އަންހެން ކުދިންތަކެއް ބައިވެރިވެގެން އަންހެން ކުއްޖެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ އަންހެނަކާއި 17 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮގަސްޓް 24 ވަނަ ދުވަހު މީސް މީޑިއާގައި ދައުރުވާން ފެށި އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ތަޅާ މަރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯ އާއި ގުޅިގެން މިމައްސަލައިގެ ތަޙްޤީޤަށް ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ އަންހެނަކާއި 17 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން ކުއްޖާ އަށް އަނިޔާ ކުރަނީ ތިން ކުއްޖެއް ވެގެންނެވެ. އޭގެ އިތުރުން ވީޑިއޯ ކުރަން ހުންނަނީ ވެސް އެގްރޫޕްގެ ބައިވެރިއެއް ކަމަށް ބެލެވެއެވެ.

މިމައްސަލައިގައި 18 އަހަރުގެ އަންހެނަކާއި 17 އަހަރުގެ ކުއްޖަކު ހައްޔަރު ކުރި ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. އެހެންކަމުން މިމައްސަލައިގައި ހައްޔަރު ކުރުމަށް އިތުރު ބަޔަކު ހޯދާ ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

އަންހެން ކުދިންގެ ގޭންގް އިން އަނިޔާ ކުރި އަންހެން ކުއްޖާ ގެއްލިގެން ފުލުހުން އެކުއްޖާ ހޯދަން އިއުލާން ވެސް ކުރިއެވެ. އެކުއްޖާ ފެނުނީ ހޯދާތާ ހަފްތާއެއްވި ފަހުން އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރު ވުމުންނެވެ.

އަނިޔާ ލިބުނު އަންހެން ކުއްޖާގެ މަންމަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދަރިފުޅަށް އަނިޔާ ކޮށްފައި ވަނީ ގޭގައި ހުއްޓާ ނެރެގެން ގެންގޮސް ކަމަށެވެ.

އަންހެން ކުއްޖާ އަށް އަނިޔާ ކުރި ގްރޫޕުން ވަނީ ފަހުން އަނެއްކާ އެކުއްޖާގެ ގެއަށް ގޮސް އެގޭގެ މީހުންނަށް އިންޒާރު ދީފައެވެ. އެމަންޒަރު ފެންނަ ވީޑިއޯއެއް ވެސް މީސް މީޑިއާގައި ދައުރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޢަހަނމާ

    ޖަލައްލާ.
    ތިކަހަލަ އިތުރު ކުދިންތަކައް ފިލާވަޅަކައް އަދި އަހަރުމެންގެ ބަސްއަހާ ދަރީންގެ ރައްކަލައް

  2. ޒުހޭ

    މާ ލަސްވެސް ވެއްޖެ ތިޔަކަން ކުރަން

  3. މަޓީ

    އަވަހައް ގެންދޭ.
    މިމުޖްތަމައުގަ ހުރި ކިލަނބު ތައް ސާފު ކުރޭ.

  4. ޔުު

    ވެރީ ގުޑް. އެޕެރެސިއޭޓް އިޓް

  5. ނުރަބޯ

    ތިޔަ ބައިގަނޑު ހިފާ ހައްޔަރުކޮށްފަ ރަނގަޅަށް މަރާމާތު ކޮށްލަންވާނެ. އެހެންނޫނީ އިތުރު ގޭންގްތައް އުފެދިދާނެ. ގޭންގަކީ އެއްވެސް ގައުމެއްގައި ހުއްދަކަމެއްނޫން.

  6. އައްކު

    ދެޓްސް ނޮޓްމީ އަޅެ

  7. ޔާމީން2018

    މާސާﷲ

    • މަ

      އަލްހަމްދު ލިﷲ

  8. އަބްދުއްލާ

    ފުލުހުންނާ އެއްބައިވެ ގައުމުގެ މިހާލަތުން ރަނގަޅުހާލަތަކަށް ރުޖޫއު ކުރަން މަސައްކަތް ކުރައްވާ . ފުލުހުންނަށް އެއްބާރލުންދީ ހެއްކާއި ގަރީނާ ފުލުހުންނަށް ހޯދާދޭން ހުރިހާ ރައްޔިތުން މަސައްކަތް ކުރައްވާ . އެއީ ކޮންމެ ބޭފުޅަކުވެސް ގާނޫނުއަސާސީގެ 52 ވަނަ މާއްދާ ވިދާޅުވުމުން އެގިވަޑައިގަންނަވާނެ. .ފުލުހުންގެ އަތް ބަނދެ ފުލުހުންގެ ތަހުގީގު އެއްވެސް އެއްޗަކަށްނަހަދާ ބޭކާރު ކުރާ މާއްދާ . މިއީ ސާކް އެއްވެސް ގައުމެއްގަ އޮންނަ މާއްދާއެއްނޫން ދިވެހިރާއްޖޭގަ ޖިނާއީ ކުށް ގިނަވަނީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ސަބަބުން. މި މާއްދާ ގާނޫނުއަސާސީގަ ހިމެނީ ކުށްކުރަން އާދަވެފާތިބި ބަޔަކު މަޖިލީހުގެ މެމްބަރުންނަށްވެ ތިބެގެން އެމީހުން ސަލާމަތް ވާނެމަގު ހޯދުމްށްޓަކާ.

