ބޯ ވާރޭގައި ތެމިގެން ރައްޔިތުންނާއި ބައްދަލުކުރައްވާނެ ހަމައެކަނި ކެނޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް މިހާރު ގއ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުފައި ރޭ ވިލިގިނލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ކުރަމުން ގެންދަނީ އާދަޔާ ހިލާފު ހިތްވަރުގަދަ ދަތުރެއް ކަމަށެވެ. އެ ކެމްޕެއިންގެ ހުރިހާ ހާލަތަކުން ޔަގީންކޮށްދެނީ އިންތިހާބުގައި ރައީސް ސޯލިހް އެއްބުރުން ކާމިޔާބުކުރައްވާނެކަން ކަމަށް އިމްރާން ވިދާޅުވިއެވެ.
އެ ދަތުރުގައި އިއްޔެ ފެނުނީ ތަފާތު މަންޒަރެއް ކަމަށް އިމްރާން ވިދާޅުވިއެވެ. މިދިޔަ ހުރިހާ ދުވަހެއްގައި ދިޔައީ ހޫނުގަދަ ވަގުތުތަކުގައި ރަށްތަކަށް ޒިޔާރަތްކުރަމުން ކަމަށާއި އިއްޔެ ދާންދޫއަށް ފައިބަންޖެހުނީ ރަށްނުފެންނަ ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެއްގައި ކަމަށް އިމްރާން ވިދާޅުވިއެވެ.
"ދާންދޫ ރައްޔިތުންގެ ކިބައިން ކުރެވުނު އިހުސާސްއަކީ ރައްޔިތަކު ރައީސްއަކަށް ބައްދަލުކުރެއްވުމަށް ހުރި ޝައުގާއި ލޯއްބާއި އިހުތިރާމްގެ ބޮޑުކަން. ދާންދޫގެ ކުޑަކުދިންއިންފެށިގެން ދޮށީ އުމުރުގެ ބޭފުޅުންނާއި ހަމައަށް، އަންހެނުން ފެށިގެން ފިރިހެން ބޭފުޅުންނާއި ޒުވާނުންގެ ފަރާތުން ފެނުނީ ރައްޔިތަކު ރައީސްއަކަށް ޝައުގުވެރިވާ މިންވަރު." އިމްރާން ވިދާޅުވިއެވެ.
އެ ބޯވާރޭގައި ރައީސް ސޯލިހް ރައްޔިތުންނާއި ބައްދަލުކުރެއްވިކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ މިހާރު ނިކުމެވަޑައިގެން ތިއްބެވި އެއްވެސް ކެނޑިޑޭޓަކު ބޯ ވާރޭގައި ތެމިގެން ރައްޔިތުންނާއި ބައްދަލުނުކުރައްވާނެ ކަމަށެވެ. ހާއްސަކޮށް ކުރީގެ ރައީސް ޔާމީން ކެނޑިޑޭޓަކަށް ވެ ވަޑައިގެންނަމަ ލޯންޗް ބަނދަރުކޮށްފައިވެސް އަބުރާލާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ރީތިކޮށް ފެނިގެންދިޔަ ރައްޔިތުން ރައީސްއާއި ބައްދަލުކުރެއްވުމަށް ޝައުގުވެރިކަމާއެކު ނިކުމެ ވާރޭގެ ތެރޭގައި ތިއްބެވީމަ އެ ރައްޔިތުންނާއި ބައްދަލުނުކުރައްވާ އެމަނިކިފާނުގެ ހިތަށް އެއްގޮތަށްވެސް ކެތްނުކުރެވިގެން ރައްޔިތުންދެކެވާ އޯގާތެރިކަމާއި ޝައުގުން ރައްޔިތުން ތެރެއަށް ފައިބާ ވަޑައިގެން ވާރޭއާ ދެމިގެން ބައްދަލުކުރެއްވީ. މިކަން އެގޮތަށް ކުރެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ ރައީސް ސޯލިހް" އިމްރާން ވިދާޅުވިއެވެ.
