އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ކުރިމަތިނުލެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފިއެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ އެ ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ.
އެ މައްސަލަ ބެއްލެވީ ސުއޫދުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކެންޑިޑެސީ ފޯމް ވަނީ ބޭރުކޮށްލައިފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.
Abdulla Yameen Abdul Gayoom v. Elections Commission [2023/SC-C/01] Judgment https://t.co/KQRQSF1pAx
— Supreme Court of the Maldives (@SCMaldives) August 6, 2023
ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ގާތްގަނޑަކަށް ހަ ގަޑިއިރު ވަންދެން ކުރިއަށް ގެންގޮސްފައެވެ. އެ އަޑުއެހުމުގައި ޔާމީންގެ ވަކީލުންނާއި އިލެކްޝަންސް ކޮމިޝަންގެ ވަކީލުންނާއި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންނާއި ޕީޕީއެމްގެ ވަކީލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުމާއި އެމަނިކުފާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެއެވެ.
ސުއޫދުގެ ރައުޔު: ސާބިތު ދަރަންޏެއް އޮތުމުން ޔާމީނަށް ވާދަ ނުކުރެވޭނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ނެރުއްވި ރައުޔުގައި ވިދާޅުވީ ސުޕްރީމް ކޯޓުން މި މައްސަލައިގައި ސާބިތުކޮށްދޭން ޖެހޭނީ ޔާމީންގެ ސާބިތު ދަރަންޏެއް އޮތްތޯ އާއި އެމަނިކުފާނުގެ މައްޗަށް އިއްވާފައި ވަނީ ނިހާއީ ހުކުމެއްތޯ ނުވަތަ ނޫންތޯ ކަމަށެވެ.
ޔާމީންގެ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އެބައޮތް: ސުޕްރީމް ކޯޓު
ސުއޫދު ވިދާޅުވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވޭ މީހަކީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ އެ ދަރަނި ހަލާސް ނުކޮށް ހުރި މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބުނެފައިވާ އިރު، ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމްކޮށް އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާ ކަމަށެވެ.
އެ ހަ މަސް ދުވަސް ފާއިތުވެގެން ދިޔައިރު، އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާފައި ނެތުމުން އެ ތަނުން ލިޔުމުން ޔާމީނަށް އެންގެވި ކަން އެނގޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އެ ލިޔުން ޔާމީން ބަންދު ކުރެވިފައިވާ ޖަލަށް ފޮނުވުމުން އޭގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނަ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ޖިނާއީ އުގޫބާތެއްގެ ގޮތުގައި ޝަރީއަތުން މީހެއްގެ މައްޗަށް ކަނޑައަޅައި ޖަލަށްލުމުގެ އަދަބަކީ އެމީހާ އަށް ޖިސްމާނީ ގޮތުން ތަހަންމަލް ކުރަން ޖެހޭ އަދަބެއް ކަމަށާއި އެއީ އެމީހާ އަށް ޖައްސާ މާލީ ބުރައެއް ކަމަށެވެ. ޖިނާއީ އުގޫބާތެއްގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާ ފައިސާއާ މެދުގައި މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަމަލު ކުރުމަށް އަންގާފައި ނުވާ ހާލަތުގައި ކޯޓުން ކަނޑައާޅާފައިވާ ގޮތަށް ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ނުކުރުމުގެ ނަތީޖާއަކީ އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ކަމުގައި ބަދަލުވެގެން ދިއުން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
"އެހެނީ އެ ޖޫރިމަނާއަކީ އޭނާ އުފުލުން ކޯޓުން ސާބިތުކޮށްފައިވާ އިލްތިޒާމެއް. އެ ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ އޭނާގެ ކޮނޑުގައި އެޅިފައިވާ ސާބިތު ދަރަންޏެއް." ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 180 ވަނަ މާއްދާގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެމީހާގެ މައްޗަށް ލާޒިމްކޮށްފައިވާ އިރު، ޖޫރިމަނާ ފައިސާ ދައްކަން އަންގަނީ ކޯޓުގެ ނިންމުމަކުން ކަމަށްވާ އިރު، ކޯޓުތަކުގެ ނިންމުންތަކަކަށް ތަބާވުމަކީ ލާޒިމް ކަމެއް ކަމަށެވެ. މިކަން ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާގައި ވެސް ބަޔާންކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމަށް ހައި ކޯޓުން އަމުރުކޮށްފައި ނެތުމުން ޔާމީން އިންތިހާބަށް ކުރިމަތިލެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވި އިރު، ދައުލަތަށް ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަން ސާފުކޮށް އެނގޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"އެ ސަބަބަށްޓަކައި އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުށަހެޅި ހުށަހެޅުން ގަބޫލު ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނާ އެއްގޮތަ ކަމަށް ދެކެން." ސުއޫދު ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.
