އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ސަލަފު ޖަމިއްޔާއާ ގުޅިފައިވާ ކެންޑިޑޭޓެއް ކަމަށް ރައީސް ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވުމާ ގުޅިގެން ސަލަފް ޖަމިއްޔާ އަށް ނިސްބަތްވާ އަލީ ރަމީޒް ރުޅި ގަދަވެއްޖެއެވެ.

މާރިޔާ މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވެފައިިވަނީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަކީ ޕީއެންސީ އާއި ސަލަފުގެ ކެނޑިޑޭޓެއް ކަމަށެވެ. މިވާހަކަތަކާއި ގުޅިގެން އަލީ ރަމީޒު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާރިޔާއަކީ ޤައުމަށް ޤައްދާރުވެފައިވާ މީހެއް ކަމަށެވެ.

އަލީ ރަމީޒް ވިދާޅުވި ގޮތުގައި ދިފާއީ ވަޒީރުގެ މަގާމުގައި ހުރެ ބޭރު ގައުމެއްގެ ސިފައިން އަރައި ރާއްޖެ ހިފިދާނެ ކަމަށް ބުނި މީހަކު (މާރިޔާ) ތިމަންމެން ރައްޔިތުން ގާތަށް މި އަންނަނީ ރައްޔިތުން އެދޭ ކަންކަމާއިގެންނޭ ބުނަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވެފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތް ކަމަށާއި މުއިއްޒުއަކީ ޕީއެންސީ އާއި ސަލަފްގެ ކެނޑިޑޭޓެއް ކަމަށެވެ. އެހެންކަމުން މުއިއްޒުއަށް ޕީޕީއެމް މީހުން ސަނާ ކިޔަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވައިގެން އިންތިހާބު ބޮއިކޮޓް ކުރުމަށް އެޕާޓީގެ މެންބަރުންނަށް ގޮވާލާފައިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވާ ގޮތުގައި އިދިކޮޅު ކޯލިޝަންގެ މީހުން ރައީސް ސޯލިހުގެ ކެމްޕެއިނަށް ހުރަސް އަޅަނީ ރައްޔިތުންގެ ނަޒަރުގައި އެމަނިކުފާނަކީ ރައްޔިތުންނަށް އިހާނެތިކޮށް ކަންތައް ކުރާ ކެނޑިޑޭޓެއްގެ ގޮތުގައި މަންޒަރު ދައްކާލުމަށެވެ. އެފޮޓޯގެ ބޭނުމުގައި ރައީސް ސޯލިހުގެ ކެމްޕެއިނަށް ހުރަސްއަޅައި ފުލުހުންނާއި ސިފައިންނާއި ކުރިމަތިލާން އިދިކޮޅުން އަންނަނީ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. Anonymous

    އިންޝާﷲ އެއްބުރުން މުއިއްޒު އިންތިޚާބު ކާމިޔާބުކުރައްވާނެ.
    ބޭރު ސިފައިން ޤައުމަށް އަރުވައިގެން ތިބި ބަޔަކަށް ވޯޓު ނުދިނުމަށް ރައްޔިތުންނަށް ގޮވާލަން

    51
    8
  2. Anonymous

    މުއިއްޒު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މައިދާނަށް ނުކުތުމުން އެންޑީޕީގެ ފައިދަށުން ބިންގަޑު ކެހެންފަށައިފި! ބޯކޮލާހަޓުގެ ތެރޭގައި އެކަކު އަނެކަކަށް ކޮސްގޮވަނީ!

    36
    6
  3. ޑައެލޯގް

    އިބޫއާއި މާރިޔާއަކީ އިންޑިޔާއަށް ރާއްޖެވިއްކާލާފައިވާ ދެހާއިނުންނެވެ. އެމީހުންވަނީ އިގިރޭސިވިލާތުން ގެދޮރުގަނެފައެވެ. އެމީހުން މިގައުމުން ފިލާނެއެވެ. ޔާމީނުގޮތަށް ގައުމުގައި ނުހުންނާނެއެވެ. ރާއްޖޭގެ މަންޑޭލާއަކީ ޔާމީނެވެ.

    40
    8
  4. ހޯހޯ

    ރަތަށްވިއަށް ކަޅަށްވިއަސް އެއީ ތެދެއް.

