ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިއަދު ދޮރުން ދޮރަށް ހިންގެވުމުގެ ކެމްޕޭން ހުޅުވާލޭ ދެވަނަ ފިޔަވަހީގެ، ހިޔާ ފްލެޓްތަކުގައި ފައްޓަވައިފިއެވެ.

ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މުއިއްޒު އެ ސަރަހައްދަށް ވަޑައިގެންނެވީ ހަވީރުގެ ވަގުތެއްގައެވެ. މުއިއްޒަށް މަރުހަބާ ދެއްނެވުމަށްޓަކައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ގިނަ ސަޕޯޓަރުން އެ ސަރަހައްދަށް ވަޑައިގަތެވެ. އަދި އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ވެސް ދަންނަވާފައެވެ.

މުއިއްޒުގެ ކެމްޕޭނަށް އެކަމިނުފާނުގެ އަރިހުގައި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މުއިއްޒު ހިޔާ ފްލެޓް ސަރަހައްދުގައި-- ފޮޓޯ: ވަގުތު އިމޭޖެސް: މުހައްމަދު އަލީފް

މުއިއްޒު ވަނީ ހިޔާ ފްލެޓްގެ އެކި ޓަވަރުތަކަށް ވަޑައިގެން އެތާގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ވަނީ ބައްލަވާލައްވާފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ނިކުންނަވާ ކެމްޕޭން ފެއްޓެވީ މީގެ ދެދުވަސް ކުރިންނެވެ. މުއިއްޒު ގެންދަވަނީ އެކި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާ ކެމްޕޭން ކުރިއަށް ގެންދަވަމުންނެވެ.

މިހާރު މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރާއި އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    މަރީމެން މުޢިއްޒު ގެންދަން އުޅުނީ މިހެންވެ.
    މިހާރު މަންޒަރު ފެނި ހަޖަމެއްނުވާނެ.
    އިންޝާﷲ މީ މުޢިއްޒުގެފަހަރު.

    77
    6
  2. ނިަލަި

    ޖަމާޢަތުގަ ނަމާދުކުރާ ހަމައެކަނި ކެނޑިޑޭޓް ޑރ. މުޢިއްޒު!

    92
    3
  3. މުއިއްޒު 23

    ތިޔަ ހިޔާފްލެޓްގެ ވެރިންނަށް ކުލި މާފުކޮއްދެއްވާ އެމީހުން އުފުލިބުރަ ހާދަ ހިއްދަތިއޭ އަސަރުކުރިޔޭ ތިޔަތާގެ ވެރިންވަނީ ދަރަނިވެރިކުރިވާފަ އާދޭސް ދަންނަވަން އެމީހުން އުފުލިބުރަ ވިސްނާލައްވާ

    53
    4
  4. ޔާ ސީ ނު

    ކޮބާ ފެނޭތޭ....ޒުވާނުން ފެނޭތޭ...😁😁😎🤓

    51
    5
  5. ޗޯރޭ ވަގު

    ޗޯރޭ ގާތު ޒުވާނުން ތިބެނީ މޫނު ކުނިއަރުވާގެން😁😁ބަލާބަލަ...ޒުވާނުން ހެވި ބާލަނީ..
    😁😁ފެނޭޭތޭ..ފެނޭތޭެ ކަޑަވާނޭ ވާނޭ..😎🤓😁

    43
    5
  6. Anonymous

    މާލޭގެ މޭޔަރު މީގެ ކުރިން ހިޔާ ފުލެޓަށް ޒިޔާރަށް ނުކުރީ ކީއްވެތޯ ހާލުބަލަން ؟

    10
    20
    • ގޯޔާ

      އޭނާ އަޅައިދިން ފްލެޓެކޭ އެއީ ބްރޯ. ހަޖަމް

      4
      1
  7. ގިރާ

    ތިޔަ ދޯ ލިބޭނެ ވޯޓަކީ

    7
    21
  8. ފޭކު

    ކޮން ޑޯޓުޑޯ އެއް ޖެއްސީ؟، އެންމެ 2 ޓަވަރަށް ވަދެވުނީމަ ހުރިހާ ޓަވަރަކަށް ވަދެވުނީތަ. ކުލިބަލާ މީހުން އެތާ ގިނައީ މުޢިޒު އާއިރު. ސިޑިމަތީ ހުރެފަ ދެތިން ފޮޏްޏެއް ކަންޑާފަ ބެޗީ.

    9
    27
  9. ދަތްބޯ

    ތިޔައްވުރެ މާބޮޑަށް ދަތް ދިލުވައިގެން ހެވިފަތިބީ 2018 ވަނަ އަހަރު...ކިހިނެތްވީ؟؟؟...ދަތްދޮޅި ވެއްޓުނީ ދޭތެރެއަށް.

    5
    10
  10. ޙެހެހ

    ވަކި މުއިއްޒު ވީމަކާ ، ޕީޕީއެމް ވީމަކާނޫން ، މިއަދު ދިވެހި ޤައުމުދެކެ ލޯބިވާ އަމާންކަމާއި ސުލްހަމަސަލަސްކަން އެދޭ ކޮނމެ ފަރުދރއްގެ ފިކުރުގުޅެނީ ޕީޕީއެމް އާ ، އެހެންވެ މީހުން ޕީޕީއެމްވެރިކަމެއް ބޭނުންވަނީ ، ތަރައްޤީއަށްވުރެ ، ފައިސާއަށް ވުރެ ، އަމާން އަބުރުވެރި މުޖުތަމައު އެއް މާމުހިއްމު

    18
    5
  11. އާދަންބެ

    މުއިއްޒު ކައިރީގަ އަހާލަން ބޭނުންވޭ، ކޮބައިތޯ ހިޔާ ފްލެޓްތަކުގެ ފްލޯ އޭރިއާއިން މަދުކޮށްލި 1 ކޮޓަރިއާއި 750 އަކަފޫޓުން 508 އަކަފޫޓަށް މަދުކުރި ބައި. މިތާގަ އުޅޭ ރައްޔިތުން "އިއްޒަތުގަ އުޅެން ނުޖެހޭނެ" ކަމަށްބުނެ ފާސްކުރި ކުރެހުންތަކުން 240 އަކަފޫޓް މަދުކޮށްލައި "ދެޖިންސްގެ ދަރިން އެއްކޮޓަރީގަ ނިންދެވުން މައްސަލައަކަށް ނުވި" ހަނދާން މުއިއްޒުއާއި ތާއީދުކުރާ ހިޔާގަ ދިރިއުޅޭ މުއިއްޒުއަށް ތާއީދުކުރާ މީހުން ހަނދާން ނެތްނަމަ އޯކޭ.

    3
    9
  12. ބަބުރު

    މުއިއްޒުއަންނަނީ މުއިއްޒުއަންނަނީ މުއިއްޒުއަންނަނީ މުއިއްޒުއަންނަނީ ހުރިހާބޭފުޅުންވެސް 4✅ޖަށްސަވާ އަންނަނީ އަންނަނީ ޗޯރުހަށްޔަރުކުރަން.

    13
    5