ނިހާއީ ހުކުމެއް ނެތް ނަމަ ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާނެ ކަމަށް ބުނެ ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ދެއްކީ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މެންބަރުކަމުގައި ހުންނަވަނިކޮށް 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އައުމުން ކުރި ހުކުމެވެ.
ސުއޫދުގެ ރައުޔުގައި ވަނީ ޖަލު ބަންދުގައި ހުރެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ނުކުންނާނެ ގާނޫނީ އައިބުތަކުގެ ވާހަކަ އެ ގަޒިއްޔާގައި ނުދައްކާ ކަމަށާއި އެ ގަޒިއްޔާ ދައުރުވީ އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ކުށް ސާބިތުވުމުން އޭނާ މެންބަރުކަމުގައި ދެމިހުންނާނެ ކަމާ މެދު އޮތް ސުވާލުގެ ވާހަކަ ކަމަށެވެ.
އެއް ކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް އަމަލު ކުރުމުގެ މާނައަކީ މައްސަލައެއްގެ އެންމެ އަސާސީ ވާގިއާ ނުވަތަ މެޓީރިއަލް ފެކްޓްސް އަށް ބެލުމެއް ނެތި ގަޟިއްޔާއަކުން ފެންނަ ޖުމްލަ އެއް ނުވަތަ ލަފްޒެއް އޭގެ ފަހަތުން އަންނަ އެންމެހާ މައްސަލަތަކުގައި ތަފާތުތަކަށް ނުބަލައި ހުރެ ތަތުބީގް ކުރުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަސާސީ ވާގިއާ އެއްގޮތަކަށް އަމަލު ކުރުމުގެ މައިގަނޑު އަމާޒަކީ އިންސާފުވެރިވުން. އެއްގޮތް ނޫން މައްސަލަތަކަށް އެއްގޮތަކަށް ތަތުބީގް ކުރަންވެއްޖެ ނަމަ އެންމެ އިންސާފުވެރި ނަތީޖާ ނުނެރެވިދާނެ." ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވި ގޮތުގައި އިސްމާއިލް ހަމީދުގެ މައްސަލައަކީ މަގާމުގައި ހުންނެވި ބޭފުޅަކާ ގުޅޭ މައްސަލައެއް ކަމަށެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމަށް އިސްމާއިލް ހަމީދު އިންތިހާބުވެވަޑައިގެންނެވި އިރު، އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވާކަން ސުއޫދު ފާހަގަ ކުރެއްވިއެވެ.
"އެއާ ހިލާފަށް ހުށަހެޅިފައިވާ މައްސަލައިގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިވަގުތު ގެންދަނީ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ޖިނާއީ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރަމުން. ޖަލު ބަންދުގައި ހުރެމެ، އިންތިހާބީ މަގާމަކަށް ކުރިމަތިލުމުގެ ސުވާލެއް ކާށިދޫ ދާއިރާގެ މެމްބަރުގެ މައްސަލައިގައި ނުއުފެދޭ،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ޖަލު ބަންދުގައި ހުރެ ނުކުންނާނެ ގާނޫނީ އައިބުތަކުގެ ވާހަކަތަކުގެ ވާހަކައެއް އެ ގަޟިއްޔާގައި ނުދައްކާ ކަމަށެވެ. އެހެންކަމުން މިއީ އަޅާ ކިޔޭނެ ދެ ގަޟިއްޔާއެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ. އަދި މިއީ އަމަލު ކުރެވިދާނެ އުސޫލުތަކެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.
