ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޫނަށް ކުޅާއި ގުއި ވެސް ޖަހަން ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ގޮވާލައިފިއެވެ.
މުސްތަފާ އަކީ ރައީސް ސޯލިހް ވެރިކަމަށް ގެންނަން މަސައްކަތް ކުރި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ގޮނޑި ގެއްލުވާލި" 12 މެންބަރުންގެ ތެރޭގައި އޭނާ ހިމެނެއެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރާއި ދެކޮޅަށް ފަހަކަށް އައިސް މުސްތަފާ އަންނަނީ ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވާ ގޮތުގައި ރައީސް ސޯލިހް އޭނާ އަށް ދޭން ޖެހޭ ފައިސާތަކެއް އެބަހުއްޓެވެ. މުސްތަފާ މިދިޔަ އަހަރުގެ ޖުލައި މަހު ވިދާޅުވެފައިވާ ގޮތުގައި ރައީސް ސޯލިހް އޭނާއަށް 1.7 މިލިއަން ޑޮލަރު ދޭން ޖެހެއެވެ. އޭގެތެރެއިން ފަސްލައްކަ ޑޮލަރު ދައްކަން ޖެހޭ ކަމުގެ ހެއްކަކީ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން ކަމަށް ވެސް މުސްތަފާ ވިދާޅުވެފައި ވެއެވެ.
ރައީސް ސޯލިހު އޭނާއަށް ދެއްވަން ޖެހޭ 500,000 ޑޮލަރު ދެއްވަން ޖެހޭ ކަމަށާއި އެ ފައިސާ ދެއްވަން ރައީސް ސޯލިހަށް ޖެހިވަޑައިގަންނަވާ ކަމުގެ ހެއްކަކީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނު ކަމަށްވެސް މުސްތަފާ ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ސޯލިހު މަޖިލީހުގެ މެމްބަރުން އިތުރުކުރެއްވުމަށްޓަކައި އޭނާގެ ބޯޓެއް ވިއްކާލި މައްސަލަ އޮތީ ކޯޓު މަރުހަލާގައި ތަންފީޒުނުކުރެވިފައި ކަމަށާއި އެ މައްސަލާގައި ހުކުމުގައި ބަޔާންކޮށްފައިވާ 1.278 މިލިއަން ޑޮލަރަކީވެސް ރައީސް ސޯލިހު އޭނާއަށް ދޭންޖެހޭ ފައިސާ ކަމަށް މުސްތަފާ ވިދާޅުވެފައި ވެއެވެ.
އެފައިސާ ނުލިބޭ ކަމަށް ވިދާޅުވެ މުސްތަފާ އަންނަނީ މިހާރު ކޮންމެ ދުވަހަކު ވެސް ތަކުރާރުކޮށް ޓްވީޓް ކުރަމުންނެވެ. އެގޮތުން އިއްޔެ އޭނާ ކުރި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަކީ "ވަގު ފުރޭތައެއް" ކަމަށެވެ. "ކަލޭ މޫނަށް ކުޅު އެކަންޏެއް ނޫން ގުއި ވެސް ޖަހަންވީ." މުސްތަފާގެ ޓްވީޓްގައި ވެއެވެ.
މުސްތަފާ އަށް ރައީސް ސޯލިހް ފައިސާތަކެއް ދައްކަން ޖެހޭ ކަމަށް މުސްތަފާ ބުނި ނަމަވެސް އެވާހަކަތަކާއި ގުޅޭ ގޮތުން ރައީސް ސޯލިހް މިހާތަނަށް ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.
މުޅި ތިމަރަފުއްޓަށްވެސް ހުރި ހަޑިހުތުރު ނަމެއް "ތިމަރަފުށީ މުސްތަފާ"
ޜައްޔިތުންވިސްނަންވީ ކިތައްމީހުންއެބަގޮވާ އިންތިހާބުހޯދުމައް ޑޮލަރްނެގީއޭ ޖާބިރުވެސް ގޮވަނީދެންކިހިނެއް އުފާވެރިއަމާންރާއްޖެއައް ވަނީއެއްކޮޅުންދުވަނީ ގައުމުގެވެރިޔާފަހަތުން ވަގެއްވަގެއްގޮވަމުން މުއީޒްގެވެރިކަމުގެވައުދެއް މައްސަލަތައްބަލާ އިންސާފްގާއިމްކޮއްދިނުން
މުސްތަފާ ތިޔަޒާތުގެ ވާހަކަ ދައްކަންޔާ ތިމަރަ ދިޔާކޮއްފަ މުސްތަފާ މޫނަންޖެހީމަ މާކަ ރީއްޗެއް ނުވާނެއޭ
ތިމަރަފަތަށްގުއިރީފި
ހެ ހެ ހެ
ޖާބިރު ހެން ބޯގޮވީތަ؟
މި މުސްޠަފާ މިއޮތްހާދުވަހު ކޮންތަނެއްގަ އޮވެފަ މިހާރު ތިލަވެގެން މިއުޅެނީ، މިއީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް އަރާ ފުރޭތައެއްދޯ؟
މިޔަރުބާނަން ކަނޑިމަތީގައޮތީ.. އެހެންއޮތްވާވީގޮތަކީ ގުއިކާޅެއްގޮސް މޫނުމައްޗަަށް ގުއިރީފި.
