މިސަރުކާރުން ގެނައި ތަރައްގީ ލޮލަށް މިރުސް އެޅިފަ ނެތް މީހެއް ނަމަ ފެންނާނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ށ. މިލަންދޫއަށް ރޭ ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މަހުލޫފު ވިދާޅުވީ، ރައީސްގެ އެޑްވާންސް ޓީމުގައި ހުންނަވައިގެން ގާތްގަނޑަކަށް 55 ރަށަކަށް ދަތުރު ކޮށްފައިވާ ކަމަށާއި އެ ހުރިހާ ރަށަކުން ވެސް މެޖޯރިޓީ ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މަހުލޫފު ވިދާޅުވީ، ބައެއް މީހުންނަށް ރަނގަޅު އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި "އަވި ދިނަސް ވާރޭ ވެހުނަސް ގޯސް" ވާނެ ކަމަށެވެ. އަދި މިއަދު ރައީސް ސޯލިހުގެ ސަރުކާރުން މި ރާއްޖެއަށް ގެނެސްދިން ތަރައްގީ ލޯކަނު ނޫން މީހުންނަށް ފެންނާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

"މިއަދު މި ރާއްޖެއަށް މި ގެނެސްދޭ ތަރައްގީ، ހަމަ ގައިމުވެސް ލޮލަށް މިރުސް އެޅިފަ ނެތް މީހަކަށް ވެއްޖެއްޔާ ފެންނާނެ. ސިޔާސީ ގޮތުން ލޯ ކަނު، ބީރު ނޫން މީހަކަށް ވެއްޖެއްޔާ ހަމަ ގައިމު ވެސް ފެންނާނެ" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގެ ތެރޭގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރާއި ހަމައަށް އައިއިރު، ރާއްޖެއަށް ކޮވިޑް-19 ގެ އާލަމީ ވަބާ ކުރިމަތިވި ކަމަށެވެ. ނަމަވެސް އެ ހާލަތުން ވެސް އަރައިގަނެވުނީ ހަގީގަތުގައި ވެސް ރައީސް ސޯލިހުގެ ނިންމުންތައް ރަނގަޅު ވެގެން ކަމަށާއި އެހެން ކަމުން އެކަމަށްޓަކައި މަހުލޫފް ވަނީ ރައީސްގެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އަލިބެ.

    ގިނަމީހުންނަށް ތިބީ މިރުސް އެޅިފައި. އަމިއްލަ ފައިދާ އެއް ނުވަންޏާ ވޯޓުދޭގޮތަކަށް ނޫން.
    ކުރީގެ ޢިއްޒަތްތެރިން ތިބީ ކޮންމެ ފަދަ އޮޅުވާލުމަކުންވެސް އެ ޢިއްޒަތް އަބުރާހޯދަން އަތުކުރި އޮޅާލައިގެން.

    34
    1
  2. އަލިފް

    ރައްޔިތުންނާ ތިހެން ވާހަކަ ނުދައްކާ...ލަދު ހަޔާތް ކޮބާ ކިބުރުވެރިޔާ... 2023ރ.ޔާމީން

    58
    3
  3. ލޮލް

    އަނެއްކާ ތިކޮއި ލޮލަށް ތިޔަ ބުނާ މިރުހެއް އެޅިފަހުރީތަ ތިވަރަށް ތަރައްގީ ފެންނަނީ، ލޮލުގެ ޑަކުޓަރަކަށް ދައްކަން ފެނޭ.... ވަރަށް ސަލާމް

    56
    2
  4. Anonymous

    ކެޕިޓަލް ތަރައްޤީއެއް ނެތް. އެކަމަކު ރިކަރެންޓް ތަރައްގީ ފެނޭ. މިސާލަކަށް 2 ފޫޓުގެ ވަށާފާރެއްލާ ޕްލާސްޓިކް ކުޅޭ ސާމާނު ބެހެއްޓުން ކަހަލަ.
    ކެޕިޓަލް ތަރައްގީއަކީ އެއަރޕޯޓާ ހިއްކާ ބޮޑެތި ބިންތަކާ ގައުމީ އެއާރލައިންއަށް ބޯޓުތަކާ ތެޔޮރައްކާކުރާ ބޮޑެތި ތަންތަންކަހަލަ ކަންކަން.