"ކުރީ ގަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ މިހާރު ހުށަހެޅިފައިވާ ހާލަތަށް ތަތުބީގުކުރުމުން ދެކޮޅުޖެހޭ، އެއް ނަތީޖާއެއް ނެރެވިދާނެ އުސޫލުތަކެއް ކަމުގައި ނުދެކެން،" ސުއޫދު ވިދާޅުވިއެވެ.
މި ހުރިހާ ކަމެއް ހުރުމުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.
ކޯޓްތަށް މިނިވަން ނުވާހާ ދުވަހަކު މި ޤައުމުގަ އިންސާފެއް ނުލިބޭނެ.
އިންސާފަކީ ތިމާ ބޭނުންހާ ގޮތަކަށް ކަންކަން ނިންމުމެއްނޫން. ތިމާގެ ވިސްނުމާއި ފިކުރު އިންސާފުގެ މަގަށް ނުގެންނަހާ ހިނދަކު ތިމާއަށް އިންސާފު ނުވެސް އެނގޭނެ.
ދުރާލާ ރޭވި، ވަކި މަގުސަދެއް އޮވެ ތަރުތީބުކުރަމުން، ހަދިޔާދެމުން، އިންސާފާއި ހަމައިންނެއްޓި އެއްކަމެއްގެ ތުހުމަތުގައި ވަކިމީހާހަކު ފަހާދުވަމުން އައިސް މަގުސަދަށް ވާސިލްވުން އެއީ އިންސާފްތަ؟ ޙަރާމެއް ހުކުމެއްގެ ނަތީޖާ އަކުން އިންސާފް ދަންނަނީ ކިހެނެއްބާ
ކުރީ ފަހަރު ޔާމީން މިނިވަން ވީމަ ސްޕްރީމް ކޯޓް ވަރެއް ނެތް. ހުރިހާ ފަހަރަކު ތިމާ ބޭނުންވާ ގޮތަށް ހުކުމް ނާންނާނެ. މިކަން އެބަ ޖެހޭ ޤަބޫލް ކުރަން.
ކޯޓުތައް މިނިވަން ނުވުން ނުވަތަ ވުން އެބާއްވާފަ މިމައްސަލައަށް އެކަނި ބަލާއިރު ޤާނޫނު އަސާސީ ގަ ސަރީޚަކޮށް ބަޔާންކޮށްފައިވާ އިބާރާތަކާއި ޚިލާފުވިނަމަ މާގޯސްކަމަށް އަޅުގަނޑު ދެކޭނަން. މިނިންމުމުގެ އަސާސްތައް ތަފްސީލްކޮށް ބަޔާންކޮށްދެއްވާފަ ވާއިރު ކުޑަކޮށް ރިސާޗްކޮށްލުން ރަނގަޅު އެއްޗެއް ދެންނެވުމުގެ ކުރިން.
ކޯޓުތަކުގެ ފަނޑިޔާރުން އިއްވާ ޙުކުމްތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ޢުމަރަށް ވޯޓު ދެއްވާ! ޢުމަރު ނޫނީ ދެންނެތް ގައުމުގެ ޙައްގުގައި ތެދުވާން ކެރޭނެ ގަޓުހުރި މީހަކު. ހައްތަހާވެސް ތިބީ ރިހަފޮޅިން.
ކަލޯގަޔާ ދުވަހަކުވެސް މިނިވަންވާނެތޯ ؟ ތިމާ އަހުރެން އެދޭ ގޮތަށް ހުކުމް ނުކުރިޔާ ފަނޑިޔާރުން އިންސާފުވެރި ނުވީ!