ބޯ ވަރޭގައި ރައްޔިތުންނާއި ބައްދަލުކުރާނެ ހަމައެކަނި ކެނޑިޑޭޓަކީ ރައީސް ސޯލިހް ކަމަށް އިމްރާން ވިދާޅުވިއިރު ރައީސް ޔާމީން ވަނީ 2018 ވަނަ އަހަރު ބޯ ވާރޭގައި ހުންނަވައިގެން ކުޅުދުއްފުށީގައި ގާތްގަނޑަކަށް 30 މިނެޓްގެ ތަގުރީރެއް ދެއްވާފައެވެ.
ނަމަވެސް ރައީސް ސޯލިހް ދާންދޫގައި ވާހަކަފުޅު ދެއްކެވީ ވަރަށް ކުރުކޮށެވެ. އެމަނިކުފާނު އަރިހުގައި ބޮޑީގާޑު ކުޑައެއް ހިފައިގެން ވެސް ހުންނެވިއެވެ. އަދި ރައީސް ސޯލިހް ހުންނެވީ ވެސް ވިއްސާރަ ކޯޓެއް ތުރުކުރައްވައިގެންނެވެ.
އިމްރާން ވިދާޅުވީ އިއްޔެ ދާންދޫއިން ފެނިގެން ދިޔައީ ރައްޔިތަކާއި ރައީސްއަކާއި ދެމެދު އޮންނާނެ ހިތާހިތުގެ އިހްތިރާމާއި ލޯބީގެ ގުޅުން ކަމަށެވެ.
އިނބިލީހުގެ އެޖެންޓެއް!! މީނައަށް ސަމާލުވާތި
ޔާﷲ، ޝޭޚު ޢިމްރާނުގެ ދެލޮލުގެ ފެނުން އިއާދަކުރައްވާންދޭވެ. އާމީން. އެބޭފުޅާގެ ދެލޯ ކަނުވެފައިވާތާ ނުވައަހަރުވަނީއެވެ.
ބުރާންޗާ މީ ވޯޓު ހޯދަންށޭ
މޮޔަނުގޮވާ! ތި ވޯޓް ހޯދަން ހުރިހާވެރިންވެސް އުޅޭހާލު. ރަނގަޅު ސޭކު އިމްރާނަކަށް ނުކެރޭނެ އެހެން އުޅޭކަށް.
ވޯޓު ބޯމަތިވީމަ ނަޝީދު ވެސް މިސްކިތަށް އަރާ ފޮޓޯ ސެޝަން ވެސް ޖައްސައޭދޯ
ކަލޯ ޖަލުހުކުމުގަހުރެގެން ފެންކުޅި ކުޅެލިމީހަކީ ކާކު؟އެއީވެސް ވަރައްހިއްވަރުގަދަމީހެއްތާ
2018 ގަ ކުޅުދުއްފުށީ އެއަރޕޯޓު ހުޅުވި ރަސްމިއްޔާތު ހަނދާންނެތް ދޯ. ޔާމީން ތެމިފޯވެގެން ރައްޔިންނާ މުޚާތަބްކުރެއްވީ.
ޗޯރޭހެން ބޯ ވިއްސާރަ ކޯޓެއް ލައިގެނެއް ނޫން ޔާމީން ހުރީކީއެއް ވެސް ދޯ..!
ކޮމެންޓު ކުރާބޭފުޅުން ހާދަ ހެއްވަޔޭ، ބަލަ އިމުރާން ތާއީދުކޮށް ސަނާ ކިޔާނެ މީހަކު އެގޭނީ އޭނަޔަށް ނުންތޯ ، ތިބޭފުޅުން ތިބޭފުޅުން ތާއީދު ކުރާ މީހާޔަށް ސަނާ ފަރިހި ކިޔާލެއް މަދުތޯ !
👍👍👍
އިމުރާނުގެ ސިކުނޑި ގޮވާފަ
ސިކުނޑިން ބަންގި ވެސްގޮވާފާ.
މަށަކީ އިމްރާނާ އެއްފެންވަރަށް ދީން ކިޔަވައިގެން ހުރި މީހެއް ނޫން. އެކަމަކު މީހުންނަށް ސަނާ ކިޔުމުގަ ވެސް ހައްދެއް ގެންގުޅުމަކީ މުސްލިމުން ގެންގުޅެންޖެހޭނެ އުސޫލެއް!
