ސަލަފް ޖަމިއްޔާ އަށް ނިސްބަތްވާ އަލީ ރަމީޒްގެ އިމާމުކަމުގެ ހުއްދަ ހިފަހައްޓާފައި އޮންނަތާ ފަސް އަހަރު ވެދާނެ ކަމަށް އޭނާ ބުނެފިއެވެ.

އަލީ ރަމީޒު އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އިސްލާމިކް މިނިސްްޓްރީއިން އޭނާގެ އިމާމްކަން މި ހިނގާ ރިޔާސީ ދައުރު ފެށުމާއެކު އޮތީ ހިފަހައްޓައިގެން ކަމަށެވެ.

އަދި މި ފަސް އަހަރު ނިމިގެންދާ އިރުވެސް އެކަމަށް ބަދަލެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.

އިމާމުކަމުގެ ހުއްދަ ހިފަހެއްޓި ސަބަބެއް އަލީ ރަމީޒް ނުބުނެއެވެ.

އެހެން ނަމަވެސް އަލީ ރަމީޒު އުޅުއްވާ ސަލަފު ޖަމިއްޔާއަކީ މި ސަރުކާރާ ފެށުނީއްސުރެ ވެސް ވަރަށް ދެކޮޅު ޖަމިއްޔާ އެކެވެ.

އަދި ދާދި ފަހުން އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓުގައި ވެސް ސަލަފުގެ ނަން ހިމަނާފައި އޮތެވެ.

ހުދު އަލީ ރަމީޒްއަކީ ވެސް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ ބޭފުޅެކެވެ. ހާއްސަކޮށް ބޭރު ސިފައިން ރާއްޖޭގައި ތިބޭތީ އާއި ރާއްޖޭގައި ޔޯގާ ހިންގައި އެކަމާ ދެކޮޅަށް ފާޑު ވިދާޅުވި ދީނީ އިލްމުވެރިން ހައްޔަރުކުރުމުން އެކަމަށް އަލީ ރަމީޒް ފާޑުކިޔައިފައެވެ.

އަލީ ރަމީޒްއަކީ ރާއްޖޭގައި އެންމެ ވިދާލި ލަވަކިއުންތެރިޔާ އެވެ. އެހެން ނަމަވެސް ލަވަކިއުން ހުއްޓާލައި ދީނީ ކަންކަމުގައި އޭނާ އުޅޭތާ މިހާރު 20 އަހަރު ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މުއިއްޒު 2023

    މިއީ ބޮޑު އަނިޔާއެއް. މިކަން މިހެން އޮތް އިރު އެމްޑީއެންގެ އެތައްބަޔަކު ދައުލަތުގެ އިސް މަގާމުތަކުގަ އެބަތިބި.

    48
    6
  2. ގެޓު

    އަލީއަށް ނަފްރަތު ކުރާ މީހުނަށް ބުނެލަންއޮތީ ތިމީހުން އަލީއާ އެއްފެންވަރެއްވެސް ނޫނޭ އެއްވެސް އިންޓްރެސްޓިންގ އެއް ނޫނޭ ކިޔާފަ އައްޔައާ ނުގެޅިވެސް ހަމަ ނުތިބެވެއޭ އެވަރަށް ހަސަދަވެރިވެއޭ އައްޔަދެކެ އެހާ ރީތިއަޑެއް އެހާރީތި އިސްކޮޅެއް އެހެރަ ޖާދުވީކަމެއް ކަޅު އަނދިރިކަމުން އިސްލާމްދީނުގެ މަތިވެރި އަލިކަމަށް އައްޔަ އައިސް ދީނަށް އުޅޭތީ އަންނަ ރުޅިއެކޭތީ މިހާރުވެސް ސްޓޭޖަށް އަރާ ލަވަކިޔަންފަށާއިރަށް އެވަރުމީހަކުނެތިގެން ތައުރީފުކުރާނެ އިންޓްރެސްޓިންވެސް ވާނެ ގެޓު

    47
    10
    • އެކްސްރޭ

      ތިބުނާ ޢަލީ އަކީ ކޮންފެންވަރެއްގެ މީހަކީތަ؟ އޭނަގެ އިމާމްކަމުގެ ސަނަދު ހިފަހައްޓާފައިވާނަމަ އެ ހިފެހެއްޓިފަ އޮއްނާނީ އޭނެގެ ކޮއްމެވެސް ނުބައި ސިފައެއްގެ ޞަބަބުން، އިމާމްކަމުގެ ޞަނަދު އޮތޭކިއާފައި މިސްކިތަށް މީހުން އެއްކޮށްގެން އޭނަގެ އަމިއްލަ އެޖެންޑާތަކެއް ނުހިންގޭނެ ދޯ؟

