ތިލަމާލެ ބްރިޖްގެ އެއްވެސް މައްސަލައެއްގައި ރާއްޖެއިން ދާންޖެހިފައި އޮތީ އިންޑިއާގެ ބިންބޭ އާބިޓްރޭޝަން ކޯޓަށް ކަމަށް ވިދާޅުވެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ގާސިމް މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ރީތި ކަމަށާއި އޮންނަ ލޮކޭޝަންގެ ސަބަބުން މި ގައުމަށް ކަޅިއަޅާ އެތަކެއް ބަޔަކު އެބަތިބި ކަމަށެވެ.

އޭގެ ތެރެއިން އެއްބަޔަކީ އަވަށްޓެރި ގައުމުތައް ކަމަށާއި އަނެއް ބަޔަކީ މާދުރުގައި އޮންނަ ޔޫރަޕްގެ ގައުމުތަށް ކަމަށެވެ. މި ގައުމު އޮތް ލޮކޭޝަންގެ ގޮތުން އަދި ތަރައްގީގެ ރޮގުގައި ހޯދަމުންދާ ކުރިއެރުންތަކާއި ހަސަދަވެރިވާ ބަޔަކު އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭޕީއިން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ޖޭޕީ

"އެހެން ނަމަވެސް ނުވެގެން އުޅޭ ކަމަކީ އަޅުގަނޑުމެން އެކަމަށް ފާރަވެރިވެ ނުތިބުން. އަޅުގަނޑުމެން ހުރިހާ ކަމެއް ވަރިހަމަ ކޮށްލާފައި ލިބުނު ދިމާލަކުން ލިބުނު މިންވަރަކަށް ލޯނު ނަގަމުން ލޯނު ދެއްކޭނެތޯ ބެލުމެއްނެތި މި ދަނީ. މާލެ އާއި ވިލިގިނލިއްޔާ އަޅާ ބްރިޖާއި ގުޅިގެން އެއްވެސް މައްސަލައެއް ދިމާވެއްޖިއްޔާ ބޮންބޭ އާބިޓްރޭޝަނަށް އަޅުގަނޑުމެން ދާންޖެހިފައި އޮތީ. ހިތާމައަކީ މީގަ ލޯނު ނަގާފައި ވަނީ އިންޑިއާއިން. މަސައްކަތް ކުރަނީ އިންޑިއާއިން މައްސަލައެއް ދިމާވިޔަސް ދާންޖެހޭނީ ބޮންބޭ އާބިޓްރޭޝަނަށް. މިއީ އަޅުގަނޑުމެން ތިބި ހާލަތު." އަލީ ހުސެިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ 2008 ގެ ކުރިން މި ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ރާއްޖެއިން ނަގާފައިވާ ލޯނަކާއި ގުޅިގެން އަދި އެއްބަސްވުމަކާއި ގުޅިގެން މައްސަލައެއް ޖެހުމުން ދާ ކޯޓަކީ މި ރާއްޖެ ނޫން އެހެން ކޯޓެއް ކަމަށް އެގްރީމެންޓެއް ކަނޑައަޅާފައިނުވާ ކަމަށެވެ.

އެކަން އެންމެ ފުރަތަމަ ފެނުނީ ޖީއެމްއާރްގެ އެއްބަސްވުމުން ކަމަށް ވިދާޅުވިއެވެ. ރާއްޖޭއާއި ކޮންފްލިކްޓް އޮފް އިންޓްރަސްޓް ނެތް، މަސްލަހަތު ފުށޫ ނާރާ ބަޔަކަށް އެއާޕޯޓް ހިންގަން ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ވާދަކުރާ މަސްލަހަތު ފުށޫއަރާ ބަޔަކަށް އެއާޕޯޓް ހިންގަން ދިނުމަކީ މައްސަލައެއް ކަމަށް ވިދާޅުވިއެވެ. ޖީއެމްއާރާއި ދިމާވީ އެ މައްސަލަ ކަމަށް އަލީ ހުސެިން ވިދާޅުވިއެވެ.

ޖޭޕީއިން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ޖޭޕީ

"އަޅުގަނޑުމެންގެ އަގުހުރި މުދާތަކާއި ތަރިކަތައް ބޭރުގެ ބަޔަކަށް ދޭއިރުގައި ވިސްނަންޖެހެނީ މިނިވަންކަމާއި ދޭތެރޭގައި. ބޮޑުތިލަދުންމައްޗަށް ބެލީމާ އެބައިނގޭ ހިޔަނި އެޅިފައިވާ މިންވަރު. އުތުރު ތިލަފަޅަށް ބެލީމަ އެބަ އިނގޭ ވާނުވާ ނޭންގޭ އެތަކެއް ކަމެއް ހިނގާކަން. އައްޑޫއަށް ގޮސް ބެލީމާ އިނގޭ އެތާގައި ކޮންސިއުލާ އޮފީހެއް ކޮންމެހެން އަޅަން ޖެހޭ ހާލަތެއް ނެތްކަން. އޭގެ ދެކުނަށް ބެލީމަ އެބަ އިނގޭ ގާނޫނުގައި ބަޔާންކޮށްފައި އޮތް 200 ނޯޓިލަކް މެއިލް އިން އެތަކެއް ބައެއް ދިވެހިންނަށް ގެއްލިއްޖެކަން." އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މުޅި ރާއްޖޭގެ ކަނޑަށް ބެލުމުން ކަނޑުގެ ޗާޓް ކުރެހުމުގެ ހައްގު އެހެން ބަޔަކަށް ދީފައިވާކަން އެބަ އިނގޭ ކަމަށާއި މިއަދު ރާއްޖެ މިދާ މިސްރާބާއި މެދު ދިވެހިން ވިސްނަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުއިއްޒު 2023