ޓީޗަރަކު ވައްކަންކޮއްގެން ޖަލަށް ހުކުމް ކުރާއިރަށް ކޯޓަށްދާންވީ ތިމަންނަ ޓީޗަރަކަށް ކިޔަވައި ދޭން ވަޒީފާ ލިބިއްޖެޔޭ އެތަށް ދަރިވަރުންތަކެއްގެ ޙައްގޭ މައްސަލަހަތޭ
ވީއިރު އެޑުކޭސަނުން ވަަކިކުރީ ގޯސްކޮންނޭ ކިޔަވައި ދިނުމުގެ ޙައްގުދޭށޭ ގޮވަންވީނޫންތޯ!
ކަލޭލޯއަނދިރީތަ،ނޫނީ ހޭބަލިވެފަހުރީތަ؟؟ވައްކަންކުރި އަސްލުވަގު ގޭގަބަހައްޓާފަ ވަކިމީހަކަށް ހުކުންކުރުން އެއީތޯ އިންސާފަކީ؟؟؟ ދެންފައިސާލިބުނު މީހުންނަށްބަލާބަލަ ލޯއަނދިރިނުވަންޏާ، ކޮންސިޔާސީލީޑަރަކަށްތޯ ފައިސާނުލިބެނީ!؟؟؟
ހަރާމް ހުކުމެއް!
ﷲ ގެ ދަރުބާރުގައި ތިޔަ ފަނޑިޔާރުން ވެސް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެކަން ދަންނާށެވެ. އާޚިރަތަށްް ބިރުވެތިވާށެވެ. އަނބިދަރިންނަށް ތިޔަ ކާންދެވެނީ ނަރަކައިގެ އަލިފާންކަމުގައި ނަހަދާށެވެ.
އަލިފާން ކާންދެވޭނީ ފަނޑިޔާރު ލާރިނަގައިގެން ނުބައިހުކުމެއް ކޮއްގެން. ވައްކަމެއް އަދި ރިބާ ވާގޮތައް ލިބޭ ކޮއްމެ އެއްޗެއް ބޭނުން ކުރުން ހަރާމް.
ހަރާމް ހަލާލު ކަނޑައެޅުމުގެ ހައްގު އަހަރުމެންނަކަށް ނެތް. ތިމާ ބޭނުންވާ ގޮތަށް ނުނިމޭ ކޮންމެ ކަމަކީ ހަރާމް ކަމެއްކަމަށް ދުށުމަކީ ވަރަށް ބޮޑު ގޯހެއް.
ވަރައް ދެރަ ގޮތެއް، ކީއްކުރާނީ، އަނެއް ފަސް އަހަރު ބޭކާރުވީ
އެއް ދޮރު ބަންދު ކުރެއްވިއްޔާ އަނެއް ދޮރު ހުޅުއްވަވާނެ. ޔާމީނު ނެތިއްޔާ މުއިއްޒު ނެރޭ
ޔާމީން ސަލާމަތްކުރަން ބޭނުންވާނަމަ ދެންވެސް މުޢިއްޒު ޝަހީމް ނެރެންވީ. މިނޫން ގޮތެއް ނެތް.
ޖަމީލް ޔާމީނެއް ސަލާމަތެއް ނުކުރާނެ. އަދި ޖަމީލް އަކީ އެމްޑީޕީ އަދި ޑިމޮކްރޭޓްސް ރުޅި އަންނަ މީހެއް. ނަމަވެސް މުޢިއްޒު އަކީ އެމްޑީގެ ގިނަ ބަޔަކުވެސް އަދި އިނދިކޮޅު އެހެން އެންމެވެސް އިހުތިރާމުކުރާ މީހެއް. އަދި ޝަހީމް އަކީވެސް އެފަދަ މީހެއް.
އެމީހަކު ކުރި ނުބައި ކަމެއްގެ ރަހަ އެމީހަކު ދެކޭނެއެވެ.
