މީސް މީޑިއާގައި އިއްޔެ އިން ފެށިގެން ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ އަންހެނުންގެ ގޭންގަކުން އަނިޔާކުރި އަންހެން ކުއްޖާ ގެއްލިގެން ހޯދަން ފަށައިފިއެވެ.

އިއްޔެ އިން ފެށިގެން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ތިން އަންހެނުން ވެގެން އަންހެން ކުއްޖާ އެކަހެރި ސަރަހައްދަކަށް ގެންގޮސް އެކުއްޖާގެ މޫނުމަތީގައި ޖަހައި، ހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރު ފެނެއެވެ. އަދި ތަފާތުއެކި އިންޒާރުދީ އެކުއްޖާއަށް ގަނާކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެނގިފައިވާގޮތުގައި އެކުއްޖާއަށް އަނިޔާކޮށްފައިވަނީ ހުޅުމާލޭ "ޗައިނާ ފްލެޓް" ސަރަޙައްދަށް ގެންގޮހެވެ.

ފުލުހުން ވަނީ އެކުއްޖާ ގެއްލިގެން ހޯދަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. ފުލުހުންގެ އިތުރުން ޖެންޑާއަށްވެސް އެކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން އަންހެނުން 15 އަހަރުގެ އަންހެން ކުއްޖާ އަށް އަނިޔާކޮށް ގަނާކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެކުއްޖާ ގެއްލިގެން އުޅޭތާ ވެސް ހަފްތާއެއްހައި ދުވަސް ވެއްޖެ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ބެހޭ މަޢުލޫމާތު އެނގޭ ފަރާތަކުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި އެ އަންހެންކުއްޖާ މީގެ ހަފްތާއެއްހައި ދުވަސްކުރިންވެސް ވީތަނެއް އާއިލާއަކަށް ނޭނގެއެވެ. އެހެންކަމުން އެކުއްޖާ ގެއްލިގެން އެކަން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާކަމަށް އޭނާ ބުނެއެވެ. ނަމަވެސް މީގެ ހަފްތާއެއްހައި ދުވަސްކުރިން، އެކުއްޖާ ވީނުވީތަނެއް ނޭނގުމުން އާއިލާއިން އެކަން ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ވަނީ އެކުއްޖާއަށް ގަނާކޮށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަމުންދާކަން އިއްޔެ ކަށަވަރުކޮށްދެއްވާފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ދަތްދޫނި

    ފުޅުހުން ނަށް މި ޤައުމުގާ ކުރެވެނީ ކޮންކަމެއްބާ! ހަމަ އެކަނި ސިޔާސީ މީހުން ހިފާ ހައްޔަރު ކުރުން ކަމަކީ ދޮތަ!

    • ކަދުރު

      ކަލޭ މާ ސިޔާސީ ނުވެ މަޑުން ހުރެބަލަ. މީ ވަރަށް ސީރިއަސް މައްސަލައެކޭ، އަންލައިކް ގަންޖާ އަންނި.

      • ސިޔާސީ

        މިކަހަލަ މީހުން އުޅޭތީ ގައުމު ހަލާކު ވަނީ. ކޮންމެ ކަމެއް ސިޔާސީ ކުރަން ނޫޅެބަލަ.

        • މަރީ

          ފުލުހުންނަށް އެނޫން ކަމެއް މިޤއަުމުގަ ވޭތަ. ކިތައް ކިތައް މިކަހަލަ މައްސަލަ. ބެލޭ ދުވަހެއް އިންސާފެ ނޯވެ. ޤައުމުގެ ލާރިގަނޑު ދިރުވާލައިގެން ތިބެނި. ދަރުމަނުވާނެ

          • ކަދުރު

            މާ ގިނައިން ޔެލޯ ޖޫސް ބޮވުނީ ދޯ.

    • އަލީ

      ދެން ހުއްޓާލަބަލަ ދޯ

  2. ނަހުލާ

    ތެދެއް. އެފަދަ ކަންކަން ބަލާކަމަށްވާނީ އެކަމެއްގެ ވަގުތުގައި އެފަދަ ކަންކަމަށް އެޓެންޑު ވާނަމަ. އަމިއްލަ ތަޖުރިބާގެ އަލީގައ އެފަދަ ކަންކަމަށް ޖެންޑަރއިން ސަމާލުކަން ނުދެޔޭ ބުންޏަސް ރަނގަޅުވާނެ. ފުލުހުންގެ ޔުނިޓްގައި ތިބޭ ފުލުހުން ރުންކުރުވެފައި ފިޔަވަޅު އެޅުން އެހާ ލަސްކަން ފާހަގަވޭ!

