މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ "ތިލަމާލެ ބްރިޖު" މަޝްރޫއު ކުރިއަށް ދަނީ ވަރަށް ގޯސްކޮށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މެދުރާއްޖެތެރޭގެ ހަތަރު އަތޮޅަކަށް މުއިއްޒު ފެއްޓެވި ކެމްޕެއިން ދަތުރުގައި ދ. ކުޑަހުވަދު އަށް ވަޑައިގެން އެ ރަށުގައި ތިބި ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫއަކީ އެއްވެސް ވިސްނުމެއް ނެތި ކުރަމުންދާ މަސައްކަތެއް ކަމަށާއި އެ މަޝްރޫއުގައި ކަންބޮޑުވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖު މަޝްރޫއަކީ މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ. އެފްކޮންސް އިން ގަބޫލު ކުރާ ގޮތުން ނަމަ، އަންނަ ޑިސެމްބަރަށް މާލެއިން ފެށިގެން ވިލިމާލެއަށް ބްރިޖުގައި ދަތުރުކޮށްލެވޭ ވަރު ވާނެއެވެ. އަދި އަންނަ އަހަރު ބްރިޖުގެ ބާކީ ހުރި މަސައްކަތްތައް ނިންމާލެވޭނެއެވެ.

ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާ ތެރެއިން. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ނަމަވެސް މުއިއްޒު ވިދާޅުވީ މަޝްރޫއު ކުރިއަށްދާ ގޮތާ މެދުގައި ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ޕްރޮފެޝަނަލް ބެކްގްރައުންޑުން ވިސްނާއިރުގައި ވެސް، އިންޖީނިއަރެއްގެ ގޮތުން ވިސްނާއިރުވެސް، ވަރަށް ކަންބޮޑުވުން އެބަހުރި އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދުގައި." މުއިއްޒު ވިދާޅުވިއެވެ.

އެ ބްރިޖްގެ ބައިތައް ވަކި ވަކިން ހަދަމުން ގެންދާއިރު އެއްވެސް ފަރުވާތެރި ކަމެއް ނެތި މަސައްކަތް ކުރަމުންދާ އިރު، އެ މަސައްކަތް ކުރަމުން ގެންދަނީ އިންޖީނިއަރިންގ މިންގަނޑުތަކާ ހިލާފަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެ މަޝްރޫއުގެ މަސައްކަތަށް ކާސްޓުކުރާ، ކޮންކްރީޓްކުރާ މަސައްކަތް އެ ކުރަމުންދާ ގޮތް ކިރިޔާ ވެސް ބަލައިފި ނަމަ، ފެންނާނެ އެ މަސައްކަތަށް އެ ޕްރޮޖެކްޓަށް އެ ހަދާ ބައިތައް ބަހައްޓަން، ތަނބުތަކަށް ހަދާ ބައި ވިޔަސް ނޫނިއްޔާ ދެން ހުރި ބައިތައް ހަދަމުންދަނީ އިންޖީނިއަރިން މިންގަނޑުތަކުން ބަލާއިރު އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ގޮތަކަށް ނޫން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވީ ބްރިޖްގެ ބައިތައް ހާމަކަން ބޮޑު ގޮތެއްގައި ހަދަމުންދާތީއެވެ. މުއިއްޒު ވިދާޅުވާ ގޮތުގައި މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި މިކަންތައް ކުރަމުން ގެންދާ ގޮތެއް ނޫނެވެ.

"މުޅިންވެސް ލޮނާއި ވާރެއާއި އަތްވާއި ހުރިހާ ކަމަކަށް ހުޅުވާޅެވިފައި ހުންނަ މާހައުލެއްގައި އެދަނީ އެކި ބައިތައް ކާސްޓު ކުރަމުން. ބްރިޖެއްގެ ބައިބައި ވަކިން ހަދައިގެން ގެނެސް ގުޅުވާ ނަމަ، ހަދާނީ ފެކްޓްރީއެއްގެ ތެރޭގައި ކަވަރުކުރެވިގެން، ހުރިހާ ކަމެއް ކޮންޓްރޯލްކޮށްގެން. ނަމަވެސް ތިލަފުށީގައި ނުވަތަ ގުޅިފަޅުގައި އެހަދަނީ ހާމަކަން ބޮޑުކޮށް. ލޮނު ބުރާނެ، ވާރޭ ވެހޭނެ، އަވިދޭނެ. ދެން އެހަދާ ބައިތަކަށް ވާނެ ގޮތް ވިސްނަވާ." މުއިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ ބައިތައް މިގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ހަދައިގެން ގުޅުވަން ގެންނައިރު ހުންނާނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެއީ އިންޖީނިއަރުން އެކަން ކުރާގޮތެއް ނޫން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެ ޕްރޮޖެކްޓު ހިނގަނީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން 6.9 ކިލޯ މީޓަރުގެ ދިގު މި ބްރިޖު/ކޯޒްވޭ ލިންކްގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ ތިން ނެވިގޭޝަން ބްރިޖުތަކުގައި 140 މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއަޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ވެސް ހިމެނޭނެއެވެ.