ދެން ބޭނުމީ ހަމަ މުއިއްޒު. އެނޫނީ ގާބިލު މީހަކު ނެތް. ވަހީދަކީ އިންތިހާބުގަ ހަމަ އެކަނި 5% ލިބުނު މީހެއް. ޕްލޭން ބީ އަކީ ހަމަ މުއިއްޒު!
ޔާމީން ޖަލުގައި އޮވެގެން ޕާޓީ ހަލާކުވަނީ. މިހެން ހެދިޔަނުދީ. ޔާމީން އަށް ސަލާމަތް ވެވެން އޮތީވެސް އަދި ޕީޕީއެމް ވަރުގަދަވާން އޮތީވެސް ރަނގަޅު ކެންޑިޑޭޓަކު ނެރެގެން. މިވަގުތު ހުރި އެންމެ ޤާބިލް މީހަކީ މުޢިއްޒު. އަދި މުޢިއްޒުގެ ފަހަތުން ޝަހީމް ނުކުތުން އެންމެ ރަނގަޅީ. ކިޔަވައިގެންތިބި ޕޮލިޓިކަލީ މޯޓިވޭޓެޑް ދެމީހުން.
ބަލަ ޔާމީނުގެ އެކައުންްޓް ތަކުގައޭ ހުރިހާ ފައިސާއެއް ހުރީ...
އެއްފަހަރު ބުނާނެ ކެމްޕޭން ފައިސާއޭ...
ދެން ބުނާނެ މިރައީސްގެ އަމިއްލަ ފައިސާއޭ...
ދެން ބުނާނެ ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާއޭ...
ދެން ބުނީ ޑޮލަރު މާރު ކުރިއްޔޯ...
ޙަލާލު ނޫން ފައިސާއެކޭވެސް ބުނި...
މުއިއްޒު ރަނގަޅުވާނެ ކޮންސްޓްރަކްޝަން މަސައްކަތްކުރަން. ގައުމުގައި ވެރިއެއްގެ ހައިސިއްޔަތުން އަމްރު މަޢުރޫފު (ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުން) ހިންގާކަށް ކަމަކުނުދާނެ. އެވަރުގެ ގަޓެއް ނުހުންނާނެ. ބޭރު ގައުމުތަކުގެ ނުފޫޒަށް ދީލާލާނެކަމަށް ބެލެވޭ.
މިހާރު ހުންނާނީ ރާކަނިމަސްކެވިފަ ؟؟
ނޫނޭ މިހާރުކެވުނީ ރާކަނީގެ މަހެއްނޫން އެއީ ހަލާލްއެއްޗެއް އެކަމަކު މިހާރު ކާންބޭނުން އެތި ދެން ކާންލިބޭނެ. ކެއުން ހާލާލް ނޫންތަކެތި މަދު ދުވަސްކޮޅެއްތެރޭ ދެން ހަލާލުވެސް ވާނެ ދެން ވަރަށް
ސަލާމް
2018 ގައި ރައިސް ނަޝީދުގެ އިންތިހާބީ ހައްގު ގެއްލުވާލި ރައިސް ވެސް މިއަދު އޭގެ ތަޖުތިބާ ކޮށްފި
އެމްޑީޕީ ގެ ކޯޓަކުން އިންސާފެއް ނުލިބޭނެ.
ތިމާ ބޭނުނވާ ގޮތަށް ހުކުމް ކޮށްފިނަމަ ވ އިންސާފުކަމަށް ބުނާނެ. ތިމާ ނުއެދޭ ގިތަކީ ނާއިންސާފު، ހަރާމް ހުކުމް.
ނިކަން ބަލަން ތިބޭތި. ބޭއިންސާފުން ތިހެން އުޅެވޭނީމި ދުނިޔޭގަ. އަނިޔާ ލިބޭ މީހާގެ ދުއާ އާއި ﷲ ތައާލާއާ މެދު އެއްވެސް ހުރަހެއް ނުވާކަމަށް ބުނެވެނީ. ފަނޑިޔާރުން ބިރުވެތިވެލައްވާ. އަދި އެހެން ދުވަހެއް އެބައޮތް. މި ދުނިޔޭގައިވެސް މި ވެރިކަން ނިމުމުން ހަމަ ފަނޑިޔާރުންނަށް ތިއްބަވާނީ ތިބޭފުޅުން. ވިސްނަވާ. މިއީ ނަސޭހަތެއް.
