބަލަ. އެގޮތުން ރީނދޫ 3 އަހަރުގެ ވެރިކަމުގައި ތިމަންމެން ޖެހުނު ދައުލަތުގެ ފައިސާ އަނބުރާ ދައުލަތަށް ދައްކާނަމޭ ބުނެގަ.

  27. ހަސީން

    ކަލޯ އިތުރުވާހަކައެއް ދައްކާނެ ކަމެއް ނެތް މިހާރުވެސް އެއްވެސް މަސަތަކަތެއް ނުކޮށް ރައްޔެތުންގެ ޓެކްސް ފައިސާބަނދު އަޅަމުން ތިދަނީ.

  28. ރީނދޫ

    2018 ޔާމީން ޝަހީމް

  29. ބޭބެ

    ނަޝީދު ތަ އެންމެ ރަގަޅީ، ކޮންގޮތަކުންބާ، މޮުަޔަ ގޮވަނީ ދޯ

  30. ދިވެއްސެއް

    އިބޫ އެވެ، ސިޔާސީ ކަންތަކުގައި ދޮގު ހެދުމަކީ މިހާރު މީހުން ގަބޫލުކުރާކަމެކެވެ. ނަމަވެސް އަހަރުމެންގެ ދީން އެއްގޮތަކަށްވެސް އެކަމަށް ހުއްދަ ނުކުރާކަން އިބޫއަށްވެސް ރަގަޅަށް އިނގޭނެއެވެ. އަދި އަމުދުން ނުފުއްދޭނެ ވައުދު ވުމަކީ ކިހާ ނުބައި ކަމެއްކަން ނޭންގެނީ ހެއްޔެވެ. އިބޫ ކޮންމެ ރަށަކަށް އަރާ ކިހާ ރައްޔިތުންނަކަށް ކިތައްކަންތައްކޮށްދޭން ވައުދު ވެއްޖެހެއްޔެވެ. އާޚިރަތް ދުވަހުން އެހުރިހާ އެންމެން އެމީހެއްގެ ހައްގު އިބޫގެ ކިބައިން ހޯދާނެކަން ނޭންގެނީ ހެއްޔެވެ. އެދުވަހު ތިމަން ވޯޓު ހޯދަން ބުނިއެއްޗެކޭ އެއީ ބުނެވޭނެހެއްޔެވެ؟

  31. އަލީ

    މީހަކަށް ދެެރައެއް ދޭން ނުވިސްނާށެވެ. ކަލޭގެ ދުލުގެ ސަބަބުން ގެއްލޭ ވޯޓު މާގިނަ.

  32. ޑރ

    ދެ ލޯވެސް އަނދިރި ގޮލައެއް. ކިހިނެއް ވޯޓް ލާނީ.

  33. ފާރިސް

    ހިނދު ކޮޅުގަ ހުރީމަ ކޮންޗެއް ފެންނާނީ؟؟؟

  34. ގަމާރު

    ކޮބާ ދެލޯ.

  35. ޓަވަރު

    7400 ރުފިޔާގެ އަގުބޮޑު ސެެންޓު ނުޖަހާ އެފައިސާއިން އައިނެއް ހައްދަން ފެނޭ....އޭރުން ތަންކޮޅެއް ފަސޭހައިން ފެނިދާނެ! މީގެ އިތުރުން ހިއަރިން އެއިޑެއްވެސް ހޯދަން ފެނޭ!

