(ގދ. މަޑަވެލި) މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ އިރު، އެއް ފަޅެއްގައި އޮންނަ ގދ. ހާދޫ ވެސް އެއްކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވައުދުވެވަޑައިގެންފިއެވެ.
ގދ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ފެއްޓެވި ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ކުރަން ވައުދުވެވަޑައިގަންނަވާ ކަންކަމުގެ ލިސްޓެއް ވަނީ ރައްޔިތުންނާ ހިއްސާ ކުރައްވައިފައެވެ. ރައީސް މިއަދު ވަނީ އެ ރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫއުގެ ނިމުން އިފްތިތާހުކޮށް ދެއްވައިފައެވެ. އަދި މަޑަވެލީ ސިއްހީ މަރުކަޒުގައި އަލަށް ގާއިމުކުރި އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވިއެވެ.
ރައީސް ވިދާޅުވީ ރަށުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ބިން ހިއްކައި އެ ތަނުން ގޯތި ދޫކޮށް ރޯހައުސް އާއި ފްލެޓު އަޅައި ދެއްވާނެ ކަމަށެވެ. އަދި އައިސް ޕްލާންޓްގެ މަސައްކަތް ވީހާވެސް އަވަހަށް ފަށައި އެތަނުގެ ހިދުމަތް މަސްވެރިންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މަޑަވެލީގެ ބިން ހިއްކާ އިރު، ހާދޫ އާއި މަޑަވެލި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއްކޮށްލާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށުން އޭޓީއެމްގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ލިބޭނެ ގޮތް ވެސް ފައްޓަވައި ދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދައުރަކީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި، އަމާން ރާއްޖެއަކަށް ވެގެންދާނެ ކަމަށެވެ. ސިޔާސަތުތައް ތަންފީޒުކޮށް ނިމޭ އިރު ރަށް ރަށުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ލިބި، ދަރިންނަށް ފަސޭހަ އިން ތައުލީމް ލިބޭނެ ގޮތް ހަދައި ދީ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމުން އެތައް ލުއިތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަނުން އަޅުގަނޑުމެން ކާމިޔާބުކޮށް މި ދެންނެވި ކަންތައްތައް ކުރުމުގައި ދެމިތިބޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ އެއްވެސް ރަށެއް ތަފާތު ނުކޮށެވެ. ސިޔާސީ ހިޔާލު ތަފާތުވުމަކީ ތަރައްގީ އަށް އޮތް ހުރަހެއް ކަމަށް ދެކިވަޑައިނުގެން ކޮންމެ ރަށަކަށް ބޭނުންވާ ހިދުމަތްތައް ބަރާބަރަށް ވާސިލްކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއްކޮއްލިޔަސް ވަކިކޮއްލިޔަސް ދެންވޯޓޭއް ނުދެވޭނެ
ބިންހިއްކުމަކީ ކުރީގެވެސް ވައުދެއް. މަޑަވެލިން ހާދޫއަށް އަދި ހާދޫ އިން ހޯޑެއްދޫ އަށް 89 މިލަޔަން ހަރަދުކޮށްދެން އަޅަންފަށާ ނުނިމި އޮތް ކޯޒްވޭ އައް ކިހިނެއްތޯ ދެން ހަދަނީ؟ އާމުކޮށް އެހާ ކުޑަބިމެއް ހިއްކަން ބަޖެޓް ކުރާތަން ފެންނަނީ 40 ވަރަކަށް މިލިޔަން. ކޯޒްވޭގެ މަޑަވެލި ކޮޅަށް 45 މިލިޔަން ހަރަދުކޮށްފަ އެތަން ދެން ނަގާ އެއްލާލަނީތޯ؟ ނޫނީ ހިކިފަސްތަނުގަ ބާއްވަނީތޯ؟ ވިސްނައިފި މީހަކަށް އިބުރަތެއް
އިބިލީސް ވެސް އާދަމްގެފާނަށް ވައުދުވި އޭނާގެބަސް ގަބޫލުކުރީމަ ވަރަށް މޮޅުވާނެކަން. އެކަމަކު ލިބުނީ އޮޅުވާލުމާއި ނިކަމެތިކަން
މަޑަވެލީ ބިންހިއްކައި ހާދޫއާއި ގުޅާލާއިރު ހޯނޑެއްދޫއާވެސް އެއްކޮށް ނުލިނަމަ އެއްވެސް ފައިދާއެއް ނުކުރާނެ
މީނާއަކީ ހޮޅި ވައުދުވާ މީހެއް. މިހާރު ތިހިން ވައުދުވެގެނެއް ކުރިއެއް ނުކަނޑާނެ މޮޔަޔާ. މީނާ ދެން ބަހައްޓައިފިއްޔާ ގައުމުވެސް ނުފެންނާނެ.