    40
    3
  5. މާމީ

    އިސްލާ ހިއްޔާ އިން ދަރިވަރުވާ މީހުންގެ ބަހުރުވަ ހުންނަގޮތް ތޯ މީ

    40
    2
  6. އަޙުމަދު

    ކޮވިޑް 19 ވާހަކަ އުޒުރެއް ކަމުގައި ތިޔަ ވިދާޅުވި އިރު އެދުވަސްވަރު ރާއްޖެ އައި ފަތުރުވެރިން ގެ ޢަދަދު މަދު ކަމުގައިވިއަސް ދައުލަތުގެ ކަންތައްތައް ހިންގުމުގެ ބޭނުމުގައި 11 ބިލިއަން ދިވެހި ރުފިޔާ ޗާޕް ކޮށް އޭގެ ބޭނުން ދިޔައީ ކުރަމުން ނޫންތޯއެވެ. ކޮވިޑް ގެ ހޭދަވި ދެ އަހަރު ދުވަހު ކޮވިޑް ނެތް އަހަރު ތަކުގައި ވެސް ޚަރަދު ކުރަން ނުލިބޭނެ ފައިސާ ޗާޕް ކޮށް ބޭނުން ކުރަމުންދިޔައީ އަދި ކޮބާތޯއެވެ ބޭރުން ކޮވިޑް ގެ ތެރޭގައި ދެއްވި ހިލޭ އެހީ އެހެންކަމުން ، އަޅުގަނޑުމެން ނިކަމެތި ރައްޔިތުންގެ ލޮލަށް މިރުސް އެޅިފައި ހުރިކަމަށް ބަލައިގެން ތި ގޮތަށް ވާހަކަ ދައްކަނީ ވަރަށް ވެސް ލަދުވެތި" ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތިބީ ލޮލަށް މިރުސް އެޅިފައެއް ނޫން، މަދު ބަޔަކު ލޮލަށް މިރުސް އެޅިފައި ހުއްޓަސް" ކިބުރުވެރި ބޮޑާ ކޮންމެ އެއްޗެއް ބަލިކުރައްވާފަރާތަކީ ޚާލިޤުވަންތަﷲސުބުޙާނަހޫ ވަތަޢާލާ.

    27
    2
  7. 33000ޑޯޅާރު

    ކަނޑު ވިއްކާލިތަން ފެނުނުތަ؟

    31
    2
  8. Anonymous

    ކަލޭމެން ކައިރީގަ އުޅޭ މީހުންގެ ޖީބައް ތަރައްގީ އައި

    29
    2
  9. މަޗާ

    މިރުސް އެޅިފަ ހުރީމަ ނުފެންނަނީ. ކޮންމެ ދިވަހަކު މާލެ ތެރޭ ދުއްވާ އިރު އެލިބުނު ފަސޭހަ ، ވިޔަފާރިތަކާ ވަގުތައް ސަލާމަތް ކުރުމަށް އެކުރާ ބުރިޖު ދަތުރު.ބަލާ ކޮންމެ ތަނަކުން ފެންނަ އުސް އިމާރާތް ތަކާ ދިރި އުޅުމަ ލިބުނު ފަސޭހަ ކަނު މިރުސްއެޅިފަ ހުރީމަ ނުފެންނަނީ. އެއީ އެކަމަކު 5އަހަރު ވާން ވެފަ ވާ ކަންކަން.

    18
    2
  10. ޙެހެހ

    ބޭފުޅާ 2018 ގައި ހުންނެވީ ލޮލަށް މިރުސް އެޅިފަތޯ ، ރ.ޔާމީން ގެންނެވި ތަރައްޤީ ނުފެނުނުއިރު ރަހަވެސް ނުލާ ، ވެދާނެ ކޮވިޑް ޖެހިފަކަމަށް ، މިއަދު މުޅި ސްޕޯސްޓް ދާިއރާވެސް ތިއޮތީ ތިދެންނެވި ހާލަތުގައި

    26
    1
  11. ހަގީގަތް

    ގައުމު ދަރާ ބަޑަށް ޖެހި އަޅުވެތި ވާކަށް ބޭނުމެއް ނޫން އެހެންވެ ނުފެންނަނީ

    24
    1
  12. އިމްރާމް

    ރައްޔިތުންނަށް ބަވަން ބޮޑާބެއަށް ދެން އޮތީ 40 ވަރަކަށް ދުވަސް. ހިތްވަރުކޮށްލާ. އަޅުގަޑުމެން ތިޔަ ބައިގަނޑު ބަލިކުރާނަން.

