މޫނު ބުރުގާއާއި "ތޮޅުމަކީ" ވެރިކަން ނިމުމުގެ އަލާމާތެއް ކަމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިފަދައިން ވިދާޅުވެފައި މިވަނީ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށް ބަޔާން ކޮށްފައި އޮތުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށެވެ.

އެގޮތުން އަލީ ރަމީޒު ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ވިދާޅުވީ, މޫނު ބުރުގާ އާއި "ތޮޅުމަކީ" ވެރިކަން ނިމުމުގެ އަލާމާތެއް ކަމަށެވެ.

"ތާރީހުން އިބުރަތް ހާސިލު ކުރޭ" އަލީ ރަމީޒު ކުރި ޕޯސްޓުގައި ވިދާޅުވިއެވެ.

ސަރުކާރުން އާންމު ކުރި ސުލޫކީ މިންގަނޑާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފު ވެސް ވަނީ މީގެ ކުރިން އެކަން ކުށްވެރި ކޮށްފައެވެ.

އެގޮތުން އިޔާޒު ވިދާޅުވީ, އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ޝަރުއީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ހައްގެއް ކަމަށާއި ބަޔަކު މީހުން ހަދާ ޤަވާޢިދެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާ ނުކުރެވޭނެ ކަމަށެވެ.

"މަނާކުރާ މީހާ އެކުރަނީ ދީނީގޮތުންނާއި ޤާނޫނީ ގޮތުން ކުށެއް" އިޔާޒް ވިދާޅުވިއެވެ.

ސަރުކާރުން މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ ޓީޗަރުންގެ ސުލޫކީ މިންގަނޑުގައި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި ވެސް ހުންނަން ވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް، ސްޓާ ކާޑު އަޅައިގެން ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ގިނަ ދީނީ އިލްމުވެރިން އަންނަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. Anonymous

    ތާކިހާ އާ ތޮޅުމަކީ ކޮންކަހަލަ ކަމެއްތޯ

    29
    74
    • ށޫޟާ

      ކައޭގެ ލާދީނީ ކަން ހުރިވަރު އިނގޭ ކަމެއް! ސުވާލަށް ޖަވާބު ލިބިއްޖެތަ؟

      8
      12
  2. މަހުދީ

    މޫނުބުރުގާއަކީ ދީނީކަމަކަށްވުރެން ބޮޑަށް އަރަބިންގެ ސަގާފީކަމެއް.

    39
    89
  3. ޙަސަން

    މަގުމަތިން ދީން ދަސްކޮށްގެން ސޯސަލް މީޑިއާގައި ދީނޭ ކިޔައިގެން އުޅޭމީހެއް މީ ތިމާގަބޫލުވާ މީހަކު ވެރިކަމަށް އަރާކޮންމެގޮތަކަށް ކަންތައް ކުރިއަސް އޯކޭ

    37
    81
    • Anonymous

      ހަސަނާ އަލީ ރަމީޒަކީ މަގުމަތިން ދީން ދަސްކުރި މީހެއް ނޫން. އަލީރަމީޒު ދީން ދަސްކުރަނީ ރާއްޖޭގެ މިވަގުތު ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ އަރިހުން. އެބޭފުޅުން ޢިލްމު ނެންގެވީ ﷲ ގެ ރަސޫލާގެ ފަރާތްޕުޅުން. ހަސަނުމެންހެން ސޯސަލް މީޑިޔާގައި ސޭކެއް ޖަހާލާ ލާދީނީ ޕޯސްޓެއް ޤަބޫލުކުރާ މީހެއް ނޫން އަލީރަމީޒަކީ.

  4. ލަވައަލީ

    އަނހަ ކަލޭތަ ވެރިކަން ދެއްވަނީ އަދި ވެރިކަން ގެންދަވަނީ!