ޓްރެފިކް ލައިޓާއެކު މި ބްރިޖު ފުރިހަމަ ކުރާ އިރު، ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް ހިމެނޭ ގޮތަށް ބްރިޖު އެޅުން ކުރިއަށްދާ އިރު، މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ އިރު، އިންޑިއާ ވަނީ ބްރިޖު މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި އެ މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދިނީ އިންޑިއާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ތަރަންގާ

    ވަރަށް ޒާތަކަށް ހިނގާ ކަމެއް

  2. ލިކާ

    އެބުރިޖުގެ ކޮލެޓީ އާމެދު ސުވާލު އުފެދޭ އެތައް ކަމެއް މަ ބިރުގަނޭ ތިތަނައް އަރަންވެސް

    10
  3. ތިވާހަކަ ދައްކަން ލަސްކުރީ ކީއްވެ؟

    މުޢިއްޒު ތިވާހަކަ ދައްކަން ލަސްކުރީމައި ޤަބޫލު ކުރެވެނީ ތިއީ ޙަޤީޤަތެއް ނޫން ކަމެވެ. މުޢިއްޒަކީ ބޮޑު ފިޠުނަވެރި އެކެވެ.

    10
  4. މުއިއްޒު 2023

    އިބޫ ސަރުކާރުހާ ކޮރަޕްޓް ސަރުކާރެއް މި ގައުމު ނުދެކޭ. ހުރިހާ ކަމެއްގެ އޮޅުވާލުން. މިފަހަރު ވެރިކަމަށް ހޮވަންވީ ބްރިޖާއި ގޯތި އަދި ފްލެޓް ހެދޭވަރުގެ ފަރާތެއް. އެއީ މުއިއްޒު

  5. ޓުއްޓު

    100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިންއިރު މަސައްކަތް އަވަސް ކުރުމުގެ ނަމުގަ ސަރުކާރުން އިތުރު 200 މިލިއަން ދޭންޖެހުނު ވާހަކަވެސް ލިޔުނީމަ ދޯ އިނގޭނީ އިންޑިއާއިން ހިލޭއެހީދިންގޮތް. މަވެސް އެގޮތަށް ހިލޭއެހިދީފާނަން.

  6. އިބޫ ސޯއްޓޭ

    މަނިކުފާނަށް ހިތްހަމަޖެހޭ އެއްކަމެއްވެސް ނޯންނާނެކަން އެނގޭ.

    1
    8
  7. ޙަސަންބެ

    ޓާޓާ ބިލްޑިންގައި މައިތަބުގައިވެސް ބޭނުންކުރަނީ 10 އެމްއެމްގެ ހިމަ ދަނގަޑު . މީ ޖަރީމާއެއް މިތަންތަން މަތި އޮމާން ކުރަން ދިވެހި ކުންފުނިތަކުގެ ތަޖުރިބާ ބޭނުންކޮށް ތަނުގެ ފެންސުގަ އިޝްތިހާރު ޖަހާފަ ފެންސްޖަހާފަ ބަޔެއް މަސައްކަތް ރާއްޖެކުންފުނިތަކުން ދަސްކޮށްގެން ކުރިޔަސް މިބުނާ ފެންވަރު ކޮންކުރީޓްގަ ހުންނާނެކަމާދޭތޭ އިންޖިނިއަރުން ޑައުޓްކުރޭ

  8. Anonymous

    ރޯނު އެދުރު

    1
    5
  9. ބޮއްޅަބެ

    ބުރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިތުރަށްވެސް 100 މިލިއަން ޑޮލަރު ހަރަދު ކުރިކަމަށް ހަބަރުލިބޭ. މި ޑިސެމްބަރަށް ބުރިޖު ނިންމާށޭ ކިޔާފަ. ބުރިޖު ނިމުނީތަ މިހާރު.

  10. ސެދްސަލެ

    މުއިޒަކަށް ވޯޓެއް ނުދޭނަން. އެއީ ޔާމިން ދެކެ އަންނަރުޅިން.
    ނަމަވެސް ބްރިޖާއި ބެހޭގޮތުން ދެއްކިވާހަކަ ރަނގަޅު. އެކަން އެދަނީ ގޯށްކޮށް.

