ރާއްޖެ އެތެރެ ކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި މަސްތުވާތަކެއްޗަކީ ކުރިއަރ (ޕޯސްޓް) މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ.

މިގޮތުން އޯގަސްޓް 21 ވަނަ ދުވަހު ޕޯސްޓް ސާރވިސް މެދުވެރިކޮށް މެލޭޝިޔާއިން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އެއީ މަސްތުވަތަކެތި ކަމަށް އެނގުނު ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެެވެ.

އަދި ބަލާ ފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ފައްސި ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1628 ގުރާމް ހުއްޓެވެ.

މިތަކެތީގެ މަގުމަތީ އަގު 2 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަހްގީގު ކުރުމަށް އެ މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެހެންކަމުން މިމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާކަން ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަބުދުﷲ ސައީދު

    މިއުޅޭ ޗޯރުގެ ކެމްޕެއިނަށް ގެނަި އެއްޗެއްތީ ދޯކޮށްލާ

    15
  2. ސުން

    ވޯޓަށް .ޗޯރޭގެ އައިޑިޔާ ކަމަށް ވާނީ..

    12
  3. އާސިޔާ

    ދެން އަތުލައިގެން އެ ގެނައި މީހުން ޖަލަށް ލައިފަ، އެ ވިއްކާ ޒުވާނުންނަށް. ޒުވާން އެއްޖީލު އެއްކޮށް ހަލާކުކޮށްލާ. މީ މިކަން ކަލޭމެން ކުރާގޮތް އަބަދުވެސް.

  4. އަލީ

    ގެނޭމީހާ އަވަހަށް އަނބުރާ އިންޑިޔާއަށް ފޮނުވާލާ!

  5. އިއްބެ

    ޗޯޜޭގެ ކެމްޕެއިނަށް ގެންނަ ހަދިޔާ!

  6. އަހަންމަދު

    އެއްޗިހި ފޮނުވި ކުންފުނި އެބައެގޭ. އެކުންފުނި ބުލެކްލިސްޓްކޮށް އެކުންފުނިން ރާއްޖެއަށް ތަކެތި ނުފޮނުވޭގޮތް ހަދަންވީނު. އެގޮތަށް ފިޔަވަޅުނާޅަނީ ތިއެއްޗެހި އޭޖެންޓުން އަތަށްދީގެން އެޑިކްޓުންނަށް ވިއްކާ ނަފާހޯދަންވެގެން.

    • މަވޯޓާ

      ރިޔާސީ ބޭނުމަށް ގެނެސްފައި ހުންނަ ތަކެތި ތިހެން ބްލެކްލިސްޓް ނުކުރާނެނު! އަންނަ ަފްތާ އޭތިކޮޅު ބަލާލީމާ ބިތްޖެހިފައި ތިބޭ ކެޓަގަރީގެ ވޯޓު ލިބޭނެ!

  7. އަހަންމަދު

    ތި އެއްޗިހި ލިބެންޖެހޭ ފަރާތް ހާމަނުކުރެވެނީ ކީއްވެ.

  8. އއ

    އަވައްޓެރި ބޮޑުބެ އަކީ، މުޅިދުނިޔޭގައިވެސް ތިޔަޒާތުގެ ތަކެތި އެންމެ ތިޔާގި މީހާކަމަށް މީހުން ބުނާތީ އަޑުއިވޭ. ބޮޑުބެގެ އަތްމަތި ތިޔާގިވިވަރަކަށް މީސްމީިހުން މެދުވެރިކޮށްގެންނަމަވެސް ކޮއްކޮމެންނާއި ހަމައަށް ފޯރުކޮށްދެވޭތޯ ބަލާނެ.

  9. އާދަނު

    ތީގަ ކުށްވެރިވާނީ ކަސްޓަމްސް އޮފިސަރު. ބޮޑެތިހުންގެ އެއްޗެއްސަށް ވާނުވާ ނޭނގެ އަތްކޮށްޕީތީ. ދެން މައްސަލަ އޮބޭނީ. އެއަށްފަހު ތިޔަތަކެތި އޭގެ ވެރިންނާ ހަވާލުވާނެ. ދަޅަދައްކަން ނައްތާލާނީ މުގުރި ބައިކިލޯ ދޯބުރާލި ހަކުރު. ފިލްމު ނިމުނީ. މިއީ ޒުވާން ޖީލު ހަލާކުގެ ތެރެއަށް ވައްޓަލުމަށް ޗޯރޭ ހިންގަ ޖަރީމާއެއް.