    12
    36
  5. އއ

    މާރިޔާމެން މޮޔަވިޔަސް ސަލަފުގެ އަޑުއަހާ 10 % ވަރު މިތާގަ އުޅޭނެ.!!!! އިސްލާމްދީނައް ލޯބިކުރާ ގިނަދިވެހިން މުއީޒް އަކީ އެމީހުންގެ ޗޮއިސް ކަމުގަބަލާނެ. !؛މާރިޔާމެންނައް އެއްމެ ރަނގަޅުވާނީ އިންތިހާބުން ބަލިވީމަ ދަޑިމޮކްރެޓްސްއާ އެއްމެން އަނެއްކާވެސް ރީ ގުރޫޕްވެ މަގައްނުކުމެ ކުރީގަވެސް އުޅުނު ގޮތައް އުޅުނީމަ.

    33
    7
  6. ހިުދުހުދު

    މާރިޔަން ދައިތައަކީ މޮޑީޖީ ގެ ޕަޕެޓެއް... މީ ބުއްދީންމީހެއްވާހަކަމިކިޔަނީ ސަލަފް އަކީ އިސްލާމީ ބައެއް... ވަަރައްވާހަކަ ދެނމީ ...

    32
    5
  7. Anonymous

    މީނާވެސް ދެން ވެރިކަމަށް ކުރިމަތިލާބަލަ.... އަބަދު ގޮތް ކިޔުން ތިއޮންނަނީ ކަށީގަ ހިފާފަ.

    ކިތަންމެ ނުވާން އުޅުނަސް ސަލަފް ޖަމިއްޔާއަކީ ޕޕމ ގެ "ވަގު" ފިކުރުގެ ބައެއް. ޘާބިތު ނުވަންނާ ވައްކަން ކުރުންވެސް ހުއްދަކުރާ ބައެއް.

    ޔާމީނުވެސް ނުބުނެޔޭ އޭނަ ވައްކަން ނުކުރާ ވާހަކައެއް. ހެކިދައްކާށޭ ކިޔާ އުޅެނިކޮށް އަމިއްލައަށް ފަޟީޙަތްވެ ދޫވެއްސައް ޙަރާމް ފައިސާވަތް ވާހަކަ ބުނެ އަނގަމަޅި ޖެހުނީ. ލޮލް

    18
    26
  8. ލަވަ އަލީ

    ދީނީ އިލްމް ވެރިޔާ އޭ ...ލަދުކޮބާ

    10
    32
    • ލޮލް

      ކަލޭމެންނަށް ހަމަ އަސަރެއް ކުރާނީ.

      24
      3
  9. ވަގުސަރުކާރު

    މި ލަދު ހަޔާތްކުޑަ ދައިތަ ގަޑު، އަދި ތިމާ މީ ގަޑުވަރުތެރޭ އަމައެއް ކަމަށް ބުނެ، ސަލަފޭ އަމަޔޭ ކިޔާނީ އިންޑިޔާގެ ގޮހޮރުތެރޭގަ ހުރި މި ދައިތަގެ ލަދު ހަޔާތެއް ނެތީމަ.
    ބސލަ ޕީޕީއެމްޕީއެންސީ ކޯލިޝނުން ތު ދައިތަގަޑު ތޯލާފުޅިއަކަށްލާފަ އިންޑިއާ މަނަވަރާ ހަވާލުކުރެވޭނެ އެ ފުޅި ފައްތައް. އެއީ ގައްދާރަކަށް ހައްގު މަގާމަކީ.

    36
    8
  10. ގަލަން

    އިންޑީޔާ ސިފައިން މިތާކަށި ހިތްޕާނިމިއްޖެ ދެން އުދަގޫވާނެ ބާލަންވެސް މިފަހަރު ހޮވިއްޖެޔާ މޮޅިގައުމު މޯދީއަށް ވިއްކާލާނެ ކަން ޔަގީން

    44
    5
  11. ހިރުވަނީ

    ބްޑުމަންޒަރު ފެންނަން ފެށީމަ ޙާދަވަރަކައް ތި ހިރުވަނީ

    41
    3
  12. ައަންހެންމަންޖެ

    ނުރޯ ކުޅޭއެއްޗެއްސެއްނެތް ނުލިބޭނެދޭކަށެއް މަދުފިހާރައެއްގަ ހުއްޓަސް ނިކަންއަގުބޮޑު

