މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު" މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު ޖަހާ މުހިންމު ތަނބުތަކުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓް 26، 2021 ގައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ގިނަ ތަނބުތަކެއްގެ މަސައްކަތް ވަނީ ނިމިފައެވެ.

ތިލަމާލެ ބްރިޖުގެ ބޮޑު މަންޒަރު، ތި ހީކުރެވެނީ ރަނގަޅަށް؟

ބްރިޖުގެ މަސައްކަތަށް ގެނައި "މަހާރާޖާ" ޕްލެޓްފޯމް އިއްޔެ ވަނީ މޫދަށް ބާލައިފައެވެ. މި ޕްލެޓްފޯމަކީ މާލެ އާއި ވިލިމާލޭގެ އެންމެ ފުން ސަރަހައްދުތަކުގައި ޖަހާ ތަނބުތަކަށް ގެނައި ޕްލެޓްފޯމެކެވެ. މި ތަނބުތައް ޖަހާނީ މާލެ އާއި ވިލިމާލެއާ ދެމެދުން މިހާރު ހުސްކޮށް އެ ފެންނަ ދިމާލުގައެވެ.

މި ފްލޯޓިން ޕްލެޓްފޯމްގައި 650 ޓަނު ހުންނަ އިރު، 350 ޓަނާ ހަމައަށް އެއްޗެހި އުފުލުމުގެ ގާބިލްކަން ލިބިފައިވެއެވެ. މި ޕްލެޓްފޯމް މަސައްކަތް ކުރާނީ މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ސަރަހައްދުތަކުގައި ޖުމްލަ 24 ޕައިލް ޖެހުމުގެ މަސައްކަތެވެ. އެ ކުންފުނީގެ ވިސްނުމަކީ ފްލޯޓިން ޕްލެޓްފޯމްތަކެއް ބޭނުންކޮށްގެން ކަނޑު އަޑީގައި ދާއިމީ ތަނބުތައް ޖަހައި ނިންމާލުމެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން އެއް ގަމުގައި ޖަހަން ޖެހޭ ދާއިމީ ތަނބުތަކުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައެވެ. އެ ސަރަހައްދުގައި އެކަނި ވެސް އަށް ތަނބެއް ވަނީ ޖަހައިފައެވެ.

"މަހާރާޖާ" ބޭނުންކޮށްގެން ބްރިޖުގެ ސުޕަސްޓްރަކްޗާތައް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ތަނބުތައް ޖަހައި ނިމުމުން ދެން ކުރުމަށް ހަމަޖެހިފައި ވަނީ ޕައިލް ކެޕް އެޅުމުގެ މަސައްކަތެވެ. ޕައިލިންއަކީ ތަނބު ހިފަހައްޓައި ދިނުމަށް ބިމު އަޑިއަށް ޖަހާ ކޮންކްރީޓް ހޮޅިތަކެކެވެ. ޕައިލް ކެޕް އަޅަނީ އެ ހޮޅިތަކުގެ މަތީގައެވެ. ޕައިލް ކެޕް އެޅުމަށް ފަހު، ދެން އޮންނާނީ އޭގެ މަތީގައި ޕިއާ އެޅުމެވެ. ޕިއާ އެޅުމަށް ފަހުގައި ތަނބުތަކުގެ މަތީގައި، ވީ އަކުރެއްގެ ސިފައިގައި ހުންނަ ބްރިޖު ޑެކްގެ ސެގްމަންޓުތައް ރާވާލާނީއެވެ. ބްރިޖުގެ ޑެކަކީ ބްރިޖަށް އަރާ ވެހިކަލްތައް ދުއްވަން ހާއްސަކޮށްފައި އޮންނަ، ދިވެހިން އިންތިޒާރު ކުރާ ބައެވެ.

އެނގިފައިވާ ގޮތުގައި ތަނބުތަކުގެ މަސައްކަތް ކުރުމަށް އިތުރު ޕްލެޓްފޯމެއް ވަރަށް އަވަހަށް ރާއްޖެ ގެންނާނެއެވެ. އެ ޕްލެޓްފޯމް ރާއްޖެ ގެނައުމަށްޓަކައި ދަތުރު ވަނީ ފަށައިފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ހަރަދުވެއެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީއެވެ. އެފްކޮންސްގެ އަމާޒަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމެވެ. އެ ޔަގީންކަން އެފްކޮންސް އިން އަދިވެސް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނޮކިއާ

    ކިހާވަރެއްބާ ލިބުނީި މި ސޮލޯ ސޯލިހު ބުރިޖުގެ ވާހަކަ އޮމާންކޮށް ދައްކާމަތިން ޖަހާ ހަބަރުތަކަށް

    19
    1
  2. ކެކެ

    މީން ދުވަހަކު ތިކަން ކޮށް ނިމޭނެބާ؟ ތިޔެއް ނޫނޭ ކޮބާތަ މަގޭ ގޯތި؟

    15
  3. ހުސޭނުބޭ

    ތިއީވެސް ފަޅުތެރޭގައި ތަނބުޖަހަން ބޭނުންކުރާ އެއްޗެއް! ކިތަންމެ ފޮނެއް އަރުވާފައި ކިތަންމެ ވަރަކަށް އިސްތިހާރުކުރިޔަސް ކަނޑުއޮޅިމައްޗަށް ތަނބު ނުޖެހޭހައި ހިިނދަކު ތި ބުރިޖެއް ނޭޅޭނެ!

    17
    1
  4. ބުރިޖްބާއީ

    ބުރިޖް ބުރިޖް ބުރިޖް އިބުރާހިމްގެ އަޅަންއުޅެއުޅެ ނޭޅުނު ބުރިޖް

    17
  5. ކޮއްޔާ

    ތިތަނބުވެސް ޖޭނެބާ ؟؟ ތީ ކަރަޕްޓް ޑީލެއް //

  6. ޑައެލޯގް

    ބަލަ އިބޫބުނީ މިއަހަރު ޖޫންމަހު ދުއްވާނެކަމަށެވެ. މިހާރު ރުމާލާ ފޭލްވީމަ އަނެކަތި ގެނައީއެވެ. ދެން އިންޑިޔާމީހުން ބްރިޖް އަޅަން ދަސްކުރާތަނަކަށް ރާއްޖެ ހަދައިފިއެވެ. އެކިފަހަރުމަތިން މޫދަށާއި ކަނޑަށް ކެރޭނާއި އެއްޗެހިއެޅި ވިލިގިލި ފަރަށް ޕްލެޓްފޯއަރާ ތިމާވެށި ހަލާކުވެއްޖެއެވެ.

  7. ގިނި

    ރައްޖޭގެ ތަރައްޤީ ސްޕީޑް މެކްސްގަ ހުއްޓާ މިއޮތީ މިހާރު ސުމަކަށް ވެއްޓިފަ. މިނިވަނކަނވެސ އިންޑިއާ އަށް ދީލާލާފަ.... ޔާ ރައްބި މި ގައުމު ސަލާމަތް ކުރައްވާނދޭ

  8. ގަމާރު ހިސާބު

    ތި ބްރިޖަށް ކިޔަންވީ "ނޭޅުނު ބްރިޖު"

  9. ސދަސދ

    ޚަބަރުތަކުގެ ފަލަ ސުރުހީއިން އަޅާ ބްރިޖެއް.
    ތިއީ ޔާމީން ކުރިކަމެއް ނަމަ މިހާރު އޮންނާނީ ނިންމާފަ.