  36. ދިވެހިރަތްލޭ

    ކަލޯމެންނައް ވެރިކަންހަވާލު ކުރީމަ 3 އަހަރުތެރޭ ދައުލަތުގެ މާލިއްޔަތުން ދިރުވާލި އެތައްމިލިއަން ރުފިޔާ އެއް އެއީ ކަލޯމެންްގެ އަމިއްލަމުދާތަ.؟ މިއަދުވެސްއޮޑިޓަރޖެނެރަލްނެރުއްވިރިޕޯރޓްއެހުރީ ރައްޔިތުންނައްފެންނަން. އެއީ ޖަވާބުދާރީވާންޖެހޭކަމެއްނޫންތަ؟ އެ3 އަރުތެރޭ ދައުލަތައް ދިންބޮޑެތިގެއްލުންތައް އެއީ ޖަވާބުދާރީވާންޖެހޭ ކަމެއްނޫންތަ؟ ދައުލަތުގެ މުއައްސަސާތަކުގަ އަލިފާންޖަހާއަންދާ އަޅިއަށްހަދާލިއިރު އެއީ ކަލޯމެންމުށްޖަހާފަ ކަނޑުއަޑިންނެގި ފައިސާއިން ނުވަތައަމިއަލަ މުދަލުންހޭދަކޮށް ހަދާފަހުރިއަމިއްލަތަންތަންތަ؟ ބަލައެއީވެސްރައްޔިތުންގެފައިސާ. ރައީސްޔާމީން ފަސްއަހަރުތެރޭ މިގައުމައްކަލޯމެންދީފާހުރިބޮޑެތިގެއްލުންތައް ފޫބައްދާދެއްވާ ހުރިހާދިމާލަކުން މުޅިގައުމައްގެނެސްދެއްވިތަރައްގީ ކަލޯމެންގެ ލޯތަކައްނުވެންނަނީ ކަލޯމެންނަކީ މިގައުމައްދުވަހަކުވެސް ހެވެއްއެދި ރައްޔިތުންނައް ހެޔޮއެދޭބަޔަކައްނުވީތީ ކމާމެދު ޝައްކެއްނެތް. ކަލޯމެންނައް ރައީސްޔާމީންއޭ ކިޔާއަންގަފޭކުރާކައް ކުޑަވެސްޖާގައެއްނެތް. މިއަދުވެސް ތިޔަވާހަކަދައްކަނީ ލަދުހަޔާތްނެތީމަ. ދެންކަލޯމެން މާވެގަނެގެންތިޔަތެޅުވެނީ މިގައުމުގެޚާއިނުންނާއި ބޭރުގެ ނުފޫޒުން މިރާއްޖެއަޅުވެތިކޮށް ކަލޯމެންނައްވާގިދޭލާދީނީ ޖަމާއަތްތަކުގެމަދަދާ އެހީތެރިކަން އޮތަތީ.ތިޔައީ އަމިއްލައެދުމާހުރެ މެނުވީއެއްކަމެއްވެސްރައްޔިތުންނައްކޮށްދޭންހިތައްވެސްގެނައިބައެއްނޫން .ކަމެއްކޮށްދީފިނަމަ އެކޮށްދިންކަމެއްގެފަހަތުގަ ކޮންމެވެސް ގެއްލުން ހުރިނުބައިރޭވމެއްނެތިނުދާނެ. ލަދެއްނެތި ފލުހުންނާތަޅާނެކުދިންކޮޅެއް ހޯދާކަށް ރައީސް ޔާމީން އެއްނޫންގޮވީ. އެއީމާ ގަޓުހުރިރައީސްއެއް. މިއަދުގެރައީސް އަކާކަލޯމެންނައްއަރާހަމައެއްނުކުރެވޭނެ. އެހެންވެކަލޯމެން ރޭޕިސްޓުން ގާތު ރާއްޖެހިފަން ރާއްޖެއަރަން ރޮއިހޭރިއާދޭސްކުރަނީ. ދުނިޔޭގެ ބާރުގަދަ ގައުމުތަކައް ނޫނެކޭވިދާޅުވަން ޔާމީންއަށްކެރިވަޑައިގަތީ ހަމަވަރަށްގަޓުހުރީމަ. އެއްބުރުންއެއްލަކިން ރައީސްޔާމީން.

  37. ައަފާފް

    މިގައުމުނިދެކޭ ތަރައްޤީ ފެންނާނީ ރައީސް ޔާމީން 2018ގައި ގެނެސްގެން ނޫނީ ފެންނާނީ އަނެއްކާވެސް ރައްޔިތުން ބަނޑަށް ޖެހޭތަން. އެމްޑީ ޕިީ ވެރިކަމެއް ފެނިއްޖެ.ޑޮލަރެއް ނުލިބުން ވަޒީފަާތަކުން ކެނޑީ ލާރިކޮޅުވެސް ކެނޑީ.އިބޫމެން 2000ރުފިޔާ އިން 300ރ އިތުރުކޮށްލަން ވޯޓްނުދެ ކޮންވާހަކައެއް

  38. ދުބޭބެ

    މީނަ މި ބުނަނީ އިންތިޚާބުން ބަލިވެއްޖިއްޔާ އިންޑިޔާ ސިފައިން ގެނެސް ލޭ އޮހޮރުވައި ރާއްޖެހިފައި ޔާމީނު ވެރިކަމުން ބާލައިނަމޭ ދޯ! ތިހެން ހުއްޓަސް ތިއީ ވަރަށް މަކަރުވެރި މީހެއް! މީނަޔާ ބުއްޅަބެޔާ ދެމީހުންވެގެން އިންޑިޔާ ސިފައިން އައިސް ރާއްޖެ ހިފާތޯ ރާވަމުންދާތާ ލައްކަ ދުވަސްވެއްޖެ!