މުއިއްޒު އާއި ޝަހީމް ނެރެންވީ..
ހަނދާންކުރާތި. ދެން މިރާއްޖޭގައި އުފެދޭނީ އަރާ ކޮންމެ ވެރިޔަކު ކޯޓްތައް ދޮވެ ސާފްކޮށް މޮޕްލުމުގެ ސަގާފަތެއް
މިއަދު އެންމެ އުފާވާނީ ހަމަކަށަވަރުންވެސް މުއިއްޒު
ޔާމީން އާ ވާދަކުރަން ކެރޭ ފެންވަރުގެ މީހަކު ނެތުމުން ބަންދުގައި ބެހެއްޓުން ނޫންގޮތެއް ނެއި. އެހެންކަމުން މިހާރު ދިވެހިރާއްޖެގައި ކޫރަމުންދަނީ ހުރިހާކަމެއްވެސް ދުނިއޭގެ އުފަލާ އަރާމަށް لله ގެ ދަރުބާރުގައި އެންމެނަށްވެސްއިންސާފު ލިބޭނެ
ރ.ޔާމީން އަށް ކެތްތެރިކަން ދެއްވާށި. އަދި ގެންނާނަން ފިސާރި ވަރުގަދަކޮށް.
ސާބަހޭ... ފަޑިޔާރުން ތިޔައީ ގައުމީ ބަތަލުން ތިޔަ ފަނޑިޔާރުންނަށް ހަޢްގުވާ ހެޕީ ކޮމިޝަން ފައިސާ މިއަދު ވަގުތެއްގައި ރާއްޖެއިން ބޭރުގައި ހުރި އެކައުންޓްތަކަށް ޖަމާވާނެ - ސުކުރިއްޔާ!!
އަވަހަށް ޑިމޮކްރެޓްސް ފަހަތަށް އަދި އިބޫ ބަލިކުރެވޭނީ ބަލަންވީ 2 ވަނަ ދައުރެއް ދީފިނަމަ ގާއިމް ހަލާކުވީ
ބަލާލީމަ މި އެންގުނީ، އެކަކު މުއީޒްއޭ ކިޔައިގެން މިހުރިހާ މެސެޖެއް މި ލިޔަނީ. ސާބަހޭ ތިކުރާ ހިއްވަރަށް. މަގޭ ވޯޓް ޔަގީން ޕީޕީއެމް އައް، އެ ހެޔޯ ބުޅަލަކަސް.
އަލްހަމްދުލިއްލާހި އަނިޔާވެރި ކޮރެޕްޓް މީހުން ތިބޭނީ ހުރަގޭގައި.
ކޯޓޫތައް ޗޯރޭ އަތްދަށުލާފި
ކޯޓު ތަކައް ސިޔާމު އެބުނާ މާމުއި ބެޙީތާ
މަކަރުވެރި ރޭވުން ތަކުންނާ އަޑީނޭނގާޭ އެއްބަސް ވުން ތަކުން މިގައުމު ސަލާމަތް ކޮްެއްދެއްވާންދޭ
އިބޫގެ މަަކަރުވެރި ރޭވުން ތަކުން މިގައުމު ސަލާމަތް ކޮްއްދެއްވާންދޭ
ބޭއިންސާފުން ކުރި އަނިޔާވެރި ހުކުމެއް
ބެންޗުގަ އެތިބީ އެމުޑީޕީ އުފެއްދުމުގަ އިސްކޮްއް އުޅުނުމީހުން ދެން ޔާމީން އައް ހަދާނީ ކިހިނެއް
ބިރުވެރިވަގުގެ އަނިޔާވަރިކަމުން ރައްޔަތުން ދަލާމަތް ކުރެއްވީތީ މާތް ﷲއަށް ޝުކުރިވެރިވަން.
