ތިލަމާލެ ބުރިޖު މާލެ އިން ފެށޭ ހިސާބުގެ ކޮންކްރިޓް މަސައްކަތް ކުރުމަށް ކޮންކްރިޓް ޑެކް އެޅުމުގައި އިންޑިއާގެ މަސައްކަތްތެރިން ދޮލަނގަ އަށް ސިމެންތި އަޅައިގެން، ބްރިޖުގެ ޑެކް އެޅުމުގެ މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމު ވެއްޖެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މަސައްކަތްތެރިން ދޮލަނގަތަކަށް ސިމެންތި އަޅައިގެން އެކަކު އަތުން އަނެކަކު އަތައް ދޮލަނގަތައް ދީގެން ގޮސް ޑެކް މައްޗަށް ސިމެންތިތައް އޮއްސާލައެވެ.

މިއީ އަވައްޓެރި ބައެއް ގައުމުތަކުގައި ކުދިކުދި އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރާއިރު ސިމެންތި އުފުލާ ގޮތެކެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ކޮންކްރީޓް މަސައްކަތް ކުރާއިރު ސިމެންތި އެޅުމަށް ބޭނުން ކުރަނީ އެކަމަށް ހާއްސަ މެޝިނެވެ.

އާއްމު ވެފައިވާ ވީޑިއޯ އާއި ގުޅިގެން މިހާތަނަށް ޕްލޭނިން މިނިސްޓްރީން އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ ބްރިޖުގެ މަސައްކަތް މިގޮތައް ކުރާތީ އެކަމަށް ފާޑުކިޔަމުންނެވެ.

މީގެ ކުރިން ވެސް ބްރިޖުގެ މަސައްކަތުގެ ފެންވަރާއި މެދު ސުވާލު އުފެދޭ އެތައް ކަމެއް ވަނީ ހިނގާފައެވެ.

އިންޑިއާގެ ލޯނު އެހީގައި ހިންގާ ބްރިޖުގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ ކަމަށް ފުރަތަމަ ބުންޏެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. ނަމަވެސް މަސައްކަތް އަވަސް ކުރުމަށް ފަހުން ދިން ފައިސާ އާއިއެކު މިހާރު ބްރިޖަށް ކުރަން ޖެހޭ ހޭދަ 700 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެއެވެ.

ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެ އާއި ދެމެދު އޮންނަ ބައި މިއަހަރު ޖުލައި މަހަށް ނިމި ބްރިޖުގައި ދަތުރު ކުރަން ފެށޭނެ ކަމަށް ކުރިން ސަރުކާރުން ބުންޏެވެ. ނަމަވެސް ފަހުން އެތާރީޚް މިއަހަރުގެ ޑިސެމްބަރ މަހަށް ފަސް ކުރިއެވެ. އެންމެފަހުން ބުނީ ބްރިޖުން ދަތުރު ކުރެވޭނީ އަންނަ އަހަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ާމާމީ

    މީ ބޮޑުވަރު

    88
    • މާލް

      ޢިންޑިޔގެ މަދަދާއިއެކު ވޯޓް އޮޅުވާލައިގެން، ދޮލަނގަކަށްލާފައި ނަޝީދު ދިން ވެރިކަމެއްގަ، ދޮލަނގުގައި އިންޑިޔާއަށް ދިން ޕްރޮޖެކްޓްތަށް، ދޮލަނގުގައި ހިންގާތަން ފެނުމަކީ ހައިރާން ވާވަރުކަމެއް ނޫން. އިބޫނޫން ގޮތެއް.

      87
      2
      • ކޮއްކޮ

        ނަޝީދަކީ ވެސް ތިޔަ ކަމުގެ ބައިވެރިއެއް. ތިޔަ ހުރިހާ ކަމެއް ކުރީ ނަޝީދު އިބޫއާ ބައިވެރިވެގެން އުޅުނުއިރު. އެ ދެ މީހުންނަކީ ވެސް މި ގައުމަށް ޣައްދާރުވެފައި ތިބި ދެ މީހުން.