  13. މަ

    ތެދެއް ވާނީ ހަމަ ތެދަކަށް. ގައިމު އަލީ ބިން ގާސިމަށް ޔާމީނު ކުރީ ވައްކަމާއި ދީނާއި ފުށުއަރާ ގޮތަށއ ދެއްކި ވާހަކަތަކަށް ޗުއްޕުވެސް. ބުނަން ނުކެރޭ. ސަލަފު ވެސް އޮތީ ހައްޕު ކިޔައިގެން. ޢެކަމަކު މިހާރު ހީވަނީ ހޭބަލިވެގެން އުޅޭހެން.. އެހެންވީމަ ތިކަހަލަ މީހުންނަކީ ފިތުނަވެރިންނޭ ބުނަން ޖެހެނީ

    9
    32
  14. އަހުމަދު

    ސަލަފުގެ ކެނޑިޑޭޓެކޭ ބުނީމަ ވެސް މުއިއްޒު އަށް ވޯޓް ދޭ ހިތް ވެއްޖެ

    35
    2
  15. ބޮލުގައިރިއްސާ

    އަލީ ރަމީޒު ހެޔޮނުވާނެ ރަތައް އަރައިގެން ނަމަވެސް ބުނެބަލަ ޑިމޮކްރަސީ އޭ ކިޔައިގެން މިމީހުން މިކުޅޭ ކުޅިވަރުގެ ތެރެޔަށް އަޅުގަނޑުމެން މުސްލިމުން ނުވަންނާށޭ އަދި ސަލަފް އަކީ ތިމަންނަޔަށް އަމިއްލަޔަށް ވެރިކަންދޭށޭ ކިޔާފަ އަންނަ އެކަކަށް ވެސް ކެމްޕެއިން ކުރާނެ ބަޔެއް ނޫނޭ... އެމީހުން އެކުރާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ ބިރުވެރި ބޮޑުވެގެންވާ ދުވަހެއް އެބައާދޭ... އަޅުގަނޑު އަލީ ރަމީޒުދެކެ الله އަށް ޓަކައި ލޯބިވަން އަދި ތިސިޔާސީ ކަންތަކާއި ދުރުގަ އުޅުމަށް ނަސޭހަތްތެރިވަން މުސްލިމް އަޚެއްގެ ހައިސިއްޔަތުން...

    21
    3
  16. ނަދާ

    އަލީ ރުޅި މަޑު. ފިނދަނަ މާރިޔާއަކީ ގައްދާރެއް. އެއީ އިންޑިއާގެ ޕަޕެޓެއް

    27
    2
  17. ފަރުހާދު

    އިންޑިއާއަށް މިގައުމު އަޅުވެތިކޮށްފަ މިއަދު ނުކުމު އަނގަހުޅުވަން ފިނދަނަ މާރިޔާއަކީ ކާކު. އަލީރަމީޒުގެ ބަސް މިއަދު އަހާ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ބޯކޮށް އެބައޮތް.

    24
    2
  18. ނަނަނަ

    ފިނދަނަ ކިޔާ އެއްޗަކަށް އަޅައެއް ލާނެ ކަމެއް ނެތް..

    20
    3
  19. ބުރަކި

    މިފަހަރު މިއާލާތުން ފިލާނެ ބަލަންތިބޭތި ޖެހުނުތާލަކުނުވެސް ނުހުންނާނެ .

  20. The

    ކޮބާ ޕޮލިހުންނަށް ސިފައިން ނަށް ބޮޑުކުރި މުސާރަ.
    ބައި ބައި

  21. ލާމު

    މުޢިއްޒަކީ ތިހީކުރާހާ އަލިފެއް ނޫން. ހުރި ނުބައި ކަންދައްކާނެ. ކިބުރުވެރި ބޮޑާމީހެއް.

  22. ބަކުރު

    ސަލަފަކީ މަދަނީ ޖަމިއްޔާއެއް ނޫން އެއީ ސިޔާސީ ޕާޓީއެއް

  23. މުނީރު

    ފިނދަނަ މާރިޔާ އެއުޅެނީ ގޮތްހުސްވެގެން ކިޔޭނުކިޔޭވެސް ނޭނގިގެން.

  24. އިބްރާ

    މި އިންތިޚާބުގައި އެންމެން ނުކުމެ އެއްބުރުން މޯޑިގެ ބީޖޭޕީ ބަލިކޮށްލަންޖެހޭނެ. ދިވެހިންނަށް ވެރިކަންކޮށްދިނުމަށް ކުރިމަތިލައްވާފައިވަނީ ޑރ މުޢިއްޒެވެ. ވީމާ އެންމެން ނުކުމެ ޑރ މުޢިއްޒަށް ވޯޓްދެއްވާ.