    35
    85
  5. ވެެިކަން

    މީ މާބަރު ގަދަ މީހެއްތަ ކޮންމެ ކަމެއް މީނަ ނުރުހުނީމަ ނިމެން. އަޑު ވިއްކާގެ އަދިވެސް ތިއުޅެނީ

    7
    22
  6. އަލީ އަސްފާގު

    ޔާމީނު ވަރިހަމަ ވައްކަން ކުރިއަސް އޯކޭ. އަލީ މެން މާ ބޮޑަށް ތިޔަ ސިޔާސީ ވަނީ

    5
    22
  7. ގޯޔާ

    މޫނުބުރުގާ އެޅުމަކީ ހައްގެއް. އެކަން ކަށަވަރުކޮއްދޭންޖެހޭ

    27
    8
    • އަލީބިންހަަރިސް

      މޫނު ނިވާކުރުމަކީ އިސްލާމްދީނުގައި އޮންނަކަމެއް ނޫން. މޫނާ ދެއަތްތިލަ ފިޔަވައި ދެން ހުރި ހުރިހާތަނަކީ އައުރަ. މޫނު ނިވާކޮށްގެން ކިޔަވައިދިނުމާ މަވެސް ކެކޮޅު. އެއީ އިރާ ތަރިތަކަށް އަޅުކަން ކުރާމީހުންނާ ސިހުރުވެރިން ކުރާކަމެއް މޫނު ނިވާކުރުމަކީ. ގުރުއާނުގެ ނެތް މޫނު ނިވާކުރާކަށް

      5
      6
  8. މަ

    ޢަޅެ އެންމެ މާތްވެގެންވާ ގެފުޅު ވަށައިގެން ވެސް މޫނު ބުރުގާ ޠަވާފު ނުކުރެވޭ. ޢެކަމާ އުސްތާޒު އަލީ ބިން ޤާސިމު ރަމީޒު ކާކާ ޖަދަލު ކުރާނީ؟ ގައިމު ސަރުކާރުން އައުރަ ނިވާކޮށްގެން ކިޔަވާދިނުން މަނާ ނުކުރޭ. އަންހެނާގެ އައުރަ އަކީ މޫނާއި ދެއަތްތިލަ ނޫން ހުރިހާ ތަނެއްކަމަށް ދީނީ އިލުވެރިން ބުނެއުޅެނީ

    13
    8
    • Anonymous

      ތީދުވަހަކުވެސް ހަދީޘް އަޑުނާހާ ޖަހިލުން ދައްކާ ވާހަކަ. ތީހަމައެކަނި ނަމާދުގައި އަންހެނާގެ އައުރަ.

      2
      3
  9. Anonymous

    މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިއްސަލާމަގެ ސުންނަތަށް ތަބާވުމަކީ ހުރިހާ މުސްލިމުން ވެސް ކުރަން ޖެހޭ ކަމެއް. އިސްލާމް ދީނުގައި އަންހެނާގެ އަވްރަ އަންގަވާފައިވާ އިރު، މުސްލިމު ޤައުމެއްގެ އެއްވެސް އިދާރާއަކަށް އިސްލާމީ ފޭރާމެއް މަނާކުރެވިގެން ނުވާނެ. ސާބަހޭ ހިތްވަރުގަދަ އަޚް ޢަލީ ރަމީޒު. އިސްލާމް ދީނަށްޓަކައި ތިޔަވެވަޑައި ގަންނަވާ ޤުރްބާނީއަށް އައްސަރި ބަހުން ސާބަސް.
    ފާހަގަ ކުރެވެނީ ޙައްޤު ބަސް ވިދާޅުވާން ފަސްޖެހި ވަޑައި ނުގަންނަވާނެކަން.

    46
    11
  10. އުމަރު ނަސީރު

    މޫނު ބުރުގާ އަޅައިގެން ނަމާދު ނުކޮށް ކޮޓަރީގެ ތެރޭގައި ކުރު ސޯޓު ކޮޅެއް ލައިގެން ސޯފާގައި އިގިރޭސި ފިލްމްތައް ބަލަން މީތަ މޫނު ބުރުގާ އަޅައިގެން އުޅޭ މީހުން އުޅެންޖެހޭ ގޮތަކީ ވެރިކަން ދެއްވަނީ ވެސް ﷲ ވެރިކަން ގެންދަވަނީ ވެސް ﷲ އެއީ ކަލޭ ތަބަ ކަކަށް ލާފައި ދޭ އެއްޗެއްނޫން