        41
      • އަލީ

        ނަސީދު ވެރިކަން ދެއްވަންޏާ ތާ އަބަދު ވެރިކަމުގަ ހުންނާނީ ނަސީދު ބޭނުންވާ މީހަކުތާ ދޯ

        4
        1
  2. ކޮއްޔާ

    ލޮލް // ،،،،،،

    64
  3. ހުސެން `

    ހހެހެހެހެެހެ ކަޑަ އިންޑިއާ

    76
  4. އަފީފް

    މިއީ ބަތްކައްކާ ކުޅެނީ .އިބިރިހިމާ ވަގަ އިބިރިހިމާ

    72
    2
  5. ޢެޑްމުންޑޯ

    މިމީހުންނަށް ސިމެންތި އަޅާ މެޝިނެއްވެސް ނުލިބުނީތަ ؟ އަދި މިކަހަލަ ކިތަންމެ ކަމެއް ފެންނާނެ

    83
    3
    • ސަންގު

      އެސްޓީއޯއިން ޕަނޕް ސިސްޓަމެއް ހަދިޔާ ކުރޭ

      56
      1
    • ޙަފޯ

      ހަރަދު، އެތަންކޮޅަށް މެސިނުން އަޅަންނާ އަނެއްކާވެސް ބޫސްޓް މިލިއަން ޑޮލަރުކޮޅެއް ބޭނުންވާނީ

      48
      1
  6. ާއަތިރީ ކަމަނާ

    ޢެއީ ތިމާވެއްޓާ ރައްޓެހި ކޮއްލީ

    69
  7. ވާގޮނުސްކޮ

    ތިބްރިޖް ގެ ފެންވަރު ވަރަށް ރަނގަޅުވާނެ. އަތްޖަހާބޭފުޅުންނައް ތިބްރިޖް ޚާއްސަކޮށްލަންވާނެ.
    މިހާރުމާލޭގަ ގެއެއް އިމާރާތް ކޮށްލަނީ ވެސް ކޮންކްރީޓް އަޅަން ޚާއްސަ ކުރެވިފަވާ ފެންވަރު ރަންގަޅު މެޝިނަރީސް ބޭނުންކޮށްގެން. މިރާއްޖޭގެ
    ރައްޔިތުންނައް ކަންކަންފަހުމްވާނީ ކިހާވަރެއްވީމަބާއޭ
    ހިތައްއަރާ ސުވާލުއުފެދޭ

    75
    1
  8. ޢިބޫނޫންގޮތެއް

    ދޮލަނގަ ބުރިޖު ތިގޮތައްކުރާނަމަ ރައްޔިތުން ނިކުމެހުއްޓުވަންޖެހޭ ކޮއްމެކަމަކީދޫކޮއްލާއިގެން ތިބޭވަރުގެކަމެއްނޫން އެތައްބައެއްގެފުރާނައާގުޅި ފަހުއްނަކަންތައް އެކަންބަލާނެބައެކްނެތިއްޔާ ރައްޔިތުންބައެކާހަވާލުކޮއްބަލަންޖެހޭ މާދަން ކަމެއްދިމާވެއްޖިއްޔާ ރައީސަކުޓީވީއައްއަރާ ރޮވެފަހިތާބެއްދިނަސްލިބުނުގެއްލުމެއްކަވެރެއް ނުވާނެ މިސާލައް އަލީވަހީދުކުރިކަމައްބުނާ އަދިކޮވިޑް ވެންޓިލޭޓަރުބަނޑުއަޅާ ފަނުން ޓީވީއަށްއަރާ ނުރޮވެނީސްއެކްޓްކުރިތަން މިއިންއެއްވެސްކަމަކުންރައްޔިތަކައްބަދަ ލެއްނުލިބޭބޮލުގައެޅުނީ ދަރަނި ދޮލަނގެއް

    76
    1
    • ސަންގު

      ޕެރެސިޑެންޓް ތިޔަ އިންޑިޔާ އުނގަޢް ލީލީނުން ސަރުކާރުދެކެ ފޫހިވެ ހޮޑުލަވާ މިހާރު

  9. ސޯލޭ

    ޅޮލް ސޯލިހައް އިތުރު ނަމެއް ތި ލިބުނީ ދޮލަނގު ސޯލިހު ޕަކާސް

    74
    1
  10. ހުސޭނުބޭ

    ވޯރާއިންގެ ދޮލަގުތަ؟ ތީގެ އުދަގޫ އަދި އޮތީ ކުރިޔަށް.

