އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުލްﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ސްޕްރީމް ކޯޓުން އަމްރު ކުރުމުން ޔާމީންގެ ވަކީލު އަދި ރަނިންމޭޓް ޑރ. އަހުމަދު ޖަމީލް ސަރުކާރަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ ޔާމީންގެ މަގާމުގައި ހުރި ނަމަ ކުރާނެ އިހުސާސްތަކަކީ ކޮބައިތޯ މިއަދު މި ގައުމުގެ ކޮންމެ ރައްޔިތަކު ހުއްޓިފައި އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ ކަމަށެވެ.

ދަށު ކޯޓުގެ ފަޑިޔާރު ގޯސް ހުކުމެއް ކުރުމުން މަތީ މަރުހަލާގެ ކޯޓުގެ ފަޑިޔާރު އެޔަށް ލޯމަރާލާއި ޗުއްޓީއާއި އެހެންތަންނަނަށް ދާންވީ ކަމަށް ޖަމީލް ވިދާޅުވިއެވެ. ދެން އެ ހިސާބުން އެމީހެއްގެ އެންމެ އަސާސީ ހައްގުތައް ނިގުޅައިގެން ދަނީ ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޖަމީލް ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ - ަވަގުތު އިމޭޖްސް: އަހްމަދު އަލީ

"މިއަދު މި ނިގުޅައިގަތީ ދިވެހި އެތަށް ރައްޔިތުން ދިވެހި ގައުމަށް އެތައް ބަދަލުތަކެއް ގެނައި ލީޑަރެއްގެ ހައްގުތައް. ގައުމު ވުޖޫދުވެގެން އައިސްސުރެ މިއަދާއި ހަމައަށް ދިވެހި ގައުމަށް އަގުނުކުރެވޭ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރެއް.". ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ "ދަ ފައިޓް އިސް އޮން." ކަމަށެވެ. ގެއަށް ވަދެފައި ފިޑި މީހުންގެ ގޮތުގައި ނުތިބަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީއަކީ ރާއްޖޭގައި ހުޅުޖެހި ޕާޓީ ކަމަށާއި އެ ޕާޓީ ވެރިކަމަށް އައިސްގެން ރައްޔިތުންނަށްވީ އެއްވެސް މޮޅެއް ނެތް ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި ތަރައްގީގެ އެންމެ މަޝްރޫއުއެއް ވެސް މި ސަރުކާރަށް ހިންގިފައިނުވާ ކަމަށް ވސް ވިދާޅުވިއެވެ.

މަންޒަރު ބަލަހައްޓައިގެން ނުތިއްބަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. ޔާމީންގެ ހައްގުގައި "ފައިޓް" ކުރާނެ ކަމަށާއި މި ގައުމުގެ ލީޑަރަކަށް އަންނަ ރިޔާސީ އިންތިހާބުގެ ފަހުން އިރާދަކުރެއްވިއްޔާ ހުންނާނީ ޔާމީން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޔާމީން

    މަނިކުފާނު އަދިވެސް އަޅުގަނޑު ޔާމީން ގަނަ ތަޅުވަނީތޯ. އަޅުގަނޑަށް ހުސްވދޯކާ ތި ދެނީ

    20
    9
  2. ޔާމީން

    މަނިކުފާނު ޖަމީލޫ ލޮލަށް އަދި ބޮލަށް ބޭސް ކުރަން ޖެހިފަ mihaaru ތިހުރީ. އަލުގަނޑަށް ހިވަނީ މަނިކުފާނު އަބަދު ގޭގަ އޮންނާތީ ބޭސް ކުރަން އިންޑިޔާ އަށް ދާން ފެންނަނީ.
    މި ކޮމެންޓް ޖަހާލަން ކެރޭނެބާ

