އައްޑޫ ސިޓީން ގޯއްޗައް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކައް ގޯތި ދިނުމައް އައްޑޫސިޓީ ކައުންސިލުން ނިންމައި އެ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.
ސަރުކާރުގެ ވެބްސައިޓް "ގެޒެޓް"ގައި އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަތުރު ފުރިހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައިވެއެވެ.
ދާއިމީ ލިސްޓް ޢިއުލާން ކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް އިދާރާގެ އަވަށުއޮފީސް ތަކުން ކުރަމުން ގެންދާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އަދި ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކުގެ ފޯމު، ފޯމު ހުށަހެޅުއްވިއިރު, ވެފައިވާ އިޤުރާރުގައި ވާގޮތުގެ މަތީން ޢަމަލުކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން ފޯމުގައިދީފައިވާ މަޢުލޫމާތު ކަށަވަރުކުރުމަށް އެ އިދާރާގެ އަވަށު އޮފީސްތަކުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އޮފީހަށް ޝަކުވާ ހުށަހެޅުއްވުމުގެ ފުރުސަތު މިމަހުގެ 20 ވާ އާދީއްތަ ދުވަހުން ފެށިގެން 27 ވާ އާދީއްތަ ދުވަހުގެ 12:00އަށް ހުޅުވާލެވިފައިވާނެ ކަމަށާއި ޝަކުވާ ހުށަހަޅާ ފޯމް އަވަށު އޮފީހުން ލިބެން ހުރުމާއި އެކު, އިދާރާގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
އައްޑޫސިޓިން 1000 ގޯތި ދޫކުރުމަށް އައްޑޫސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ.
އެގޮތުން ހިތަދޫން 500 ގޯތި ދިނުމަށް ނިންމާފައިވާއިރު މީގެ ތެރެއިން 450 ގޯތި ހާއްސަކޮށްފައި ވަނީ ހިތަދޫ އަވަށު ރައްޔިތުންނަށެވެ. އަދި 50 ގޯތި ހާއްސަކޮށްފައި ވަނީ ހިތަދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.
ދެން ގޯތި ދޫކުރުމަށް ނިންމާފައިވަނީ ފޭދޫ, ހުޅުދޫ އަދި މިދޫންނެވެ. ފޭދޫން 300 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު, ހުޅުދޫން 100, މީދޫން ވެސް 100 ގޯތި ދޫކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ސީދާ ވޯޓަށް ގޯތި ދިނަސް ވޯޓް ދޭކަށް ނުޖެހޭ، ވޯޓް ދޭންވީ އުފާވެރި އަމާން ދިވެހިންގެ ރާއްޖެ ހޯދަން ޑރ މުއީޒުއަށް ހުރިހާ މީހުން ވޯޓްދީ ވީޓް ފޮށި ފުރާލަންވީ !
45 އަހަރު ފަހުން ގޯތި ދޫކުރުމަކީ ވޯޓް ދޭން ޖެހޭ ވަރުގެ ކަމެއް ނޫން ! އެމްޑީޕީ ވެރިކަމެއް އޮންނަތާ 15 އަހަރުވެ ގޯތި ނުދީ މިފަސް އަހަރު ނިމުނީމާ ސީދާ ވޯޓަށް ގޯތި ދޫކުރުމަކީ އަދި ވޯޓް ދޭންޖެހޭކަމެއް ވެސްނޫން !
ގޯތިދިނަކަސް ވޯޓް ނެތް ދެވޭކަށް ސޮރީ ކުރިން އަބަދުވެސް ދިނީ އެމްޑީޕީއަށް މިހާރު ބޭނުމީ ބަދަލެއް
2008 ކުން ފެށިގެން އައްޑޫން ގޯތި ދޫކުރަން ކުރި ޢިއުލާން ތަކަށް ފޯމް ލީ މީހުނަށް ގޯތި ނުދީ ހަމައެކަނި 2023 ގައި ގޯތި ދޫކުރަން ފޯމް ލީ މީހުނަށް ގޯތި ދޫކުރުމަކީ އިންސާފުތޯ ؟
މިދެވެނީ ރިޝްވަތު ކަމަަށް ފެންނަނީ // ތާއީދު ހަމަ ކުޑައީ ،،،
ގޯތި ދިނަސް ވޯޓު ނުލިބޭނެ
ހިތަދޫން ގޯތި ލިބޭ ލިސްޓްގައި 2500 މީހުން ،ދޭން އޮތީ 400 ގޯތި. މީ ވޯޓަށް ޖައްސާ ސްކޭމެއް. ހިއްކާފައޮތް ތަނުން ގޯތި ދެވޭނީ ،ލޭންޑް ޔޫސް ޕްލޭން ހެދުމަށް ފަހު،މިނިސްޓްރީން ހުއްދަ ދިނުމުން. މިކަމަށް އެންމެ މަދުވެގެން ވެސް 1 އަހަރު ނަގާނެ.
މިއީ ނަމެއްގަ ކުރާ ކަމެއް. ފޭދޫން ގޯތިދިން ލިސްޓްގަ ތިބިމީހުންނަށް ހިތަދޫން ގޯތިދީފަ ލިސްޓްގަ ނަން އެބަތިބި. ހިތަދޫން ގޯތިދީފަ އެތިބީ ހިތަދޫން ފްލެޓް ދީފަ ތިބިމީހުން ނާއި ފިރިމީހާ އަދި އަނބި މީހާގެ އަމިއްލަ ގެދޮރު ތިބި މީހުންނަށާއި އުމުރުން ވިހި އަހަރުނުވާ އަދި މީހުންނާއި ނީދެތިބި ކިޔަވާ ކުދިންނަށް. މިކަން މިގޮތަށް މިކުރަނީ މިމިޙުންގެ އާއިލާ ގެ މީހުންނަށާއި މިމީހުންނަށް ސަނާ ކިޔާމީހުން ގެ އާއިލާ ތަކަށް ގޯތި ދިނުމަށް. މިއީ ހުސް ކަރަޕްޝަން.