ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހް އަނެއްކާވެސް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވައިގެންފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަހާލް ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެން ކަމުގެ ފޯމު ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި ހަވާލުކުރައްވާފައެވެ.
އެ ޕާޓީއާއި ގުޅިވަޑައިގެން ފަލާހް ވަނީ ޕީޕީއެމް ދޫކޮށް ދިއުމަކީ އޭނާއަށް ކުރެވުނު ވަރަށް ބޮޑު ކުށެއް ކަމަށް އިއުތިރާފްވެފައެވެ. އަދި އެ ކުށަށް އެ ޕާޓީގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމްއާއި ހުރިހާ ސަޕޯޓަރުންގެ ކިބައިން ފަހާލް ވަނީ މާފަށް އެދިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ޔާމީންގެ ސަޕޯޓަރެއް ކަމަށެވެ. ވަގުތާއި ހާލަތުގެ ގޮތުން ޕީޕީއެމް ދޫކޮށްފައި ދާންޖެހު ކަމުގައި ވިޔަސް އޭގެ ފަހުން ސިޔާސީ އެއްވެސް ހަރަކާތެއްގައި އުޅުއްވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. ސިޔާސީ ހުރިހާ މަސައްކަތެއް ކޮށްދީފައިވާނީ ޕީޕީއެމްއަށް ކަމަށް ވިދާޅުވިއެވެ.
މިރޭ ޕީޕީއެމްއަށް ސޮއިކުރީ ޔާމީނަށް ނުހަށްގުން ލިބެމުންދާ އަނިޔާތަކުން އެމަނިކުފާނު ސަލާމަތްކުރެވޭނީ އިތުރު ހިތްވަރެއްލާފައި އިތުރު ބަޔަކު ނިކުންނަންޖެހޭ ވަގުތުކަމުގައި ގަބޫލްކުރެވޭތީ ކަމަށް ވިދާޅުވިއެވެ. މި ސަރުކާރަކީ އެއްވެސް ކަމެއް ވަގަށް ނޫނީ ކުރާ ސަރުކާރެއް ނޫން ކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި މި މުޅި ގައުމުގެ ތާރީހުގައި އިމާރާތްކުރި އެންމެ ބޮޑު އިމާރާތް، 25 ބްރީގެ އިމާރާތް ވަގަށް މި ސަރުކާރުން ހުޅުވާފައިވާ ކަމަށް ވިދާޅުވިއެވެ.
"މި ގައުމުގައި އަޅުގަނޑުމެންނަނީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު ޔާމީން އަޅާދެއްވީ މި ގައުމުގައި އަޅައިދެއްވި ނެތްވަރުގެ މިސްކިތް މި ސަރުކާރުން ހުޅުވައިފިއޭ ވަގަށް. އަޅުގަނޑަކަށް ހިއެއްނުވޭ މިސްކިތުގެ މުދިމަށްވެސް އެތަން ހުޅިކަން އެނގޭނެހެން. އެހާވެސް ވަގަށް ހުޅުވީ." ފަލާހް ވިދާޅުވިއެވެ.
މި ސަރުކާރުން އިދިކޮޅުގެ ލީޑަރު ޔާމީން ނުހަށްގުން ޖަލަށްލައިގެން އުޅޭކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ ޔާމީން މިއަދު އުޅުއްވާ ހާލު އަޑުއިވުމުން ލޮލުން ކަރުނަ އަންނަ ކަމަށެވެ.
"ލޮލުން ފައިބާ ކަރުނަ ގުޅަ ގޮސް ފަޔާ ހަމައަށް ފޯރާ." ފަލާހް ވިދާޅުވިއެވެ.
މި ގައުމުދޫކޮށް ދިނުމަށް މި ސަރުކާރުން ޔާމީނަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް ގައުމާިއ ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ޖަލުގައި ހުންނެވުމަށް ނިންމެވީކަމަށް ވިދާޅުވިއެވެ ފަލާހް ވިދާޅުވީ ޔާމީން މިނިވަން ކުރުމަށްޓަކައި މަގުމަތީގައި ނުނިދާ ހުންނަންޖެހުނަސް ތައްޔާރަށް ހުންނެވި ކަމަށެވެ. ޕީޕީއެމްއާއި މިއަދު ގުޅިވަޑައިގެންނެވީ ޔާމީން މިނިވަން ކުރުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ދޮޅުމަސް ދުވަހަށް ގެއަށް ބޭނުންވާ ހުރިހާތަކެތި ވައްދާފައި ކަމަށް ވިދާޅުވިއެވެ.
ޝާޠިރާ ކައިރިންވެސް ތިޔަހެން މަޢާފަށް އެދެބަލަ.
ހޭވުނު ހަޑި ހިތަށްއަރާފައި.
ފުރަތަމަ އޭނަ ޖެހޭނީ މަކާރިން މައާފަށް އެދެން..
އަލްހަމްދުލިﷲ ، ހެޔޮވިސްނުން ދެއްވީތީ ހަމްދުކުރަން ، ތީ މިވގަުތަށް ޤައުމަށް މުހިއްމު މީހެއް ، ސާބަސް
މިކހަލަ މެެހުނ ކަިރި ކުރަނ ހެޔޮނުވާނެ
އަލަމް ގިރި ކައިރިން މަޢާފައް އެދިބަލަ!
"ގުނޭނެ ގޮތެއް ނެތޭ ދުނިޔޭން
ލަފާ މީހުންގެ ގިންތީގާ
ބުނާ ބުނުމާ ޢަމަލު ސީދާ
ނުވުންތައް ވެއްޖެނަމަ ތަކުރާރު"
ތިކަންނިމޭނީ ހުރިހާވަގުން އެއްތަންވެގެން
ވަގުންގެ ވަހަކަ ދައްކާއިރު މި ސޯލިހައްވުރެ ބޮޑު ވަގެއް ހުންނާނެތާ؟ރޯމާ ދުވާލު ވައްކަން ޕްރޮމޯޓް ކުރަމުން ޒީރޯ ޓޮލަރެންސޭ ކިޔަމުން ބައިތުލް މާލު ހުސްކުރަމުން މާތް ﷲގެ އިރާދަ ފުޅާއި އެކު މިފަހަރު މުޢިއްޒު ކެންޑިޑޭޓް ނަމްބަރ 4 ހޮވާނީ އިން ޝާﷲ
މީ ބޯގޮވާފާހުރި ސޮރެއް.
ކަލެއަށް ތިލިބުނީ ދުނިޔެއާއި އާޚިރަތް. ހިފަހައްޓާލާ.
ފަލާހްގެ އެބުރި އައުން އެއީ ޕާރޓީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ޜާއްޖޭގެ ތިން ވަނަ އަށް އެންމެ ބޮޑު އަތޮޅުން ޑރ. މުޢިއްޒު އަށް ީހާވެސް ގިނަ ވޯޓް ލިބޭތޯމަސައްކަތް ކުރައްވާ އިންޝާﷲ ކާމިޔާބު ލިބޭނެ.