    7
    21
    • ޖަމޯ

      ބަލަ ކޮޓަރި ތެރޭގަ އޭނަ ބޭނުން އެއްޗެއް ލެވޭނުނު. ކަލޭ ގަޅި ތަ؟؟

      18
      2
    • ސިމްޕް

      ބަލަ ކޮޓަރިތެރޭ ކޮންމެ އެއްޗެއް ލިޔަސް ހެވެއްނު

      18
      1
  11. ދޮންބަންޑާރައިން

    ތިވަރުވީމަ ދެން ފުކެއް ބޮޑުވަރު. އޯކޭ މޫނު ބުރުގާ އަށް ފާޑުކިޔާ ހައްގު ގެއްލުވާލުމާ އަހަރުމެންވެސް ދެކޮޅު. އެކަމަކު އޭގެ ފައިދާ ނަގައިގެން ދީން ހަތިޔާރަކަށް ހަދައިގެން ވެރިކަމާ ތޮޅުން ވަރަށް ހުތުރު ކަލެއަށް ވިޔަސް އައްޔާ

    8
    21
    • އައްޔާ

      ދީނާއި ސިޔާސަތަކީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫން.. ކޮންމެ ދޮގެއް ރައްޔިތުން ކައިރީ ހަދާފައި ސިޔާސީ މީހުން ދޮގު ހަދާނޭ އަޅާ ނުލާށޭ ހުރިހާ މީހުން ވައްކަން ކުރާނޭ އަޅާނުލާށޭ.. ބުނެ ފަރުޖެއްސޭކަށް ނެތް.. އައްޔާ އަކީ ކޮންމެ ވެރިކަމެއްގައިވެސް ހައްޤަށް ބަސްބުނާ މީހެއް

      16
      4
  12. އަލީރު

    ކޮންތާކުން ކޮންދީނެއް ކިޔެވި މީހެއްމީ؟ ދީނުގެ ކޮން ހުކުމެއްގައި އޮތީ މޫނުބުރުގާ އަކީ ދީނީ އެއްޗެކޭ؟ ނޫނީ ދީނުގައި ވާޖިބު ކަމެކޭ؟

    13
    23
    • މުހައްމަދު

      ފިތުނައެއް އެތަނުގައި އޮންނަ ކޮންމެ ތަނެއްގައި މޫނުބުރުގާ އެޅުން ވާޖިބު.. މީ ފިތުނައިން ފުރިފައިވާ ޖަމާންތަކެއް. ފޮތުގެ ބަނޑޭރިން އޭގައި އޮތީ ކޯއްޗެއްކަމެއް ނޭނގޭ.

      14
      4
  13. Anonymous

    މޫނު ބުރުގާއަޅައިގެން ކިޔަވާދިނީމަ ސަރުކާރަށް މަދުވަނީ ކޯއްޗެއްބާ؟

    34
    9
    • އެއްބުރުން

      މޫނުބުރުގާ ނައަޅާ ކިޔަވާ ދިނީމަ އޭނަ ދީނުން ބޭރުވޭތަ؟؟

      2
      2
      • Anonymous

        ސަރުކާރޭ ބުނީމަ އަސަރުކުރީ؟

  14. ީިިިމމމމމ

    ބަލަަ އޭނަ ބުނެފިތަ ތިމަންނަ އޭ ވެރިކަން ދެނީ...............

    26
    3
  15. އަދުހަމު

    ތީ ހަމަ ހަގީގަތެއް

    15
    3
  16. އިކުރާމު

    އެއީ ނުހޮވޭނެހެން ހީވީމާ ބަޔަކައް ޖެއްސުމެއް ކޮއްލަނީ

    14
    2
  17. އަބްސީ

    އިންޝާﷲ ވަރަށް އަވަހަށް މިކަން ނިމުދާނެ، އެންމެން ދުޢާކުރޭ.

    31
    1
  18. ގުދުގުދާބެއްޔާ

    އޮޅުވާނުލާ! މޫނު ބުރުގާއަޅަން ގުރުއާންގައި ނޯވޭ! އޮންނަނީ އަންހެނާގެ މޭމަތި ކަރުވަޅު ނުފެންނަހެން ނިވާކުރުން!

    10
    7
  19. ނަނަނަ

    އަނގަ ވެސް މީ އައުރްއެއް ދޯ؟ ޝައިތާނާ އަށް ހާދަ ފަސޭހައިންނޭ ތިޔަބައިމީހުންގެ ސިނކުޑިއަށް ތިޔަ ސަވާރު ވެވެނީ.. އީމާންތެރިކަން ހަމަ ކުޑައީއޭ ހިތަށް އަރަނީ..