ޑރ. ވަޙީދު ވީތީ ލިބޭނެ ވޯޓެއް ނޯންނާނެ. އެކަން ކުރީގެ އިންތިޚާބުން އެނގޭނެ. 5% ލިބުނީ. އެހެނެއްނޫން ޑރ. ވަޙީދުއަށް ޕާޓީން ކަމެއް ކޮށްދޭން ބޭނުންވާނަމަ ޕީޕީއެމް ޓިކެޓް ދޭންވީ. ވަޙީދުގެ ފަރާތުން ޕާޓީއަށް ލިބޭނެ މާބޮޑު އެއްޗެއް ނޯންނާނެ. މިއަށްވުރެ ޑރ. މުޢިއްޒު ނެރުމުން ޕާޓީއަށް ގިނަ ވޯޓުތަކެއް ލިބޭނެ. އެކަން ދާދިފަހުން މާލޭ މޭޔަރު ކަމުގެ އިންތިޚާބުން ވަނީ ދައްކައިދީފަ. ނަމަވެސް ހިތާމައަކީ ފެންނަ މަންޒަރަށް ބަލާއިރު ޕީޕީއެމުން މުއިއްޒު ބާކީކޮށްފަވާކަމަށް ބެލެވޭތީ.
މުއިއްޒު އަދި ޝަހީމް ޔާމީން ސަލާމަށް ކުރަން
އިންޑިޔާއިން ޚަރަދުކޮށްގެން މިގައުމުގެ މުސްތަގުބަލް ހަލާކުކޮށްލީ ފަނޑިޔާރުންނަށް ހަލާކުހުރި
ސާބިތު ދަރަނި ނޭގޭ މީހުން ކޯޓްތަކުގަ ތިބީމާ ލިބޭ ގެއްލުން ކިހަ ބޮޑު... .
އަދި އިންތިހާބުވެސް އޮޅުވާލާނެ! މިނިވަން ދައުލަތެއް ނެތް ގައުމެއް މިއީ! ރައްޔިތުން ވިސްނާ!
އަމިއްލައަށް ތިބާ ތޫނުކުރި އިލޮށި ތިމާގެ ލޮލޮން ހެރުނީ؟ ޔާމީންގެ ވެރިކަމުގައި އަންނި އަން ކުރިމަތި ނުލެވޭގޮތް ހެދީ މިގޮތަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން. ދެން ސްޕުރިމް ކޯޓްގެ 4 ފަޑިޔާރަކީ ޔާމިންގެ ބާރުގައި ފިޔަވަޅު އެޅުއްވި މީހުން ،މިއަދު އެމީހުންގެ ހުރިމައްޗަން އަނަންއިރު މިދުވަސް އަންނާކަން ދަންނަންޖެހޭނެ. މިއީ ދުނިޔޭގެ ހަޤީގަތް ވިސްނާތި ދިރިތިބި ބަޔަކު....
ވަރަށްހިތާމަވެތިދުވަހެއް އެއްކަމަކީ ރައީސް ޔާމީންގެ އިންތިހާބީ ހައްގުގެއްކިގެންދިއުން ދެވަނަ ކަމަކީ މިހުކުމުގެސަބަބުން ކޯޓްތަކުންކުރާ ޖޫރުމަނާއަކީ ސާބިތުދަރަންޏަކަށްވެގެންދިއުން މިއީރައްޔިތުން ވަރަށްބޮޑައްވިސްނަންޖެހޭކަމެއް އަޅުގަނޑުގެގޮވާލުމަކީ ރައީސްޔާމީނައް މިދިންއަނިޔާގެބަދަލު ވޯޓުން އަޅުގަނށުމެން ހޯދަދޭން އަތުކުރިއޮޅާލަންހިނގާށޭ އިންޝާﷲ
ރާކަނި މަސް ކެވިފަ މިހާރު ހުންނާނީ. ހަހަހަހަހަހަހަ
އިބޫގެ ނުބައި ރޭވުން
އަދީބުމެންނާ ޑީލު ހަދައިގެން އައި ނުބައި ހުކުމެއް
ދިވެހިން ދެން ޖެހޭނީ އެމުބަސީ އަކުން އަަންގާގޮތައް އުލެން ދަސްކުރަން
މިވެރިކަމުގަ ދައުލަތް ދޮވެލީމަވެސް އެފައިސާ އެވަނީ އެމީހުނައް ލިބޭ ބޯނަހަކައް.