ތިހެން ކިޔައިގެން އަމިއްލައަށް މަރުވާން އުޅެގެން ސަރަނގު އާދަމް މަނިކުގެ އަތުން ދަމައިގަތް ލާރިގަނޑު އޭނާއަށް ދީބަލަ މުސްޠަފާ.
ކަރަޕުޓު ހިންގަން، ބޯޓާ ފޯޓާ ވިޢްކާނީ، ތިވެދާނެ 1 ބޯޓުގެ ބަދަލުގަ، 20ފޯޓު ހޯދަން މުސްތަފާ ބެއިޔާ އުޅެނީ ކެކެކެ
ލާރިކޮޅެއް ބޭނުން ވެގެން އެއުޅެނީ ކުރިން ޖާބިރު އުޅުނުހެން . ޖާބިރަށްވެސް ގާފަރު ފަޅު ސޯލިޙު ދެއްވީމާ އެ އަޑު ކެނޑިއްޖެ 7 މިލިއަން ޑޮލަރަށް ކޮރެއާ ބަޔަކަށް ވިއްކާލާފަ މައިނޭވާއެއްވެސްލީ
ތިޔަކަހަލަ ވިޔާނުދާ އަމަލުތަށް ކުރަންގޮވާލުމަކީ ވަރަށްވެސް ހުތުރުއަމަލެއް ތިޔަކަހަލަ ކަންތައްކުރުމައް ހިތްވަރުނުދޭން އެދެން ގޯސް ގޯސް މުޑުދާރު ކަންތަށް
ތިވަރުގެ މީހަކު ވެރިކަމުގައި ބަހައްޓަން ރަގަޅެއް ނޫން އެބުނިހެން ގުއި، ކުޅު ޖަހައިގެން އޭނަ އައުޓް ކުރަންޖެހޭ
ވަރަށް ނާތަހުޒީބު މީހެއް. މިއުޅެނީ މީހަކާ ޒާތީ ވެގެންނެއް ނޫން. ރައްޔިތުން އެދޭ ވެރިޔަކު ހޮވަން. އަހަރެން އިބްރާހިމަކަށް ވޯޓެއް ނުލާނަން. އިރާދަކުރެއްވިއްޔާ. އެކަމަކު އޭނާ ގަޔަށް ބޮލަށް އަރާކަށް ،އަދި އެފަދަ ކަމަކަށް އެހެން ބަޔަކު ހިތްވަރު ދޭކަށް ވެސް ނޭދެން.
މިގައުމުގާ އެހެން މީހުން ވެސް އެބަތިބި، އެހެންމީހުންގެ ވާހަކަނުދައްކާ ރއިބުރާހިމުގެ ވާހަކަ ދައްކަނީ، ކީއްވެބާ،! ރއިބުރާހިމްގެ ވާހަކާގާ އުންސުރު ހަމަނުވަނީތަ؟
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގަތުމުގެ ހުއްދަ ހަމަ އެކަކަށްވެސް ދެވިގެންނުވާނެ. މުސްތަފާއަށް ފިޔަވަޅު ވަގުތުން ވަގުތަށް އަޅުއްވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަށާއި، އުއްތަމަ ފަޑިޔާރަށާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަށާއި، އެޓާރނީ ޖެނެރަލް އަށާއި، ކޮމިޝަނަރ އޮފް ޕޮލިސް އަށާއި، ޕްރޮސެކިއުޓާރ ގެނެރަލް އަށް އާދޭސް ދަންނަވަން.
ދިވެހި ދައުލަތާ ކުޅެވިގެން ނުވާނެ.
ރައީސްގެ މޫނަށް ކުޅުޖަހަން، ފޮޑިޖަހަން ގުއިޖަހަން ގޮވިގެން ނުވާނެ.
ކޮބައިތޯ ގައުމު ދެކެ ލޯބިވާ ރިޔާސީ ކެންޑިޑޭޓުން!
ތިމަރަފުށީ މުސްތަފާއަކީ، އަބޫޖަހުލުމެން ޒަމާނުގައި އުޅުނު ވަރަށް ނާތަޙުޒީބު އަނިޔާވެރި ތަނެއް ދޮރެއް ނުދަންނަ ރޯނުގޭ އަދި ވަކަރުގެއިން ކައިއުޅޭ ގަމާރެއް!
މިޔަދު ގުއި މާދަން ވަޅި ދެން ބަޑި ...ކަމަކުނުދޭ!
އިންތިހާބުކާރިވާއިރަށް ކަކުނިތައްހޮރުގަތިބެފައި ނުކުންނަ މޫސުމުގެ ވަގުތުއައިސްޖެހުނީ އަވަހަށްދުއްވައިގަނޭ ތެޔޮވަޅެއްހޯދަން އޭރުންޖީބުތައްފުރިގެން ބަންޑުންދާނެ
ވަގުން ދައްކާނެ މާގިިނަ ވާހަކައެއް ނުހުންނާނެ......