  11. ސދފސފ

    އައްޑޫގައި އަޅާ ބްރިޖްވެސް ހަމަ އެވަރު.
    2 މަސް ވަންދެން މަސައްކަތް ހުއްޓިފައި އޮއްވައި ބޮޑެތި ރާޅުޖައި ލޮނުވިއްސައި އަދި ދަބަރު ޖަހާފައި ހުއްޓައި ގޮސް ކޮންކްރީޓް އަޅާލީ.
    މަގުތައްވެސް ހަމަ އެގޮތަށް. ވަރަށް ކަޑަކޮށް ހިންގާ ޕްރޮޖެކްޓެއް.

  12. ކުޅިކަނބިލި

    ކިތަންމެ ރަނގަޅު ވާހަކައެއް ވިދާޅުވިއަސް މިމީހުން ޤަބޫލެއްނުކުރާނެ

  13. އއ

    މުއީޒު ބުނަނީ ރަނގަޅައް ! ތަންދޮރުނޭގޭ މީހުންނައް ވަރައްފަސޭހަވާނެ އާނ. ބުނެލަން އެކަމަކު ހަގީގީ މަ

  14. އއ

    މުއީޒު ބުނަނީ ރަނގަޅައް ! ތަންދޮރުނޭގޭ މީހުންނައް ވަރައްފަސޭހަވާނެ އާނ. ބުނެލަން އެކަމަކު ހަގީގީ މަސައްކަތްތެރިއަކައް މަސައްކަތުގެ ގޯސްކަންތައްތައް ފެންނާނީ. ހުރިހާގޮތެއް ކަމުނުދާނީވެސް.........!!!މުއީޒުއަކީ ރައީސަކައް ވަރައް ފިޓްމީހެއް!!

  15. ކާލާ ކާލާ ކާލާ

    ދެން ކިހިނެތް ހަނދާނީ ތިހާ ގޯސްކޮށް ދަންޏާ ދޯ!

  16. ހަންބެ

    މަވެސް ތާއިދު ކަމަކުނުދޭ.

  17. މޮޔަކުއްޖާ

    ތިމާނޫމީހަކު އެއްވެސްކަމެއްކޮއްފިއްޔާއެއީކޮސްކަމަކަށްވެ ތިމާކުރާކޮންމެކަމަކީރަގަޅޫކަމަކަށްވަންޏާ ތިޔަމީހާ ޖެހޭނީގުރައިދުވައްލާ ޢެތަނަކީތިފަދަމީޙުންނަށް ހާސަކުރެވިފައިވާތަން ރަށްރަށުމީޙުންގުބޯ ހެއްދިޔަޒަމާންހިގައްޖެ ކަޑަޖެހިޒަމާންވެސް މާޒީވެ ފެނުއެއްޗެޢްނުފެންނަކަމައްހެދިޒަމާން މާޒީވެ ކުރާކަންކަންހާމަ ކަންބޮޑުކޮންކުރީމަ ތިޔަބުނާ އެތިދެންފެޅެނީއަތައް

    • ތަރަންގާ

      އެގޭމީހަކަށް އިގެނީ ނޭގޭ މީހަކަށް ކިތަންމެ ކިޔާދިނަސް ނޭންގޭނެ. ކިޔެވުމާ ނުކިޔެވުމުގެ ތަފާތު. ގިނަދިވެހިން ހިމެނެނީ ކޮން ކެޓެގެރީއެގަބާ؟

  18. ބަޖާޖް ޑާބަރް އާމްލާ ކޮންސްޓުރަކްސަން ލިމިތެދު.

    ދޮލަނގު އެންޑު ފަކީރާ ބުރިޖު.

  19. ދާކޫރު

    ބުރިޖު އެކަނިތޯ، ސުރެން ސުރެން އޮތް އަމީނީމަގުވެސް ނުނިންމިގެން އެޔޮއްތެޅިފޮޅެނީ

  20. ނިކަމެތި އަޅާ

    ހެޔޮ ގޯސް ކިޔަން ކުފޫ ހަމަވާ ޓެސްޓްގަ ބައިވެރިވެފަ ގޮތާއި ފޮތް ކިޔަން ފެނޭ ކަލޯ

  21. ޗަައިނާ

    ާސިނަމާލެ ބުރިޖު އުޅިމީހުނައް ތިކަން ކުރަން ހަވާލު ކުރަންވީ ވަގްތުން ވަގްތައް

  22. ރޮނގު

    ބްރިޖް ހަދަން ގެންގުޅޭ އަގުބޮޑެތި ސާމާނުތަށް ހަލާކު ވަމުން އެދަނީ ހަމަ ފެންވަރު ނެތީމަ!