ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެެއިން އާ ރަންވޭގެ އެއްބައި ނިންމާ އަންނަ މަހު ބޭނުން ކުރަން ފަށާނެ ކަމަށް އެ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަަތް ކުރިއަށް ގެންދަނީ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ .

މި މަޝްރޫއުގެ ދަށުން ރަންވޭގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ފޭސް ތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި މަޝްރޫެއުގެ މަސައްކަތުގެ ތެރެއިން މިހާރު ބޭނުން ކުރަމުންދާ ރަންވޭ ނަގަން ޖެހެއެވެ. މި ރަންވޭގެ ދިގު މިނުގައި 2،765 މީޓަރު ހުރެެއެވެ.

ޖޭއެމްސީ ކުންފުނީގެ ފަރާތުން މައުލޫމާތު ދެއްވަމުން މި މަޝްރޫއުގެ ޕްރޮޖެކްޓް ޑައިރެކްޓަރު އަދި ސައިޓް އިންޖިނިއަރު އިންދަރު ސިންގް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަސް ތެރޭގައި އާ ރަންވޭގެ ދެކުނު ފަޅިން ތަރައްގީ ރަންވޭގެ 1،400 މީޓަރުގެ ބައި ސެޕްޓެމްބަރު ފުރަތަމަ ކޮޅުގައި ހުޅުވާނެ ކަމަށެވެ. އަދި ވަގުތީ ގޮތުން ފްލައިޓްތައް އެ ރަންވޭގައި އޮޕަރޭޓް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

އާރްއޭސީއެލްގެ ސީއޯއޯ އަހުމަދު އިބްރާހީމް ވިދާޅުވީ، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފުލް ރަންވޭ އެއްކޮށް ނިމި ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

"ދެން އަަޅުގަނޑުމެން ވިސްނުން މި ހުރީ ކުރީގައިވެސް މިތަނުގެ އިންޓަނޭޝަނަލް އޮޕަރޭޝަންތަކެއް ކުރިއަށް ދިޔައީމަ މުޅި ރަންވޭ އެއްކޮށް ނިމުނީމަ ހުޅުވާލަން، އެއީ އިންޓަނޭޝަނަލް އޮޕަރޭޝަންސްއާއި އެއްކޮށް".

އޭނާ ވިދާޅުވީ، އާ ޓާމިނަލް އަންނަ އަހަރުގެ ކޮންޓްރެކްޓް މުއްދަތު ތެރޭގައި ނިމޭނެ ކަަމަށެވެ. އަދި ޓާމިނަލް އިމާރާތް ނޫނީ ހުރިހާ އިމާރާތެއް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތުގެ ތެެރެއިން

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއަރބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާ އިރު، މެދުއިރުމައްޗާއި ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާއާއި އިތުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތުގެ ތެެރެއިން

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.

މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަނަނަ

    ތިހިރީ އިންޓަނޭޝަނަލް ވެފަ މިހާރު..

    • ހުސޭނުބޭ

      ކުރެހުން ފެނިފައި ދެމިޔަކަނުން ސޮނިވެއްޓުނު. ކޮށްފައި ހުރި މަސައްކަތް ފެނިފައި ސިފަކުރެވެނީ ކައިރިކައިރީގައި ހުރި ޖިފުޓިތަކަކާ! ސޯލބޭގެ ތަރައްޤީ ހާމަ މާބޮޑަށްވެސް ތަފާތީ!

      5
      1
  2. ކުރިނބު

    އިންޓަރނޭޝަނަލްކޮށްފަ ދެއްކީމަ ދާތި އެންމެކުރިން މިއޮތީ މަގޭ އެއަރޕޯޓޭ ކިޔާފަ. ލަދުކުޑަ.

    2
    5