އަނިޔާވެރިކަމަކަށް ދެން އަނބުރާ ނުދެވޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގިނަ އަދަދެއްގެ ސިޔާސީ ވެރިން ވަނީ ނުހައްގުން ޖަލަށް ލާފައި ކަމަށް ޔުމްނާ ވަނީ އޭނާގެ އޮފިޝަލް ޓްވިޓާ އެކައުންޓުން އާންމު ކުރި ފޮޓޯ އަކުން ތުހުމަތުތަކެއް ކުރައްވާފައެވެ.
އެގޮތުން 33 ސިޔާސީ ވެރިން ވަނީ އަރުވާލާފައެވެ.އަދި 61 ބޭފުޅުން ވަނީ އެކި އެކި ސަބަބު ތަކާއި ހުރެ ހައްޔަރުކޮށްފައެވެ.އެހެންކަމުން އެ އަނިޔާވެރި، ވެރިކަން އަނބުރާ ރާއްޖެއަށް ގެނައުމަށް ނޭދޭކަމަށް ޔުމްނާ ވަނީ އޭނާގެ ޓްވީޓްގައި ގޮވާލާފައެވެ.
2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ޔުމްނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވަނީ ހައްޔަރުކޮށްފައެވެ. ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތުތަކުގައެވެ. ހަމައެގޮތަށް ޔުމްނާގެ ފިރިކަލުންވެސް ވަނީ ތުހުމަތު ތަކެއް ކުރެވި އޭރު ހައްޔަރުކޮށްފައެވެ.
އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޔުމްނާގެ ކޮއްކޮ ފާރިސް މައުމޫން ވަނީ އަމިއްލަ ގޮތުން ކުރިމަތި ލައްވާފައެވެ. ނަމަވެސް އަދި ޔުމްނާ ތާޢީދު ކުރައްވާ ސިޔާސީ ޕާޓީ އެއް ނުވަތަ ފަރާތެއް އާންމުކޮށްފައެއް ނުވެއެވެ.
ބާކީވެފަ ތިތިބީ. ބޭނުމެއްނޫން ކަލޭމެންނެއް...
އިނގޭ ތިހެންކަންވާނީ މިސަރުކާރުގެ މިނިސްޓަރ ކަން ލިބުނީމަ ނޯ ޗޮއިސް
1. ކުރީ ސަރުކާރުގަ، މީހަކު ކުރާ ކަމުގެ ހައްގު އަދަބު ދިނުމަކީ އަނިޔާވެރިކަމެއް ނޫން.
2. ކައިރީގަ ހުރި ބައްޕާފުޅުގެ ޑިކްޓޭޓަރޝިޕްގެ ޒަމާން އަދި ދިވެހިން ހަނދާން ނުނެތޭ
3. މިސަރުކާރުން ހުދު މި ކެމްޕޭން ދުވަސްވަރު އިދިކޮޅު ސަޕޯޓަރުންނަށް ކުރާ އަނިޔާވެސް އެދަނީ ފެންނަމުން
އަނިޔާވެރިޔާ ތިހިރީ ވާއަތްފަރާތުގަ
އަސްލު އަނިޔާވެރިއަކީ ކަލޭ ބައްޕަ ދިވެހިގައުމު މިދެކޭ ހުރިހާ ތަކުލީފެއްޖެއްސީވެސް ކަލޭ ބައްޕަ
ކަމަނަގެ ބަފާ ޖަލުގަ މެރި މީހުން ވަރައްގިނަ
30 އަހަރު ކިތައް މީހުން ޖަލުގަ ތެޅުވި
30 އަހަރު ދުވަހު ދިވެހންނައް އަނިޔާވެރިވީ ކަލޭ ބައްޕަ
ވަޒީފާ ގެ ދަހިވެތި ކަމުގައި ވިޔަސް ތިޔަވަރު ބޮޑު
ކަލޭ ބައްޕަ ބަހައްޓައިގެން ބައްޕައަށް ދޯ ޖޯކް ތި ޖަހަނީ
މަގާމާ ހެދި ބޫތު ކައިފަ. ހިތުން އަދިވެސް އިބޫގެ 2 ވަނަ ދައުރެއްގެ ހުވަފެނުގައި މި ކަބުލޭގެ މިހުރީ. ޕިސްޕިސްޕިސް. ރޔ ޖަލަށްލީ ޖަލުގަ ތިބެންޖެހޭ މީހުން.
