އައްޑޫ ސިޓީ ގަމާއި ހދ.ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން މިސަރުކާރުން އިންޑިއާ އިން ލޯނު ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ކާމިޔާބު ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަމަށް 7000 އެނދު ތަރައްގީކޮށް އަހަރަކު 1.5 މިލިއަން ފަތުރުވެރިން އަދި ތިލަދުއްމަތީގައި 8000 އެނދު ތަރައްގީކޮށް ހަނިމާދުއަށް 1.3 މިލިއަން ފަތުރުވެރިން ގެންނަ ވާހަކަ ސަރުކާރުން ދައްކާއިރު އެއީ ޖުމްލަ 15000 އެނދު ނުވަތަ 2.8 މިލިއަން ފަތުރުވެރިން ކަމަށެވެ.

ދެ އެއާޕޯޓްގެ މަޝްރޫއު އަކީ ޖުމްލަ ހަތަރު ބިލިއަން ރުފިޔާގެ ލޯނު ކަމަށާއި ލޯނު އަނބުރާ ދައްކަން ޖެހެނީ އިންޑިއާއަށް ކަން ވެސް ސައީދު ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ ޓޫރިޒަމް އަށް 50 އަހަރު ވީއިރު މުޅި ރާއްޖެ އެއްކޮށް މިއުޅެނީ ދެމިލިއަން ޓޫރިސްޓުން ހަމަނުވެގެން. ހަނިމާދޫ އަށް ނެގި ލޯނު އަދާކުރުމަށް މަދުވެގެން ހއ.އަތޮޅާއި ހދ.އަތޮޅާއި އަދި ށ.އަތޮޅުގައި 40 ރިސޯޓު ހުޅުވަންޖެހޭނެ. އެކަމަށް އެކަނި 2.2 ބިލިއަން ޑޮލަރުގެ ލޯނު ބޭނުންވާނެ." ސައީދު ވިދާޅުވިއެވެ.

ދެން ސައީދުގެ ސުވާލު ކުރެއްވީ އެއަދަށް ރިސޯޓެއް ނެތްއިރު ރިސޯޓްތައް ހެދޭނެ ގޮތެއް ނެތުމުން އެކަމާއި ގުޅޭ ގޮތުންނެވެ.

ސައީދު ވިދާޅުވީ ފަސް އަހަރުވީއިރު 2013 ގައި ރައީސް ޔާމީން ފެއްޓެވި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ނިއްމާނުލެވުނު ކަމަށާއި ފަސް އަހަރުވީ އިރު އައްޑޫގައި އޮތް ޝަންގްރިލާ ރިސޯޓް ބޭއްވީ ވާނުވާގައި ކަމަށެވެ. އުތުރުގައި 8000 އެނދު ފަތުރުވެރިކަމަށް ތަރައްގީ ކުރާނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް އެކަން ކުރުމަށް "އެއްކަމެއް ނުހިނގާ" ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ 2026 ގައި ލޯނުތައް ޑިފޯލްޓް ވާނެ ކަމަށާއި ސޮވަރިން ފަނޑު މިހާރު ވެސް ހުސްކޮއްފި ކަމަށެވެ. ސޮވަރިން ފަންޑަކީ ލޯނުތައް ދެއްކުމަށް ރައީސް ޔާމީންގެ ސަރުކާރުން ފެށި ފަންޑެކެވެ. ނަމަވެސް މިސަރުކާރުން ވަނީ އެފަންޑުގައި ހުރި ޑޮލަރު، ރުފިޔާއަށް މާރުކޮށް ފަންޑުގެ މަގުސަދު ގެއްލުވާލާފައެވެ.

ސައީދު ވިދާޅުވީ ބުރިޖު ލޯނަށް 600 މިލިއަން ޑޮލަރު ނަގާފައި އެބައޮތް ކަމަށާއި ނަމަވެސް ބުރިޖުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

އައްޑު އާއި ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓް ވާނީ ފެއިލް ކަމަށް ސައީދު މިއަދު ވިދާޅުވީ އައްޑޫ އެއާޕޯޓްގެ މަޝްރޫއު މިއަދު ރައީސް ސޯލިހް ފައްޓަވައި ދެއްވާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙސުދހ

    އިންޑިއާ މީހުންނަކަށް ނުކުރެވޭނެ.
    ޢައްޑޫ މަގުހެދުމުގެ ޕްރޮޖެކްޓުންވެސް އެމީހުންގެ ކޮލިޓީއެއްނެތްކަން އެނގިގެން ހިގައްޖެ.

  2. ބޮޑުވަޒީރު

    ކަލޭމެންގެ ވެރިކަމުގައި ކަލޭމެން ގަސްދުގައި ނުކޮށް ބާކީކޮށްލި ތަންތަނުގެ ކަންތައް ތައް މިސަރުކާރުން ކޮށްދެމުންދާތީ ދޯ

    1
    1
  3. ތެދާއިދޮގު

    ހަނިމާދޫގެ ވާހަކަ ބުނާކަށް ނޭނގޭ. އެކަމަކު ޔަގީނާ ގާތަށް އެނގޭ އައްޑޫ ތަރައްގީވުމަކީ ވަރަށް ނާދިރު ކަމެއް. އައްޑޫ އެންމެ ބޮޑަށް އެނގޭނީ އައްޑުއަތޮޅަށް ނިސްބަތްވާ ބޮޑެތި ވިޔަފާރިވެރިންނަށް. އައްޑުއަތޮޅަށް ނިސްބަތްވާ އައްޑޫ ބޮޑެތި ވިޔަފާރިވެރިން ތިބިއިރު އައްޑުއަތޮޅުގައި ރިޒޯޓް ހަދައި ހިންގާ ނޫޅެނީ އެ ވިޔަފާރިވެރިންނަށް އެކަން ރަނގަޅަށް ސާފުވާތީ.

  4. ވަނަވަރު

    ތި އަޅެ ކާަކު މިހާރު މެއިކަރާހެން އެބަހީވޭ
    ހުވަފެނުންވެސް ތި އާލާތުއްނަށް ދެން ދައުލަތް ދަވާލާކަށް ފުރުސަތެއް ނުދޭނަން.

    1
    1
  5. އަސްް

    ހުޅުލޭ އެއަރޕޯރޓް 7 މިލިޔަން ޓޫރިސްޓުން ނަށް ސައީދުމެން ޑިޒައިން ކުރީ 7 މިލިޔަން އަންނާތީކީ ނޫން، މުސްތަގުބަލް އަށް ކުރާ ލޯންގް ޓާރމް އިންވެސްޓްމަންޓް އެއީ.

  6. ޚާއިނުން

    އައްޑޫ ގޫބައްޑާތަށް އޮޑި ބޮއެއގެން ހަމަހޭފިލާފަ. ހަމަ މީހަކުގޮސްފަ ތިމަންނަ ކަލޭމެން އެއްމެންނަކީ މިލިއަނަރުންނަށް ހަދާނަމޭ ބުނާއިރު ހަމަ ގަބޫލް އެބަކުރޭ!!! ގޫބައްޑާ ތަކުގެ ބޯކޮބާ!!!