އަޅުގަނޑުމެން ބޭނުމެއް ނޫން އެންމެ ވެލިފުކެއްވެސް ބޭރު ގައުމަކަށް ދޭކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ.

މިއަދު ބ.ތުޅާދޫގައި ޖުމްހޫރީ ޕާޓީގެ ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދަައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އަޅުގަނޑުމެންގެ ކާބަފައިން އެ ބޭފުޅުންގެ ލޭ މި ގައުމަށް އޮހޮރާލެއްވީކީ އަޅުގަނޑުމެން ހިތުހުރި ގޮތަކަށް މި ގައުމާ ދޭތެރޭ ކަންތައް ކުރާކަށް ނޫންކަމަށެވެ. އަލީ ހުސެއިން ވިދާޅުވީ ހުރިހާ ބޭފުޅުން ޕާޓީގެ ކުލަ ދޫކޮއްލަވާ، ކުޑަ ޕާޓީ ބޮޑު ޕާޓީ ދޫކޮއްލަވާފައި މިފަހަރުގެ އިންތިހާބުގައި މިފަހަރުގެ ވޯޓް ހާއްސަ ކުރަންވީ މި ގައުމުގެ މިނިވަންކަމަށް ކަމަށެވެ.

ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ތުޅާދޫއަށް ވަޑައިގަތުން

"ތިބޭފުޅުން ވެގެން ނުވާނެ މި ގައުމުގެ މިނިވަންކަން ދޫކޮއްލުމައްޓަކާ ވޯޓް ލާ ބަޔަކަށް، ތި ބޭފުޅުން ވެގެން ދާނީ މި ގައުމުގެ މިނިވަންކަން ދަމަހައްޓަން ވޯޓް ލާ ބަޔަކަށް." އަލީ ހުސެއިން ވިދާޅުވިއެވެ.

މި ގައުމު ވަނީ ދިވެހި ރައްޔިތުން، ތުޅާދޫގެ ރައްޔިތުންގެ އިތުބާރާއެކު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވާފައި ނަމަވެސް ފަސް އަހަރު ފަހުން ބަލާލީ އިރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން 45000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ދިވެހި ރާއްޖޭގެ ކަނޑުން ގެއްލިއްޖެ ކަމަށެވެ. އަޅުގަނޑުމެންގެ އެއްވެސް ހުއްދައެއް ނެތި ރައީސް ސޮއެ ކޮއްލައިގެން އަޅުގަނޑުމެންގެ ކަނޑު ދޫކޮއްލީ، ވިއްކާލިކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"ތުޅާދޫގެ ހުރިހާ ރައްޔިތުންނަކީ މިނިވަންކަމާއެކު، ވިސްނަން ދަންނަ މިނިވަން ކަމާއެކީ ފިކުރު ކުރަން ދަންނަ ރައްޔިތުން އުޅޭ ބައެއް. ގައުމަށް ދިމާވާ އެކި ހާލަތްތަކުގައި ނަގަން ޖެހޭ ނިންމުން، ކުރަން ޖެހޭ ކަންތައް، އަދި ދާން ޖެހޭ ފަޅެއް އަރާލަން ޖެހޭ ހިސާބު ތުޅާދޫ މީހުނަށް ސާފުކޮށް އިނގޭނެ" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މި ގައުމުގެ ފިތުނަ ފަސާދައާއި މި ގައުމުގެ ހަމަ ނުޖެހުން ނައްތާލާ، މި ރާއްޖޭއަށް ކުރިއެރުމާ ސިލްމާ ސަލާމަތް ގެނެސްދޭނެ ވެރިއަކީ ކެންޑިޑޭޓް ނަންބަރު 5 ގާސިމް އިބްރާހިމެވެ. ގައުމުގެ މިނިވަންކަމަށް ލޯބި ކުރާ، ގައުމުގެ ހަމަ ޖެހުމަށް ލޯބި ކުރާ ހުރިހާ ރައްޔިތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވޯޓް ދެއްވުން އަލީ ހުސެއިން ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަމޭދު

    އެކަމަކު ޗޯރު ގައުމުއަޅުވެތިކުރި އިރު އަނގައިންނުބުނެ ގާސިމު ހުރީ ކޮންފައިދާއެއްވާތީި މިހާރު ބަރަބޮލޭ ފަޅޮލޭ ކާއްޓޭ ހިއްތަލައޭ ކިޔާނެކަމެއްނެތް ގާސިމާއި ޗޯރު ޖަލަށްދާންޖެހޭނީ ގައުމުގެ ގައްދާރުންގެ ގޮތުގަ.

  2. ސިޔާސީ ގަމާރުން

    ތިހެން އެހެން ގައުމުތަށް ބުނީމަ މިހަދާ ބްރިޖްވެސް ނުހަދަ ތިބެންވީ، އެއާޕޯރޓްތަަށް ވެސް.

  3. މުއިއްޒު 4 ޕްރެސިޑެންޓް

    ޗާގޯސް މައްސަލައިގަ އެތައް ސަތޭކަ މޭލެއް ވިއްކާލި އިރު ގާސިމު ހުރީ އުފަލުން. އޭއީ އެކަމުގަ ހަނުހުންނަން ވާވެއްދި ފަޅު ދިނީމަ. އެ ފަޅު ވިއްކި ލާރިއަށް އެ ކެމްޕޭނު ކުރަނީވެސް

  4. އަބްދޫ

    މިހާތަނަށް ގާސިމް ބައިވެރިވާ ސަރުކާރުތަކުން ބޭރުގައުމުތަކަށް ވިއްކާފަ ހުރި ވެލީގެ ވާހަކަ ނުދައްކަނީ ކީއްވެ .ކަޒަކިސްތާނުގެ ހާންސަތީރު ހޮޓަލުގަ ހަދާފަ ހުރިދޮންވެލީގެ ބީޗަށާއި ދޮންވެލީގެސްވިމިންޕޫލަށް ރާއްޖެއިން ޖީއެމްއާރު އެއާޕޯޓްގަ އޮތް ދުވަސްވަރު ގެންދިޔަ ދޮންވެލިތަކުގެ ވާހަކަ ނުދައކަނީ ކީއްވެ، ހިލެޔަކުނޫންގެންދިޔައީކީ. އެވެސް ގާސިމް ގެ ޖޭޕީ ބައިވެރިވާ ސަރުކާރަކުންހިންގި މުއާމަލާތެއް.