ބޯކޮން ވާރޭ ވެއްސަވާނީވެސްﷲ ވީމާ އެއައް
ވުރެ މަތީގަ އިނުރާނުގެ ފިކުރު ނުގެންގުޅުއްވާ
ބާކީ 20 ދުވަސް..
ތީ ފަހަރިއަށް އާކަމަކަށް ވިޔަސް ރައްޔިތުންނަށް އާ ކަމެއްނޫން. 2018 ގެ ކެމްޕޭންގަ ރައީސް ޔާމީން ކުޅުދުއްފުށީގަ ރައްޔިތހުންނާ ބައްދަލުކޮށް ވާހަކަފުޅު ދެއްކެވީ ވެހެމުން ދިޔަ ބޯވާރޭގަ ލޯކަނުންނަށް އެ މަންޒަރެއް ނުފެންނާނެ
މުނާފިގު ކަލޭގެ ނިމުން ހިތިވެގެންވާނެ
މިސޭކްފަހަރި ބޯހަމަޖެހޭތަ ރާޓީވީއިން އިރުއިރުކޮޅާ ދައްކާނެ 2018 ދިވެއްސެއްގެއަޑުން ވާހަކަދައްކާ މަންޒަރު މީނައާ ސަރަނގުއާދަނާ ދެމީގުންކިތައްމެ ދޮގެއްހެދިއަސް ހޭލާބަޔަކުއެބައުޅޭ ސަރަގޭ ބުނީ ދަރުމަންތަވެސް ތޮއްޓެކާ ބުނިއިރު ރާއްޖޭގެ އެކި ހިސާބުތަކުގަ އެހޮސްޕިޓާތައްއަޅަން އުޅުނުމީހުން އެބައުޅޭ މިމީހުން ލެޕްޓޮފްކުރިމަތީ ކުޅުނުފިލް ހެނެއްނޫން އެކަންކުރީ
ކުޅުދުއްފުށި އެއާޕޯޓް ހުޅުވަން ރައީސް ޔާމީނު ވާރެއާ ތެމުނީމަ ޖޯކު ޖެހި މީހުން ، މިއަދު އެއީ މާ ހިއްވަރު ގަދަ މީހުން ކުރާކަމަކަށްވީތޯ ، ގަރަހިތަ ތަކެއްވީމާ ހާދައަވަހޭ މާޒީ ހަނދާން ނެތޭލެއް ، ފަހަރި މަތިން ހަނދާން ވޭބާ ؟
ލޮލް މުނާގިގު ކަލޭގެ ސޯލިހު ރައްރަށައް އަރަނީ ވިއްސާރަ ވިލާގަނޑު ބޯމަތީގަ ބާއްވައިގެންތަ ގަމާރުކަން
މިދިޔަ ރިޔާސީ އިންތިހާބުގާ ރ.ޔާމިން ދެއްކި މަނޒަރެއް ބަލާފަ އިއްޔެ މެންދުރާ ހަމަޔައްޖެހީ ހަޖޫ. މިއަދު ތިމާމެނާ އެކަންދިމާވީމަ އެވީމާމުއި ހަންދުވަރަކަށް!!!!!
ނުފެންނަރަށަކައް އަރާގެން.. 🤓😁😎
މި އިމުރާނު މީ ބީތާއެއް ހެޔެވެ!؟ ކުޅުދުއްފުށި އެއާޕޯޓް ހުޅުވުވުމުގެ ރަސްމިއްޔާތުގައި ބޯވިއްސާރަގައި ކުޑައެއް އަދި ކޯޓެއްވެސް ނުލާ ރައީސް ޔާމިން ދެއްވި ތަގުރީރު މީނއަށް ފެނިފަ ނެތީ ތޯއްޗެކެވެ.
ވާންހުރި ކަންތައް ދެނެވޮޑިގެންވަނީ ﷲ އެއީ އެހެންމީހަކައް އެނގޭނެ ކަންތަކެއްނޫން. !! މީނަ މިހާރު ހަލާކުވެ ނިމިއްޖެހެން ހީވަނީ.
