ރިޔާސީ ކެނޑިޑޭޓެއްގައި ހުންނަން ޖެހޭ ކޮލިޓީއާ ރައީސް އިބްރާހިމް ސޯލިހު ގާތްވެސް ނުކުރާ ކަމަށް އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައިއިންތިގެ ވާހަކަފުޅުގައި މުޅިން ހެން ކަހަލަ ގޮތަކަށް ފާޑު ވިދާޅުވީ ރައީސް ސޯލިހަށެވެ.

އިންތި ވިދާޅުވީ ރައީސް ސޯލިހު ކެމްޕޭންއަށް އެކި ރަށް ރަށަށް ވަޑައިގަންނަވަމުންދާ އިރު ރާއްޖެއާއި ދުނިޔޭގައި އޮތް ބޮޑެތި މައްސަލަތަކަށް ވާހަކަ ދައްކަވައި ބަހުސެއް ކޮށްލައްވައި ތަގުރީރެއް ކޮށްލަވާ ތަނެއް އެމަނިކުފާޏުގެ ކިބައިން ނުފެންނަ ކަަމަށެވެ.

"ރިޔާސީ ކެނޑިޑޭޓެއްގެ ފަރާތުން ފެންނަން ޖެހޭ ކޮލިޓީ ގާތަށް ވެސް ނުފެނޭ. މިއިން މައުލޫއަކަށް ބަހުސެއް ކޮށްލާ ތަގުރީރެއް ކޮށްލާ މިއިން ކަމެއް ކުރާތަނެއް ހަމަ ހިލާ އެއްގޮތަކަށް ވެސް ނުފެނޭ." އިންތި ވިދާޅުވިއެވެ.

ހަމަ އެހެންމެ އެމްޑީޕީގެ ކޮލިޓީއެއް ނެތް ރައީސް ސޯލިހު ނެތްއިރު ރާއްޖެއަށް ވެސް ހައްގުވާ ކޮލިޓީ އެމަނިކުފާނުގެ ކިބައިގައި ނެތް ކަމަށް އިންތި ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ވަގުތު އިމޭޖާސް: އަހްމަދު ޖައިޝަމް

އޭގެ ބަދަލުގައި އެ ކޮލިޓީ ހުރީ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލިޔާސް ލަބީބް ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވީ ރައީސް ސޯލިހުހާ ފަސޭހައިން ވެރިކަން ކުރައްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅަކު ނެތް ކަމަށެވެ.

އެހެން ނަމަވެސް ފަސް އަހަރުގެ ތެރޭގައި ވެރިކަން ހަރަބު ކޮށްލިގޮތް ރަނގަޅަށް ބެއްލެވުމަށް އިންތި އިލްތިމަސް ކުރެއްވިއެވެ.

އިންތި އިތުރަށް ވިދާޅުވީ އެމްޑީޕީގެ އަސްލު ގެއްލި އެ ޕާޓީ އަކީ މިހާރު ވަގުންގެ ނެޓްވޯކަކަށް ހަދާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިއީ އެމްޑީޕީ އުފެއްދި މަގުސަދު ނޫން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އޭރުގައި ހިޔާލަށް ވެސް އެމްޑީޕީގެ މެމްބަރަކު ގެނައި ކަމެއް ނޫން. މިއަދުގެ ހާލަތަކީ އެމްޑީޕީއަކީ ވަގުންގެ ނެޓްވޯކަކަށް ހަދާ ނިންމައިފި. ފަސޭހަ ކަމާއެކު ވެރިކަން ކުރަން ލިބުނީމަ އެމްޑީޕީއަކީ އޭގެ ގޮތުގައި ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ވަރުގަދަ ފިކުރެއްގެ ގޮތުގައި ބިނާ ކުރުމުގެ ފުުރުސަތު ހަރާބު ކޮށްލައިފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން. މިއީކީ މި ރާއްޖޭގެ އިސްލާހަށް މަސައްކަތް ކުރި މީހުން މާފު ކުރާނެ ކަމެއް ނޫން. ދަ ޑިމޮކްރެޓްސްވެސް މާފު ކުރާނެ ކަމެއް ނޫން" އިންތި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުހައްމަދު

    މީއަދި މާގަދަމީހަކަށް ހެދހިގެން އުޅޭމީހެއް

    9
    1
  2. ލޮލް

    މީ މަތިންއައިސްހުރި އެއްޗެއްތަ މީހުންނަށް އެއްޗިސްކިޔަން. ރައީސް ސޯލިހްހާ ރައީސްކަމުގެ ކޮލިޓީހުރި ބޭފުޅަކު މިފަހަރު ވެރިކަމަށް ކުރިމަތިލާފައެއް ނެތް. މީހަގީގަތް.

    9
    5
  3. ސަނާ

    ތިބޭފުޅުންނެންނު ސޯލިހް ވެރިކަމަށް ގެނެއީވެސް ކޮލެޓީ ކަމުން

  4. ތަސްނީމް

    ނަށީދު އަދި އޭނައާއެކު މިހާރު ތިބީ އެންމެ ގޮތްކުޑަ މީހުން. އަހުލާގުގެ އެއްވެސް ވަރެއް ނެތް. ދެން އެހެންމީހުން މިނަން ކޮންބައެއް ތީ؟

  5. Anonymous

    އިންތި މެނަށް ނަޝީދު ތިޔަ ދޭ ފައިސާ އެއީ ނަޝީދު ކޮންތަނަކުން ކޮންބަޔަކުދޭ ފައިސާތޯ !

  6. އއ

    މިހާރުތޯ އެނގުނީ ؟؟؟ ލަދު ކޮބާ؟؟؟