      3
      11
      • ސީޓީސްކޭން އެމްޢާރްއައި

        ފެންވަރު އެނގޭނީ މިދެމީހުން އެއްޕޯޑިއަމަށް އަރުވާފަ ބަހުސެއް ކުރިއްޔާ އޭރުން ކަލެއަށް އޭނާގެ ފެންވަރު އެނގިދާނެ ކަލޯއަތުގަ ނެތްބައިވަރު އެއްޗެހި އޭނާގެއަތުގައި ވޭ އެހެންވެތާ ހަސަދަވަނީ

  3. Anonymous

    އަދި ތިހާރީއްޗަށް ލަވަކިޔުއްވި މިއުޒިޝަނެއް މިރާއްޖެއަކަށް ނާދޭ ނުވެސް ނެތް އަލީގެ ލައިފް އަލީގެ ޗޮއިސް ލަވަކިޔުން ހުއްޓާލުން. ރެސްޕެކްޓް ކުރަން. ވިޝްޔޫ ވެލް

    42
    5
  4. ތުރާކުނު

    ނިކަން އިމުރާނު މެން އެއުޅޭގޮތަށް ހަރާމް ހަލާލު ކޮށްގެން މަތިއޮމާންކޮށްގެން އުޅުނީމާ ހުއްދަލިބިދާނެ

    36
    4
  5. އަލާ

    އަދި ކިރިޔާތޯ އެކަން އެނގުނީ؟ ހިފެހެއްޓި ސަބަބެއްވެސް އޮންނާނެ. ވާހަކަ ދައްކައިގެން ހައްލުކުރަން މަސައްކަތް ކުރެއްވި ނަމަ. ކިހާ ރަނގަނޅުވިސް.

    11
    26
    • ކާލޭ

      އަމިއްލައަށް މިނިސްޓްރީން ނުދިން އެއްޗެއް މިނިސްޓްރީން އަމިއްލައަށް ދިންނަމަވެސްދޯ އަޅެ. އަލީ ހުށައެޅީމާ ނުދީފަ ހިފެހެއްޓި ބަޔަކު ދޯ އެކަމާއި އުޅެންވާނީ

  6. ސައިފަތް

    ލޯކުލާހެއްގަ ކިޔަވާދޭ މާ އެނގޭ ލޯޔަރު ލެކްޗަރާއަކުވެސް އައްޔަދެކެ ވަރަށް ލޯބިވާނެ އަބަދު އައްޔައާއި ނޫނީ ޔާމީނު ނޫނީ މައުމޫނާ ހިތާވެފަ ހުންނާނީ ކިޔަވަދޭކަށްއެނގެނީއެއްނޫން ބުނެދޭއެއްޗެއް ފަހުމުވަނީއެއްނުން ތިމާއަށް ތިމާފެނިފަހުންނަނީ ހީވާކަހަލަ ތިމާމީ އެންމެ އެއްޗެހި އެނގޭމީހާއޭ

    9
    8
    • ކަލޯ

      ކައެކީކޭކިޔަން ތިޔައުޅެނީ. ކިޔާ އެއްޗެއް ދިވެހިބަހުން ކިޔާބަލަ

      • ގެޓު

        ކަލޯއަށް ދިވެހިބަސް ނޭގުން އެއީ ކަލޯ ގެ ކުށެއް ކޮންމެހެން ނުޖެހޭ ކަލޯ ބުނާގޮތަށް ހަދާކަށް ގެޓުވާންޖެހޭމީހާއަށް ގެޓުވެއްޖެ

  7. Anonymous

    އަލީ ރަމީޒު އައި ސެލިއުޓް ޔޫ ނޯވަން ކޭން ބީޓް ޔޫ ޔޫ ސްޓިލް ރޮކް

    21
    7
  8. ޖަމަލު

    ސަބަބު؟ ވަރަށް މުހިންމު. ކީއްވެހޭ.

    15
    3
  9. ތަކުރު

    ހުއްދަ އެކްސް ޕެއަރވީނުންބާ

    4
    4
  10. ކުޑަ ހުއްތު

    !!އޭނާ މިރޭ ދިމާވުމުން !@އަލީ ގެ ވަރަށް ރީތި ޗާލު ލަވައެއް

    9
    2
  11. Anonymous

    އަނިޔާވެރިންގެ ޤަވާޢިދަކީ ﷲ ގެ ދީނަށް ނަސުރުދީ ޙައްޤު ބަސް ބުނާ މީހަކު ވެއްޖެއްޔާ ޖަލަށްލުން. ނުވަތަ އިމާމުކަން އޮތް ނަމަ އެކަމެއް ހިފެހެއްޓުން. ހިފެހެއްޓި ސަބަބެއް އެމީހުން ނުބަލާނެ. މިއީ ދުނިޔޭގެ ތާރީޚު ދައްކާ ފިލާވަޅުތައް. އަޅުގަނޑުމެން ތާރީޚު ދަންނަ މީހުންނަށް އައު ކަންކަމެއް ނޫން.