ކުށްވެރިންގެފަރާތުން ރައީސް ޔާމީނަށް އިންތިޚާބުގާވާދަކުރުމުގެފުރުދަތާއި ދޮރުވަނީހުޅުވިފާ. ވީމާ ޕީޕީއެމް ޕީއެންސީގެފަރާތުން ހިތްވަރައިގެން ކުރިއަށްވަޑައިގަންނަވާ!!
ކޯޓުގަ ތިބޭ ޤާޒީން ހަދާން ކޮއްލާތި އަދި ދުވަހެއް އޮތްކަން
މި ސްޕްރީމް ކޯޓް ތިބި ފަޑިޔާރުންނަށް ނޫނީ ނާދޭ ސާބިތު ދަރަނި ނޭންގޭ ބަޔަކު.
ރަނގަޅަށް ވިއްޔާވާނީ އިންޑިޔާއިން ކޯސް ހެދީ ކަމަށް
ދެންދާނީކޮންކޯޓަކަށްތޯ ؟
އިބޫގެ ނިމުން ވަރަށް ކައިރިވެއްޖެ!!!!!!!!!!
ޔާމީން ޖަލަށްލުމަށްޓަކައި އެއްމެ ފުރަތަމަވެސް އެމްޑީޕީ ވުޖޫދަށް އައީ އަދީބުލައްވާ ތިހުރިހާކަމެއްކުރުވީވެސް ތިކަމަށް މަގުފަހިކުރުމަށް. ދައުލަތުގެ ކަމާބެހޭ ހުރިހާ މުވައްސަސާއަކަށް އެމްޑީޕީ ރުހޭގޮތަކަށް ޔާމީން ގެ ޝަރީޢަތްގެން ދިޔުމަށްޓަކައި މީހުންހަމަޖެއްސީ.ދައުލަތުގެ ޖުޑިޝަރީ ގެ ކޮންމެ ދޮރެއްގައި ޓަކި ޖެހިޔަސް އެމްޑީޕީގެ ޤާޒީންނާ ފަނޑިޔާރުން ތިބީ. ކެއްކޭނީ ކޮންމެ މުވައްސަސާއަކަށް ދިޔަޔަސް ހަމަ އެއް ރިހައެއް. ހެކިދިނީ ދެފާސިގުން. ފުރަތަމަ ދުވަހުވެސް އެމީހުން ހަދާން އުޅުނީ ތިގޮތް .އިންސާފުވެރި ޝަރީޢަތެއްނޫންކަން ކަންކަން ބަލަން ތިބި އެއްމެހާ ރައްޔިތުންނަށް އެނގޭ.މުސްކުޅިން ބުނެއުޅޭހެން ފެތޭ އޮޑިއެއްގެ ރިޔަލުގައި ދަށުވުމަށްވުރެ ތިމާގެ މައްޗަށް ކަނުބަޔެއްގެ އަތްދަށުވީ.މިގޮތަށް ދިވެހިރާއްޖޭގެ ހުރިހާ ރައީސުންވެރިކަން ނިމޭތަނުން ޖަލަށް ގެންދިޔުމުގެ ސަގާފަތް ދިވެހީން ވަނީ ފަށާފަ.ހަސަދަ ބާލަނީ.އަދީބަކީ އެމްޑީޕީ މީހުން ޔާމީންގެ ވެރިކަމުގައި އެޅުވި ކަތުރުފަނި. އޭނާ ބުނި ކޮންމެއެއްޗަކީ އެމްޑީޕީއަށް ހެޔޮއެއްޗެއް.