(ދ. ކުޑަހުވަދޫ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެވަނަ ދައުރެއް ހޯއްދެވުމަށް ރަށް ރަށަށް ފެއްޓެވި ދަތުރުފުޅުގައި މިހާތަނަށް އައިއިރު، ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ކ. އަތޮޅާއި މ. އަތޮޅާއި ވ. އަތޮޅާއި ދ. އަތޮޅާއި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންނެވި އިރު، ކޮންމެ ރަށަކުން ހެން އެމަނިކުފާނަށް މާބޮނޑިއެއް ދިއްކޮށްލައެވެ. ބައެއް ފަހަރު ބޮޑެތި މާ ބޮނޑި ދިއްކޮށްލާ ފަހަރު ވެސް ދެއެވެ.
އެކަމަކު، މި ރަށުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ!
ރައީސް މިއަދު އިރުއޮއްސުނު ފަހުން، ރަށަށް ވަޑައިގެންނެވި އިރު، ބަނދަރު ސަރަހައްދުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ސަފު ހަދާލިއެވެ. ކުދި ބޮޑު ގިނަ ބަޔަކު ނުކުތް އިރު، އެންމެ ތަފާތު މަންޒަރަކަށް ފެނުނީ ތިން ކުލައެއްގެ މާތަކެއް ހިފަހައްޓައިގެން ތިބި ބައެކެވެ.
އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ތިބި އިރު، އެމީހުން ހިފަހައްޓައިގެން ތިބީ ރީނދޫ، އޮރެންޖު އަދި ފެހި ކުލައިގެ މާތަކެކެވެ. އެއީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ރަމްޒުކޮށްދޭ ކުލަތަކެވެ. އަމިއްލަ އަށް ބަޔަކު ތައްޔާރުކޮށްފައިވާ އެ މާތައް ހިފަހައްޓައިގެން ވަރަށް ގިނަ ބަޔަކު ތިބިއެވެ.
ރައީސް ސޯލިހް އަރާ ހަމަވުމާ އެކު، މާ ހިފަހައްޓައިގެން ހުންނަ ކޮންމެ މީހަކު ރައީސަށް އެ މާ ދިއްކޮށްލަފައެވެ. މިއީ މީގެކުރިން ކެމްޕެއިންގައި ރައީސް ވަޑައިގަތް ރަށްތަކުން ފެނުނު މަންޒަރެއް ނޫނެވެ.
ރައީސް ސޯލިހް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެން ކުޑަހުވަދު އަށް ވަޑައިގެންފައެވެ. އެ ދުވަހު ވެސް އެމަނިކުފާނު ކުޑަހުވަދު އަށް ވަޑައިގެންނެވީ އިރުއޮއްސުނު ފަހުންނެވެ. އެ ދުވަހު އެމަނިކުފާނުގެ ފަހަތްޕުޅުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އޮތެވެ.
އެފަހަރު ވެސް ފެނިފައި ވަނީ ބަނދަރު ސަރަހައްދުގައި ވަރަށް ދިގު ސަފެއް ހަދާލާފައި އޮތް ތަނެވެ. މިރޭ ރައީސް ވަޑައިގަތުމުން ހަނދާނަށް އައީ ހަމަ އެ ދުވަހު ވެސް ހެދި ސަފެވެ.
ރައީސް ސޯލިހް ދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ ދ. މީދޫއަށެވެ. އޭގެ ފަހުގައި، ދ. ރިނބިދޫ އާއި ދ. ބަނޑިދޫ އާއި ދ. ހުޅުދެއްޔާއި ދ. މާއެނބޫދޫ އަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ އެންމެ ފަހު މަންޒިލަކަށް ވަޑައިގެންފައި ވަނީ ކުޑަހުވަދޫއަށެވެ.
ރައީސްގެ ދަތުރުފުޅުގައި މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ގދ. އަތޮޅުގެ ރަށްތަކަށެވެ. އޭގެ ފަހުގައި އެމަނިކުފާނު ވަޑައިގަންނަވާނީ ގއ. ގެ ރަށްތަކަށެވެ.
ދ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކާ ބެހޭ ގޮތުންނެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ %90 މަސައްކަތް ނިމިފައިވާ ކަން ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވެވަޑައިގަންނެވި އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު އެޅެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިނުގެންފި ނަމަ، މަޝްރޫއުތައް ހުއްޓޭނެއެވެ. އެހެންވެ، ރައްޔިތުން އެމްޑީޕީ އަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ރައީސް ވެސް ވިދާޅުވީ މިހާތަނަށް ކެމްޕެއިންގައި ވަޑައިގެންނެވި ރަށްތަކުގައި އެމަނިކުފާނަށް އޮތް ތާއީދު ފެނިވަޑައިގެންފައިވާ ކަމަށެވެ.
ރައްޔިތުން އުޑައްއަރުވާ އުޑުގައި އަތްޖައްސާލަދީ ތަރިބާލަދޭދުވަސްވަރު ސިޔާސީ މީހުން !
ދިވެހި ގައުމު ދެކެ ލޯބިވާ އެއްވެސް މީހަކު ސޯލިބޭ އަށް މަރުހަބާ ނުކިޔާނެ ، ދިވެހިރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައި ، ދިވެހިންގެ ބޮލުގައި 60 ބިލިޔަން ރުފިޔާގެ ދަރަނި އަޅުވާފައި ، އިސްލާމް ދީނަށް ފުރައްސާރަކޮށް މިސްކިތް ތަކަށް ބޮޑުކަމުދިޔަ މީހުން ހިމާޔަތް ކޮށް ، ގައުމުގެ ހަޒާނާ ލޫޓުވާލައިފި ، ކުރިއަށް އޮތް 5 އަހަރު މިކަން ކަން ތަކުރާރުކުރަންތޯ ސޯލިބޭ އަށް މަރުހަބާ ކިޔަން ވީ ، ހަތް ހަރާމުން ހަރާމް ސޯލިބޭ އަށް ވޯޓު ދިނުން
ތީ ލާރިދީގެން ޖައްސާ ސްޓަންޓް، އެއް ފަހަރު ދަނޑުގަ ކުޅިވަރު ކުޅުނު ކުދިން ރައީސް ގާތަށޭ ކީއިރު ހަގީގަތް ބަލާލި އިރު ބުނެފަ އޮތީ ހަދާނެ ގޮތް.
ތިއީ ސްޓަންޓް ރައީސް
ނުދޭނަން އިބޫއަކައް ވޯޓެއް.
އަސްލު މަންޒަރު ވ.ރީތިކޮށް ވޯޓުން ފެންނާނެ؟؟؟
ކުޑަހުވަދޫ އަކީ ވަރަށް ތަރައްގީ ރީތިރަށެއް. 2019 ގެ ފަހުން 2023 ގައި ކުޑަހުވަދޫ އަށް ދެވުނު ނަމަވެސް އޭރެކޭ މިހާރެކޭ ތަފާތެއްނެތް.
މިހާރު ކުޑަ ކުދިން މަގުމައްޗަށްނެރެ ސިޔާސީކަން ކަމުގައި ބައިވެރި ކުރިޔަސް އޯކޭ