    70
    1
  11. ސަމްސިއްޔާ

    ކީއްކުރާނީ އެއީ އިންޑިއާ މީހުން މަސައްކަތް ކުރާގޮތް

    48
    1
  12. ޢަލީ ނަސީރު

    ފުކެއް ބޮޑުވަރު ދެން މިހާރު ވެއްޖެ ރައްޔިތުމީހާ ނިކުމެ ތިކަން ހުއްޓުވަން. ތިހާ ފެންވަރު ނެއް ބަޔަކަށް ބޮޑު އަގުގަ ހަވާލު ކޮށްގެން ކޯޗެއް ހަދަން ބާ؟؟

    53
  13. އހ

    އެބަޔަކު މަސައްކަތް ކުރާނީ އެބައެއްގެ ފެންވަރުން،

    49
  14. އަހުން

    ތިއީ ބްރިޖް މަސައްކަތް އަވަސް ކުރަން 400 މިލިޔަން ޑޮލަރ ދިނީމަ ގެނައި ރޮބަޓް ތަކެއް މަސައްކަތް ކުރަނީ

    48
  15. ޜައްޔިތުމީހާ

    ދެން އެންބަސީއިން އަންގާނެ މުޅިސަރަހައްދު އާންމުނައް ނުވަދެވޭގޮތައް ބަންޑުކުރަން

    50
  16. Anonymous

    ދުވަހަކުވެސް ކަނޑެއްގައި ނުވަތަ ފުންކޯރެއްގައިވެސް ބުރިޖެއް އެޅުމުގެ ތަޖުރިބާއެއް ލިބިފައިނުވާ ބަޔަކާއި ހަވާލުކުރީމަ އެކަންކުރި ބައެއްގެ އިހުލާސްތެރިކަމާއި ގައުމަށް ގައްދާރު ވެފައިވާ މިންވަރު ހާމަވޭ

    44
  17. ދެލޮނުގިތި

    ބުރިޖްގެ ނަން ފާސްވެ ނިމުނީ މި އެއް ކޮޅުގައި ހުޅުމާލެ ބުރިޖު އަނެއް ކޮޅުގައި ދޮލަނގު ބުރިޖު

    46
  18. Anonymous

    ކޮބާތަ މިނިސްޓަރު މަހުލޫފު.
    މަހުލޫފަކީ ޔާމީން ސަރުކާރުގައި ޗައިނާ މީހުން އަޅާފައިވާ ހުޅުމާލެ ބްރިޖް އަޅަން ހަދާފައި އިން ފާލަން ފެނިފައި އެއީ ބުރިޖުކަމަށް ބަލައި ބުރިޖުގެ ދެކޮޅު ދިމާނުވާކަމަށްބުނެ އީވާގާތަށް ވަދެފައި ނުކުމެ މުޅި ސޯޝަލް މީޑިއާ ގުޑުވައިލި މީހެއް. ޗައިނާ މީހުން އެޅި ފާލަން ބުރިޖުގެ މަސައްކަތްނިމުނުއިރުވެސް ދެގޮތެއްނުވެ ވީހާ ވިއްސާރައެއްގައި، ގަދަކަނޑުގައި ގަދަކަންމަތީގައިއިން. މިހާރު މަހުލޫފު ސަރުކާރުގައި އަޅަމުންދާ ބުރިޖުގެ ފެންވަރު މިފެންނަނީ.
    އެފްކޮންސް މީހުން ނަކީ ދުވަހަކުވެސް ކަނޑެއްގައި ފުން ކޯރެއްގައި ބުރިޖެއް އެޅި ބައެއްނޫން. މިބައިމީހުން ބުރިޖުއަޅަން ކުރާ މަސައްކަތް ދަނީ މުޅިން ތޮޅިއަށް.
    ފުރަތަމަ ގެންގުޅު ޕްލެޓްފޯމް ގަނޑު ވިލިނގިލި ފަރަށް އަރައި ތަބުތައް ކަނޑަށް ފައިބައިގެންގޮސް ބޭކާރު ގޮތުގައި ފަރަށް ގެއްލުންވެ، އެނެގުމަށް އެތަށް ދުވަހެއް.
    ބަޔަކު އަތުން ކުއްޔަށް ގެނައި ޑްރެޖަރެއް ކުލިނުދައްކައިގެން ވަނީ ގެންގޮސްފައި.
    ތަނބުގެ ފްރޭމް ހަދައިގެން ޕިކަޕެއްގައި އުފުލާއިރު، ހީވަނީ ހިމަ ރުކެއް އުފުލާހެން.
    ކޮންކްރިޓް އަޅަނީ ދޮލަނގުގައި. މިވަރުން ދެން ބުރިޖުގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ.
    ތިޔައީ މިސަރުކާރުން ފައިސާ އިންޑިއާއަށްދީގެން ހަދާ ފިނދަނައިގެ ފީއިލޮށި ބުރިޖު

