މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިިސާދީ ދަނޑިވަޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލު ކުރެއްވި ގޮތަށް އަޅާ ކިޔުއްވާ، ރައީސް ސޯލިހުގެ ސިޔާސަތުތަކަކީ އެފަދަ ދެވަނަ އެއް ސިޔާސަތުތަކެއް ކަމަށް ކުރިއަށް އޮޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަސްލަމް އަޅާ ކިއުއްވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދުގެ ޒައާމަތުގައި ދުނިޔެއިން ކުރިމަތިވި "2008 ފައިނޭންޝިއަލް ކްރައިސް" އާ ގުޅިގެން ބަރުދާސްތު ކުރަން ޖެހުނު އިގްތިިސާދީ އަނދަވަޅުގެ ދުވަސް ވަރާއި ރައީސް ސޯލިހުގެ ވެރިކަމުގައި ކޮވިޑާ ގުޅިގެން ދިމާވި އިގްތިސާދީ އަނދަވަޅުގެ ހާލަތާއެވެ.
އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އިގްތިސާދީ އަނދަވަޅުގެ ދުވަސް ވަރު ސަރުކާރުންގެ މުވައްޒަފުންގެ އަދަދު މަދުކޮށް ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރިން ފާހަގަ ކުރެއްވި އެވެ.
ހަމަ އެހެންމެ އެ ހާލަތުން އަރައިގަތުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ހަރުމުދާތައް ކަމަށްވާ ދިރާގުގެ ހިއްސާ، އެމްޑަބްލިޔުއެސްސީގެ ހިއްސާ ވިއްކާލަން ޖެހުނުކަން ފާހަގަ ކުރެއްވިއެވެ.
"އަދި އޭގެ އިތުރުން ރިސޯޓުތަކުގެ މުއްދަތު އިތުރުކޮށް 15 އަހަރަށް އިތުރު ކުރުމަށްފަހު އެޑްވާންސްކޮށް ފައިސާވެސް ނަގަން ޖެހުނު. ޑޮލަރު ފްލޯޓު ކުރުމަށް 20 ޕަސެންޓުގެ ފްލޯޓެއް ގެނެސް އެ މަތިވާ 20 ޕަސެންޓު މައްޗަށް އެދިޔަ 12 ރުފިޔާ 85 ލާރިން 15 ރުފިޔާ 42 ލާރިއަށް އިތުރުވި 20 ޕަސެންޓަކީ އަނެއްކާ ވެސް ބަޖެޓް ސަޕޯޓެއްގެ ގޮތުގައި ކަނޑައެޅި.". އަސްލަމް ވިދާޅުވިއެވެ.
އެހެން ނަމަވެސް ރައީސް ސޯލިހު ކޮވިޑްގެ އިގުތިސާދީ ދަތިކަމުގެ ތެރޭގައި އަމަލު ކުރެއްވީ މާ ހިކުމަތްތެރިކޮށް ކަމަށް އަސްލަމް ސިފަ ކުރެއްވިއެވެ.
އަދި ކޮވިޑްގެ އިގުތިސާދީ ހާލަތުގައި އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކޮށް އެއްވެސް ހަރު މުދަލެއް ވެސް ވިއްކާ ނުލާ އޭގެ އިތުރަށް އިންކަމް ސަޕޯޓްގެ ގޮތުގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ މީހުންނަށް ވެސް އިނާޔަތްތައް ދެއްވިކަން ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ރައީސް ސޯލިހް އެ ދުވަސް ވަރުވެސް އިގްތިސާދު ހިފަހައްޓާލި ހިފެހެއްޓުމަކީ މޮޅު އިކޮނޮމިސްޓަކު ކަންކަން ކުރައްވާނެ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރައީސް އަމަލު ކުރެއްވީ ރައްޔިތުން ދެކެ ލޯބިވާ ރައީސް އަކު އަމަލު ކުރައްވާނެ ގޮތް ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑްތެރޭ ރައްޔިތުންނަށް ޖެއްސިހާ ބަލާވެރިކަން ކަލޭނުދެކޭތަ؟؟
އަސްލަމްވެސް މިހާރު ގަބޫލުކޮށްފި އެމްޑީޕީއަކަށް ރަގަޅުވެރިކަމެއް އަދި ނުކުރެވޭކަމެވެ. އެއިރުވެސް އަހަރުމެން ބުނިން އެމްޑިޕީއަކުން ގާބިލްމީހަކު ވެރިކަމަކަށް އަދިނާދެއޭ އެކަމަކު އަސްލަމްވެސް އެދުވަހު އަންނި ރަގަޅުވެފަހުރީއެވެ. މާދަމާބުނާނެ އިބޫގެ ވެރިކަމުގައި އިގްތިޞާދު ވަރަށްކަޑައެވެ. މިއިންވެސް އެގޭކަމަކީ ޔާމީނުގެ އިގްތިޞާދުވަރެއްނެތްކަމެވެ.
ކާން ލިބޭވަރު ރަނގަޅީ / ހަކުރު ދެންޏާ ބޮޑުބޭބެ ،،،،،