  9. ޒީނާ

    އަންހެނުން ބާރުވެރި ކުރުވުން،

    • ކފ

      ތަފާތު ކޮމެންޓެއް

  10. އ.ޖ.އ

    'އެކުދިން'ނަށް ނަމެއް ވެސް ނުކިޔާތަ؟
    ގޭންގަށް ވިޔަސް؟

  11. ޢަހްމަދް

    ތިފާޑުގެ އަންހެން ގޭނގެއް (ސްކޫލެއްގެ ޕޭރެންޓުންގެ އަންހެން ގްރޫޕެއް) ދަރިން ގޮވައިގެން ގޮސް ދަރިން ސްކޫލަށް ލާފަ އެގުރޫޕު ކޮއްމެދުވަހަކު އެއްވަނީ އެސްކޫލް ކަރިން ކަނބާ އައިސާ ރަނިހިގުން އައި ޖީ އެމް އެޗް އިރުއުތުރު ކަންމައްޗައްށެވެ!
    މިގޭންގުވެސް ފުޅާވެގެން ގޮސް މިހާރު ސިސް) މެން އެތަނަށްޖަމާވެތިބޭއިރު ދުއްވާ އެއްޗިއްސައްށައި ހިނގާ ބިނގާވެ އުޅޭމީހުން ނަށް ބަލާލުމެއްނެތި ބޭކާރު އަނގަތެޅުމާއީ އަޑުގަދަ ކުރުމާއި ނުބެހޭކަންތައްތަކާއި ބެހުމާއި މީސްތަކުން ނަށް ދުއްތުރާ ކޮއް ވަގުތު ބޭކާރު ކުރުމުގައި ދުވަހެއް ދުވަހަކަށް ކުރި އަރަމުން އެބަދެއެވެ.

    1
    1
    • އަޒު

      ގޭންގޭ ބުނީމަ ކަލޯ އައް ނޭގުނީ ދޯ ބުނި އެއްޗެއް އަސަރު ފަށެއް ކޮއްފި ތާ ވައިބަރގަ ހަދާގެން ތިއުޅޭ ފެމެލީ ގްރޫޕަކީވެސް ގޭންގެއް ހުއްޓުވާ

    • ކަތްދަ

      މަށައް ހީވަނީ ކަލޭ އެމީހުންނާ ހިތާވީހެން... ހައްހައްހާ...

    • ިިިިަްްްްްްްްްްއިބިލީސް

      އަހްމަދް ތިބޭފުލާ ހާދަ އަސަރު ކޮއްފިއޭ ދޯ.ތިބާޭފުލާ ވެސް ހަމަ މިގްރޫޕްގަ ބައިވެރި ވެވިދާނެ ތިހާ އަސަރު ކުރަންޔާ އިނގޭ.ވަރަށް ސަލާމް.

    • ކަންމަތި ދާދާ

      ކަންމަތީގަ ދައްކާ ވާހަކަތައް އިންގޭނީ އެތާންގަ ހުންނަ މީހަކައްދޯ އަހްމަދޫ!!!! ހާދަހާ މޮޅޭ އަހްމަދް ގޭގަ އޮވެގެން އެތާންގަ ދައްކާވާހަކަ އިންގޭތީ.ފުރަތަމަ ގޭންގޭ އަކީ ކޮބާކަން ދަސް ކުރަން ފެނޭ ކަލޯ.

  12. ފާތުން

    ތި ދެ އަންހެނުން މަށާ ހަވާލުކޮށްބަލަ.. ދުނިޔެ ދައްކާލާނަން.. ހިތުން މާ މޮޅުބައެއް..

  13. ހަމަ ހަލާކު

    ޕީޕީއެމްގެ ދެމީހުން

  14. ތިމަންނަ

    ހެއްކާ ގަރީނާ ހޯދަން 15 އަހަރު ، ސަރީއަތް ކުރަން 10 އަހަރު . އަދި ކިރިޔާ މި އެގެނީ ސަރީއަތް ކުރުމަކީ ހައުދަހާވާ ބޮޑު ، ބުރަ ، ދުވަސް ނަގާ ކަމެއްކަން...