    53
  19. އިބިލީސް

    ރައީސް ސޯލިޙްގެ ވެއްޓުމަކީ އިންޑިއާ. ވެރިކަމަށް ނުހޮވުއްޖެނަމަ ރިގްރެޓް އަބަދުވެސް ކުރާނެ ކަމަކީ މީ

    39
    0
    • ނަނަނަ

      އިބޫއަށް ވެރިކަން ހޯދަދީ ވެރިކަން ދެމެހެއްޓީ އިންޑިއާ.. އިންޑިއާ އެމްބަސީން ރާއްޖޭގެ ވެރިކަން ކުރަނީ.. އެމްބަސީން ލަފާ އަހަނީ ރާއްޖޭގަ އުޅޭ އިންޑިއާ ވިޔަފާރިވެރިން ކައިރިން… ހައި ކޮމިޝަން)

      28
      2
  20. އަހައްމަދު

    ހަހަހަ. 100 މިލިޔަން ޑޮލަރު ހިލޭދީފަ 200 މިލިޔަން ޑޮލަރު އަވަސްކުރުމުގެ ނަމުގަ ދަމައިގަތީ. ހަހަހަ. މިގޮތަށް މަވެސް ހިލޭ އެހީ ދީފާނަން.

    28
  21. ކިޔު

    ކޮންމެ ބަޔަކުވެސް މަސައްކަތްކުރާނީ އެބަޔަކަށް ދަސްވެ އާދަވެފައިވާ ގޮތަކަށް.

    24
    1
  22. އަހްމަދު

    މިހިރަ ތަރައްޤީ ފެނިފައި އާޝޯހްވެއްޖެ! މަބަލާނަން ތިޔަ ބުރިޖާށް ނާރާވޭތޯ!!!

    29
    1
  23. ނީޒާ

    800 މިލިޔަން ޑޮލަރު ދިވެހިން ދަރަނި ނެގީ ހެޔޮކޮށް ރަނގަޅަށް ބޭނުން ކުރަން އިބޫ ތިވަނީ ދިވެހިންގެ އިތުބާރު ގެއްލުވާލާފަ ވޯޓެއް ނުދޭނަށް

    18
    2
  24. ސަތޭކަ މިލިއަން ޑޭލަރު އިތުރު ކުރޭ

    އިންޑިއާގެ ލޯނު އެހީގައި ހިންގާ ބްރިޖުގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ ކަމަށް ފުރަތަމަ ބުންޏެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. ނަމަވެސް މަސައްކަތް އަވަސް ކުރުމަށް ފަހުން ދިން ފައިސާ އާއިއެކު މިހާރު ބްރިޖަށް ކުރަން ޖެހޭ ހޭދަ 700 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެއެވެ. ޢަދި ސަތޭކަ މިލިއަން ޑޭލަރު އިތުރު ކުރަން ފެންނަނީ