  3. އަވާލް

    ފުލުހުންނަކަށް ޤައުމުގަ ހިނގާ ކޮންމެ ކަމެއް ނޭންގޭނެ. އެއީ ވަހީ ބާވާލައްވާ ބައެއް ނޫން. ރިޕޯޓެއް ކުރީމަ ނޫނި ކަމެއް ފާހަގަވާ ހިސާބުން އިނގޭނީ. ކޮންމެ ކަމެއްގަ އެމީހުން ބޮލައް އެރުން އޮންނަނީ

    • ޢީން

      ހަބަރުތައް ކިޔާފަ ކަމުގެ ދެކޮޅުނުބަލާ ކޮމެންޓް ކުރާ މީހުނަށް ހަމަ ސާބަހާއި އައްސަރިބަސް. ހުރިހާ ކަމެއް ސިޔާސީ ކުރެވޭތޯ ބަލާތި.

  4. މާހިރު

    ޢަސްލު މުޅިއަކުން ގޯސްވާހަކަ އެއްނޫން ތިޔަކަހަލަ މަގާމުތަކުގަ އުޅޭމީހުން ޖެހޭނެ ވަރައްބަރާބަރު ވާންވާނެ

  5. ފައިސަލް ނަސީމް

    އެޖެހުނީ ފުލުހުންނާ ދެންބުނޭ ރައީސް ޔާމީނޭ

  6. ކައްބެ

    ބުރުގާއަޅައިގެންވެސް ގޭންގުކުދިން އުޅޭތަ؟

  7. ޤައްޔޫމް

    ފުލުހުން އައްވާނީ ޔާމިން ބޭނުންވާ ކަންކަން އިތުރުކަމެއް ކުރާކައް ވަގުތެއް ނުވާނެ

  8. ހައްޖަ

    ގަނާަކުރުން ތޯ ނުވަތަ ހަނގާ ކުރުން ތޯ

  9. ފާއިޒް

    ކުއްޖާ ގެއްލިގެން އާއިލާ އަށް ކަންބޮޑެއް ނުވޭ . ތީ ހާދަ ހެއްވާ ކަމެކޭ

  10. އަޝްރަފް

    ގެެއްލިގެން ހަފްތާއެއް ވީއިރު އާއިލާއަށް ނޭގެޔޭ ބުނީމާ ކިހާވަރަކަށް އަޅާލުން ލިބޭ ކުއްޖެއްބާ އާއިލާއަށް ނެތްކަންވެސް މިއެގެނީ ފުލުހުން ކުއްޖާހޯދަން ގުޅީމަ ސާބަހޭ ބެލެނިވެރިންނަށް.

  11. ޢޭކޭ ބިލްގޭޓް

    ކޮންމެ މީހެއްގެ އުއްމީދަކީ ރަނގަޅު ތަޢުލީމެއް ދަރިންނަށް ދިނުން، އެކަމަކު ހެޔޮނުވާނެ މި މާލެއަށް ދަރިންނަށް ތަޢުލީމު ދިނުމަށްޓަކާ ނުގެންނަވާ. މީ ވަރަށްބޮޑު ޕްރޮޕެގެންޑާއެއް. މި މާލެޔަށް މިހާރު އިބިލީސް ވެސް ނާރާ. ތަރައްގީ ކަމުން ލަދުން. ޢިބިލީސް ލަދުގަންނާނީ ވަރަށް ތަރައްގީ ވީމަ... މީ ހަގީގަތް... މަންމަ އާއި ބައްޕަ ރެޔާދުވާލު ކުރާ މަސައްކަތުގެ ނަތީޖާއަކީ ހިތާމަ އާއި ކެކުޅުން... ވިސްނާ ފިކުރުކުރޭ.18 އަހަރާ 25 އަހަރާ ދެމެދުގެ ކުދިން މަރުވާ އަދަދެއްވެސް ނޭގޭ.. މިހާރު އުފެދުނީ އަންހެން ގޭންގް... އަންހެނުން ބާރުވެރިވެ ފިރިހެނުން އަންހެން ދުޅާވެފަ....

  12. ޢައްޑޭ

    އެދަރިން ބާލާނެ މީހަކު ނުހުރަޭ، މަންމަ ޔާ ބައްޕަ އުޅެނީ އަބަދު ކޮންމެވެސް ވަޒީފާ އެއްގަ.. އެވަރުން ކިރިޔާ ކުލި ދެއްކެނީ..... ގައިގަ ނެއްފެންވަރުން އުޅުން ދޫކޮއްލާ.... ދަރިންނަށް އިގިރޭސި އާ އެއްވަރަށް ދީން ދަސްކޮށްދީ..