އެވެދާނެ އެގޮތަށް ރައްޔިތުންނާ ބައްދަލުކުރާ އެންމެ ފަހު ފަހަރުކަމަށް... އިންޝާ ﷲ މި އިންތިޚާބުގައި މި ސަރުކާރު ބަލިވާނެ...
2023 ޔާމީން އިންޝާﷲ..ވާރޭގެ ޕަރީ ތެމި ތެމި އެހުރީ...ވާކަމެއް ހަރާމުން ހަރާމް..
ޟީއަޅެ ބުރާންޗެއްތަ،. ނޫނީ ދޮގުހަދަން ނުދަންނަ ޗޭކެއްތަ
އިމްރާން އަނެންކާ އެއީތަ އެކިޔާ ވާރޭގެ ޕަރީއަކީ
މި ވެރިކަން ހިތިގޮތަކަށް ނިމުމަށް އެދި ދުޢާކުރަން. އާމީން
އިމްރާނު ބޯގޯސް ވެފަ ހިތިރަހަ މިހާރުވެސް ލައި ވަރަހިތިވާނެ
ކަލޯ ވެރިކަންބަދަލުވާ ދުވަހު މިމުނާފިގުކަލޭގެ ހިފެހެއްޓުމަށް ހަތަރެސްފަޔަށް ހަތަރުމީހުން ތައްޔާރަށްތިބުމަށްގޮވާލަން
މީނަ ހިތުން މީހުން އަނގަ ގޮއްވަން ފާޑުފާޑުގެ އަނގަ ތެޅީމަ ނޫސްތަކުގަ އެވާހަކަ ލިޔުން އެއީ މީނަ މަޝްހޫރުވެ މީނައަށް މީހުން ސަޕޯޓު ކުރާނެ ކަމެއް.. އެކަމަކު މި ސަރުކާރުގަ ނެތް ދިވެހިން މިހާ ރުޅި އަންނަ މީހަކު. އަނގަ ތަޅާވަރަކަށް މީހުން ރުޅި އަންނަ ވަރު އިތުރު ވަނީ..
މީނާއަށް ދައްކަބަލަ 2018 ގެރ ކެމްޕޭންގައި ރައީސް ޔާމީން ކުޅުދުއްފުށީ ރައްޔަތުންނާ ވާރޭ ތެރޭ ބައްދަލުކުރެއްވި މަންޒަރު. މީނާގެ ކެނޑިޑޭޓް ހުރީ ޖެކެޓްލައިގެން ސުނިލްސެޓީ ހެދިގެން. ބައެއްމީހުން ބުނޭ އޮބާމާއޭ ވެސް
ތީ ކުރިން ރައީސްކަންކުރެއްވި ބޭފުޅަކު ކުރައްވާ ތާރީޚު ލިޔެފައި އޮތް ވާހަކައެއް، އެދުވަހު އެބޭފުޅާ ހުންނެވީ ކޯޓެއްވެސް ތުރުނުކުރައްވާ، ސީދާ ވާރޭގަ، މިގޮލާ މިހިރީ ކޯޓެއްވެސްލައިގެން.
މިއީ ކަނު ގޮލައެއް ތޯއްޗެ..! 😠
ހާދަ ހަނދާން ބަލިމީހެކޭ
ދިޔަގޮތަށް ޔާމީނު ވިއްސާރަޔާ ތެމި ފޯވެގެން ކުޅުދުއްފުށީ އެއާޕޯޓް ހުޅުވާ ދިން ޔާމީނު ވީ ވޯޓުން ބަލި
ބަލަ ބުރާނޗާ ވޯޓުން ވައްކަންކޮށް އެކަން ފަޅާ އެރުމުގެ ކުރިން ވޯޓުކަރުދާސްތައް އަންދާލީ ކަމެއްނޭންގޭތަ؟ ބަލިވީކީ ނޫން ވެރިކަން ފޭރިގަތީ
ނުބަޔައް ނުބައި ރަންގަޅައް ރަންގަޅު ކިޔަންދަނެބަލަ!! ރ ޔާމީން އަށްނުވަތަ އެހެން މީހަކަށް ތާއީދުކުރިޔަސް ނުބައެއް ރަންގަޅު ކަމަކައް ހަދާކައްނުޖެހޭ. އަދި ރަނގަޅެއް ނުބަޔަކައް ހަދާކައްވެސްނުޖެހޭނެ.
