18 އޮގަސްޓް 24 ވަނަ ދުވަހު މީސްމީޑިއާ “ފޭސްބުކް” ގައި ދައުރުވި ވީޑިއޯއިން ގަނާގެ ޝިކާރައަކަށްވި ކުއްޖާ ގައިގައި ތަޅާ، މާރާމާރީ ހިންގައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ސައިޓްގައި އާއްމުކޮށްފައިވާ ޚަބަރެއްގައި ފުލުހުން ވިދާޅުވީ "އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާ ހޯދުމުގެ މަސައްކަތް" ކުރަމުން ދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނ މި މައްސަލައާ ގުޅިގެން އެ ވީޑިއޯ އެނަލައިޒްކޮށް ކުއްޖާ ދެނެގަނެވި އެކުއްޖާގެ އާއިލާއާ ވާހަކަ ދެއްކުމުން، އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އާއިލާގެ ފަރާތުން މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢްލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.. ނަމަވެސް ފުލުހުންނަށް މި ކުއްޖާ ގެއްލިގެން އެއްވެސް ފަރާތަކުން ރިޕޯރޓްކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ގެއްލިގެން ހޯދަމުންދާ އަންހެން ކުއްޖަކީ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ޙަސަން (15އ) އެވެ.

އިއްޔެ އިން ފެށިގެން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ތިން އަންހެނުން ވެގެން އަންހެން ކުއްޖާ އެކަހެރި ސަރަހައްދަކަށް ގެންގޮސް އެކުއްޖާގެ މޫނުމަތީގައި ޖަހައި، ހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރު ފެނެއެވެ. އަދި ތަފާތުއެކި އިންޒާރުދީ އެކުއްޖާއަށް ގަނާކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެނގިފައިވާގޮތުގައި އެކުއްޖާއަށް އަނިޔާކޮށްފައިވަނީ ހުޅުމާލޭ "ޗައިނާ ފްލެޓް" ސަރަޙައްދަށް ގެންގޮހެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފުއްކިބަ

    ﷲ ގެ ހެޔޮރަހް މަތުން އެކުއްޖާ ހެޔޮހާލުގާ ފެންނާޝި އާމީން.

  2. ރައްޔިތުއަހުމަދު

    ގޭންގުގައި ހިމެނޭ އަނެއް ތިންގޭންގް ސްޓާރުންގެ ފޮޓޯ އާއްމުކުރުން ވަރަށްމުހިންމު. އެމީހުންނާމެދު ސަމާލުވާން އެހެން މީހުންނަށް އެނގޭނީ އޭރުން. އަދި މީހުންނަށް އެގޭންގުގެ މީހުން ފެނުމުން ރައްކާތެރިވާން ސަމާލުވެވޭނެ.

    • ައައްބުދުﷲ

      ﷲ އިރާދަފުޅުން އެކުއްޖާ އަށް އިންސާފު ލިބޭނެ

      ދުވަހެއް އަންނާނެ. ބުލީ ކުރާ މީހުންނަށް ހީވަނީ

      އެވެރިން ތާއަބަދު މިދުނިޔެގަ ތިބޭނެކަމަށް. ދެން

      އެކުރެވެނީ ވަރަށް ގައްޑާ ކަމެއް ކަމަށް. އެކަމަކު

      އެހެނަކު ނުވާނެ. ﷲ ގެ ޙަޡްރަތުގައި ޖަވާބު ދާރީ

      ކުރުވޭނެ. އެދުވަހަކުން އެމީހުން ބުލީ ކުރާނީ

      ކާކަށް.

  3. ބެއްޔާ

    އަނިޔާވެރިވާ ބައެއްގެ މަޢުލޫމާތު ހިއްސާއެއް ނުކުރެވޭނެ... އެމީހުންގެ ޙައްޤު ގެއްލިދާނެތީ... ހުޅަނގުގެ ލާދީނީ ވިސްނުން... 15 އަހަރުވާއިރު ކުޑަކުދިން... ނުވިސްނޭ... މައުސޫމު... އެހެޔޮ މީހުން މެރިޔަސް... ރޮލާ ކެޔަސް... ސިއްރު ކުރަން ޖެހޭނީ... ހައްގު... ހައްގު... އަނިޔާވެރިޔާގެ ހައްގު....

  4. Anonymous

    ޢަނިޔާކުރި މީހުނާ މެދު ފިޔަވަޅެއް އަޅާނެކަމަށް އުއްމީދުކުރަން އެމީހުނާބެހޭ އެއްވެސް ޚަބަރެއް ފުލުހުން ކީއްވެބާ ޢާއްމުނުކުރީ އެމީހުންގެ މައްސަލަ ބަލާކަންވެސް ނުވަތަ ނޫންކަންވެސް އަނިޔާ ލިބުނު

  5. ކަމަނަ

    ޙުސް ދޮގު އާއިލާ ނޫޅޭ ތި ކުއްޖާ ގެއްލިގެނެއް ތި ކުއްޖާ ގެއިން ބޭރު ކޮއްލާފަ ހުންނަނީ

  6. ތާރީޚް

    18 އޮގަސްޓް 24 ވަނަ ދުވަހޭ؟ އަޅެ ވަގުތު މީހުން ހަމައިގަ ތިބޭ ބައެއްތަ؟ މިކޮމެންޓްވެސް ނުޖަހާތި! އެކަމަކު އެކުށް އިސްލާހުކޮއްލަދީ!

  7. މަހާރެހެންދި

    ދެރަކަމެއް

  8. ހަހަހަ

    އަހަރުންވެސް 15 އަހަރުގަ ސުކޫލަށް ދިޔައިން.ނާދޭ ޖަހާކަށް. އެމްޕަތައިޒް ވާން ތިޔަ ކުއްޖާވެސް އަދި ބުލީވެސް ޝަރުތު ހަމަ ނުވޭ! އަޑެއް ނުކިޔަނީހެ ރެނދެއް ނުލާނެ!