ބައްޕާ ފުޅުގެ އަނިޔާވެރިކަން ހަދާންނުނެތޭ
ބޯވަ އާއިލާ
ދިމާލަކަށް ފައެއް
ޔުމްނާމެންތީ އަސްލު ހަމަބައެއްތޯ ސުވާލު އުފެދޭ. ފާރިޝްއަށް ތާއީދުކުރާ ޢާއިލާ މެމްބަރެއްނެތް. ޔުމްނާއާއި ޔުމްނާގެ ފިރިމީހާ ކުރިމަތީގަ ބައިންދައިގެން ޔުމްނާގެ ލީޑަރު އެ މަލާމަތް ކުރަނީ. ޢަދިވެސް އަޅައިގަނެގެން ތިއުޅެނީ މިޤައުމުގެ ސުޕަ ހީރޯ ރައީސް ޔާމީނާ.
ކަލޭގެ ތިހިރަބަފާ ކިތައްމީހުން ޖަލުގަ މަރާލީ؟؟؟ޖައްވަށް ފަޒާއަށް ހަވާއަށް !!
ސިޔާސީ މީހަކު ކުށެއްކޮށްގެން ޖަލައްލިޔަސް އެނަޔާވެރިވީ ނިކަމެތި މީހަކު ޖަލައްލިޔަސް އެގޮތް ރަގަޅު ކުރީސަރުކާރުން ސިޔާސީމީހުން ޖަލައްލީ ގޭގަ ތިއްބަކާނޫން އެއްބަޔަކު ބަގާވަތް ކުރަންއުޅުނީ އެނެއްބަޔަކު ރ އީސްމީހާމަރަން އުޅުނީ އެނެއްބައިމީހުން ގޭގަ ހަތިޔާރުގެންގުޅެފަ ފައިސާހޯދަން ހސތިޔާރުގެ ވިއްކާ ހަބެއްގޮތުރާްއްޖެ ހެދި މިކަހަލަ ބައިވަރު މުޑުދާރު ކަންތައްކުރީމެ ސިޔާސީ މީހުންޖަލައްލީ ހަމަ ތިއްބަކާ ޖަލައްލީކިނޫން
ތިމާ އައުރަ ނިވާ ކޮށްބަލަ އެއީ ވަރަށް ބޮޑު އަނިޔާ ވެރިކަމެއް ނުންތޯ އައުރަ ނިވާ ނުކޮށް ހުރުން، ﷲ އުރެދުމަށްވުރެން ވަކިބޮޑު އަނިޔާވެރިކަމެއް އޮންނާނެތޯ ؟
މިސުރުގަ ހުރެގެންވެސް ކުރީ ބަގާވާތް. މާލެ އައިސް ވެސް ކުރީ ބަގާވާތް. ނާސިރު މާމޫނު ޖަލައްލި. ޢަރުވާވެސްލި. ނަޝީދު ވެރިކަމުގެ ވެސް 7 ފެބުރި ގަވެސް ކުރީ ބަގާވަތް. ޔާމީނު ސަރުކާރުގަ ވެސް ކުރީ ބަގާވަތް. ބަގާވާތުގެ ތާތީހެއް އޮތް ރައީސެއް. ޖަލުގަ އެން މެ ގިނަ މީހުން ބަޑިޖަހާ މަރާ އަނިޔާކުރީ ވެސް މާމޫނު.