  39. ނެތީމޭ

    ތަމެން އަތަށް ގޮވާނީ ތިޔާ ކަން ވެސް ހިންނަވަރު އިބޫ ބަލަން ހުންނައްޗޭ 23 ސެޕްޓެމްބަރުގެ ކުރިން ތަމެން މަޖްލީހުގެ ފާރު މަތިިން ވެލާ ފުރޮޅާލި މައްސަލަ ވެސް ބަލަން ޖެހޭނެއޭ މަމެން ބުނަން ނެތީމު ދޯ.

  40. އަހުމަދު687

    ރައީސް ޔާމީން ޤާނޫނާ ޚިލާފުވީއޭ ކިޔާފަ ދެން ތިކިޔަނީ އެވެނި މިވެނި ޤާނޫނެއް ބަދަލުކުރީއޭ! ޤާނޫން ބަދަލުކުރީ މަޖްލިސްއިން ދެން ޤާނޫން ބަދަލުވީމަ ޤާނޫނާ ޚިލާފުވީ ކިހިނެތް؟؟

  41. ބެން ޝަޕިރޯ

    އައި ފާޑެޑް އެންޑް ޝިޑެޑް އެންޑް ކޭމް އިން މައި ޕޭންޓްސް

  42. އަންތަރީސް

    ކަލޭ ވެތިކަމަށް އަންނަ ދުވަހު ވައްޓާލާނަން ވަރައް ހިތާމަޔާ ކުރިމަތިލާންޖެހޭނެ ވަގުތު ކުޑަތަންވަނީ އުނބުށޭމާ.

  43. ޙަފްޞާ / މާލެ

    އިރާދަކުރެއްވިއްޔާ މުޅި ރާއްޖެއިން އިބޫމެންނަށް ލިބޭނީ 30 ޕަސެންޓް ވޯޓް! ރައީސް ޔާމީން 70 ޕަސެންޓް ނަގާނެ! މިކަން މިމީހުނަށްވެސް މިހާރު ކަށަވަރުވާކަހަލަ! އެހެންވެ ދެން އެއްޗެކޭ ގޮވަނީ! މިފަދަ ޢިލްމީ ޒަމާނެއްގައި ފުރަތަމަވެސް ބަލަންވީ މީހާގެ ތަޢުލީމީ ފެންވަރަށާ ހިންގުމުގެ ޤާބިލްކަމަށް! ރައީސް ޔާމީނާ ޑޮކްޓަރ ޝަހީމާ އައަޅާ ބަލާއިރު އިބޫއާއި ފައިޞަލްއަކީ ދެ ރަނޑުން!

  44. އައްޔުބެ

    އެބައިމީހުނަށް ތަރައްޤީނުފެންނަނީ ލޮލުންނުބަލައި އެހެންތަނަކުން ބަލާތީ ބާއޭ ....

  45. ައަޒީޒް

    ޔާﷲ ﷲއީ ރަހީމްވަންތަ ރަހްމާންވަންތަ ރަސްކާލަގެއެވެ.
    ޔާﷲ އިބޫއާއި ކެނަރީގެ މުހައްމަދު ނަޝީދުގެ ޕާޓީގެ ފިކުރުތަކުން މި ދިވެހި ޤައުމު ސަލާމަތް ކުރައްވާނދޭވެ.

  46. ށަބުނަމް

    ކަލޭވެސް އަނެޠްކާ ވާނުވާނޭނގޭމީހެއްޠަޠީ މިރާޠްޖެއަށް މިގައްމުގެ ހީރޯ ރައީސް ޔާމީން ގެނެސްދީފަހުރި ތަރައްގީ ނުފެންނަނީ

  47. ހިރާސް

    އައްދޭ. މީނަ ހިތުން މީނައަށް ވެރިކަން ލިބިއްޖެ.

  48. ވަތަނު

    އިބޫ ޔޫކޭއަށް ގޮސް ގޮނޑި ދުއްވަން ވީނު. ވެރިކަން ކުރެވޭނެ ހެނެއް ލިޔެއްނުވޭ.

  49. އަލީ

    މިމީހުންނަށް އިނގެނީ މީހުންގެ އަބުރު ކަތިލުމާއި ގަދަބަސް ބުނުން. އެއީ ހާދަ ނާގާބިލުމީހުން ކެމްޕެއިން ކުރާ ގޮތެކޭ އެކަމު.

  50. ސޯދިގު

    އައްޗީ ނުކިޔަވާ ސޮރު 23 ސެޕްޓެމްބަރަށްފަހު ޖަލަށް ވަންނަން ތައްޔާރުވޭ. އަބރާ ބެހުން މިގައުމ7 އިންޑިއާއަށް ވިއްކާލަން ރޭވި ރޭވުން...އެންމެ ބިޑު ޚިޔާނަތުން ޚިޔާނަތް ވުން ކޮލަމާފުޑި ގަ ހިންގި ޓެރަރިޒަމް އަމަލު