ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ބޭނުން ކުރަނީ ފަކީރާ، ދޮލަނގަ ޓެކްނޮލޮޖީ ކަމަށް ވިދާޅުވެ އެމަޝްރޫއަށް ސަރުކާރުން ކުރަން ޖެހޭ ބޮޑު ހޭދަ އާއި ގުޅިގެން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޠާރިގު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ކުރައްވާފައެވެ. އެވީޑިއޯ އާއިއެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 136 މިލިއަން ޑޮލަރުން ދިވެހި ދައުލަތް ޒިންމާވެ، އިންޑިޔާގެ ޖޭއެމްސީ ޕްރޮޖެކްޓްކްސް ހަވާލުކޮށްފައިވާ ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓް ކުރިއަށް ދަނީ މަށަންދައްޗާއި ފަކީރާ އަދި ދޮލަނގު ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.

ވީޑިއޯ އިން ފެންނަނީ މަށަންދައްޗާއި ފަކީރާ އިން ތާރުތަކެއް ދޮލަނގައަކަށް އަޅާ މަންޒަރު ކަމަށް ބެލެވެއެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުގެ ފެންވަރާއި މެދު މެންބަރު ޠާރިގު ސުވާލު އުފެއްދެވިއިރު މާލެ އިން ގުޅީފަޅަށް އަޅާ ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިން ދޮލަނގައަކަށް ސިމެންތި އަޅައިގެން ބުރިޖުގެ ޑެކެއް އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ އާއްމު ވިއެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުއަށް ދިވެހި ރުފިޔަ އިން ބަލާނަމަ 2.1 ބިލިއަން ރުފިޔާ އަރަ އެވެ.

މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެން ދާނެ އެވެ. އަދި، މި މަޝްރޫއު ނިމުމުން އެއާބަސް A320 އަދި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަމަސްތޭ

    ފަކީރާ ބޭނުން ކުރާޏޤ ޖެހޭ ތަންތާ ބޭނުން ކުރާނީ ފަކީރާ . . . ތޯރިގު އަކަށް ނޭންގޭނެ . . މަސައްކަތް ކުރާމީހުން ނަށް އިނގޭނީ . . . އޯކޭ . . ހަޖަމް ނުވެގެން އުޅޭނި ކަމެއް ނެތް . . ޕުރޮޖެކްޓްތަށް ހަމަ ބާރަށް ކުރިއަށް . . ކަލޭމެން ތިއުޅެނީ ބޮޑު މުލަވަގު ޔާމިނު ޖަލުގަ އޮތީމަ . . . ޕަކާސް

    3
    28
    • Anonymous

      ހަޖަމެއް ނުވާނެތާ. އަހަރެމެން މިގައުމުގަ އާދައިގެ ގެއެއް ހެދުމަސްވެސް މިހާރު މެޝިނަރީ ބޭނުންކުރާއިރު، ވަކި މިންގަނޑުތަކެއްގައި ސިމެންތިއާއި ފެނާއި ހަރުކުރުމާއި ކަންކަން ހުންނަންޖެހޭ ތަންތަނުގަ ޖިފުޓި ހަދާ އުސޫލުން އެކަން ކުރީމަކާ.

  2. މުއިއްޒު 2023

    ފްލެޓު ލިސްޓުގަ 20000 މީހުންގެ ލިސްޓެއް ނެރުނުއިރު އިބޫއަށް 5 އަހަރުތެރޭ އެންމެ ފްލެޓެއްވެސް އެޅުނީކީނޫން. މިފަހަރު ހޮވާނީ ފްލެޓް އެޅޭވަރު މީހެއް. އެއީ މުއިއްޒު

    23
    4
  3. މުނީރު

    މާފަރުގައި ބޯއިންގ 737 އާއި އެއަރބަސް އޭ320 ޖެއްސޭވަރުގެ ރަންވޭއެއް ތަރައްޤީކޮށް 18 މަސްދުވަހުން ނިންމާލީއިރު 50 މިލިއަން ޑޮލަރުވެސް ޚަރަދުނުވޭ. ހަނިމާދޫއަށް 136 މިލިއަން ޑޮލަރު ޚަރަދުމިކުރަނީ ހަމަ އެއަރބަސް އޭ320 އާއި ބޯއިންގ 737 ގެ ފްލައިޓް ޖައްސަން ކޮންކަމަކަށް. މިއީ މިފެންވަރުގެ ކިތައް އެއަރޕޯޓު ތަރައްގީކުރާނެ ފައިސާ. ވަގަކީކާކު؟

    20
    2
    • Anonymous

      ޗޯރޭ މެންގެ ކަންކަން ހުންނަގޮތް އެއީ. 150 ޕަސެންޓު ވަގަށް ނަގާނެ.

  4. ޙާލު

    މަސައްކަތްކުރަން ހަވާލު ކުރާބަޔަކު ބޭނުން ކުރާ އާލަތްތަކަކީ ރަޢީސް މީހާޔާ ގުޅުން ހުރިކަމެއްނަމަ ކޮންމެވެރިކަމެއްގަ ވެސް ތިޔަކަހަލަ ކޮސްކޮތަނބިރި ކަންކަން ހުންނާނެ. ކުރާމަސައްކަތް ހެޔޮގޮތުގަ ކުރާނަމަ މައްސަލަ އެއް ނޫން. އެމީހުން އުނގަށް އަޅައިގެން ގެންގޮސް ސިމެންތި އެޅިޔަސް އޯކޭ! ☺️

    3
    4
    • Anonymous

      ނޫނޭ. ސިމެންތި ދޮލަނގުގަ އުފުލައިގެން އެހިކޭފަހުން ގެންގޮސް އެޅުމާއި، މެޝިނުގައި ފެންވަރުގައި ގިރާ އެއޮއްސާލުމާ ލައްކަ ތަފާތު ހުންނާނެ.
      ދޮލަނގު ސިމެންތި ވާނެގޮތަކީ ރަނވޭގަ ތި އަޅާ ތާރުތައްވެސް ބޯޓު ނުޖެއްސެނީސް ހުންނާނީ ނެއްޓިފަ.

  5. ވަނަވަރު

    ތާރިގު ތިއުޅެނި ގުއި ނުދެކޭ ކާޅު ގުއި ގެކިގެން އުޅޭހެން ކަލޭގެ ރަށުން ވެސް ބޮޑު ތަނުން ބަލިކުރާނަން ދެން ލަލަލާ

    2
    6
  6. ޕަކާސް

    ކޮއްކޯމީ ނަވާރަސަތޭކަ ސާޅިހުގެ އަނހަރުތަކެއްނޫން ދޮލަނގާ މަށަންދައްޗާ ފަކީރާ ބޭނުންކޮއްގެން އެއަރޕޯރޓްއަޅަން މީ2023 މީ ކޮންމެ މަސައްކަތެއްވެސް ޓެކޮނޮލޮޖީ އާއިގުޅިފައޮތްޒަމާން މިޒަމާނަކު ތިޔަކަހަލަ ތާކުންތާކު ނުޖެހޭގޮތައް ފެންވަރެއްނެތް ބަޔަކައް މަސއްކަތެއްހަވާލެއްނުކުރާނެ މަޖުބޫރުވެގެންނޫނީ

    6
    1