ކޫއްޑޫން ވިލިގިއްޔަށް ވަޑައިގަތީ މިދިޔަ އިންތިހާބުގައި އަޅަން ވިދާޅުވި ބުރިޖުމަތިންތޯ؟؟؟
އަނގައޭ ކިޔާބަލަ ފަހަރި އިމްރާން، ހިސާބައްވުރެއް މީހާ ކަމަކަށް ދަހިވެތި ވެއްޖެނަމަ ބޯ ވާރެ ކީއްކުރަން، ރަތްދަކަ އަވީގަވެސް ބައްދަލު ކުރާނެ، އެވެސް އެއްޗަކަށް ވީހީ ތެމިލައިގެން ބައްދަލު ކުރި ނަމަހީނުން، ރޔ އޮންނާނީ ބޯ ވާރެތެރޭގަ ރައްޔިތުންނާއި ބައްދަލު ކޮއްފަ، ހީ ކަރުވަ ފާނެ ކަމަށް ބިރުން ވާރޭ ކޯޓް ލައިގެން އަދުގެ ވެރިޔާ ރައްޔިތުން ނާ ބައްދަލު ކުރީ.
ޢިމްރާނު ދައްކާ ވާހަކައައް ސަމާލުކަން ދޭނެމީހަކު މިހާރު ނޫޅެ.
ޔާމީނުވެސް ކުޅުދުއްފުށީގާ ވާރެޔާތެމިގެން ރައްޔުތުންނާ ބައްދަލުކުރި.
އަފިރިންގެ އައްނީ ކަލޯ އާދުވެހި ވަރައް ވިއްސާރަ އެއަރޕޯޓު އޮތީ ފުރިފަ.
ޝޭކު މޮޔަ ނުގޮވާ. ވިއްސާރަ ކޮޅެއް ވެހެން ފެށީމަ ކޯޓު ލައިގެން އަދި ބޮޑީ ގާޑަކު ކުޑަ ނަގައިގެން ހުރި ކެނޑިޑޭޓެއް ތި ނޫނީ ނެތް. ތީ ފިނދަނަ ރައީސް
ބޯވާރޭގަ ކޯޓްލީމަ ތެމޭނެބާ. ދިވެހިގައުމައް ވާރޭވެހި އަވިދިއްލާ މިނޫނަސް ވޯޓައް އުޅޭނެ ތިހެން. ލ އަތޮޅައްވެސް ވިއްސާރަ ކުނަހަންދޫ ހިތަދޫ ރައްޔިތުންނާ ބައްދަލުކޮއްލަން ޖައްސާލަންވީނު ؟
އަނެއް ދޮގު .ކައްޒާބެކޭ މި ބުނަނީ އެހެންވެ މިހިރީ ހެކި .ކުޅުދުއްފުށި އެއާޕޯޓް ހުޅުވަން ޔާންޓޭ ހުރީ މިއޮތް ވުރެން މާ ބޯކޮށް ވާރޭ ވެހި ހުއްޓާ ތެމިގެން .މިަވރުގެ ބޮޑެތި ދޮގު ހަދާއިރު ހީވަނީ އެހެން މީހަކަށް ނޭގޭނޭ ކަމަށް .ބަލަގަ 1 ދޮގަށް 40 ދޮގު ހަމަކުރަމުންދާ ކައްޒާބު .
މިބީތާއަކަށް ނުފެނުނުދޯ ކުޅުދުއްފުށީ އެއާރޕޯޓްގައި ވިއްސާރަކޯޓެއްވެސްނުލާ ސީދާ ވާރެއާ ތެމިގެން ޔާމީނު ރައްްޔިތުންނާ ބައްދަލުކުރިތަނެއް؟ ސޯލިހު އެހުރީ ވާރެއަށް ބިރުން ކޯޓްލައިގެން. ﷲ އިރާދަކުރެއްވިއްޔާ ފިސާރި ރީތިކޮށް އެއްބުރުން ސޯލިހު ފޭލިވެގެންދާތަން މީނާއަށް ފެންނާނެ. އޭރުން މިކަލޭގެ އޮންނާނީ ފިލާ.