    ހުޅުމާލޭ ބްރިޖަށް ވުރެ މާ އަގުބޮޑުކޮށް މި ސަރުކާރުގަ ބްރިޖް އެގްރިމަންޓް ހާދާ، އޭގެ ތަފްސިލާކީ "ގައުމީ ސަލާމަތާ ބެހޭ ސިއްރެއް" ކަމަށް ބުނީ ގާސިމު ގެނައި މި ސަރުކާރުން. އެ ޖަރީމާއިން ކަޓެއް ގާސިމަށްވެސް ދާނެ. މިފަހަރު ބޭނުމީ ބްރިޖް އަޅައިދިން މުއިއްޒު

    40
    0
    • ޜަނާ

      ޙުޅުމާލޭ ބްރިޖަށްވުރެ މިއަޅާ ބްރިޖް މާދިގު ނޫންބާ އަގު ބޮޑުވާނެ އެއްނު

      3
      20
      • ބުރުމާ

        ބުރިޖުގެ ބޮޑުބައެއް އެޅީ މާލެއިން ހިއްކާފައިވާ ސަރަހައްދުގައި
        ބުރިޖް ދިގުކުރުމަށް

        12
  2. ހެލޯ

    ގާސިމަކަށް ވެސް، އިލްޔާސްއަކަށް ވެސް، ނާޒިމަކަށް ވެސް މުއިއްޒަކަށް ވެސް ފާޅުގައި އިންޑިއާ އައުޓް ގޮވާކަށް ނުކެރޭ. މިހާތަނަށް އެކަން ކުރާނެ ކަމަށް ފާޅުގައި ބުނީ އުމަރު އެކަނި. އެހެން ކެންޑިޑޭޓުންނަށް ބުނަން ކެރޭތޯ ބަލަން މިތިބީ.

    13
    5
  3. Anonymous

    މާ އަނގަ ގަދަ ތިކުރަނީ މިހާރު..މިއޮތް ހުރިހާ ދުވަހު އިބުރާހީމްއާއި އެކު ތީބީ..ކޮބާ އޭރު ކަލޭމެން...ދެން ފެންނާނީ ތިހުރިހާ ވާހަކައެއް ދައްކާފަ 2 ވަނަބުރުގަ އިބުރާހީމާއި ކޯލިޝަން ހަދާތަން..

    23
  4. ސޯލޭ

    ބަލަގަ ތިޔަބުނާ އުމަރު ނަސަިރެއް ނިކުތްތަ އިންޑިޔާ އައުޓް ކެމްޕޭނެއް ކޮއްލަންވެސް އޭނަވެސް ހޮރުތެރޭގަ އޮވެގެން އަނގަ ފުޅާކުރަނީ ބަލަގަ ޕީޕީއެމް އޭ އިންޑިޔާ އައުޓް ކެމްޕޭނުގަ މަގުމަތީގަ މިއޮއްހާދުވަހު އުޅުނީ ޗަކޮއެ ހަމަތަ

    18
    4
  5. ކާސިންބެ

    ތިޔަކަމުގެ ޒިންމާ ނަގަން ގާސިމް ޖެހޭނެ

    21
  6. ކާސިންބެ

    މިހުރިހާ ކަމެއް ހައްލުކުރުމަށް ހޮވަން އެންމެ ރަނގަޅީ އުމަރު
    މައްސަލަޔަކީ އުމަރަށް އެވަރަށް ތާއީދު ނެތީމަ

    12
    5
  7. އަބްދޫ

    ތިޔަ އެގްރީމެންޓް ހެދި ސަރުކާރު ވެރިކަމަށް ގެންއުމާއި . އެސަރުކާރުގެ ވުޒާރާތައް ހަވާލުވުމާއި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގަ މަސައްކަތް ކުރި އެއް ބައިވެރިޔަކީ ގާސިމްނޫންތަ<؟

  8. އަހަންމަދު

    ކަންކުރެވޭ މީހުން މާގިނަ އަގައެއް ނުތަޅާނެ.

    ތި ބޭފުޅާ ތިހުރީ ނަޝީދު ދަސްކޮށްދިން ވަކަރުގޭ ގޮތްގަޑަށް ވަރަށް ހިތްޖެހިފަތާ!

  9. ވިސްނާ

    ތިޔަހުރިހައި ނުބައެއް ހެދީ އޮނަރަބަލް ޤާސިމް އިބްރާހިމްގެ ފުރިހަމަ ރުހުން އޮވެގެން. ޤާސިމަކީ އިންޑިއާ ބޭންކުން އިންތިހާއަށް ލޯންނަންގަވާފައިވާ ބޭފުޅަކަށްވީމާ ޤާސިމަށް މިރާއްޖޭގެ ރައްޔިތުންނަށް ކޮށްދެވޭނެކަމެއް އޮންނާނެކަމަށް ނުދެކެން. ޤާސިމަށް ދެވޭ ވޯޓަކީ އިންޑިއާގެ ބީޖޭޕީއަށްދެވޭ ވޯޓެއް.