    13
  25. ކައުންސެލަރު

    ޝާނީ ކޮބާ ތިޔަތާއުޅޭ ބުރިޖު މަސައްކަތްދާގޮތާމެދު ހިތްހަމަޖެހިގެން އުޅޭނޫސްވެރިޔާ. އަހާބަލަ ބުނެބަލަ ތިޔަހީކުރީ ރަނގަޅަށޭ

    16
  26. Anonymous

    ނަސީބެއްނު ލޯނާއްޓަށް އަޅައިގެން ނޫޅުނުކަން..

    16
  27. ޔާ ސީ ނު

    ކަޑަވާނޭދޯ...ދޮލަނގުސަރުކާރް😁😁

    19
    1
  28. އިންޑިއާ

    ތީއެހެންގައުމެއް ބުރިޖެއް 😁

    12
  29. އަރުންވާރު

    ދޮލަނގު ބުރިޖު ... ކަޑަ؟

  30. Anonymous

    ބްރިޖުގެ ފެންވަރު ތިޔަ ފެންނަނީ.. މި ބްރިޖު ނިންމައި ދަތުރަށް ހުޅުވާލިޔަސް ބްރިޖުން ދަތުރުކުރުން ރައްކާތެރިއެއް ނުވާނެ.. ހެޔޮނުވާނެ ތިވަރު ބޮޑު ރިސްކެއް ނަގާކަށް. މީ ކުރީޒަމާނު ކުޑަކުދިން ކުޅޭއިރު އަހަރުމެންނަށް ފެނުނު މަންޒަރުތައ

  31. ޗޯރު

    ވެއްޓޭނެ ކަންނޭގެ ތީތި ހުޅުވާ ތަނުން.

  32. ޔާސިރު

    ކަލޯގެއ2 އަންޕްރޮފެޝަނަލ ވިޔަސް ފުކެއް ބޮޑު ވަރު.
    ވިލިނގިލި ގަ ބްރިޖު ހަދާތާ ކައިރީގައި އުޅޭތީ މި އެފްކޮންސްގެ ފެންވަރު ވ ރަނގަޅަށް އެނގޭ

  33. Anonymous

    ފައްޔާޒު މެނަކަށް ނުވާނެ. އެހެންނޫނަސް މިގައުމާ ކައިރީގަ ހުރި ބޮޑެތި ގައުމުތަކުން ތިކަން ވިޔަ ނުދޭނެ. ލޯނެއްވެސް ލިބެންއޮތީ ހަސަދަވެރިންގެ އަތުން. އެވެރިން ލޯނެއްދޭނެތަ އެވެރިންނަށް ގެއްލުންވަ ކަހަލަ ކަމެއް ކުރުން؟

  34. Anonymous

    ހަނދާން ނައްތާލާ! ކަލޭމެން ކިތަންމެ ބޭނުންވިއަސް ތިކަމެއް ނުވާނެ. ސަބަބަކީ މިވެރިކަމަކީ އަޅުވެތި ވެރިކަމެއް. ބާރުގަދަ މީހާ ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާވާކަށް ހުއްދައެއް ނުދޭނެ. ލޯނު ދޭނީ އެމީހުން ހުއްދަދޭ ޕްރޮޖެކްޓްތަށް ހިންގުމަށް.
    ބައިނަލް އަގްވާމީ ބަނދަރެއް ހެދިއަކަ ނުދޭނެ. މިނިވަން ބައެއް ވެރިކަމުގައި ތިބެގެންނޫނީ މިނިވަންކަމާއެކު ރާއްޖޭގެ އިގްތިސާދީ، ދީނީ އަޚްލާޤީ އިލްމީ ސިޔާސަތެއް ކަނޑައެއް ނޭޅޭނެ.