  13. ޒާނާ

    އާއިލާއަށް ދަރިފުޅުވީތަނެއް ނޭނގި ހަފްތާއެއްވީ .އަންގަންޖެހޭ އެއްވެސް ފަރާތެއްވާކަމަކަށް އާއިލާއެއް ނުދެނެހުރި. ކުއްޖާކުރާ ނުކުރާކަމެއް އުޅޭ ނުއުޅޭ ތަނެއް ކުއްޖާގެ މިތުރުންނާއި ހަތުރުންނެއް އާއިލާ މީހަކަށް ނޭނގޭ އެހެނަސް މިކަން އެނގޭ މީހަކު އުޅޭތީތާ މި ވީޑިއޯެއެއް މި އާއްމުވެގެން މިއުޅެނީ.

  14. ރޮއިދް

    Am I the only one who noticed that the person who wrote this wrote "Ganaa Kurun" instead of "Hangaa Kurun"

    • ހަހަހަ

      މިހާރު ކިޔަނީ ގަނާ ކުރުން

      • ސ

        މި ދެ ލަފްޒުވެސް "ބްލީ" ކުރުމަށް ބޭނުން ކުރެވޭ.

  15. ާއައި ޑޯންޓް ނޯ

    ލައްބަ ފުލުހުން އިހުމާލު! ޖެންޑާރ އިހުމާލު!
    ފުލުހުން އާއިލާ އަށް ގުޅީ މައްސަލަ ބަލަންވެގެން.
    އާއިލާ ބުނީ ނޭންގެޔޭ ވީތަނެއްވެސް، ރޭކާލީވެސް ފުލުހުން ގުޅީމަ. ކޮބާ އާއިލާ އިހުމާލު. ފުލުހުން ނުގުޅިނަމަ އާއިލާ އަށް ރޭކާލާނީ 1 މަސް ފަހުން؟

    މިޔޮށް ސޮސައިޓީއެއް!!!! ލެޓްސް ތްރޯ ދަ މަންކީ

  16. ހުސެއިން

    މީވާ ވަރެއްގެ ރައްޔަތުން އުޅޭ ގައުމެއް.. އަމިއްލަ ފަރުދީ ޒިންމާއިން ރެކެންވީމަ އެވީ
    ޔާމީން، އަންނި، ޕޮލިސް ނުނީ ދެންވެސް ތިބި ބަޔަކު ބޮލަށް ޖަހަން..

  17. އަސްލުހާލަތު

    ތިވާނި އެ އަންހެން ގޭންގާ ގުޅުންހުރި ދިވެހި ފިރިހެނުންތަކެއް އެ ކުއްޖާ ވަގައް ނެގީކަމަށް ދެން ބިރު ދައްކައި ފާޑުފާޑުގެ ވީޑިއޯ ކުރީމަ އެ ކުއްޖާއަށް ނުކެރޭނެ ރިޕޯޓުކުރަންވެސް.. ތި ފުލުހުންނަށް ހުށަހަޅައިގެން ހައްލެއް ނުވާނެ ގޭންގުތަކާ ދެކޮޅަށް ހަމަ ގޭންގު ނެރެގެން ކަންކަން ހުއްޓުވޭނި މަދެކޭގޮތުގަ.

    • ސުބާ

      އަސްލުވެސް

  18. Rizwan Nizam

    ފުލުހުންނާ ސިފަައިންގެ އަތްފައި ގާނޫންކުން ކަަޑާފަ، ކަންކަން ރަގަޅު ކުރަން ބުނީމަ ރަގަޅުވާނެ ތޯ.

  19. ޕީޖޭ

    އާއިލީ ޒިންމާ ކިޔާއެއްޗެއް ނޭގޭ މީހުން ސްމާޓް ފޯނު ހިފައިގެން..ނަސީބު ރައީސް، ޕޮލިސް، ޖެންޑާ ކިޔާބަޔަކު އުޅޭކަން އެނގޭކަން..ނުވިތާކަށް ފޯނުން ގުރުއާން އަކުރެއް ނުކިޔަވާނެ!!

  20. ބާގީ

    ފުލުހުން މިގައުމު ގަ ކުރާ ހަމަ އެއް ކަމެއް ނެ

  21. މަރީ

    ކިހނެއް ނަގާފައިން ވީޑިއޯ އެއްބާއޭ ސުވާލު އުފެދޭ. އެކުއްޖާ އަށް ސަލާމަތްކަން ދެއްވާށެޥެ. ޢަދި އާއިލާއަށް ކެއްތެރިކަން ދެއްވާށި. އާމީން