    10
  13. ޗުކި އާދަނު

    ރ.މީދޫގަ ގެސްޓް ހައުސް ތިބޭފުޅާ ވަނީ ތަރައްގީކޮށް ނިމާފަ އެއީ އެބުނާ އަމިއްލަ ޖީބުގެ މަންފާ

  14. ލަދު ހަޔާ

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް. ރާއްޖޭގައި ބަށި ކޯޓް، ވޮލީ ކޯޓް، ފުޓްސަލް ދަނޑު އެޅުމަކީ ތަރައްގީކަމަށް ދެކޭނީ ރޯނާވެފައި ތިބި ބަޔަކު. ރާއްޖޭގެ އެންމެ ސަޕޯރޓް ބޮޑު ކުޅިވަރު ( ފުޓްބޯޅަ) ގައި ހެސްކިޔާފައި ފަހަތަށް ދިޔައިމަ އެއީ ތަރައްގީކަމަށް ބަލާނީ ގަމާރުން.

    10
  15. މުގުރާން

    މުޅިގައިގަ ޅިޔައަޅައިފަ ލޮނުމިރުސް އަޅުވާފަ ދެބަނދަރާއި ފުޓްސަލްދަނޑެއް އަޅާފައި 120ބިލިޔަނުން ގައުމު ދަރުވާލީމަ އެއީ ތަރައްގީތޯ ؟؟؟ މަނިކުފާނު ތިހުންނަވަނީ ބުރާންތިވެފައިތޯ!!! އެތިކޮޅު ބޭނުމަސް ތިވަރުބޮޑު

    10
  16. މިރުސް މަޚްލޫފު

    މިރުސް މަޚްލޫފު އަށް ފެނޭތަ ކޮވިޑްގަ އާމްދަނީ ދަށޭކިޔާފަ ޗާޕްކުރި 11ބިލިއަން ރުފިޔާ؟؟؟
    ތަރައްގީއާކީ 1 އަހަރުން ނިންމުން އޮތް ދަނޑެއް 5 އަހަރުން ނިންމުންތަ؟
    ވަށާފާރު ވެސް ރާނާނުލާ ދަނޑުތައް ނިންމައިގެން ލާރިކާލައިގެން ތިބޭ

    11
  17. ރިއްފަތު ފަންކާ

    މިރުސް އެޅިފަ މިރުހީ އެހެންވިޔާ.ބަލާލި ކޮންމެތާކުން ފެންނަނި ޔާމީންކޮށްފަ ހުރި މަސައްކަތް.

    12
  18. ޢަލިޕިއްލޭ

    މަހުލޫފް ހަމަހޭގަތޯތިހުރީ އިދިކޮގަތިއްބަސް ސަޕޯޓްކުރަނީދިވެހިރައްޔިތުން އެމީހުންގެލޮލައް ތިގޮވަނީ ޓެކްސްލާރީން މުސާރަދީ އަނބިދަރިންގެ ބޭސްފަރުވާކުރަން ލާރިދޭތީތޯ ބޭނުންއެއްޗެއް ނުގޮވޭނެ ތީރައްޔިތުންގެ ލާރިންވަޒީފާދީފަހުރި މީހެއް ނުކިޔަވާ ޗޯރުގުރޫޕްއޭގޮވަނީމިހެންވީމަ ކިޔޭނުކިޔޭނޭގޭތީ ތިމާގެމަގާމުގެގޮތުންއެހެންގައު މެއްނަމައިސްތިއުފާދޭނީ ޕުލާސްޓިކްސާޖަރީވެސް ދައުލަތުން ހެދީތިބޭފުޅާ ނޭފަތުންވަސްނުދުވާތީ ލޯވެސްހަދާ މިސަރުކާރުގެ ހަރަދުގަ

  19. ޕޮގުބާ

    ކޮންތަރަށްގީއެއް ބޭނުމެއްނޫ ބޭނުމީ ބޭނުމީ މިއަނިޔާވެރި ވެރިމީހާ ބޭރުކޮއްލަން

  20. ޢަބްދުﷲ

    ނަސީބަކުން ލޮލަށް މިރުސް ނޭޅެނިސް ރ.މީދޫ ދަނޑުގަ އިންދި މިރުސް ގަސްތައް އުފުރާލާފަ ޓާފް ކޮޅޭއް އަޅައިފި ފަސް އަހަރު ތެރޭގަ
    އެކަމަކު ދަނޑު މުޅިން ނިމޭނެ ދުވަހެއް އަދިވެސް ނޭންގެ