  20. ސަލަފް ޖަމިއްޔާ

    މީނަގެ ބަސްމަގު މިހުންނަނީ ރަސޫލެއް ނުވަތަ ނަބިއްޔަކާ އެއްހަމައިންބާ؟

    1
    1
  21. ރަޝީދު

    އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ލިބިދީފައިވާ ހައްގެއް. ބަޔަކު މީހުން ހަދާ ޤަވާޢިދެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާ ނުކުރެވޭނެ ވާހަކަ އައްޔަ ބުނެފައިވަނީ. މިކަމާއި ވަކިބަޔަކު ކިތަންމެ ރުހުނަސް އަދި ނުރުހުނަސް ހަގީގަތަކީ އެއީއެވެ. އައްޔަމެން އިސްލާމްދީން މިފަސްގަޑުން ބީވެނުދިނުމަށްޓަކައި ތިޔަކުރައްވާ ޖިހާދަށް އަމަލާއި ބަހުން ތާއީދުކުރަމެވެ.

    3
    1
  22. ސީރަތު

    މީނާގެ ބަސްމަގުގަ ހުންނަ ބޮޑާކަމާ ކިބުރުވެރިކަމާއޭ... މީނާއަށް ހެޔޮމަގު ދައްކަވާންދޭ އާމީން.

    1
    2
  23. ކަތްދަ

    އަޅެފަހެ ކޮށްމެވެސް މީހަކު ބުނެދީބަލަ އަލީރަމީޒަށް ދީނީ ކަންތައްތަކުގަ ފަތުވާނެރެ ހުކުމް ކަނޑައަޅަން ލިބުނީ ކޮން ހައިސިއްޔަތަކުންކަން. ދީނީ އިލްމު ކިޔެވިތަނެއް ނެތް. ދީނީ އިލްމު ނުކިޔަވާ ތިބެގެން ފެތުރޭނީ ފިތުނަ އެކަނި. އިސްލާމީ މުޖުތަމައު ހަލާކު ވުން ނޫން ކަމެއް ނުވާނެ. މޫނަކީ އައުރައެއްކަމުގައި ގުރުއާނުގައި އޮތްތޯބަލާބަލަ ފުރަތަމަ.

    1
    1
  24. އަލީ ރަމީޒް

    ތޫނުހަނދު ފާޅުވީހެން ހީވޭ ވިލާތެރެން... މޫނުބުރުގާ ނެގީމާ މިރޭ...

    1
    1
  25. ޢަބްދޫ

    ޥަޒީފާއަށްދާ އަންހެނާއަށް ވާޖިބީ އައުރަ ނިވާކުރުން އައުރައަކީ މޫނާއި ދެއަތްތިލަ ނޫންހައި ތަން .މޫނަކީ އައުރަ އެއްނޫން.ވަޒީފާ އަދާކުރާ އަންހެނާ މިނިވަނަކަށް ނުވޭ.

  26. ނަންނި

    މޫނު ނިވާކުރުމުގެ މިނިވަންކަންނެތީ އެކަމް އޯކޭ ނިވާނުކޮއް އެއީމިނިވަންކަން ގުރުއާނުގާ މޫނުނިވާކުރާކައްނޯވެޔޭބުނާކުދިން ބުނެދީބަލަ ގުރުއާނުގާއޮވޭތޯ އައުރަނިވާނުކޮއްގިބެން؟؟ ޖަމީލްދީދީޓެފޮތުގަވެސް އޮއްނާނެނަމާދުނޫންހާތަނެއްގަ ައުރަކަމައް މުޅިހަށިގަނޑުއެއީ މޫނުނިވާކޮއްގެން ކިޔަވާ ނުދެވޭނެކަމައް ބުނާ މީހުން ބުނެދީބަލަ ބުރުގާވެސްނާޅާ ކުރުޓޮޕްކޮޅު ލާން ިޔަވާދޭ ޓީޗަރުންކިޔަވާދޭ ކުދިން މޮޅީތަ މާރަނގަޅައްކިޔަވާދެވެނީތަ މޫނިނިވާކޮއްގެންކިޔަވާދިނީމަ ފާދްބެސްނުވަނީތަ