    13
    2
  12. احمد

    الحمدلله

    3
    7
  13. Anonymous

    ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް. އެހެންކަމަށްވާނަމަ މިޤައުމުގެ ކޮންމެ ރައްޔިތަކަށްވެސް ޤައުމުގެ މިނިވަންކަމަށް އިސްލާމް ދީނަށް އަންނަ ކޮންމެ ޙަމަލާއަކުން ދިފާއިވުމަށް ބަސް ބުނެވޭނެ. ދުނިޔަވީ އެދުމަށް ބަޔަކު ތިއްބަސް އެންމެން އެހެނެއް ނުވާނެ.
    ގޯސް ގޯހަށް ބުނާނެ ދީން ދިފާއުކުރާނެ.
    އިމާމު ކަމުގެ ހުއްދަ ހިފެހެއްޓިގެން ނުވާނެ.

    11
  14. ބަބުރު

    އެހެންވީމަ އަލިބޭ އަހަރުމެން އެއްބުރުން އެއްއަޑުގަ ހެސްކިޔާފަ އެއްކުލައެއް ލައިގެން ސަރުކާރު ބަދަލުކުރަން މިނިކުތީ އެކަން މިއަދު ކަށަވަރު ވެއްޖެ އިންޝާﷲ އެއްބުރުން މުއިއްޒު މިހޮވުނީ ''''''''''''''،،،🌺🌺🌺🌺🌺🎁🎁🎁🎁💓💓💓💖💯💯4،✅

    13
  15. ޢަލީ

    އަލީ ރަމީޒްގެ އިމާމްކަން ކުރުމުގެ ހުއްދަ ހިފަހައްޓާފައި އޮތީ ކޮން ސަރުކާރަކުންތޯވެސް ބަލާލާ..

  16. ހޯހޯ

    ޢޭގާނެތް ގޯހެއް. މީނާގެ ލަވަކިޔުމުގެ ހުއްދަ ހިފެއްޓިނަމަ މަވެސް އެކަން ކުށްވެރި ކުރާނަން. އިމާމުކަމަށް މީނާގެ ޝަރުތެއް ހަމައެއްނުވޭ. ދެން ކީއްވެ އަނިޔާއަކަށް ވަނީ.

    2
    10
    • އެދުރު

      ކީއްވެބާ އަލީ ރަމީޒް އިމާމު ކަމަށް ޝަރުތު ހަމަ ނުވާންވީ.. ތަޖުވީދު ހަމަޔަށް ޤުރުއާން ކިޔަވން ދަނޭ.. އިމާމް ކޯސް ފުރިހަމަ ކުރައްވާފަ .. ދެން ކޮން ފަޅޮލެކޭ ކިޔާކަށް.. ތިމާއަށް އަލީ ރަމީޒާ ހަމަ ނުކުރެވޭތީ ހަސަދަ ވިޔަސް ތީ ބޮޑުވަރު..

      2
      1
    • އެއްލޯ ތޮޅޭ

      ކަލޭ ތިހެން ބުނާމީހާއަށް ރަނގަޅަށްވިއްޔާ ނޭނގޭނެ އިމާމުކަމަކީކޮބައިކަންވެސް ހެހެހެ

  17. ބަބޫ

    މުދިންކަން ނުކިޔަވާ ހުއްދަ ދެވޭތަ

    2
    10
  18. ޟެން

    މީނާއަށް އެންމެ ފުރަތަމަ އިމާމްކަން ކުރަން ދިނުން ވެސް އެއީ މައްސަލައެއް ކަމަށް ފެންނަނީ. މިވެސް މި އުޅޭ އަންނި ސަރުކާރުގައި ހޭވި ހަޑިއެއް.މިނިވަންކަން ދެނީއޭ ކިޔާގެން މިބައިގަނޑަށް ބާރު ދިނީމަ ފުއްޕާފައި އުޅެންފެށީ. މި މީހުންނަކީ އިސްލާމްދީން މިމީހުނަށް ނޫނީ ނޭގޭނެކަމަށް ބަލައިގެން އުޅޭ ހަރުކަށި ބައިގަނޑެއް. އެއްގޮތަކަސް ވެސް ހުއްދަ ދޭނެ ކަމެއް ނެތް.

    2
    4
  19. އިންޓެލް

    ތީ ބޮޑު ޓެރަރިސްޓެއް