ނުރައްކާތެރި ހަތިޔާރު ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދަކީ ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން އާންމު ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތުގެ ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއި، ބައިނަލްއަގުވާމީ ގޮތުން ނުވަތަ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަތިޔާރެއް ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ނުވަތަ ރާއްޖޭގައި އުފެއްދުމުގެ ކުރިން ހޯމް މިނިސްޓްރީގެ ހުއްދަ ނެގުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ މަގުސަދުގެ ގޮތުގައި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖޭގައި އުފެއްދުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރުމާއި، އެފަދަ ހަތިޔާރު ރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި، އެތަކެތީގެ ރެކޯޑު ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމެވެ.

މިގަވާއިދުގެ މަގުސަދައްޓަކައި ނުރައްކާތެރި ހަތިޔާރު ކަމަށް ބެލެވޭނީ ގާނޫނުގެ 29 ވަނަ މާއްދާގެ ބަޔާންކޮށްފައިވާ ތަކެއްޗެވެ. އޭގެ ތެރެއިން އާންމު ދިރިއުޅުމުގެ ބޭނުންތަކާއި، މަސައްކަތު ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި، އެހެނިހެން ތަކެއްޗާއި ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަތިޔާރުގެ ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރަންވާނީ މިނިސްޓްރީގެ ހުއްދައާއެކުގައެވެ.

މި ގަވާއިދާ ޚިލާފަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފިނަމަ އެ އެއްޗެއް ހިފެހެއްޓުމުގެ އިޚްތިޔާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވެއެވެ.

އޭގެ އިތުރުން، ބިދޭސީއަކު ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފިނަމަ އެ އެއްޗެއް އަނބުރާ ރާއްޖެއިން ބޭރަށް ގެންދިއުމުގެ ފުރުޞަތު ދިނުމުގެ އިޚްތިޔާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވާކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.

މިފަދަ ތަކެތީގެ ހުއްދައަށް އެދެންޖެހޭނެ ބާވަތްތަކުގެ ލިސްޓެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މަޝްވަރާއާއެކު ހޯމް މިނިސްޓްރީން އެކުލަވާލައި، ގެޒެޓު ކުރަން ޖެހޭ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިއުޅެނީ ހަތިޔާރު އެތެރެކުރުވައިގެން ސަލަފު ޖަމްޢިއްޔާގެ މީހުންގެ ގަޔަށް ބަޑިޖަހަން. އެއީ ކެނެރީގޭ މީހާ ވަރަށް ކުރިއްސުރެ ދެކޭ ހުވަފެނެއް. މިރާއްޖޭގައި އިސްލާމްދީނަށް ލޯބިކުރާ ބަޔަކު ތިބުމަކީ ކެނެރީގޭ މީހާއަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫން.

  2. ވަރަށް ވެދުން

    އާއްމުންނަށް ނުރައްކާތެރި ހަތިޔާރު އެތެރެ ކުރެވޭ ގޮތައް ގަވައިދެއް ހަދައިފި

    ހާދަ ހީވެޔޭ ތިއުޅެނީ މުއިއްޒު ، އާއި ރައީސް ޔާމީނު މަރާލަންހެން

    މީތިކޮޅު ޖަހަންކެރޭނެތަ؟
    \
    India out # India out# India out # India out #

    4
    1