    10
  21. ބޮއްޅަބެ

    ރައްޔިތުންގެ ލޮލަކަށް މިރުހެއްނޭޅޭ، ތިޔަކުރި ތަރައްޤީވެސް ފެނޭ. އެކަމަކު އެއީ ރައްޔިތުން ބަލައިގަތް ތަރައްޤީއަކަށް ނުވީމަ ތިޔަ ހީވަނީ ރައްޔިތުންގެ ލޮލަށް މިރުސް އެޅިގެނޭ ނުފެނިގެން މިއުޅެނީ. ސޮރާ ބުނަން ވާހަކައެއް. ކަލޭގެ ކަންފަތްބީރުވެފަ ދެލޯ ކަނުވީމަހެން ހީވަނީ ރައްޔިތުންބޭނުންވާ ކަންކަން ނޭންގިގެން ތިއުޅެނީ. ރައްޔިތުން ބޭނުންވަނީ ގެދޮރުގެ މައްސަލައާއި، ވަޒީފާގެ މައްސަލަ ހައްލުވާން. ހަމައެކަނި ޓާފް ދަނޑަކާ ވޮލީކޯޓެއްނޫން. އެނގިއްޖެ

  22. ދދ

    މަހޭ އަނގަފުޅާކުރުމުގެ ބޭނުމެއް ނެތެވެ ކަޅު ކޮތަޅުން
    ބައެއް ލިބުނުމީހުންގެ ތޭގައި މަހޭ ނުވޭހޭ؟

  23. އިކުރާމު

    ކާލޭމެންގޮސް ފުވައްމުލަކު މީހުނގެ ލޮލައް މިރުސްފެްނ ޖެހިއެއްނު

  24. ނަމަ

    މަހުލޫފުގެ ލޮލަށް އެކަނިބާ މިރުސް ފެން ނޭލި މިހުރީ

  25. ޑައެލޯގް

    ތިލަމާލެ ބްރިޖަށްވީގޮތް ކަލޭލޮލަށް މިރުސް އެޅިފައިނެތީމަތަ ނުފެނިގެން ތިއުޅެނީ

  26. ހުސޭނުބޭ

    ތަރައްޤީގެ ކުރިން ފެންނަނީ އެމްއެމްޕީއާރުސީން ކައްވާލި ޑޮލަރުތައް. އެކައިފައި ހެދީ ޞަދަގާތުން ލިބުނު އެއްޗަކަށް.

  27. Anonymous

    ތިޔަބުނީ ތެދެއް ލޮލައް މިރުސް އެޅިފަ ތިބީމަ ދައުލައް ކައިގެން ތިބޭ އިރުވެސް ނުފެންނަނީ ، ދެން ވެރިކަމުން ފައިބާ.

  28. އައިމަން

    މަހޭ އެބުނީ ހަމަ އަސްލުވެސް ރަގަޅަށް... ޔާމީންގެ 5 އަހަރުގެ ތަރައްގީ ނުފެންނަނީ މަހޭ އެބުނާ ޙާލަތު މެދުވެރިވެފައިވާ މީހުންނަށް..

  29. ޢިޔާބު

    ދުނިޔޭގެ އެހެން ޤައުމެއް ނަމަ ރައްޔިތުން ނުކުމެ މީނަގެ ގެ މިނިސްޓަރުކަން ގެއްލުވާލާނެ

  30. Anonymous

    ކަލެއައްދިވެހިންގެ ފައިސާ މުސާރަނަގައިގެންހުރެ ދިވެހިންނައް މަލާމާތް ނުކުރެވޭނެ ހަގިގަތުގަ ލޮލައް މިރުސް އަޅާފަ ހުރީ ކަލޭ

  31. މަހޭނެތިދާނޭ

    ތިގޮތަށްބަސްބުނެފާ މާދަމާ ވޯޓްހޯދަންމިގެއަށް ވަނީއްޔާކަލޭލޮލަށްމިރުސްއަޅާނަން ހަދާންބަހައްޓާތި ތިގެއްލުވާލަނީ އިބޫގެވޯޓްކޮޅު