  35. Anonymous

    ހާދަ ފަގީރު ކުންފުންޏަކުން ހިންގާ ކުރިއަށް ގެންދަ މަސައްކަތެކޭ. އިބުރާހީމަށް ވާނީ މިވަރު. އޭނާގެ ފެންވަރުގަ ހުންނާނީ އޭނާ ހަވާލުކުރާ ޕްރޮޖެކްޓްތައްވެސް.
    ޑރ މުއިއްޒު މެނަކީ އިލްމީ ހިލްމީ ތަޖުރިބާކާރު ގާބިލް މީހުން. ނިކަން ދެކެން ތިބޭތި ދިވެހިން ދިވެެހިންގެ ގޮތުގައި ތަރައްޤީ ހާސިލްކުރަނީ އެންމެ މަތީ ފެންވަރުގަ.

  36. އަބްދޫ

    ސޯސަލް މިޑިޔާ އިނނާއި ނަސީދުގެ ވާހަކަ ތަކުން ޗައިނާއާއި ދެކޮޅު ވާހަކަދައްކާ ޗައިނާގެ މަސއްކަތްތެރީން ރާއްޖެއިން ބޭރުކުރަން ހުރިހާ މަސައްކަތެއް ކުރީ ނަސިދު. ވިލިމާލެ ބްރިޖް މަސައްކަތް ޗައިނާ ކުންފުނިން ފަށަންއުޅެނިކޮށް އމީހުން ބޭރުކުރުވީ ވެސް ނަސީދު . އިސްވެހުރެގެން، ޗައިނާ ކުންފުންޏަކުން އިމާރާތްކުރަން ފޭސް 2 ގަ ފަށާފަ ހުރި 4000 ފްލެޓްގެ މަސައްކަތް ހުއްޓުވާ ބޭރުކޮށްލުމުގެ އިސް މޭސްތެރިއަކީ ނަސީދު. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ އިބޫ ހުންނެވިޔަސް އެމްޑީޕީ ވެރިކަން 2018 ގަ ފެށުމުގެ ކުރީކޮޅު ރައީސަށް ވުރެ ބާރުގަދަކޮށް ހުރިހާކަމެއް ނިންމާ ބޭނުންކަންކަނ އިއުލާން ކޮށް ހަދަމުންދިޔައީ ވެސް ނަސީދު . ނަސީދު ބޭނުންވީ ބޮޑުވަޒީރަކަށް ވެ ހުރގެން ސަރުކާރު ހިންގުން ނަސީދު އަތްމައްޗަށް ގެނެވޭނެކަމަށް އިބޫ އެކަމަށް އެއްބަސް ނުވުމުން ނަސީފު އާމައްސަލަޖެހި ޕާޓީތެރޭގަ ނަސީދުގެ ބާރު ކުރަވެއްޖެކަން އިބޫއަށް ވިސްނިވަޑައިގަތުމުން މަޑުމަޑުން ނަސީދު އެއްފަރާތް ކޮށް އިބޫވަނީ ޕާޓީގަ ބާރުގަދަކޮށްފަ.

    2
    1
    • Anonymous
  37. Anonymous

    މިއީ ލާދީނީ އެމްޑީޕީގެ ސައިޒް އަކީ. ނުވާނޭ ނުވާނޭ މިކިޔަނީ މިހެންވެ. ބޮޑު ތަނުން ފެއިލް ކުރާނަން އިންޝާﷲ

  38. ޏޒ

    ކޮންޓޭނަރ ބަހައްޓާލަން ބޭސްމެންޓްމަތީ އެޅި 6 ބުޑު، އެކަމުދޯ ، ހާދަ ޖޯކު ހަަބަރެކޭ، ހަމަ ގަބޫލްކުރާ ކުދިން ވަރަށް ގިނަ.

  39. ނަންރީތި ސަލީމް

    ކައުން ގުޅާގުފަބުނަނީ ވަކިމީހަކައް ވޯޓުލާން މިގޯސް މިހެން ނުބުނެވޭނެ

  40. އިބުރާހިމް

    ކައުން ގުޅާގުފަބުނަނީ ވަކިމީހަކައް ވޯޓުލާން މިގޯސް މިހެން ނުބުނެވޭނެ