މާފަރު ފަޅުތެރެއަށް ވަތް ބޮޑު ކަންނެލި އައިނެއް އެރަށު ރައްޔިތުން ނިކުމެ ހިފައިފިއެވެ. ފަޅަށް ވަތް ކަންނެލިތައް ހިފަން ރަށުގެ ކުދިބޮޑު އެންމެން ނިކުތެވެ.

މާފަރުގެ އިރުވައިމަތީ ކަނޑުތޮށިން ބޭރުން އަބަދުވެސް ބޮޑު ކަންނެލި ވަރަށް ގިނައިން ތިލަވެއެވެ. ނަމަވެސް ފަޅުތެރެއަށް ކަންނެލި އައިނެއް ފަހުގެ ތާރީޚެއްގައި ވަދެފައި ނުވާކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުނެއެވެ.

"ދިޔަ ބޮޑުވެފައި އޮތް ގަޑީގައި ފަރު ހުރަސްކޮށް ފަޅުތެރެއަށް ވަދެވުނު އައިނަށް ދިޔަވަރު ހިކުމުން ނުނިކުމެވުނީ. މިދުވަސްވަރަކީ މާބޮޑަށް ދިޔަވަރު ބޮޑުވާ ދުވަސް ވަރަކަށް ވުމުން ދިމާވި ކަމެއް ކަމަށް ބެލެވެނީ." މާފަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މިއަދު މެންދުރުންސުރެން ފެށިގެން ކުރި މަސައްކަތުން މި ކަންނެލިތައް ހިފުނީ އިރުއޮއްސުނު ފަހުންނެވެ. މިހާރު ވަނީ ރަށުގެ އެންމެނަށް ކަންނެލިތައް ބަހާލާފައެވެ. ކޮންމެ ގެއަކަށް ދެ ކަންނެލި ލިބުނު ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މާފަރަކީ ބޮޑު ފަޅެއް އޮންނަ ރަށެކެެވެ. އެ ރަށުގެ ފަޅުތެރެއަށް އާއްމުކޮށް ވަރަށް ގިނައިން ރިއްމަސް ވެސް ވަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އީޕީއޭ

    ތިގޮތަށް އަތުން މަސްހިފުމަކީ ތިމާވެއްޓަށް ވަރަށް ގެއްލުންހުރި ކަމެއް..

    5
    26
  2. ވިކިލީކްސް

    އެއްވެސް ވެރިޔަކު މާފަރު ފަޅު ހިއްކަން ބުނެފިއްޔާ އެކަމާ އެންމެން ދެކޮޅުހަދާތި!

    28
    • އިބްރާހިމް

      އަވަހައް ފަޅު ހިއްކާފަ މީގެ ފަހުން ކަންނޭލި ވަނަ ނުދޭތި

  3. ނޫރު

    މުއިއްޒު ވެރިކަމަށް އަންނަންއުޅޭކަން އެހެރައެނގިގެންދަނީ ތިޔާގިކަން އިތުރުވެ ގައުމު އުުފަލުންފޮޅޭތަން ވަރަށްއަވަހަށް ފެނިގެންދާނެ އިންޝާ ﷲ މިއީ ލެއްވި ނިއުމަތެއް މާފަރު ރަންޔަތުންނަށް ތިޔާގިކަން އިތުރުކުރަށްވާށިއެވެ އާމީން ޔާރަށްބުލް އާލަމީން.

    50
    8
    • Anonymous

      މިނިކާ ވަގު އެބައުޅޭ.

      1
      1
    • Anonymous

      ނޫރެއް ކަމަކު މިކަހަލަ ކުފުރުގެ ވާހަކަ ދައްކާކަށެއް ނުވާނެއެވެ. އެންމެ ފަހު ޢިބާރާތް ވެސް ލިޔެފައިވަނީ ރަނގަޅކަށެއް ނޫނެވެ. ރަނގަޅު ގޮތަކީ "ޔާ ރައްބަލް ޢާލަމީން" އެވެ.

      2
      1
  4. Anonymous

    ﷲ ރިޒުޤު ދެއްވަނީ އެކަލާގެ އަޅުތަކުންނަށް !

  5. Anonymous

    ވެލާ މަސް ކާ މީހުން ޖޫރިމަނާކުރާއިރު ކަންނެލި މަސް ކާ މީހުން ޖޫރިމަނާ ނުކުރަނީ ކީއްވެބާ؟ ވެލާ ހިފާ މީހުން ކުށްވެރިވާއިރު ކަންނެލި ހިފާ މީހުން ކުށްވެރިނުވަނީ ކީއްވެބާ؟

    3
    2
  6. ރަން ރީނދޫ

    ތިޔަ ފަޅު ވާނެ އަވަހަށް ހިއްކާލަން.

  7. އިބްރާހިމް

    އަވަހައް ފަޅު ހިއްކާފަ މީގެ ފަހުން ކަންނޭލި ވަނަ ނުދޭތި

  8. Anonymous

    ވެރިން ނުބައި ވުމަކީވެސް މުޞީބާތް ކުރިމަތިވާ ކަމެކޭ ކިޔާ.
    އިރާދަކުރެއްވިޔާ މިފަހަރު ﷲގެ ދީނަށް ނަޞްރުދޭ ހެޔޮވެރިއެއް މިޤައުމަށް މިންވަރު ކުރައްވާނެ
    . ރިޒްޤް އިތުރުވެ ރައްތަކުގައި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަން ހުރިހާ ރައްޔިތުންނަށް މިންވަރު ކުރައްވާނެ.
    މަސްތުވާތަކެތީގެ ވަބާއިން ދަރިންކޮޅު ސަލާމަތް ކުރުމަށްކޮށް ޤައުމަށް ބޭނުންތެރި ބަޔަކަށް އެކުދިން ހަދާދޭނެ ވެރިއެއް މިއަދު ބޭނުމީ.
    ދުނިޔޭގެ ވަގުތީ މަންފާއަށްޓަކައި އާޚިރަތް ވިއްކާނުލަންވީ.
    .ވޯޓްލުމަށްޓައި އެދޭ ފައިސާ އެއީ ދިނުންވެސް ހުއްދަ، ހިފުން ވެސް ހުއްދައެއްޗެއްނޫން. އޭގައި ނުޖެހި . ދީނާއި ޤައުމުގެ މިނިވަންކަމަށް ރައްކާތެރިވާ ހެޔޮލަފާ ވެރިއެއް ހޮވަން ވޯޓްދެއްވާ