އަންހެން ކުދިންތަކެއް ބައިވެރިވެގެން އަންހެން ކުއްޖެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި 18 އަހަރުގެ އަންހެނަކާއި 17 އަހަރުގެ އަންހެން ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އޮގަސްޓް 24 ވަނަ ދުވަހު މީސް މީޑިއާގައި ދައުރުވާން ފެށި އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ތަޅާ މަރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯ އާއި ގުޅިގެން މިމައްސަލައިގެ ތަޙްޤީޤަށް ކޯޓު އަމުރެއްގެ އެ ކުދިން ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އަންހެން ދެ ކުދިންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ ޖުވެނަލް ކޯޓުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއްް ދެއްވާފައެއް ނުވެއެވެ. އެހެންކަމުން މި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހޯދަމުންދާ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނޫނެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން ކުއްޖާ އަށް އަނިޔާ ކުރަނީ ތިން ކުއްޖެއް ވެގެންނެވެ. އޭގެ އިތުރުން ވީޑިއޯ ކުރަން ހުންނަނީ ވެސް އެގްރޫޕްގެ ބައިވެރިއެއް ކަމަށް ބެލެވެއެވެ.

އަންހެން ކުދިންގެ ގޭންގް އިން އަނިޔާ ކުރި އަންހެން ކުއްޖާ ގެއްލިގެން ފުލުހުން އެކުއްޖާ ހޯދަން އިއުލާން ވެސް ކުރިއެވެ. އެކުއްޖާ ފެނުނީ ހޯދާތާ ހަފްތާއެއްވި ފަހުން އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރު ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެން މޮނަވެ

    އަދިވެސް ގައްޑާވެގެން ދުނިޔޭގަ ތަންއޮތީމަ ތެޅޭތި. މިހާރު ހުންނާނީ ރަގަނޅަށް އަމަލު އަރާފަ. ދުނިޔޭގެ ލަދު.

  2. ނަސީރު

    ޢެންމެ ހަރުކަށި އަދަބު ދިނުމައް ގޮވާލަން ، އޭރުން ދެންވެސް މިހެންއުޅޭ ގައްޑާވެފައުޅޭ ކުދިންނައް އިނގޭނީ

  3. މަ

    ދެޓުސެް ނޮޓު މީ

  4. ތީ ގުންޑާއިން

    ތީ އަންހެން ކުދިންނެއް ނޫން، ތީ އަންހެން ގުންޑާއިން!

  5. ދެޓްސް ނޮޓް މީ އަޅެ! 🙁