ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނަކު، އެކި ކުށްތަކުގައި މިހާތަނަށް 73 ފަހަރު ހައްޔަރުކޮށްފައިވާ ކަމަށް ބަންދު ރެކޯޑްތަކުން ދައްކައިފިއެވެ.

މި މީހާ އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ މައްސަލައެއްގައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާއިރު, ބަންދު އަމުރުގައި ބުނެފައި ވަނީ، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތުން ބަޔާން އަދި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޕްޓްސް ހުށަހަޅާފައިވާ ކަަމަށް ބުނެފައި ވެއެވެ.

އޭނާގެ ބަންދު އަމުރުގައިވާގޮތުން އޭނާ ހައްޔަރު އަދި ބަންދު 73 ރެކޯޑް އެބަ އޮތެވެ.

އަދި އޭނާ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަަމަށް ބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޖ

    އަމާން ދިވެހިރާއްޖެ ކުއްވެރިންނަށް ކިހާ އަމާން ދިވެހިރާއްޖެ

    20
    0
  2. ފުލުސް މީހާ

    ޕޮލިސް ސާވިސް މީ ހިސާބު ބަލަހައްޓާ ތަނެއް! ލޯ އެންފޯސް ކުރާބައެއް ނޫން!

  3. އާދަމް

    73 ވަނަ ފަހަރު ހައްޔަރުކޮށްފާ އަނެއްކާވެސް ދޫކޮއްލާ. އޭރުން 74 ވަނަ ފަހަރަށް ހައްޔަރުކުރުމުގެ މަގު ތަނަވަސްވާނެ. އުފާވެރި އަމާން ރާއްޖޭގައި އޮންނާނީ ފާލަންތައް އެޅުމާއި، ބިން ހިއްކުމާއި، އެއާޕޯޓު އެޅުމާއި، މަގު ހެދުމާއި މިޒާތުގެ ކަންތައް.
    ދެން ﷲ ގެ ޝަރީޢަތް އެއްލާލާފައި ޠާޣޫތައް ހުކުމްކުރުން.

  4. ޑައެލޯގް

    އެކަމަކު އިބޫބުނާނެ އެއްވެސް ކުށެއް މިސަރުކާރުއައިފަހުން ނުހިގައޭ

  5. ކަލޯ

    މަރާ ހުސްކޮށްބަލަ!

  6. ވިސްނަލާ

    މިގޮތަށަ ތަކުރާރުކޮށް ކުށްކުރާ މީހުންނަށް އަދަބު ދެވޭނެ އަދި ލުއިފަސޭހަ އިޖުރާތްތަކެއް ހިމެނޭ ޤާނޫނެއް ގެނަން ނުވޭބާ ؟ މުޖުތަމަޢު ހާލަކުވެގެން ދަނީ މި މީހުންނާއި ހެދި.