އުތުރުގެ އަތޮޅުތަކުގެ ކަސްޓަމްސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި ނ. މާފަރުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ކަސްޓަމްސްގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި، ނ. މަނަދޫ ދާއިރާގެ މެންބަރު އަޙްމަދުހާރޫން އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މިއަދު ބިންގާ އެޅުނު ޢިމާރާތަކީ ރީީޖަނަލް ކަސްޓަމްސްތަކުގެ އުމްރާނީ ތަރައްގީއަށް އިތުރުވެގެންދާ މުހިއްމު ބޮޅެއް ކަމަށެވެ.

އަދި ކަސްޓަމްސްއިން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި އޮފީސް ވެގެންދާނީ މި ރީޖަންގެ މުހިންމު އެއް ބިނާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ޢިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރެވެން ފެށުމުން، އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެން ދާނެ ކަަމށްވެސް އޭޏާ ވިދާޅުވިއެެވެ.

6,557 އަކަފޫޓުގެ މި ޢިމާރާތުގައި އޮފީސް އޭރިއާގެ އިތުރުން އެކޮމޮޑޭޝަން ބްލޮކެއް އެޅުމަށް ހަމަޖެހިފައިވެއެވެ.

8.66 މިލިއަން ރުފިޔާގެ މަޝްރޫއު ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 540 ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    ތިން ގާބުރި ބާއްވާލާފަ ފޮޓޯ ނަގާލީމަ ރައްޔިތުން މޮޔަ ހެދޭނެކަމަށް ނޫޅޭ. އަމަލީ މަސައްކަތް ދައްކާފަހުރި މުއިއްޒުއަށް މިފަހަރު ވޯޓް ދޭނީ

    7
    1
  2. ކޮވިޑް

    5 އަހަރުން 3 ގާ . މި ސްޕީޑް 21 ވަނަ ގަރުނަށް ފިޓެއް ނޫން ޗޯރާ.

    8
    1
  3. ޢުތިރު

    ސްޕީޑް ލަސްވާނެނު. ތިޔަބުނާ ކަސްޓަމްސްގަ މަބޮޑޭ ވެފަ އުޅެނީ ހަށިވިއްކާ ގްރޫޕްކުދިންވެސް. އެކަހަލަ ބައިގަޑެއް ލައިގެން ކޮން ކަމެއްތަ ކުރެވޭނީ. ޖުލައި 20 ގަވެސް ތިތާމީހުން ރެޑްހޭންޑްކޮށް ހިފުނީމަވެސް ދޫކޮށްފަވަޒީފާގަ. ބާކީތިބިބަޔެއް ވެއްޖިއްޔާ އެބަޔަކުވެސް ހަލާކުކުރަން.