    13
    19
  3. ނަމަސްތޭ

    ހަހހަހަހަ ދަ ބޮނޑި ބަތްގަނޑު އިޒް އޮން . . . . . ކޮންހާ ބޭކާރު ވާހަކައެއް ، ، ވަގެއްވާނީ ވަގަކަށް ( އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އަށްނަނަން ޖެހުނީ ޔާމިނު ގެ ނުބައި ނުލަފާ ވެރިކަމުގަ އައްނި ޖަލުގަ ތަޅުވާ ތާށި ކޮށްގެން ދޯ . . . އެތަން އެޔޮތީ ދައްކާފާ ' ތިނަދޫ ދާއިރާގެ މެމްބަރގެ މަންމަ ނިޔާވީ އޭނާ ޖަލުގައި ތަޅުވަނިކޮށް ' އެކަން ވެސް އެޔޮތީ ގޮޅީގަ އޮށްވަ ފެނިފަ ؛ ؛ ؛ ؛ އިބްރަތް ހާސިލް ކުރާކަށް ނުވޭބާ )

    23
    13
  4. ސާދުނާ

    ބައްލަވާ ޖަމީލޫ. މިގައުމުގެ މީހުން މީގެ ފަސް އަހަރުކުރިން ތިޔަ އިހުސާސްތައް ކޮށް ނިންމައިފިއޭ. ޖަމީލުވެސް ކުރެއްވިއޭ. ވީޑިއޯ ރެކޯޑިން އެބައޮތޭ.

    24
    11
  5. Anonymous

    ތިޔަ ހުކުމުގެ ސަބަބުން ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފު މައްސަލަ އަށް އަސަރު ކުރާނެ.. އިސްތިއުނާފު މައްސަލައިގައި ދައުލަތުން އާރގިއު ކުރާނެ ވަރަށް ރަނގަޅު ޕޮއިންޓުތަކެއް ތިޔަ ހުކުމުން ލިބިގެންދާނެ.. އިސްތިއުނާފު މައްސަލަ އަމިއްލަ އަތުން ބައިކޮޅަށް ގޯލަށް ޖެހީ..

    15
    9
  6. ލޮލް

    ހޫނ. ކަލޭ އިނގިރޭސިވިލާތުގައި ހުރެގެން ޔާމީނާ ދިމާލަށް ގޮވި އެއްޗެހި އެބަހުރި ރިކޯޑުތަކުން ފެންނަން. އިންތިޚާބުވިޔަސް އަތުލާނަން.

    19
    6
  7. ޖާމިއާ

    މީދެން ކާކުތަ ހަޅޭލަވަން . ގޮސް ފޯއްމުލަކުގަ އޮވެބަލަ.

    17
    6
  8. ނިމިގެން އެދިޔައީ އޮން ގޮއިންގ ފައިޓް

    ބަލަ، މިހުރިހައި ދުވަހު މަގުތަކަށް ނިކުމެ ކުރަމުންދިޔަ ފައިޓް މިއަދު އެނިމުނީ އެވެ.

    8
    4
  9. ލަކީ

    ހެހެ މިހާރު ސްޕްރީމް ކޯޓް ވެސް ސަކަރާތް ވީ ދެން ޖަމީހު ހުރޭ ރަނިން މޭޓް ވެގެން ތީ ރަނިން މޭޓް

    8
    4
  10. ޏހގބ

    ބަލަ ޖަމީލު އަމިއްލަފުޅަށް ވިދާޅުފުވެފަ ނޫންތޯއޮތީ ، ޝަރީއަތެއްކުރަން ނުވެސްޖެހޭކަމަށާ ޔާމީން އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގަކަމަށް. ދެން މިއަދު އުނބަށް ޖެއްސެވުމުގެ ބޭނުމެއް އެބައޮތޮތޯ. ކޮފާއިސް ކުރައްވާނެކަމެއްނެތް. ޔާމީނުޖަލުގަބާއްވައިގެން ޖަމީލު ރައީސް ކަންކުރުމުގެ ހުވަފެން ބިލާހަކަށްވީ.

    5
    2
  11. ސަމީރު

    ޢަޅުގަޑުމެން މިތިބީ މަނިކްފާނާ އެކީގަ ވަރުގަދަ ކޮށް...

    5
    3
  12. ބޯހަލާކު

    ކޮންވަށްތަރު ފައިޓު ހުންނަނީ،؟ ނޯފައިޓު ބުރޯ!!!

    6
    1
  13. އަސް

    ކޮން ފައިޓް އޮން އެއް؟ ތިހިރީ ޔާމީނަށް ދިން ލޮޓި ޖަމީލު ކަލޭ